ވީއޭއެމްއިން އިންތިޒާމްކޮށްގެން، FIVB level 1  ގެ ކޯހެއް ރާއްޖޭގައި ބާއްވަނީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން، FIVB level 1  ގެ ކޯހެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިހާރު ވަނީ މި ކޯހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވައިލައިފައެވެ. މި ކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ޖުލައިމަހުގެ އެއްވަނަ ދުވަހުގެ 12:00 އެވެ. ވޮލީބޯލް އެސޯސިއޭޝަނުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ވަނީ, މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އިއުލާނާއެކު އެއްކަރުދާސްކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބައިވެރިވާ ފަރާތުގެ މައުލޫމާތު […]

ޓްވިންކަލް އާއި ކައިވެނި ކުރެވުމަކީ ލިބުނު ބޮޑު ނަސީބެއް:އަކްޝޭ

އަނބިމީހާ ޓްވިންކަލް ކަންނާއާއި ކައިވެނި ކުރެވުމަކީ ލިބުނު ބޮޑު ނަސީބެއް ކަމަށް ބޮލީވުޑްގެ ސްޓާރު އަކްޝޭ ކުމާރު ބުނެފިއެވެ.  އަކްޝޭ މިހެން ބުނެފައި ވަނީ ދާދި ފަހުން ދެއްކި ޗެޓް ޝޯއެއްގައި އަނބިމީހާ ޓްވިންކަލް ކަންނާއަށް ތައުރީފުކޮށް ވާހަކަދައްކަމުންނެވެ.  އެ އެޕިސޯޑުގައި އޭނާ ވަނީ އޭނާގެ އަންހެނުން ޓްވިންކަލް ކަންނާގެ ބުއްދިވެރިކަމާއި އޭނާއާ ކައިވެނި ކުރަން ލިބުމުން އެއީ ނަސީބެއް ކަމަށް ސިފަ ކޮށްފައެވެ.  އެގޮތުން އަކްޝޭގެ އަންހެން ދަރިފުޅު ނިތާރާ 11އ އަށް ތައުރީފު ކުރަމުން […]

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އެދިއްޖެ 

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.   އެމްއެންޑީއެފުން މިއަދު ބުނީ މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަކޮށް ގުގުރާ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ.  އެހެންކަމުން ރާއްޖޭގެ ބޮޑުބަޔަކަށް (މ އަތޮޅުން ބ އަތޮޅަށް) އޮރެންޖު ސަމާލު ނެރެފައިވާތީ، އާއި ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން […]

ބޮޑެތި ތުހުމަތުތަކެއް އަމާޒުވި މިފްކޯގެ ސީއީއޯ ސަމާހު މަޤާމުން ވަކިކޮށްފި

ކޮރޮޕްޝަން ބޮޑެތި ތުހުމަތުތަކެއް ކުރެވުނު މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަޙްމަދު ސަމާޙު ރަޝީދު މިފްކޯގެ ސީއީއޯގެ މަގާމުންނާއި ބޯޑު ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފިއެވެ.  ސަމާހު މަގާމުން ވަކިކުރިކަން ހާމަކޮށްފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައެވެ.  ސަމާޙު މިފްކޯގެ ސީއީއޯ ކަމުގެ މަގާމުން ވަކިކޮށްފައި ވާއިރު އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ވަނީ 18 މާރޗްގައެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކަމާއި ގުޅޭގޮތުން ނެރުނު […]

ހަތިޔާރު ހިފައިގެން އިންޑިއާއިން އިޒްރޭލަށް ދަތުރުކުރި ބޯޓަކަށް ސްޕެއިންއިން ހުރަސްއަޅައިފި

ގޮވާޒާތުގެ ތަކެއްޗާއިއެކު، 27 ޓަނުގެ ހަނގުރާމަމަތީ ހަތިޔާރު ހިފައިގެން އިންޑިއާއިން އިޒްރޭލަށް ދަތުރުކުރި ޑެންމާކްގެ މުދާ އުފުލާ ބޯޓެއް ސްޕެއިންގައި ބަނދަރުކުރުން އެގައުމުން މަނާކޮށްފިއެވެ. އެގޮތުން، ސްޕެއިންގެ ބަނދަރެއްގައި ބަނދަރުކުރުމަށް އެބޯޓުން އެދުނު އެދުމަށް ސްޕެއިން އިން ނޫނެކޭ ބުނެފައިވާއިރު، ސްޕެއިންގެ ޚާރިޖީ ވަޒީރު ހޯޒޭ މެންވެލް އަލްބަރެސް ބުއޭނޯ ބުނީ މެދުއިރުމަށްޗަށް ބޭނުންވަނީ އިތުރު ހަތިޔާރުނޫންކަމަށާއި، ސުލްހަވެރިކަމާއި، އަމާންކަމާއި، ހަމަޖެހުން ކަމަށެވެ. މިމުދާ އުފުލާ ބޯޓަކީ އިންޑިއާގެ ޗެންނާއީ އިން އިޒްރޭލުގެ ހައިފާ ބަނދަރަށް ދަތުރުކުރަމުންދިޔަ […]

އީރާނުގެ ހެލިކޮޕްޓަރ ވެއްޓުމަކީ މެދުއިރުމަތީގައި ކުޑަކަމަކަށް ނުވާނެ

ޖެރޫސަލަމުން އެސޯޝިއޭޓެޑް ޕްރެސް އިން ހާމަކޮށްފައިވާ ގޮތުގައި އީރާނުގެ ރައީސް އަދި ޚާރިޖީ ވަޒީރާއި ބައެއް އެހެން އިސްވެރިން ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުމަކީ އީރާނާއި އެގައުމުގެ ބައިވެރިން އާދައިގެ ޙާދިސާއެއް ކަމަކަށް ނުބަލާނެއެވެ.  އެމެރިކާއާއި އިސްރާއީލަކީ 1979 ގައި އުފެދުނު އީރާނުގެ އިންގިލާބީ އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން އަޙުދު ކަށަވަރު ކޮށްފައިވާ ދުޝްމިނުންނެވެ. އީރާނުގެ މި ވިސްނުން މިއަދުވެސް ބަދަލެއް ނުވެއެވެ.    މިދުވަސްވަރަކީ މީގެ ކުރިން ފެނިފައި ނުވާ މިންވަރަށް އީރާނާއި އިސްރާއީލު އަދި އެމެރިކާގެ ދެކޮޅުވެރިކަން ފެނި ހާމަވެގެންދާ ދުވަސްވަރެކެވެ. އީރާނުން ބޭނުންވެއްޖެ ހިނދެއްގައި ސީދާ […]

ހައްދައިގެން އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް ތަހުގީގު ކުރަނީ

މީހުން ހައްދާލައިގެން އެކި ވާހަކަ ދައްކައިގެން އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.  މިކަންހާމަކޮށް ފުލުހުން މިއަދު ބުނީ މީހުން ގެންދަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ޓަވަރަކަށް ކަމަށެވެ.  އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ބުނެފައި ވެއެވެ.  މީގެ އިތުރުން ކާކުކަން ނޭނގޭ ނުވަތަ ގޮތް ނޭނގޭ މީހުން ގުޅައި ތަންތަނަށް ދާން އެދުނު ކަމުގައިވީ ނަމަވެސް ނުދިއުމަށް ފުލުހުން ވަނީ އެދިފައެވެ.  އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ […]

ފޮޓޯނެގުން ހުއްޓުވުމަށް މައުންޓް ފުޖީ ކުރިމަތީގައި ފަރުދާއެއް ދަމައިފި

ޖަޕާންގައި ޓުއަރިސްޓުން ފޮޓޯނެގުން ހުއްޓުވުމަށް މައުންޓް ފުޖީ ކުރިމަތީގައި ފަރުދާއެއް ދަމައިފި އެވެ. މިގޮތުން ކްރިކެޓް ޕިޗް އެއްހާ ދިގު ނެޓުގެ ފަރުދާއެއްވަނީ ދަމާފައެވެ. ޚަބަރުލިބޭ ގޮތުގައި މިގޮތަށް ކަންތައް ކޮށްފައިވަނީ ބަރު ލަގެޖް ތައް މަގުމަތީގަ ދަމަމުން ޓްރެފިކް އަށް ސަމާލުކަމެއް ނުދީ ޕޭވްމަންޓް ތަކުގެމަތީގައާއި މަގު މެދުގަވެސް ޓުއަރިސްޓުން އެމީހުން ބޭނުންވާ ފޮޓޯ ނެގުމަށް މަސައްކަތް ކުރާތީ އެކަން ހުއްޓުވުމަށެވެ. ސްނޯއިން ތާކިހާ އެޅިފައިވާ 12،389 ފޫޓު އުސް މައުންޓް ފޫޖީ ފަހަތުން ފެންނަ […]

އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފި

އީރާނުގެ ރައީސް ޑރ.ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައިވަނީ, އީރާނުގެ ރައީސް ޑރ.ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށެވެ. އީރާނުގެ ރައީސް ޑޮކްޓަރ އިބްރާހީމް ރައީސީއާއި އެ ގައުމުގެ މަތީ ފަންތީގެ ވަފުދެއް ދަތުރުކުރައްވަމުން ދިޔަ ހެލިކޮޕްޓަރަށް ދިމާވި ހާދިސާއާ ގުޅިގެން އީރާނުގެ ރައީސް […]

ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަކަށް އެދުމުން ދިވެހި ސަރުކާރުން މަރުހަބާ ކިޔައި ތާއީދުކޮށްފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯއާވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ ޕްރޮސެކިއުޓަރ، އެ ކޯޓުގެ ޕްރީ-ޓްރަޔަލް ޗެމްބަރ – 1 އަށް ހުށަހަޅުއްވާފައިވާތީ ދިވެހި ސަރުކާރުން މަރުހަބާ ކިޔައި އެކަމަށް ތާއީދުކުރާަކަން ހާމަކޮށްފިއެވެ. ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ޖިނާއީ ޒިންމާ ބެންޖަމިން ނަތަންޔާހޫއާއި ޔޯއާވް ގަލަންޓް އުފުލަން ޖެހޭނެ ކަމަށް […]