ވެވެން އޮތް ގޮތަކަށް އިރާނަށް އެހީތެރިވުމަށް ޗައިނާ އޮތީ ތައްޔާރަށް: ޗައިނާގެ ޚާރިޖީ ވުޒާރާ

ވެވެން އޮތް ގޮތަކަށް، އިރާނަށް އެހީތެރިވެ އެއްބާރުލުން ދިނުމަށް ރިޕަބްލިކް އޮފް ޗައިނާ އޮތީ ތައްޔާރަށް ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ، މިނިވަންކަމާއި، ހަމަޖެހުމާއި، ކުރިއެރުމުގެ ފަލްސަފާތައް ނެގެހެއްޓުމަށް އިރާނުގެ ރައްޔިތުންނާއި އެގައުމުގެ ސަރުކާރަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން އޮންނާނެކަމަށާއި، ދެގައުމުގެ މެދުގައި އޮންނަ ތަދުބީރީ ބައިވެރިވުމުގެ ގުޅުން ބަދަހިކޮށް އިތުރަށް ހަރުދަނާކުރުމަށް އިރާނާއެކު މަސައްކަތްކުރަން ޗައިނާއިން ތައްޔާރަށް އޮތް ކަމަށެވެ. މިގޮތުން، ބައިނަލްއަޤްވާމީ ގޮތުން ބައިއަތު ހިފުމުގެ މިފަދަ […]

ދިވެހި ރައްޔިތުންގެ އެހީގައި އައިއޭސީން ފަލަސްތީނު ޕްރޮފެސާގެ އާއިލާ ރާއްޖެ ގެނެސްފި            

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ޕްރޮފެސަރ ޑރ. ހަސަން އަލް ކުރުދީގެ އާއިލާ ޣައްޒާއިން ނެރުމަށް ދިވެހިރައްޔިތުންގެ އެހީގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން  (އައިއޭސީ) އިން ކުރަމުން އައި މަސައްކަތް ކާމިޔާބުވެ، އެ އާއިލާ މިއަދު ރާއްޖެ ގެނެސްފިއެވެ.   އައިއޭސީން ބުނީ ދިވެހި ރައްޔިތުންގެ ދީލަތި އެހީއާއިއެކު އެ އާއިލާ ރައްކާތެރިކަމާއިއެކު ރާއްޖޭ ގެނެވުމަކީ އެކަމާ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.  އެގޮތުން މިއަދު ޑރ.ކުރުދީގެ އާއިލާ ރާއްޖެ އައުމުން އައިއޭސީގެ ޓީމުން ވަނީ އެ އާއިލާއަށް […]

ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ނެރުނު އޮރެންޖު އިންޒާރުގެ ވަގުތު އިތުރުކޮށްފި

ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ނެރުނު އޮރެންޖު އިންޒާރުގެ ވަގުތު އިތުރުކޮށްފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ބުނީ ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ނެރުނު އޮރެންޖު އިންޒާރުގެ ވަގުތު މިރޭ 19:15 އިން ފެށިގެން 23:15 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އެ އަތޮޅުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އެ އަތޮޅުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް […]

އިންޑިއާ ސްޓީލް 2025 އެގްޒިބިޝަނާއި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ވިޔަފާރިވެރިންނަށް

އިންޑިއާ ސްޓީލް 2025 ބައިނަލްއަގުވާމީ އެގްޒިބިޝަނާއި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އިންޑިއާ ސްޓީލް 2025 ބައިނަލްއަގުވާމީ އެގްޒިބިޝަން އަދި ކޮންފަރެންސް 24 އެޕްރީލް 2025 އިން 26 އެޕްރީލް 2025 އަށް، އިންޑިއާގެ މުމްބާއީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަން، އިންޑިއާ ސަރުކާރުން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ މި އެގްޒިބިޝަން އަދި ކޮންފަރެންސާ ގުޅޭ މައުލޫމާތު އިންޑިއާގެ ކުދި […]

މަޖިލިސް އިންތިޚާބު ކާމިޔާބުކުރެއްވި އެންމެ ޒުވާން މެންބަރު ޕީއެންސީއާ ގުޅިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރު މުޙައްމަދު އަލްސަން އަޙްމަދު މިއަދު ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ. ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރު މުޙައްމަދު އަލްސަން އަޙްމަދު ޕީއެންސީއަށް ސޮއިކުރައްވައި މެމްބަރޝިޕް ފޯމު ހަވާލުކުރެއްވީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުއާއެވެ. މިފަހަރުގެ މަޖިލިސް އިންތިޚާބު ކާމިޔާބުކުރެއްވި އެންމެ ޒުވާން މެންބަރު ކަމަށްވާ އުމުރުން 27 އަހަރުގެ އަލްސަން ޕީއެންސީއަށް ސޮއިކުރެއްވުމަށް މުލިއާގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި މަޖިލިސް […]

މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޙަސަން ޒަރީރު އައްޔަން ކުރައްވައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޙަސަން ޒަރީރު މިއަދު ޢައްޔަން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު, މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަން ކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ޒަރީރު އެންމެ ފަހުން އަދާކުރައްވާފައިވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އޮފް ފައިނޭންސް އެންޑް ގްރޫޕް ޗީފް ކޮމްޕަލަޔަންސް އޮފިސަރގެ މަގާމެވެ. ޒަރީރަކީ ޓެކްސް އަދި […]

ސިޑްސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މާދަމާ އެންޓިގުއާ ބާބުޑާއަށް ފުރާވަޑައިގަންނަވަނީ

ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު މާދަމާ އެންޓިގުއާ ބާބުޑާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދެވެ. ހަތަރުވަނަ ސިޑްސް ކޮންފަރެންސް ކުރިއަށްދާނީ މި މަހުގެ 27 ވަނަ ދުވަހުން 30 ވަނަ ދުވަހުގެ ނިޔަލަށް އެންޓިގުއާ ބާބުޑާގައެވެ. ކޮންމެ 10 އަހަރަކުން އެއްފަހަރު ޔޫއެންއިން ކުރިއަށްގެންދާ […]

ހެލިކޮޕްޓަރ ވެއްޓުނު ސަރަހައްދު ހޯދާ ބަލަން އެހީ ދެވޭކަށްނެތް – އެމެރިކާ

އީރާނުގެ ރައީސް އާއި ޚާރިޖީ ވަޒީރު އަދި އެ ގައުމުގެ ބައެއް އެހެން އިސްވެރިންތަކެއް ދަތުރުކުރެއްވި ހެލިކޮޕްޓަރ ކްރޭޝްވި ސަރަހައްދު ހޯދާ ބެލުމުގެ މަސައްކަތުގައި އެހީވެދިނުމަށް އީރާނުން އެދުމުން އެމެރިކާގެ ޚާރިޖިއްޔާއިން އެކަން ކޮށްދެވެން ނެތްކަމުގައި ބުނެފިއެވެ. އީރާނުންވަނީ ހުރިހާގައުމަކުންވެސް އެކަމުގައި އެހީފޯރުކޮށް ދިނުމަށް އެދިފައެވެ.       ފޮކްސް ނިއުސްގެ ޚަބަރުގައި ބުނެފައިވަނީ މިދިޔަ ހޯމަދުވަހު އެމެރިކާގެ ޚާރިޖިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީރާނުގެ ރައީސް އާއި ޚާރިޖީ ވަޒީރުގެ އިތުރުން ސަރުކާރުގެ ވަރަށް އިސް ބޭފުޅުންތަކެއް ދަތުރު ކުރެއްވި […]

ޔަމަނު ހޫތީންގެ މިސައިލްތައް އަތުޖެހޭ ވަރަށްވުރެން ދުވެލި މާ ބާރު- އެމެރިކާ

ރެޑްސީގެ ތެރެއިން ދަތުރުކުރާ ބޯޓުފަހަރަށް އަމާޒުކޮށް ޙަމަލާ ދިނުމަށް ޔަމަނުގެ ހޫތީން މިހާރު ބޭނުން ކުރަމުންގެންދާ ބެލިސްޓިކް މިސައިލް ދުވެލި އަތުޖެހޭވަރަށް ވުރެން މާ ބާރު ކަމަށް ރެޑްސީގައި ޙަރަކާތްތެރި ވަމުން ގެންދާ އެމެރިކާގެ ކަނޑުސިފައިންގެ ލަޝްކަރުގައި ހިމެނޭ ޑެސްޓްރޯޔަރގެ ކެޕްޓަން ބިޒްނަސް އިންސައިޑަރ އަށް ކިޔައިދީފިއެވެ. ކެޕްޓަން އޮޅުންފިލުވާދީފައިވާ ގޮތުގައި މިއީ އެމެރިކާގެ ކަނޑުސިފައިން މީގެކުރިން ދެކިފައިނުވާ ޙާލަތެކެވެ. މިހާތަނަށް އޭގެތެރެއިން މިސައިލެއް ހަލާކު ކޮށްލެވިފައިވީނަމަވެސް އެ މިސައިލްތަކުގެ ދުވެލި އާދަޔާޚިލާފަށް ބާރުކަމުގައި ގަބޫލުކުރަން ޖެހެއެވެ.     އެންޓި ޝިޕް ބެލިސްޓިކް މިސައިލަކީ މިހާތަނަށް ކުރެވުނު އެއްވެސް ހަނގުރާމައެއްގައި ބޭނުން ކޮށްފައިނުވާ ނުރައްކާތެރި […]

ފަތުރުވެރިޔަކު ސަލާމަތްކުރަން މޫދަށް ފޭބި ދިވެއްސަކު ނިޔާވެއްޖެ

މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބެނިކޮށް ސަލާމަތްކުރަން ފޭބި ދިވެއްސަކު ނިޔާވެއްޖެއެވެ.  މި ހާދިސާ ހިނގާފައި ވަނީ އދ ސެންޓާރާ ރިސޯޓުގައެވެ. އެގޮތުން ފަތުރުވެރިޔާ ސަލާމަތްކުރަން މޫދަށް ފައިބާފައި ވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފެކެވެ.  ފުލުހުން ބުނީ އދ. ސެންޓަރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން އެ މީހާ ސަލާމަތްކުރަން މޫދަށް ފޭބި މީހަކު ގެނބިގެން މިއަދު 11:05 އެހާކަން ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.  އެގޮތުން ދަނގެތި ހެލްތް ސެންޓަރަށް […]