ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ޢިބުރަތެއް

ކޮންމެ މަގާމެއްގައި ހުއްޓަސް އަދި މަގާމެއްގައި ނެތަސް ޒުވާނަކަށް ވިޔަސް މުސްކުޅިއަކަށް ވިއަސް ކޮންމެ އިންސާނަކުމެ މަރާ ބައްދަލު ކުރަންޖެހޭނެއެވެ. އެ ވަގުތަކީ އެއްވެސް އިންސާނަކަށް އެނގިގެންވާ ވަގުތެއް ނޫނެވެ. ބައެއް ސިޔާސީ ބޭފުޅުން ސިޔާސީ އިސް މަގާމު ތަކުގައި ތިއްބަވައިގެން ރިޝްވަތު ނަންގަވައި ވައްކަންކޮށް މަގާމުގެ ނުފޫޒު ބޭނުން ކުރަމުން ގެންދަވާއިރު ތިމާގެ ގާތަށް ވެސް މަރު އަންނާނެ ކަން ކަށަވަރުކޮށް އިޚުލާޞްތެރިކަމާއި އަމާނާތްތެރިކަމާއެކު ވަޒީފާ އަދާކުރުން މަތީގައި ދެމިހުރުމަކީ ފަހުން އުފާ ލިބޭނެ ކަންކަމެވެ. […]

ރާއްޖޭގެ އިގުތިޞާދުގެ ހަގީގީ ލޭނާރަކީ ކަނޑު ރޯދީގެ ސިނާޢަތެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ ކަނޑުރޯދީގެ ޒަރީޢާއިން ބަނޑުފުރާނަ މުއްތިކުރަމުން އަންނަ ގައުމެކެވެ. އެހެން ކަމުން ރަންބިސް އަޅާ ކުކުޅަށްވުރެ މުޅި ދިވެހީ އުންމަތަށް އެންމެ ފައިދާހުރި ސިނާޢަތަކީ ކަނޑުރޯދީގެ ސިނާޢަތެވެ. އެއީ އެންމެ ގިނަ ދިވެހީންނަށް ބެހިގެންދަނީ ކަނޑުރޯދީގެ ނަފާ ކަމަށް ވީތީއެވެ. ފަތުރުވެރިކަމުގެ ސިނާޢަތަށް ވުރެ މުޅި ދިވެހި އުންމަތަށް ދިވެހި މަސްވެރިކަމުން ލިބޭ އާމްދަނީ ހަގުނަ އިތުރެވެ. ރާއްޖޭގެ މަސްވެރިން ބާނާ މަސް 1970ގެ ިކުރީގައި ކިރުވަނީ ރަށްރަށުގައި ތިބޭ މަހުޖަނުންގެ ވިޔަފާރި ގެތަކަށެވެ. އޭރު […]

ޝައިޠާނުންގެ ސިފަ ޖައްސައިގެން ތިބެ ޢީދު ފާހަގަކުރުން ހުއްދައެއް ނުވާނެ: ޑރ.ޝަހީމް

ޝައިޠާނުންގެ ސިފަ ޖައްސައިގެން ތިބެ ޢީދު ފާހަގަކުރުން ހުއްދައެއް ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ ދީނާކީ މާތް ﷲ ދިވެހިންނަށް ދަރުމަކުރެއްވި އެންމެ މަތިވެރި ނިޢުމަތް ކަމަށެވެ. ހަމައެހެންމެ އިސްލާމީ ހިދާޔަތުގެ މަގަށް މި ރާއްޖެ ބަދަލުވި ދުވަހުން ފެށިގެން މި ރާއްޖޭގެ ސަޤާފަތަކީ އިސްލާމީ ސަޤާފަތް ކަމަށެވެ. އެގޮތުން ސަޤާފަތުގެ ނަމުގައި ޚުރާފީ ކަންކަން ދިރުވުމަކީ ހަމަޖެހޭ ކަމެއްނޫން ކަމަށާއި އެފަދަ […]

އެމެރިކާގެ ގަރާރަށް ދެބޯގެރި ދުއްވުން

އިސްރާއީލް- ފަލަސްތީނުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި އެމެރިކާއިން ޔޫ. އެން. އަށް ހުށައަޅައިގެން ފާސްކުރި ގަރާރަށް އެއްބަސްވުމުގައި ޙަމާސް އިން ބޭނުންވަނީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލާނެކަމުގެ ގެރެންޓީ އެމެރިކާއިން ދިނުންކަމަށެވެ.  އަދި އިސްރާއިލުގެ ހުރިހާ ސިފައިން ގައްޒާއިން ފައިބާނެކަން އެމެރިކާއިން ލިއުމަކުން ހަމާސްއަށް އަޙްދު ކަށަވަރުކޮށް ދިނުން ކަމަށް މިސްރުގެ ސަލާމަތާއި ބެހޭ އިސް 2 ބޭފުޅަކުގެ ފަރާތުން އެނގިފައިވާކަމަށް ރޮއިޓާރސް އިން ޚަބަރު ދީފިއެވެ. މީގެ ކުރިން ޔޫ.އެން އިން އިސްރާއީލުގެ ހަނގުރާމަ ހުއްޓާލުމަށް […]

ހަ ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފި

ސަރުކާރުން ފައިސާ ދޫކުރުމަށް ޝަރުޠު ހަމަވާ 6 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފިއެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް ހިމެނޭއިރު ފައިސާ ދޫކޮށްފައި ވަނީ އޭގެ ތެރެއިން ޝަރުތު ހަމަވާ 6 ސިޔާސީ ޕާޓީއަކަށެވެ. އީސީން ބުނީ މި އަހަރަށް ބަޖެޓު ފާސްކުރިއިރު، ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވަނީ 6 ޕާޓީ އެއްގައި ކަމަށެވެ. އެއީ އެމް.ޑީ.ޕީ، ޕީޕީއެމް، ޖޭޕީ، ޕީ.އެންސީ، އެމް.ޑީ.އޭ އަދި ޢަދާލަތު ޕާޓީއެވެ. އެގޮތުން މި ޕާޓީތަކަށް ފައިސާ […]

ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު މަރުވެއްޖެ

ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތް ކުރަމުންދިޔަ އިންޑިއާ ފިރިހެނަކު މަރުވެއްޖެއެވެ. މިކަންހާމަކޮށް ފުލުހުން ބުނީ ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއް އަނބުރައިގަނެގެން ރޭގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ. ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްގީކުރި ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތަށް ދިވެހިން ތަމްރީންކުރުން […]

ޗައިނާގެ ބަދިގެފަރާތުގައި އެމެރިކާއަކީ ބާރެއްނެތް ސުޕަރޕަވަރ

ކިއުންތެރިންނަށް މި ގެނެސްދެނީ ދަ ނިއު ޔޯރކް ޓައިމްސް ގައި ޝާއިއު ކޮށްފައިވާ ރިޕޯރޓެކެވެ. މީގައި ސަންދާނުން ދެކޭގޮތް ނުވަތަ ސަންދާނުގެ ރައުޔެއް ހާމަކޮށްފައެއް ނުވާނެއެވެ. ސަންދާނުގެ ކިއުންތެރިން މިކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.ޔޫކްރެއިން އަދި ގައްޒާއާއި މާދުރުގައި ދުނިޔޭގެ އެންމެ މުއްސަނދި ކަމަށްބުނާ 7 ގައުމުގެ ވެރިން އިޓަލީގައި ބައްދަލުކޮށް އެގައުމުތަކަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާބެހޭގޮތުން މަޝްވަރާ ކުރަމުން އެބަ ގެންދެއެވެ. އޭގެތެރޭގައި އޭޝިޔާއާއި ޕެސިފިކް ސަރަހައްދަށްވެސް އެމެރިކާގެ ނުފޫޒާއި ބާރު ކުރިއަށްއޮތް އެތައް ސަތޭކަ […]

ނަޝީދު ވިދާޅުވަނީ ދުނިޔޭގެ މިސްރާބު ހުރީ “ތިންވަނަ ބޮޑު ހަނގުރާމަ“ އަކާ ދިމާއަށް ކަމަށް

ދުނިޔޭގެ ކަންކަން މިހާރު ހިނގަމުންދާ ގޮތުން މިސްރާބު ހުރީ ތިންވަނަ ބޮޑު ހަނގުރާމައަކާ ދިމާއަށް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ސިޔާސީ މަސްރަހުން ވަގުތީ ގޮތުން ފެޔަށް ޖެހިވަޑައިގެން ހުންނެވި ނަޝީދު މިހެން ވިދާޅުވީ ސޯޝަލްމީޑިއާ ޕްލެޓްފޯމް, “އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ. ނަޝީދުގެ ޕޯސްޓުގައި ވަނީ ތިންވަނަ ބޮޑު ހަނގުރާމައަކާ ދިމާއަށް މިސްރާބު ހުރިކަމަށް ފާހަގަކުރެވޭ ކަންކަން ހިއްސާކުރައްވައިފައެވެ. އެގޮތުން ދުނިޔޭގެ ބޮޑެތި ބާރުތަކުން އަަސްކަރީ ޚިދުމަތް ލާޒިމުކުރަން ވިސްނަމުންދާ ކަން […]

ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކ.ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގީ ތިލަފުށީގައި ހުރި ”ރާއްޖެ ލޮޖިސްޓިކްސް“ ގުދަނުގައެވެ. އެމްއެންޑީއެފްއިން ދެންމެ ބުނީ މި ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބުނީ މިއަދު 14:35 ހާއިރު ކަމަށާއި މި ހާދިސާގެ ރިޕޯޓް މިއަދު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން، ގުދަނުގައި ރޯވި އަލިފާން، ފަޔަރ ފައިޓަރުން […]

ޝިޕިންގ އެކްސީޑެންޓެއްގައި ސިންގަޕޫރުގެ ޑަނޑަށް ތެޔޮ އެޅި ބީޗްތައް ކަޅުވެއްވެއްޖެ

ސިންގަޕޫރާ ކައިރިން ކަނޑުތެރޭ ހިނގި ޝިޕިންގ އެކްސީޑެންޓަކަށް ފަހު ގިނަ އަދަކަށް ކަނޑަށް ތެޔޮއެޅުމުގެ ސަބަބުން ދެކުނު ފަރާތު ގޮނޑު ދޮށް ވަރަށް ބޮޑަށް ތެލުން ތަޤައްޔަރު ވެއްޖެ އެވެ. މި ހާދިސާއަށް ފަހު ސަރުކާރުން ގެންދަނީ ތެޔޮތައް ނަގާ ސާފުކުރުމުގެ މަސައްކަތް އަވަދިނެތި ކުރަމުންނެވެ.ހާދިސާ ހިނގަން ދިމާވެފައިވަނީ ހުކުރު ދުވަހު ނެދަލަންޑްގެ ޑްރެޖިންގ ބޯޓެއް ސިންގަޕޫރުގެ ތެޔޮއުފުލާ ބޯޓެއްގައި ޖެހި، ބޯޓުގެ ތެޔޮ ޓެންކް ފޫގޮސްގެންނެވެ. ކަމާބެހޭ އިދާރާ ތަކުން ބުނެފައިވާ ގޮތުގައި ދެބޯޓުޖެހެން މެދުވެރިވީ […]