ޙައްޖަށް ފޮނުވުމުގައި ވެސް ކަރަޕްޝަން

ހައްޖުވެރިން އަތުން ނެގި ފައިސާއާ އެއްވަރުގެ ޚިދުމަތެއް ނުދެވުނީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާތީ ކަމަށް ތުހުމަތުކޮށް މައްސަލަ ތަހުގީގުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ދިވެއްސަކު ބުނެފިއެވެ. އެގޮތުން މި އަހަރު ރާއްޖެއިން ހައްޖަށްދިޔަކަން ހާމަކޮށް މުޙައްމަދު ނިޒާމްކިޔާ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ރާއްޖެއިން އަންނަ އަހަރުގެ ހައްޖުގައި ރަނގަޅު ކުރަން ޖެހޭ ކަންކަމާ ގުޅޭ ގޮތުން އޭނާ ދެކޭގޮތް ހާމަކޮށްފައެވެ. ނިޒާމް […]

ޔޯގާ ޑޭ: ސިއްރު ސިއްރުން ކުޅިގަނޑު ބާއްވައި ނިންމައި ފޮޓޯތައް އާންމުކޮށްފި

ރާއްޖޭގައި “އިންޓަރނޭޝަނަލް ޔޯގާ ޑޭ“ ފާހަގަކުރަމުން ދަނިކޮށް އެކަމާ ދެކޮޅަށް ގިނަ ބަޔަކު ނުކުމެ އަޑުއުފުލައި އެތައް ހަމަނުޖެހުމެއް ހިނގައި ދިޔައީ 2022 ގައެވެ. ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވި ވަގުތު އެތަނުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޖުމްލަ 18 މީހުންނަށް ދައުލަތުން ދައުވާ ވެސް އުފުލިއެވެ. ދައުވާ އުފުލި މީހުންގެ ތެރޭގައި ޝައިޚު ފަޟްލޫން މުޙައްމަދާއި، ޝައިޚް އާދަމް ނިޝާން ވެސް ހިމެނެއެވެ. އެ ހާދިސާއާ ގުޅުވައި ގިނަ ބައެއްގެ މައްޗަށް ޓެރަރިޒަމް ގެ […]

އުރަމަތި ދުޅަވާ ސަބަބާއި ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން!

އުރަމަތި ދުޅަވެ ދޮސްގަތުން (Mastitis) ނުވަތަ އުރަމަތި ދުޅަވުމަކީ އުރަމައްޗާއި، އޭގެ ވަށައިގެންވާ ޓިޝޫ ތަކުގައި އިންފްލެމޭޝަން އުފެދި، ދުޅަވުމެވެ. ތުއްތު ދަރިފުޅަށް ކިރުދޭން ފެށުމާއި އެކު އުރަމަތި ދުޅަވެ ދޮސްގަތުމަކީ އަލަތު މައިންނަށް ވަރަށް ގިނައިން ދިމާވާ ކަމެކެވެ. އާންމު ގޮތެއްގައި އުރަމަތި ދުޅަވުން ނިސްބަތް ކުރެވެނީ ދެ ވައްތަރަކަށެވެ. އެއީ ވިހެއުމަށްފަހު ގާތުންދޭ މައިންނަށް ދިމާވާ އުރަމަތި ދުޅަވުމާއި، އާއި އެފަދަ ނޫންމީހުންނަށް ދިމާވާ އުރަމަތި ދުޅަވުމެވެ. އެންމެ އާންމުކޮށް އުރަމަތި ދުޅަވެ، ދޮސްގަތުން […]

ސަމާލު! އެމްޕީއެލްގެ ސީއީއޯގެ ނަމުގައި ފޭކް އައިިޑީއެއް ހަދައި އެކި ފަރާތްތަކަށް މެސެޖުކުރަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯގެ ނަމުގައި ހަދާފައިވާ ފޭކް ފޭސްބުކް އައިިޑީއަކުން އެކި މީސްމީހުންނަށް މެސެޖުކުރަމުންދާތީ ސަމާލުވުމަށް އެ ކުންފުނިން މިއަދު އެދިއްޖެއެވެ. އެމްޕީއެލްއިން މިކަމަށް އެދުނީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ. އެ ކުންފުނިން ބުނީ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމްގެ ނަމުގައި ފޭކް ފޭސްބުކް އެކައުންޓެއް ހަދައި، އެ އެކައުންޓް މެދުވެރިކޮށް އެކި ފަރާތްތަކަށް މެސެޖު ކުރަމުންދާ ކަމަށެވެ. “ވީމާ މިކަމަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް އެދެން.“ ޕޯސްޓުގައި އެދިފައިވެއެވެ. […]

ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ދަށްކުރުމަކީ ހައްލެއް ނޫން: ޕީޖީ

ކުށްކުރާ ކުޑަކުދިންގެ މައްސަލައިގައި ހައްލަކީ އުމުރު ދަށްކުރުމެއް ނޫން ކަމަށާއި މާހައުލު ބަދަލުކުރުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. ޕީޖީ އާންމު ކުރެއްވި ލިޔުމެއްގައި ވިދާޅުވެފައިވަނީ ކުށްކުރާ ކުޑަކުދިންގެ މައްސަލައަކީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި އަދި ހައްލެއް ހޯދިފައިނުވާ މައްސަލައެއް ކަމަށާއި ގާނޫނު އޮތް ނަމަވެސް ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ކާމިޔާބަކާ ގާތަށް ވެސް އަދި ނުދެވޭ ކަމަށެވެ. ޝަމީމް ވިދާޅުވި ގޮތުން ފުލުހުންގެ ތަހުގީގީ ދާއިރާއާއި ސަރުކާރުގެ ބައެއް މީހުން ދެކެނީ […]

ނެވާޑާގެ ސަހަރާއިން ގޮތްނޭންގޭ 9 ފޫޓުގެ މަހާނަ ގަލެއް ބިމުން މައްޗަށް އަރައިފި

އަނެއްކާވެސް އެމެރިކާއިން ކުއްލިއަކަށް ގޮތްނޭންގޭ މަހާނަގަލެއް ބިމުން މައްޗަށް އަރާފައި ހުއްޓާފެނިއްޖެއެވެ. މިފަހަރު މަހާނަގާ ފެނިފައިމިވަނީ ލާސްވެގާސްގެ ނެވާޑާ ސަހަރާގެ މެދުތެރެއިންނެވެ.                    އަޅުގަނޑު މިތަނުގައި ގޮތް ނޭންގޭ މަހާނަ ގަލެކޭ މިބުނީ ނެވާޑާ ސަހަރާގެ މެދުތެރޭން ފެނުނު މޮނޯލިތަކަށެވެ. މޮނޯލިތު ކުރީޒަމާނުގައި ބޭނުން ކޮށްފައިހުރީ ބޮޑެތި ބާރުތަކުން ފަތަޙަކުރާ ގައުމު ތަކުގައި އެމީހުންގެ އިން ވަކިކުރަން ބޭނުން ކުރާ ފާހަގައެއްގެ ގޮތުގައެވެ.                                           ސައެންސްވެރިން މި ފެންނަ ގޮތްނޭނެގޭ 9 ވަރަކަށް ފޫޓު ދިގު މި […]

ބައިޑަން ސިކިއުރެޓީންގެ ދަބަސް ފޭރިގަނެފި

ރައީސް ޖޯ ބައިޑްން ރިޔާސީ އިންތިޚާބަށް ފައިސާހޯދަން ލޮސް އެންޖަލިސް އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ސެކިއުރިޓީ ސަރވިސް އޭޖެންޓަކުގެ ދަބަސް އެމެރިކާގެ ވަގަކު ފޭރިގަނެފިއެވެ.އެމެރިކާގެ ސީކްރެޓް ސަރވިސް އޭޖެންސީން ބުނެފައިވަނީ މި ޙާދިސާ މެދުވެރިވެފައިވަނީ އެޖެންޓް ދުވަހުގެ ވަޒީފާ ނިންމާލުމަށް ފަހު އެނބުރި އައި މަގުމަތީގައި ރޭގަނޑު 9 ޖަހާކަންހާ އިރުގައެވެ. އެޖެންޓުގެ ދަބަސް ފޭރިގަތީ ބަޑިދިއްކޮށް ބިރުދެއްކުމަށް ފަހުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ކަންތައްގަނޑުގެ ތެރޭގައި އެ އެޖެންޓު ބަޑިޖެހިކަމަށާއި އެހެންނަމަވެސް ވަގުންގެ […]

މިއަހަރުގެ ތޫފާނީ މޫސުން މީގެ ކުރީގެ ތާރީޚެއްގައި ތަޖްރިބާ ކޮށްފައެއް ނުވޭ

އެމެރިކާއަށް ކުރިމަތި ވަމުންދާ ގަދަ ހޫނުގައި އެ ގައުމުގެ އާބާދީގައި ހިމެނޭ ގާތްގަނޑަކަށް 340 މިލިއަން މީހުންގެ ތެރެއިން 75 މިލިއަނަށް ވުރެން ގިނަމީހުން އަމިއްލައަށް ގޭބަންދުވެ ތިބުމަށް މަޖުބޫރު ވެއްޖެއެވެ.      ފީނިކްސް އިން އެސޯޝިއޭޓެޑް ޕްރެސް ރިޕޯރޓްކޮށްފައިވާ ގޮތުގައި ހޯމަ ދުވަހުން ފެށިގެން އެމެރިކާއަށް މެދުވެރިވެފައިވާ ގަދަ ހޫނު އިރުމައްޗަށް ދަތުރު ކުރަމުން ދާއިރު މިހާރުވެސް 75 މިލިއަނަށްވުރެން ގިނަ މީހުންވަނީ އެ ހޫނަށް ކެތް ނުކުރެވިގެން ގޭތެރޭގައި ބަންދުވެގެން ތިބުމަށް މަޖުބޫރުވެފައި ވެއެވެ. […]

ޒީ… 2

ރައްޓެއްސަކާ ބައްދަލުކޮށްލަން ކަމަށް ރީނާ ގާތުގައި ބުނެފައި އަހަރެން ގޭން ނުކުތީމެވެ. ކަނޑައެޅި ގަޑިއަށް ޒީ އުޅޭ ގެއަށް އަހަރެން ދިޔައިމެވެ. ދެވަނަ ފަންގިފިލާގެ ރަނގަބީލު ޖަހައިލުމުން ދޮރުހުޅުވައިދިނެވެ. އަހަރެން ވަނީމެވެ. ”އާދޭ އެތެރެއަށް!“ މަޑުމައިތިރި އަޑަކުން ޒީ ބުންޏެވެ. އަހަރެން އައުމުން ޒީ ވަރަށް އުފާވިއެވެ. ސޯފާއަށް އިޝާރާތްކުރަމުން އިށީނުމަށް ޒީ އަހަރެންގާތުގައި އެދުނެވެ. އަހަރެން އިށީނީމެވެ. ގޭތެރެ ވަރަށް ހަމަހިމޭނެވެ. ގޭގެ ތަރުތީބުކަމާއެކު އޮރެންޖުކުލައިގެ އަލީގެ ތެރޭން ގޭތެރެ ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ގޭގެ […]

ސަފީރު ގީލާގެ ސަފީރުކަމުގެ ފަތްކޮޅު، ބެލްޖިއަމްގެ ރަސްގެފާނަށް އަރުވައިފި

ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި އާ ސަފީރު، ގީލާ ޢަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ބެލްޖިއަމްގެ ރަސްގެފާނު ފިލިޕްއަށް އަރުވައިފިއެވެ. ސަފީރު ގީލާ ޢަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެރުވީބްރަސެލްސްގެ ޗެޓޫ ޑި ލެކެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުކުރެއްވުމުގައި ރަސްގެފާނު ފިލިޕް ވަނީ ސަފީރު ގީލާއަށް މަރުހަބާ ދަންނަވައި ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ދަންނަވައިފައެވެ. ސަފީރު ގީލާ ވަނީ އެކަމަނާއަށް ދެއްވި ހޫނު މަރުހަބާއަށް […]