ބުރިޖު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ބިދޭސީއަކު މަރުވި މައްސަލަ ބަލަނީ

ތިލަމާލެ ބުރިޖު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ބިދޭސީއަކު މަރުވި މައްސަލަ ބަލަން ފަށައިފިއެވެ. މި ބިދޭސީ މީހާ މަރުވީ މިދިޔަ ހޯމަ ދުވަހުގެރޭގައެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މިދިޔަ ހޯމަދުވަހުގެރޭ ތިލަމާލެ ބުރިޖު ސައިޓުގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާގެ ރައްޔިތެއް ނިޔާވެފައިވާ ކަމަށެވެ. އަދި ކޮންޓްރެކްޓަރާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ. މިނިސްޓްރީން ބުނީ ސިނަމާލެ ބްރިޖު މަރާމާތް ކުރުމުގެ މަސައްކަތުގައި އުޅުނު މީހަކު މަރުވި ކަމަށް ބައެއް ނޫސްތަކުގައި […]

ރާއްޖޭގެ ދެކުނުން 680 މޭލުގައި ހުރި ކޯބަލްޓް ފަރުބަދަ ތަހުލީލު ކުރަން އިންޑިއާއިން ހުށަހަޅައިފި

އިންޑިޔާއާއި 840 މޭލު ދުރުގައި ކަނޑު އަޑީގައި ހުރި ކޯބަލްޓް ފަރުބަދަ ތަހުލީލު ކުރަން އިންޑިއާއިން ހުށަހަޅައިފިއެވެ. މި ފަރުބަދަ ހުންނަނީ ރާއްޖޭގެ ދެކުނުން 680 މޭލު ދުރުމިނުގައެވެ. މި ފަރުބަދަ ތަހުލީލުކުރަން އިންޑިއާއިން ވަނީ އިންޓަނޭޝަނަލް ސީބެޑް އޮތޯރިޓީ (އައިއެސްއޭ) އަށް ހުއްދައަށް އެދި ހުށަހަޅާފައެވެ. އެކަން ހާމަކޮށް އެ އިދާރާއިން ބުނީ ހުއްދަ އަށް އެދި 500,000 އެމެރިކާ ޑޮލްރުގެ ޑިޕޮސިޓެއް އިންޑިޔާ އިން ދައްކާފައިވާ ކަމަށެވެ. އެ އިދާރާއިން ބުނީ ’އަފަނަސީ ނިކިޓިން‘ […]

ޕެނިކް އެޓޭކަށް މަގުފަހިވާ ސަބަބުތަކާއި އަލާމާތްތައް!

ޕެނިކް ޑިސްއޯޑަރ އަކީ ކުއްލިއަކަށް ބިރުގަތުމާއި ހިތް ނުތަނަވަސްވުމުގެ ހާލަތެވެ. ޕެނިކްވުމަކީ ކުއްލިއަކަށް ވަރަށް ބޮޑަށް ބިރުގަތުމާއެކު ހިތް ނުތަނަވަސްވެ، ހަދާނެގޮތް ހުސްވުމެވެ. ޕެނިކްވާ މީހާއަށް ހީކުރެވޭނީ އޭނާއަށް އިހްސާސްކުރެވޭ ބިރަކީ ހަގީގަތުގައިވެސް އޭނާއަށް ދިމާވެފައިވާ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. ވުމާއެކު މި އިހްސާސްތަކާއި އެއްގޮތަށް ހަށިގަނޑުވެސް އެއަށް އިޖާބަދީ އަމަލީގޮތުން އޭގައި ބައިވެރިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ނޭވާލުމާއި ހިތުގެ ވިންދަށް ބަދަލުއައުމުގެ އިތުރުން، ހަށިގަނޑުގެ އެހެން ގުނަވަންތަކުގެ މަސައްކަތްތަކަށްވެސް ބަދަލުއާދެއެވެ. އަދި އެފަދަ […]

ކުރީގެ ދިފާޢީ ވަޒީރު ޢަބްދުލްޙަންނާން އަވަހާރަވުމާގުޅިގެން ރައީސް މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

ކުރީގެ ރައީސް، އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނ.ޣ.ޢ.ވ ގެ ވެރިކަމުގައި، މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީގެ މަގާމު (އޭރުގެ ދިފާޢީ ވަޒީރުކަމުގެ މަޤާމު) 10 އަހަރު ފުރުއްވި، ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވުމާ ގުޅިގެން، އެ ކިލެގެފާނުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މީސްމީޑިއާ މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޢުޒިޔާގެ ޕޯސްޓުގައި، ޢަބްދުލްޙަންނާން ޙަލީމް އަވަހާރަވުމަކީ، ޤައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށް ވިދާޅުވެ، އެ ކިލެގެފާނުގެ ޢާއިލާއަށް […]

ގަވާއިދާ ޚިލާފަށް މީހުން އަރުވައިގެން ދަތުރުކުރި ވެހިކަލެއް ޓޯކޮށްފި

ގަވާއިދާ ޚިލާފަށް މީހުން އަރުވައިގެން ދަތުރުކުރަމުންދިޔަ އުޅަނދެއް ޓޯކޮށްފިއެވެ. ފުލުހުން ބުނީ ހުއްދަނެތި، ގަވާއިދާ ޚިލާފަށް މީހުން އަރުވައިގެން މާލެއިން އެއަރޕޯޓަށް ދަތުރުކުރި އުޅަނދެއް ބަލައި ޗެކްކޮށްފައިވާ ކަމަށެވެ. އެގޮތުން މި އުޅަނދު ޗެކް ކުރިއިރު އެ އުޅަނދަކީ ”ބީ“ ޒޯންގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. ނަމަވެސް އެ އުޅަނދު ދުއްވަމުން އައީ ”އޭ“ ޒޯންގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ. މީގެ އިތުރުން އެ އުޅަނދުގެ އަހަރީ ފީވެސް ހަމަވެފައިވާ ކަމަށް […]

ތާރީޚީ ދަތުރު ފުޅެއްގައި ޕޫޓިން އުތުރު ކޮރެޔާއަށް

ވަރަށްވެސް ތާރީޚީ ދަތުރު ފުޅެއްގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އުތުރު ކޮރެޔާ އަށް ވަޑައިގެންފިއެވެ. ބުދަ ދުވަހު ހެނދުނު ޕޫޓިން އުތުރު ކޮރެޔާއަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ޕިޔޮންގ ޔަންގ ގެ ކިމް ޓޫ ސަންގ ސްކޮޔަރ ގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ރައީސް ޕޫޓިން އަށް މަރުހަބާ ދަންނަވާފައި ވަނީ ކިމް ޖޮން އުން އެވެ. އެއަށް ފަހު ދެލީޑަރުން ވަނީ ސަލާމް ކުރައްވާފައެވެ. އަދި ރައީސް ޕޫޓިން ވަނީ އުތުރު ކޮރެޔާއިން […]

މާލެއިން 14 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

މާލެ ސަރަހައްދުން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން ދެންމެ ބުނީ މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާކަމަށް ރިޕޯޓުކޮށްފައިވާތީ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އާއިލާއާ ހަވާލާދީ ފުލުހުން ބުނީ ޔަލްވީ އެންމެ ފަހުން ފެނިފައި ވަނީ ޖޫން 14 ވަނަ ދުވަހު ކަމަށެވެ. އެހެންކަމުން ފުލުހުން ވަނީ ޚަދީޖާ ޔަލްވީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް […]

އަހަރާ 8 މަހުގެ ކުއްޖަކަށް ސިނގިރެޓާއި ރާ ދިން މަންމަ އަކު ހައްޔަރު ކޮށްފި

އިންޑިޔާގެ އާސާމްގައި،އެއްއަހަރާ 8 މަހުގެ ކުއްޖަކަށް ސިގިރެޓާ ރާ ދިން މަންމަ އަކު ހައްޔަރު ކޮށްފިއެވެ.ވިއޯން ޗެނެލް ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އިންޑިޔާގެ އާސާމް އަށް ނިސްބަތްވާ މިއަންހެންމީހާ މި އަމަލު ހިންގާކަމުގެ ޝަކުވާއެއް އެތަނުގެ ޗައިލްޑް ހެލްޕްލައިން ސެލް އަށް، ފޮޓޯއާއި އެކު ލިބުމުން އެތަނުން އޮފިޝަލުންނާއި ފުލުހުންގެ ޓީމެއް ގޮސް ވަނީ މައްސަލަ ބަލާފައެވެ. މިގޮތުން ކުއްޖާ ސަލާމަތް ކޮށް އަދި މަންމަ ވަނީ ހައްޔަރު ކޮށްފައެވެ.މިކަމުގެ މައުލޫމާތު ޗައިލްޑް ހެލްޕްލައިން ސެލް […]

ވަކި ވަގުތެއްގައި ހަމަލާތައް ހުއްޓާލަން އަމުރުކުރި ބޯބުރާންތި ވަޒީފާގައި ނުބަހައްޓާނަން-ނަތަންޔާހޫ

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރާ ގައުމުތައް އިތުރު ވަމުން ދިއުމުން ނަތަންޔާހޫ ރަތަށް އަރައި ހުޅަނގު އައްސޭރީގައި އަދިވެސް ގިނަ ޔަހޫދީ އާބާދީތައް ވަޒަންވެރިކުރުވަން ގަސްދުކޮށްފިއެވެ. ފަލަސްތީނުގެ ބޮޑުވަޒީރު އޮފީހަށް ޙަވާލާދީ ސީ އެން އެން އިން ބުނެފައިވަނީ އިސްރާއީލުން ދެން އެންމެ އަވަހަށް ބޭއްވޭ ސަލާމަތީ ކެބިނެޓްގެ ބައްދަލުވުމެއްގައި އެކަމަށް ވޯޓަށް އަހާނެ ކަމަށެވެ. އިސްރާއީލުން ބުނަމުން ގެންދަނީ ހުޅަގު އައްސޭރީގައި ޔަހޫދީން އިތުރަށް ވަޒަންވެރި ކުރުވުމަކީ ތައުރާތުގައި ޖޫޑިއާއި އަދި ސަމަރިއާ އަކީ އިސްރާއީލުގެ […]

މިޔަރު ހިމާޔަތް ކުރުމުގެ ގާނޫނު އިސްލާހު ކުރަންޖެހޭ

ރާއްޖެއަކީ ނުރައްކާތެރި އެތަށް ބާވަތެއްގެ މިޔަރު ގިނަ ގައުމެކެވެ. އެހެންކަމާއެކު ފަތުރުވެރީންގެ އިތުރުން ދިވެހި ޒުވާނުންނާ ކުޑަކުދީން ރާއްޖޭގެ ރަށްރަށުގެ މޫދަށްއެރިއުޅުމުގެ ނުރައްކާތައް ދުވަހެއް ދުވަހެއް އަންނަނީ ބޮޑުވަމުންނެވެ. ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް މި ނުރައްކާތެރިކަން ދާނީ ބޮޑުވަމުންނެވެ. ސަރުކާރުން މިޔަރު ހިމާޔަތްކޮށްފައި ވަނީ މޫދަށް އެރި ފީނާ އަދި އެކި ތަމްރީނުތަކުގައި ބައިވެރިވާ މީހުން މިޔަރުގެ ނުރައްކަލުން ސަލާމަތް ވާގޮތަކަށް ނޫނެވެ. އެހެންކަމުން ރާއްޖެއަކީ ކަނޑުތަކާއި ފަރު ފަދަ ތަންތަން އިންތިހާއަށް ރީތި އަދި […]