މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ގއ.ދާންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވާ ކަމަށާއި ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ. ޗިޓު ރައްދުކުރެވިފައިނުވަނީ އަޙްމަދު ޝާހީން، ތ.ގުރައިދޫ, ވިނަރެސް (36އ) އަށެވެ. އޭނާއަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން […]

ގެއްލިފައިވާ ކޭޝް ކާޑަކުން ވިޔަފާރިކުރި މައްސަލައެއްގައި މީހަކު ހޯދަނީ

ގެއްލިފައިވާ ކޭޝް ކާޑަކުން ވިޔަފާރިކުރި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.  މިކަންހާމަކޮށް ފުލުހުންގެ ވެބްސައިޓުގައި ވީޑިއޯ އާންމުކޮށް ފުލުހުން ބުނީ އެ ވީޑިއޯ އިން ފެންނަ މީހާއަކީ ގަލޮޅު ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، ކޭޝްކާޑެއް ގެއްލިފައިވަނިކޮށް، އެކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައާ ގުޅިގެން ހޯދާ މީހެއް ކަމަށެވެ. އެހެންކަމުން ވީޑިއޯއިން ފެންނަ މީހާ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631699 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން […]

ހއ.އަތޮޅުން ވ.އަތޮޅަށް އޮރެންޖު އިންޒާރު ނެރެފި

ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ނެރުނު އޮރެންޖު އިންޒާރު ނެރެފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ބުނެފިއެވެ. އެ އިދާރާއިން ބުނީ އޮރެންޖު އިންޒާރު ނެރެފައިވަނީ މިއަދު 11:15 އިން ފެށިގެން 15:15 އާ ހަމައަށް ކަމަށެވެ. މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވަނީ އެ އަތޮޅުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ. މީގެއިތުރުން ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ކަނޑުތައް ވަރަށް […]

ރަށްޔިތުންނަށް ފައިދާ ބޮޑީ އަތޮޅުވެރިންނާ ކަތީބުން ތިބެގެން

މީގެ 16 ވަރަކަށް އަހަރު ކުރިން ރާއްޖޭގެ ކޮންމެ ރަށެއްގައި ތިބެނީ 2 ކަތީބުންނާ ޕިޔޯނަކާ މުދިމަކާ ގާޟީ އަކާ އެވެ. އޭރު ރާއްޖޭގެ އިގްތިޞާދު އޮތީ ވަރަށް ދަށުގައެވެ.  އެހެނަސް ދަރަންޏެއްނެތެވެ. ނަމަވެސް މިހާރު ރާއްޖޭ ރައްޔިތުނާއި ދައުލަތްވިއްކާލައިގެން ސަރުކާރުތަކުން ވަނީ ރާއްޖޭގެ  އިގްތިޞާދުވަރަށް ބޮޑަށް ފުޅާ ކޮށް ވެރިކަމުގައި ތިބޭ ބަޔަކު ވެރިކަމުގައ ބާރުގައި ތިބެވޭނެ އެންމަހާ ގޮތަކަށް ބަށްޓަން ކޮށްފައެވެ.  އެހެންކަމުން ރައްޔަތުން އަތުން ނެގޭ ޓެކްސް ފައިސާއާއިރާއްޖެއަށް ގައުމުތަކުން ހޯދާ އެނހީއާއި ދަރަންޏަށް ބެލުމެއްނެތި ނަގަމުންދާ ލޯނަތަކާއި، އެލިބޭ ފައިސާ ރައްޔިތުންގެ ބޭނުންތަކަށް ޚަރަދު ކުރަކުދު ކޮށްދާނެވަރަށް ނުހުންނަކަމަށްވެއެވެ. މިދެންނެވުނު ވެރިކަމުގައި ހިފެހެށްޓުމަށްޓަކައި ސުމާރެއްނެތި ސިޔާސީ މަގާމުތައް ސުމާރެއްނެތި ދިނުމާއި […]

އިސްރަށްވެހިންނަށް ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ނިންމައިފި

އިސްރަށްވެހިންނަށް އަމާޒުކޮށް ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.  އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގައި ތިބި އިސްރަށްވެހިންނަށް އަމާޒުކޮށް ދީނީ ޕްރޮގްރާމްތަކެއް ހިންގުމަށް އިސްރަށްވެހިންގެ ނާދީން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މަޝްވަރާ ކުރެއްވުމުގެ ބައްދަލުވުމެއް މިއަދު ބާއްވާފައިވާ ކަމަށެވެ.  އެގޮތުން އެފަރާތްތަކާ މަޝްވަރާކުރުމުން ދީނީ ޕްރޮގްރާމްތަކެއް ނާދީގައި ކޮންމެ މަހަކުވެސް ކުރިއަށް ގެންދިއުމަކީ ވަރަށް އެދޭކަމެއް ކަމުގައި ފާހަގަކޮށްފައިވާތީ، ކޮންމެ މަހަކުވެސް ދީނީ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް އިސްރަށްވެހިންގެ ނާދީއިން ވަނީ ހުށަހަޅާފައެވެ. އިސްލާމީކަންތައްތަކާ ބެހޭ […]

އެޗްޑީސީގެ ޗެއާމަންގެ މަޤާމުން ޒުހޫރު ވަކިކޮށްފި 

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ޒުހޫރު އެ މަޤާމުން ވަކިކޮށްފިއެވެ. މިކަންހާމަކޮށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ) އިން ބުނީ އެޗްޑީސީގެ ޗެއާމަންކަމުގައި ހުންނެވި ޒުހޫރު އެ މަޤާމުންނާއި އެޗްޑީސީގެ ބޯޑު ޑިރެކްޓަރު ކަމުން މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.  ނަމަވެސް ޒުހޫރު މަޤާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.  އެ މަޤާމުން ޒުހޫރު ވަކިކޮށްފައިވާއިރު މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވި އަހުމަދު ސަމާހުވެސް ވަނީ އިއްޔެ އެ މަގާމުން ވަކިކޮށްފައެވެ. މީގެ […]

ރައީސްގެ ހުށަހެޅުއްވުން: މަޖިލީހުގެ ރައީސް ކަމަށް ޢަބްދުއްރަޙީމް, ނައިބަކަށް ނާޒިމް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ވެރިކަން ކުރާ މައި ޕާޓީ, ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ޢަބްދުއްރަޙީމް (އަދުރޭ) އިންތިހާބުކުރަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ހުށަހަޅުއްވައިފިއެވެ. މީގެއިތުރުން ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިޚާބީ މެމްބަރު އަހުމަދު ނާޒިމް އިންތިޚާބުކުރަން ރައީސް ވަނީ ހުށަހަޅުއްވައިފައެވެ. ރައީސް މި ހުށަހެޅުއްވުންތައް ހުށަހެޅުއްވީ ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ޕީއެންސީގެ މަޖިލިސް މެމްބަރުންނާއި އެ ޕާޓީގެ އިންތިޚާބީ މަޖިލިސް މެމްބަރުންނާއެކު […]

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން އިއުލާނުކޮށްފި

ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.  ފުލުހުންގެ ވެބްސައިޓުގައި އޭނާގެ ފޮޓޯއާއި ވަނަވަރު އާންމުކޮށް ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ތަހުގީގަށް ސުވާލު ކުރުމަށް ކަމަށެވެ.  މި މައްސަލައިގެ ތަހުގީގަށް ހޯދަން އިއުލާނުކޮށްފައި ވަނީ ޢަބްދުﷲ ނިޔާޒް / ގ. މުޖުމަރާގެ (51އ) އެވެ.  އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު […]

އެމްއެމްޕީއާރުސީގެ އެމްޑީ ފާޠިމަތު ތައުފީޤް އެ މަޤާމުން ވަކިކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިންގ ޑިރެކްޓަރ ފާޠިމަތު ތައުފީޤް އެ މަޤާމުން ވަކި ކޮށްފިއެވެ.  އެނގިފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ އެމްޑީ ކަމުން ފާޠިމަތު ތައުފީޤް ވަނީ ވަކިކޮށްފައެވެ. ނަމަވެސް އެ މަޤާމުން އޭނާ ވަކިކޮށްފައިވަނީ ކީއްވެގެންކަން އެނގިފައެއް ނުވެއެވެ.  އޭނާ އެ މަޤާމަށް އައްޔަނު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހެވެ.  އެމްއެމްޕީއާރްސީގެ އެމްޑީ އެ މަޤާމުން ވަކި ކުރިއިރު، އެމްއެމްޕީއާރުސީގެ ޗެއާޕާސަން ކަމުން އައިޝަތު ނޫރައިން […]

ސީއީއޯގެ މަޤާމުން އިއްޔެ ވަކި ކުރި ސަމާހު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް

މިފްކޯގެ ސީއީއޯގެ މަޤާމުންނާއި ބޯޑު ޑިރެކްޓަރުގެ މަޤާމުން އިއްޔެ ވަކި ކުރި އަހުމަދު ސަމާހު ރަޝީދު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފިއެވެ. އެނގިފައިވާ ގޮތުގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ސަމާހު އައްޔަންކޮށްފައި ވަނީ މިއަދު އެވެ.  ސަމާހު ސްޓޭޓް މިނިސްޓަރަކަށް އައްޔަނު ކޮށްފައި ވާއިރު، އިއްޔެ އޭނާ މިފްކޯގެ ސީއީއޯގެ މަގާމުން ވަކިކުރިކަން ހާމަކޮށްފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައެވެ. އަދި އޭނާ މިފްކޯގެ ސީއީއޯ […]