އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފުނުވާ ގޮތަށް އީދުގެ ހަރަކާތްތައް ކުރިއަށް ގެންދަން ކައުންސިލުތަކަށް އަންގައިފި

އިސްލާމްދީނުގެ އަސާސްތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ނުވާނެހެން އީދުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް, ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށް އަންގައިފިއެވެ. އެ ވުޒާރާއިން ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ އަޟްހާ އީދުގެ މުނާސަބަތާ ގުޅިގެން ކައުންސިލުތަކުން އިންތިޒާމުކުރާ ހަރަކާތްތަކާއި ސިޓީތަކާއި ރަށްރަށުގެ އެހެނިހެން ފަރާތްތަކުން އީދު ފާހަގަކުރުމަށް ހިންގާ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ސަމާލުކަން ދޭންވީ ކަންކަން […]

ރަޖިސްޓްރީ ނުކުރާ ވެހިކަލެއްގައި ވަގު ބޯޑު އަޅުވައިގެން ދުއްވި މައްސަލައެއް ބަލަނީ

ރަޖިސްޓްރީ ނުކުރާ ވެހިކަލެއްގައި ވަގު ބޯޑު އަޅުވައިގެން ދުއްވި މައްސަލައެއް ބަލަން ފަށައިފިއެވެ. ފުލުހުން މިރޭ ބުނީ މިއަދު 18:18 ހާއިރު ހައިވޭ ދެކުނުން އުތުރަށް ލައިސެންސް ނެތި އަދި ރަޖިސްޓްރީ ނުކުރާ އުޅަނދެއްގައި ވަގު ބޯޑު އަޅުވައިގެން ދުއްވި މައްސަލައެެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން މި މައްސަލަ ތަހުގީގުކުރަމުންދާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެއިތުރުން މިއަދު ހަވީރު 17:17 ހާއިރު ބްރިޖު އެއާޕޯޓު ލައިޓު އިރުން ހުޅަނގަށް ގަވާއިދާ ޚިލާފަށް ފަހަތަށް ގިނަ އަދަދެއްގެ […]

ޢީދުގެ އުފާފާގަތި ކަމުގެ ތެރެއަށް ބީރަށްޓެހި ފުރެއްދެ ސަގާފަތްތައް މަސްހުނި ނުކުރުމަށް އެދިވަޑައިގެންފި

އިސްލާމީ އަޚްލާޤާ، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރަށްޓެހި ފުރެއްދެ ސަގާފަތްތައް ޢީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. އެ މަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ 1445 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. އެގޮތުން ރައީސް މުޢިއްޒު ވަނީ މާތް ﷲ ދެއްވި ގިނަގުނަ ނިޢުމަތްތަކުގެ މަތީން ހަނދުމަކޮށް، ޢީދުގެ އުފާ ފާޅުކުރެއްވުމުގައި އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓެވުމަށާއި، އިސްލާމީ އަޚްލާޤާ، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރަށްޓެހި […]

ސިޑްސް ކޮންފަރެންސްގައި ބައިވެރިވުމަށް 3.8 މިލިއަން ޚަރަދުކޮށްފައިވޭ

އެންޓިގުއާ އާއި ބާބިއުޑާގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ހަތަރުވަނަ މަހާސިންތާގައި ސަރުކާރުގެ ވަފުދު ބައިވެރިވާން 3.8 މިލިއަން ޚަރަދުވި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. މި ދަތުރުފުޅު ކުރައްވާފައި ވަނީ ވަޒީރުންގެ ޓީމެއް ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއާއެކު މެއި 24 އިން 31 އަށެވެ. އެގޮތުން މި ދަތުރުފުޅުގައި ރައީސް މުޢިއްޒުއާއެކު 16 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއިރު، އެ ބޭފުޅުންގެ ޓިކެޓަށް ވަނީ 2.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. […]

ރައީސް މުޢިއްޒު ޙައްޖު ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބަރަކާތްތެރި ޙައްޖު ދުވަހުގެ ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ފޮނުއްވައިފިއެވެ. މީސް މީޑިއާގެ މަންސައެއްކަމަށްވާ އެކްސް މެދުވެރިކުރައްވައި، ރައީސް މުޢިއްޒު ރޭ ކުރެއްވި ޕޯސްޓުގައި، ޙައްޖު ދުވަހަކީ އަހަރުގެ އެންމެ ބަރަކާތްތެރި އެއް ދުވަސް ކަމުގައި ފާހަގަކުރައްވާފައި ވެއެވެ. ހަމައެހެންމެ ﷲގެ ރުއްސެވުމާ، ފުއްސެވުމާ، މަދަދުން ފުރިގެންވާ މި ދުވަހުގެ ބާއްޖަވެރިކަން ދިވެހި ލޮބުވެތި ރައްޔިތުންނާއި މުޅި އިސްލާމީ އުންމަތަށް މިންވަރު ކުރެއްވުމަށް އެދިވަޑައިގެން ދުޢާ ކުރައްވާފައި ވެއެވެ މި […]

މެނޭޖަރުންނަށް ނަފްސާނީ ދުޅަހެޔޮކަމާބެހޭ ތަމްރީން ދޭންޖެހެނީ ކީއްވެ؟

މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމުގައި ބޮޑު ރޯލެއް އަދާކުރާ އެއްބަޔަކީ އެމީހުންގެ މައްޗަށް ތިބޭ  ވެރިންނެވެ. ނުވަތަ މެނޭޖަރުންނެވެ. ނަމަވެސް، ދެމެހެއްޓެނިވިގޮތެއްގައި މުވައްޒަފުންނަށް ބޭނުންވާ އެއްބާރުލުން ދިނުމަށްޓަކައި ލިބިފައި ހުންނަންޖެހޭ ތަމްރީނު އެމީހުންގެ ކިބައިގައި ނުހުރެއެވެ.  އެމެރިކަން ސައިކޮލޮޖިކަލް އެސޮސިއޭޝަނުން 2023 ވަނަ އަހަރު ޝާއިއުކުރި ވަރކް އިން އެމެރިކާ ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި، އެމެރިކާގެ 90 އިންސައްތަ އަށްވުރއ ގިނަ މަސައްކަތްތެރިން އެދެނީ މުވައްޒަފުގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުވެ އަޅާލާ ތަނެއްގައި މަސައްކަތް ކުރުމަށެވެ. […]

މަށަކަށް ބިރެއް ނެތް

ކޮންމެވެސް ގެއެއްގައި އުޅުނު މީދަލަކަށް އެއްދުވަހަކު އެގޭ އަންހެންމީހާ މީދާ ހިފާކޮއްޓެއް ގަނެގެން އުޅޭތަން ފެނުނެވެ. މިކަމާ މީދާ ވަރަށް ކަންތައް ބޮޑުވެގެން ގޮސް ދަނޑުވެރިއެއް ކަމަށްވާ އެގޭ ވެރިމީހާ ގެންގުޅޭ ކުކުޅު ކައިރީގަ ބުންޏެވެ. މިގޭ މެޑަމް މިއަދު މީދާ ހިފާކޮށްޓެއް ގަނެގެން އައިތަން ދުށީމެވެ. އަހަރެން މިހުންނަނީ އެކަމާ ވަރަށް ދެރަވެ އަދި ބިރުގަނެފައެވެ. މިހެން ބުނުމުން ކުކުޅު ބުންޏެވެ.ތިޔައީ އަހަރެން ކަހަލަ ކުކުޅަކަށް އޮތް ބިރެއް ނޫނެއް ނޫން ހެއްޔެވެ. ތިޔަ ކޮށި […]

ދީނާ ހިލާފު ނުވާ ގޮތަށް އީދު ފާހަގަކުރަން އަންގައިފި

ކުރިއަށް އޮތް އަޟްހާ އީދުގައި ދީނީ މިންގަނޑުތަކާ ހިލާފު ނުވާ ގޮތަށް އީދުގެ ހަރަކާތްތައް ރާވާ ހިންގަން ލޯކަލް ކައުންސިލްތަކަށް ލޯކަލް ގަވަނަންސް މިނިސްޓްރީން އަންގައިފިއެވެ. އެގޮތުން ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ސޮއި ކުރައްވައި ސިޓީ އަދި ރަށު ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އިސްލާމްދީނަކީ ރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރު ކަމަށެވެ. އެހެންކަމުން އީދުގެ އެންމެހާ ހަރަކާތްތައް ރާއްޖޭގައި އޮންނަ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ […]

ފަލަސްތީނުގެ ރައްޔިތުންގެ ތާއީދު އޮތީ މިނިވަން ކަމަށްޓަކައި ޖިހާދު ކުރުމަށް

ހުޅަނގު އައްސޭރީގެ ރާމަﷲ އިން ރޮއިޓަރސް ދީފައިވާ ޚަބަރުގައި ބުނެފައިވަނީ ފަލަސްތީނުގެ މައްސަލަ ( ގައްޒާގައި ހިނގަމުންދާ ހަނގުރާމަވެސް ހިމެނޭގޮތުގައި ) ޙައްލުކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާ ދޭތެރޭ ރައްޔިތުން ދެކޭގޮތް ބެލުމަށް ނެގި ވޯޓުގައި ޙަމާސްގެ ޖިހާދަށް ތާއީދު ކުރުމާއިއެކު އިސްރާއީލާ ދެކޮޅަށް ޖިހާދުކުރުމަށް އަނެއްކާވެސް ރައްޔިތުން ތާއީދު ކޮށްފިއެވެ.                       އިސްރާއީލު- ފަލަސްތީނު މުޖާހިދު ހަމާސްގެ ހަނގުރާމަ ފެށުނުތާ އަށެއްކަ މަސްދުވަސް ފަހުން ޕެލަސްޓީނިއަން ސެންޓަރ ފޯރ ޕޮލިސީ އެންޑް ސަރވޭ ރިސާރޗުން ގައްޒާއާއި […]

ރާއްޖޭގެ އާބާދީގެ 3 އިންސައްތަ މީހުން ލޭ ހަދިޔާ ކުރާނަމަ، ބޭނުންވާ މިންވަރަށް ލޭ ލިބޭނެ: ހެލްތު މިނިސްޓްރީ

ދިވެހިރާއްޖޭގެ އާބާދީގެ 3 އިންސައްތަ މީހުން ލޭ ހަދިޔާ ކުރާނަމަ، ބޭނުންވާ މިންވަރަށް ލޭ ލިބޭނެ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއާ ހަވާލާދީ ހެލްތު މިނިސްޓްރީއިން ބުނެފިއެވެ. މިއަހަރުގެ ބައިނަލް އަގުވާމީ ލޭ ހަދިޔާ ކުރާ ދުވަހާ ގުޅިގެން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަކީ ނިސްބަތުން ތެލަސީމިއާ ޕޭޝަންޓުން ގިނަ ގައުމެއް ކަމަށާއި ރާއްޖޭގައި ލޭ ބޭނުންވާ މިންވަރުވެސް އެހެން ގައުމުތަކާއި އަޅާބަލާއިރު އިތުރުވެފައިވާ ކަމަށެވެ. “ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާ އިން އަންދާޒާ ކުރާ […]