މި އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން ސައުދީއަށް ފުރާވަޑައިގެންފި

ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާ މި އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން ސައުދީ އަރަބިއާއަށް ފުރާ ވަޑައިގެންފިއެވެ.  އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް އެ މިޝަންއިން ކުރަމުންދާނެ ކަމަށެވެ.  ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ޙައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާ ޙައްޖު މިޝަންގައި ހިމެނެނީ 7 ފަރާތެކެވެ.  އިސްލާމިކް މިނިސްޓްރީން […]

މަރުވެފައި އޮއްވާ މިއަދު ފެނުނީ ގެއްލިގެން ހޯދަމުންދިޔަ އައިމަން ކަމަށް ފުލުހުން ބުނެފި

މާފަންނު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ މިއަދު ފެނުނީ ގެއްލިގެން ހޯދަމުންދިޔަ މއ. ބޯޅަކިންކިރިމާގެ، އަހުމަދު އައިމަން (30އ) ކަމަށް ފުލުހުން ބުނެފިއެވެ.  ފުލުހުން މިހެން ބުނީ މިއަދު މެންދުރު ފަހު މ. ރަބީއުވިލާ ގޭގެ ގްރައުންޑް ފްލޯގައި ނިޔާވެފައި އޮތް މީހާގެ ހަށިގަނޑަކީ ކާކުކަން ދެނެގަތުމަށް ސައިންޓިފިކް އެނަލިސިސްތައް ހެދުމަށް ފަހުއެވެ.  އެގޮތުން އެ ތަފްސީލުތައް ހިއްސާކުރަމުން ފުލުހުން މިރޭ ބުނީ ނިޔާވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދިޔަ އައިމަން ކަމަށެވެ.  މީގެ އިތުރުން މި […]

ޑޮލަރު އޭޓީއެމް މެޝީނަތައް ހުށްޓުވާ ރުފިޔާ އަށް އިތުބާރު އުފައްދަން ޖެހޭ

ޑޮލަރުގެ ތާށިކަމުގެ ވާހަކަ ފަލަ ސުރުޚީ ތަކުން މިދުވަސްކޮޅު ނުފެނުން ނަމަވެސް، އަދިވެސް އެކަން އޮތީ ހަމަ އޮތް ގޮތަށެވެ. ބޭންކުތަކުން އެއްވެސް ވަރަށް ޑޮލަރު އަދިވެސް ވިޔާފާރިވެރިން ނާއި އެމީހުންގެ ގެދޮރު ކުއްޔަށްދީ ދަަރިން ތަޢުލީމުގ ޙާސިލުކުރުމަށް ބޭރުގައި އުޅޭ ދިވެހީންނަށް ނުލިބުމުގެ ސަބަބުން ވިޔަފާރިވެރިންނާއި އެކި ކަންކަމުގައިމިބުނި ރާއްޖެއިން ބޭރަށް ފުރާ މީހުން އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އަދިވެސް މަޖުބޭރުވެފައިވަނީ ކަޅުބާޒާރުން ޑޮލަރު ގަންނާށެވެ.  އަދި އެކަޅުބާޒާރު ރަނގަޅަށް ފަސޭހައިން ހިންގައި ދިނުމަށް ބޭންކުތަކުން ވަނީ ސަރުކާރުތަކުގެ ސަޕޯޓާއި އެކު އޭޓީއެމް މެޝީންވެސް ބަހަށްޓަދީފައެވެ. ޑޮލަރުން ޢާމްދަނީ […]

އައްޑޫ ސިޓީގައި ”އިސްރަށްވެހިންގެ ހިޔާވަހި“ ބިނާކުރުމަށް ނިންމަވައިފި

ދޮށީ އުމުރުގެ މީހުންގެ ތެރެއިން އާއިލާގެ އަޅާލުން ނުލިބުމުގެ ސަބަބުން ދައުލަތުން ބަލަހައްޓަންޖެހޭ ހާލަތަށްދާ ފަރާތްތަކަށް، އުފާވެރިކަމާއި، ހިތްހަމަޖެހުމާއެކު އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާހައުލެއް ޤާއިމު ކުރުމުގެ ގޮތުން ފެންވަރު ރަނގަޅު ޚިދުމަތްތަކާއެކު، ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ”އިސްރަށްވެހިންގެ ހިޔާވަހި“ އައްޑޫ ސިޓީ ފޭދޫގައި ބިނާކުރުމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެ މަނިކުފާނު މިގޮތަށް ނިންމެވީ އިއްޔެ ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސޯޝަލް […]

އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމަށް މަޢުރަޒެއް ބާއްވަނީ

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް މަޢުރަޒެއް ބޭއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމެވީ އިއްޔެ އެ މަނިކުފާނުގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. އެގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ […]

ހަނގުރާމަ ހުއްޓާލައި ފަލަސްތީނުގެ ދައުލަތެއް އަވަހަށް އުފައްދަން ގޮވާލައިފި

އިސްރާއީލް-ފަލސްތީނުގެ ހަނގުރާމަ ހުއްޓާލައި އަވަހަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން އަރަބި ލީގުން ގޮވާލައްވައިފިއެވެ. ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ އުދުވާނަށް ހަރުކަށިކަމާއެކު ދެކޮޅު ހައްދަވަމުން ބަޙްރައިންގެ ވެރިރަށް މަނާމައިގާ ހިނގަމުންދާ އެ ޖަމާޢަތުގެ ވެރިން 33 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވަނީ ހަނގުރާމަ ހުއްޓާލައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ގޮވާލައިފައެވެ. އެކަން ލަސްކުރެވޭނެ އެއްވެސް ޙާލަތެއް ދެން ގަބޫލު ނުކުރެވޭނެ ކަމަށެވެ. ބަޙްރައިންގެ އަމީރު ހަމަދު ބިން އީސާ އަލް ޚަލީފާ ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލު ކުރެއްވުމުގައި ގައްޒާގެ މައްސަލައިގެ އިތުރުން ލީބްޔާއާއި ސޫދާނާއި ސީރިޔާ އަދި […]

ބޭރު ގަނޑު ބަލާފަ ފޮތުގެ ގޮތް ކަނޑަ ނާޅާށެވެ.

އާދައިގެ މަތިން އަހަރެންގެ މަސައްކަތުގައި އެއްތަނުން އަނެއް ތަނަށް ދަތުރު ކޮށް އުޅުމުގެ ތެރޭ އެއްދުވަހަކު ސްކޫލް ދުވަސްވަރުގެ އެކުވެރިއަކާ ބައްދަލްވިއެވެ. ދެމީހުން ވަރަށް އުފަލުން ސަލާން ކޮށް ހެދުމަށް ފަހު ހާލުގެ ވާހަކައިން އަހާ އޮޅުން ފިލުވާލުމަށް ވަގުތު ކޮޅެއް ހޭދަ ކުރީމެވެ. އޭނައަށް ބަލާ  ފެންވަރު ”ޖަޖް“ ކޮށްލީމެވެ. ލައިގެން ހުރީ އާދައިގެ ގަމީހަކާ ފަޓުލޫނެކެވެ. ބޫޓުވެސް މާ ”ފެންސީ“ ބޫޓެއް ނޫނެވެ. ފެންނަ ފެނުމަށް އަތުގަ އަޅާފަ އޮތް ގަޑިއަކީވެސް މާ އަގުބޮޑު […]

ޙައްޖާއި ޢުމްރާ ދަތުރުގައި ބޭނުންކުރެވޭގޮތަށް ”ސައުދީ ޕާސްޕޯޓު“ގެ ނަމުގައި ރޯމިންގ ސިމެއް ތައާރަފުކޮށްފި

ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބޭނުން ކުރެވޭގޮތައް އުރީދޫއިން ”ސައުދީ ޕާސްޕޯޓު“ގެ ނަމުގައި ރޯމިންގ ސިމެއް ތައާރަފު ކޮށްފިއެވެ.  އެގޮތުން މި ސިމް މި ޙައްޖު މޫސުމުގައި ސައުދީގައި ބޭނުން ކުރެވޭނެއެވެ. އަދި މި ސިމްގެ އަގަކީ އެއްހާސް ރުފިޔާއެވެ. ސައުދީއަށް ފުރުމުގެ ކުރިން މި ސިމް އުރީދޫއިން ގަނެވޭނެއެވެ.  ސައުދީ އެއާރޕޯޓަށް ފޭބުމަށްފަހު ސިމް ލެއްވުމުން އިންޓަރނެޓްގެ ޚިދުމަތް ލިބޭނެ ކަމަށާއި މިއީ އުމްރާއަށް ދާމީހުންނާއި ހައްޖުވެރިންގެ ފަސޭހައަށް އުރީދޫއިން ތަޢާރަފްކުރި ޚިދުމަތެއް ކަމަށް އިސްލާމިކް މިނިސްޓްރީން […]

މާފަންނު ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.  މިކަން ހާމަކޮށް ފުލުހުން ބުނީ، މާފަންނުގެ ގެއެއްގެ ގްރައުންޑް ފްލޯގައި ފިރިހެނަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު މިއަދު 14:20 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.  އަދި އެ މީހާ ފެނިފައިވަނީ މާފަންނު ރަބީއުވިލާ ގެއިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.  މީގެ އިތުރުން މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ފަޅުރަށަކުން ވަޅުލާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ދަޅުތަކެއް ހޯދައިފި

ޅ. އަތޮޅު ގާއެރިފަރުގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ދަޅުތަކަކާއި ފުޅިތަކެއް ހޯދައި ފިއެވެ.  ގާއެރިފަރުން ބަނގުރާ ހޯދާފައި ވަނީ އެ ރަށުގައި ބަނގުރާ ވަޅުލާފައި ހުރިކަމަށް ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މެއި 19 ވަނަ ދުވަހު ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށުގައި ބަނގުރާ ވަޅުލާފައި ހުރި ކަމަށް ބުނާ ސަރަހައްދު ބަލައި ފާސްކުރި އިރު 91 ދަޅު ބަނގުރާ އަދި 59 […]