ހައްޖުގެ އަޅުކަމުގެ ތެރޭގައި ޖޯޑްން ގެ 14 މީހުން ހޫނުގަދަވެގެން މަރުވެއްޖެ

ހައްޖުގެ އަޅުކަމުގެ ތެރޭގައި އުޅެނިކޮން ހޫނު ގަދަވުމުގެ ސަބަބުން ޖޯޑްންގެ 14 މީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.ޖޯޑްންގެ ފޮރިންމިނިސްޓްރީން ބުނެފައިވާ ގޮތުގައި ހީޓްސްޓްރޯކް ޖެހިގެން އެގައުމުގެ މަދުވެގެން 14 މީހުން މަރުވެފައިވާއިރު އިތުރު 17 މީހުން ވަނީ ގެއްލިފައެވެ. މިމީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް ދާކަމަށްވެސް އޮފިޝަލުން ވިދާޅުވެފައިވެއެވެ. ޖޯޑްންގެ ފޮރިންމިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަރުވި މީހުން ވަޅުލުމުގެ ކަންތައް ކުރިޔަށް ގެންދާނީ އާއިލާތަކުން އެދުނު ގޮތަށެވެ.އޭއެފްޕީން ޚަބަރުދީފައިވާ ގޮތުގައި އީރާނުގެ ފަސް […]

ފުލުހުން އެކްސިޑެންޓެއް ކަމުގައި ބެލިނަމަވެސް ބަޔަކު ގަސްދުގައި ރޯކޮށްލީ

މާލޭގައި ސައިކަލުތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއަކީ އެކްސިޑެންޓެއް ކަމުގައި ފުލުހުން ބެލި ނަމަވެސް ބަޔަކު ގަސްދުގައި ކުރި ކަމެއްކަން އެނގިއްޖެއެވެ. އެނގިފައިވާ ގޮތުގައި ސައިކަލުތަކުގައި ރޯކޮށްލީ އިމާރާތެއްގެ މަތީ ބުރީގައި ތިބި ބަޔަކު އެއްޗެއްގައި ރޯކޮށްލުމަށްފަހު ތިރިއަށް ވައްޓާލައިގެންނެވެ. މިގޮތުން އެ މަންޒަރު އެ ހިސާބުގައި ހުރި ބައެއް ސީސީޓީވީ ފުޓޭޖަށް އަރާފައިވާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. އެފްއެސްއެމް ޕެޓްރޯލް ޝެޑް ކައިރީގައި ރޭ ދަންވަރު 00:27 ހާއިރު ހިނގި އެ ހާދިސާގައި ފަސް […]

ވާންއުޅޭ ފިރިމީހާ ޒަހީރުގެ އާއިލާއާ ސޮނާކްޝީ ބައްދަލުކޮށްފި

ބޮލީވުޑްގެ ތަރިން ކަމަށްވާ ސޮނާކްޝީ ސިންހާ 37އ އާއި ޒަހީރު އިގްބާލް 35އ މި މަހުގެ 23 ވަނަ ދުވަހު ކައިވެނި ކުރަން ހަމަޖެހިފައި ވާއިރު، ބަތަލާ ވަނީ އިއްޔެ ޒަހީރުގެ އާއިލާއާ ބައްދަލުކޮށް ވަގުތު ހޭދަ ކޮށްފައެވެ. ޒަހީރުގެ ކޮއްކޮ، ސެލެބްރިޓީ ސްޓައިލިސްޓް ސަނަމް ރަތަންސީ ވަނީ މި ހާއްސަ ވަގުތުކޮޅު އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އެ ފޮޓޯގައި ޒަހިރުއާއި އޭނާގެ މައިންބަފައިންނާއި ކޮއްކޮ ސަނަމް ރަތަންސީއާ އެކު ސޮނާކްޝީ ހުރީ އުފާވެރި ހިނިތުންވުމެއްގައެވެ. މި […]

އެމެރިކާގެ ރިޔާސަތަށް ވާދަކުރައްވާ ދެ މުސްކުޅިންގެ ޒުވާބު

މި އަހަރު އެމެރިކާގެ ރިޔާސީ ތަޚުތުގައި އިށީންދެ ވަޑައިގަންނަވާނީ އެމެރިކާ ތާރީޚުގައި އެ މަގާމު ޙާސިލުކުރައްވާ އެންމެ މުސްކުޅި ބޭފުޅާއެވެ. ވާދަކުރައްވާ ދެބޭފުޅުންގެ ކޯޅުމުގެ ބޮޑުބަޔަކީވެސް އެއީއެވެ. ރައީސް ޖޯ ބައިޑްން ވިދާޅުވަނީ އެބޭފުޅާއަކީ މުސްކުޅިއެއް ނޫންކަމަށެވެ. އުމުރުން 81 އަހަރުވުމަކީ އެމެރިކާގެ ރައީސްކަން ނުކުރެވޭ ވަރަށް މުސްކުޅިވުން ކަމަށް ބައިޑްން ގަބޫލެއް ނުކުރައްވައެވެ.                                 ކުރީގެ ރައީސް ޓްރަމްޕް ވިދާޅުވަނީ ޖޯ ބައިޑްން އަކީ މުސްކުޅިއަކަށް ވުމުގެ އިތުރުން ތަންދޮރުވެސް އޮޅުންނުފިލާ ބޭފުޅެއް ކަމަށެވެ. މި […]

ގައުމަށް އަމާންކަން ލިބޭނީ އަމިއްލަ މަސްލަހަތުގެ ބަދަލުގައި ދީނާއި ވަތަނުގެ މަސްލަހަތު އިސްކޮށްގެން: ޢީދުގެ ޚުޠުބާ

ގައުމަކަށް އަމާންކަން ލިބޭނީ އަމިއްލަ މަސްލަހަތުގެ ބަދަލުގައި ދީނާއި ވަތަނުގެ މަސްލަހަތު އިސްކޮށްގެން ކަމަށް މިއަދުގެ ޢީދު ޚުޠުބާގައި ބުނެފިއެވެ. ޚުޠުބާގައި ބުނެފައިވަނީ ގައުމަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ އެ ގައުމުގެ އަހުލުވެރިންނަކީ މާތްރަސްކަލާނގެ އެއްކައުވަންތަކޮށް އާޚިރަތް ދުވަހަށް އީމާންވާ ބަޔަކަށްވުން ކަމަށެވެ. އަދި އެކަލާނގެއަށް ބިރުވެތިވެ އެކަލާނގެއަށް ޖަވާބުދާރީވާންޖެހޭ ދުވަހެއް އަންނާނެކަން ގަބޫލުކުރާ ބައެއްގެ މެދުގައި ފަސާދަތައް މަދުވާނެކަމަށް ވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން ގައުމަަކަށް ލިބޭނެ ބޮޑު އަނެއް ނިއުމަތަކީ އެ ގައުމަކީ […]

ފިލްމު “ނާޔަކް“ އަށް އެއް ރުޕީސްއަށް ސޮއި ކުރިން:ޝާހު

ޕޮލިޓިކަލް ތްރިލާއެއް ކަމަށްވާ ފިލްމު ”ނާޔަކް“ ގައި މަސައްކަތް ކުރުމަށް އެއް ރުޕީސްއަށް އެ ފިލްމަށް ސޮއި ކުރި ކަމަށް ބޮލީވުޑްގެ ސްޕަ ސްޓާރް އަދި ކިންގް ޚާން، ޝާހުރުކް ޚާން ބުނެފިއެވެ. އަނިލް ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ”ނާޔަކް“ ގައި އަނިލް ކަޕޫރަކީ ފުރަތަމަ ޗޮއިސްއެއް ނޫންކަން ހާމަކޮށް ޝާހު ބުނީ ނާޔަކް ގައި މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ހުށަހެޅީ އޭނާއަށް ކަމަށެވެ. މިގޮތުން އެ ފިލްމުގައި މަސައްކަތް ކުރުމަށް ސޮއި ކުރުމަށްފަހު […]

ކަނޑިތީމުގައި “ކަނޑިސާރު“ ގެ ނަމުގައި ސަގާފީ މަރުކަޒެއް ހުޅުވައިފި

ށ.ކަނޑިތީމުގައި “ކަނޑިސާރު“ ގެ ނަމުގައި ސަގާފީ މަރުކަޒެއް ހުޅުވައިފިއެވެ. ކަނޑިތީމު ކައުންސިލުން ބުނީ މިއީ ކަނޑިތީމު ތަރިކައާއި ތާރީޚު ރައްކާކުރުމަށް ރަށު ފެންވަރުގައި ހިލޭސާބަހަށް މަސައްކަތްކުރާ ގްރޫޕަކުން ކުރަމުން އައި މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިޔުމަށް ކުރެފައިވާ މަސައްކަތުގެ ތެރެއިން ކައުންސިލްގެ އެއްބާރުލުމާއެކު ހެދިފައިވާ މަރުކަޒެއް ކަމަށެވެ. މި މަރުކަޒު ހަދާފައިވަނީ އެ ރަށު ކުރީގެ އަންހެނުން މިސްކިތުގައެވެ. އެއީ އެ ރަށުގައި މިވަގުތު ހުރި ދުވަސްވީ އިހުގެ ގޮތް ފާޑު ހުރި އެއް އިމާރާތެވެ. ކައުންސިލުން […]

ދަރުބާރުގޭ ކައިރީގައި ހިންގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެ ފަރުވާދެނީ

ދަރުބާރުގޭ ކައިރީގައި މިރޭ މާރާމާރީއެއް ހިންގައިފިއެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދަރުބާރުގޭ ކައިރީގައި މާރާމާރީއެއް ހިނގިކަމުގެ ރިޕޯޓް ލިބުނީ މިރޭ 22:30 ހާއިރު ކަމަށެވެ. މި މާރާމާރީގައި އަނިޔާވި މީހަކަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ މެސެޖުގައި ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުންގެ ވަނަވަރެއް ފުލުހުން […]

އީދު ދުވަސް: ހަވީރު ގަޑީގައި މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ

އީދު ދުވަހު ހަވީރު މާލެ ސަރަހައްދުގެ މަގުތަކުގައި އިންޖީނުލީ އުޅަނދާއި ބެޓެރި ވެހިކަލްތައް ދުއްވުން މަނާކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ބުނީ މިއަހަރުގެ އަޟްޙާ ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. “ގްރޭޓަރ މާލެ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައި މަތީގައި […]

ޖުމްހުރީ މައިދާނުގައި ހުރި ޢީދު ލައިޓުތަކެއްގެ ކޭބަލް ވަގަށް ނަގައިފި

މި ފަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ޖުމްހޫރީ މައިދާނުގައި ދިއްލާފައިހުރި ބައެއް ޢީދު ލައިޓުތަކުގެ ކޭބަލް ވަގަށް ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.    ވަގަށް ނަގާފައި ވަނީ މާލެ ސަރަހައްދުގައި ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ސިޓީ ކައުންސިލުން މިރޭގެ އިރާކޮޅު ޖުމްހޫރީ މައިދާނުގައި ހަރުކޮށްފައިވާ ބައެއް ބޮކީގެ ކޭބަލްއެވެ. މިކަން ހާމަކޮށް އެ ކައުންސިލުން މިރޭ ކުރި ޕޯސްޓެއްގައި ބުނީ  ޖުމްހޫރީ މައިދާނުގައި ދިއްލާފައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަގަށް […]