އިންޑިޔާގެ ކުޅިވަރު އާކޭޑް އެއްގައި އަލިފާން ރޯވެ 27 މީހުން މަރުވެއްޖެ

އިންޑިޔާގެ ކުޅިވަރު އާކޭޑެއްގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާ އެއްގައި 27 މީހުން މަރުވެއްޖެ އެވެ. ގުޖްރާތުސްޓޭޓް ގެ ރާޖްކޮޓް ގައި ހުންނަ އާކޭޑްގައި ހޮނިހިރު ދުވަހު ހަވީރު ރޯވި އަލިފާނުގެ ހުޅުގަނޑާ ދުން ވަރަށް މައްޗަށް އަރަމުން ދިޔަކަމަށް ޚަބަރުތައް ބުނެއެވެ. މިހާދިސާގައި މަރުވެފައިވާ މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ އިރު މަރުވެފައިވާ އިތުރު މީހުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލުން ވިދާޅުވެފައި ވެއެވެ. ކުޅިވަރު އާކޭޑްގައި އަލިފާން ރޯވާން ދިމާވި ސަބަބު ނޭނގޭ […]

މާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެ   

މާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.  ގެއްލިގެން ހޯދަމުން ދިޔައީ ތ. މަޑިފުށި، ނައިޓްރޯސް، އުމުރުން 14 އަހަރުގެ އާއިޝަތު ޒޯޔާ ފިކުރީއެވެ.  އޭނާ މިހާރު ދިރިއުޅޭ އެޑްރެހަކީ ވ.ނާލީސްއެވެ.  ޒޯޔާ ގެއްލިގެން ހޯދަމުން އަންނަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް ފުލުހުން އޭރު ބުނެފައި ވެއެވެ.  އެގޮތުން މިކަމަށް އިޝާރާތްކޮށް ފުލުހުން މިއަދު ބުނީ، ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ރޭގެ ވަގުތެއްގައި މާލެއިން ފެނިފައިވާ ކަމަށާއި ހާލު ރަނގަޅު […]

ސިޑްސްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް މުޢިއްޒު އެންޓިގާ ބާބުޑާއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓިގާ ބާބުޑާއަށް ވަޑައިގެންފިއެވެ. އެ މަނިކުފާނު އެންޓިގާ ބާބުޑާއަށް ވަޑައިގެންނެވީ ރޭގެ ވަގުތެެއްގައެވެ.  ރައީސް އޮފީހުން ވިދާޅުވީ މި މަހު 27 ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ސަމިޓްގެ ޕްލީނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން ރައީސް އިއްވަވާނެ ކަމަށެވެ. ހަަމަ އެހެންމެ ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ ވަފްދުތަކުގެ މަތީފަންތީގެ ބައެއް ބޭފުޅުންނާ ރައީސް […]

އިންޑިއާ އާއި ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަނީ

އިންޑިއާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. މިކަންހާމަކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު އެވެ.  ސައީދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމު ކުރުމަށް އިސްވެ އިންޑީއާއިން ހުށަހަޅާފައިވާ ކަމަށާއި މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ރާއްޖެއާ އެކުގައި ޤާއިމު ކުރުމުގެ ފުރުސަތު ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ދުނިޔޭގެ ހުރިހާ ޤައުމުތަކަށް […]

ރަޝިޔާއިން އެންޓި-ސެޓެލައިޓް ހަތިޔާރު ޖައްވަށް ފޮނުވުމުން އެމެރިކާ ރުޅިގަދަވެއްޖެ

ރަޝިޔާގެ ދިފާއީ ވުޒާރާއަށް ޙަވާލަދީ ރިޕޯރޓް ކޮށްފައިވާ ގޮތުގައި ރަޝިޔާގެ ޕްލެސެސްކް ކޮސްމޯޑްރޯމް އިން ސޯޔޫޒް- ބީ 2.1 މަރުކާގެ ރޮކެޓެއް ޖައްވުތެރެއަށް އުދުއްސާލައިފިއެވެ. ރަޝިޔާގެ ރޮސްކޮސްމޯ ސްޓޭޓް ސްޕޭސް އޭޖެންސީންބުނެފައިވަނީ ކޮސްމޯސް 2576 އުދުއްސާލާފައިވަނީ ރަޝިޔާގެ ދިފާއީ ވުޒާރާގެ ބޭނުމަކަށް ކަމުގައެވެ. ސޯޔޫޒް ބީ 2.1 މަރުކާގެ ރޮކެޓް ބޭނުންކޮށްފައި ވާނީ ކޮސްމޯސް 2576 އުދުއްސާލުމަށެވެ. އެމެރިކާއިން ބުނެފައިވާ ގޮތުގައި ރަޝިޔާއިން އުދުއްސާލި އެ ހަތިޔާރަކީ ޖައްވުތެރޭގައި ޙަރަކާތްތެރި ވަމުން ގެންދާ ސެޓެލައިޓްތައް ހަލާކުކޮށްލުމުގެ ބޭނުމުގައި އުދުއްސާލި ހަތިޔާރެކެވެ. ޕެންޓަގަންގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ހުޅަނގު ރަޝިޔާއިން […]

މާލެ ސަރަހައްދުން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ 

މާލެ ސަރަހައްދުން އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.  މިކަންހާމަކޮށް ފުލުހުން ދެންމެ ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ތ. މަޑިފުށި / ނައިޓްރޯސް، ޢާއިޝަތު ޒޯޔާ ފިކުރީ (14އ) ކަމަށެވެ.  އަދި ޒޯޔާ މިހާރު ދިރިއުޅޭ އެޑްރެސް އަކީ ވ. ނާލިސް، ކަމަށާއި އޭނާގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.  ޢާއިޝަތު ޒޯޔާ ފިކުރީ އެންމެ ފަހުން ފެނިފައިވަނީ މެއި 21 ވަނަ ދުވަހު، […]

ސިނަމާލެ ބްރިޖު ކައިރިން އޮޔާ ދަނިކޮށް ނެގީ މަރުވެފައި އޮތް މީހެއް

ސިނަމާލެ ބްރިޖު ކައިރިން އޮޔާ ދަނިކޮށް މިއަދު ނެގީ މަރުވެފައި އޮތް މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.  މިކަން ހާމަކޮށް ފުލުހުން ދެންމެ ބުނީ ސިނަމާލެ ބްރިޖް ކައިރިން އޮޔާ ދަނިކޮށް ފެނުނު އަންހެން މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.  ސިނަމާލެ ބްރިޖާއި ދިމާ ކަނޑުމަތިން އެ މީހާ އޮޔާ ދަނިކޮށް ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 12:35 އެހާކަން ހާއިރު އެވެ.  މީގެ އިތުރުން ފުލުހުން ބުނީ […]

ގެސްޓް ހައުސްއެއްގައި މީހަކު ރަހީނު ކުރި މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފި

މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި މީހަކު ރަހީނު ކުރި މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.  ފުލުހުން ރޭ ބުނީ މާފަންނު ގެސްޓުހައްސްއެއްގައި މީހަކު ބަންދުކޮށްގެން ގެންގުޅޭކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.  އަދި ބަންދުކޮށްގެން ގެންގުޅެފައި ވަނީ ނޭޕާލު މީހެއް ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފައި ވެއެވެ.  އެގޮތުން އެ މައްސަލައާއި ގުޅިގެން ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ފިރިހެނަކު  ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.  މީގެ އިތުރުން މި މައްސަލައާއި ގުޅިގެން […]

އިސްރާއީލު އެކަހެރިވުމުގެ ކޮޅުމަތި މިފެންނަން ފަށައިފި

މިއަދުގެ ޚަބަރުގައި އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ ދުނިޔޭގެ ގައުމުތަކުގައި އިސްރާއީލު އެކަހެރިވަމުން ދިއުމުގެ ކޮޅުމަތި ފެންނަން ފަށައިފިކަމެވެ. މިއަދުގެ ދުނިޔެއިން އަޅުވެތިކަމާއި އިސްތިޢުމާރަށް ޖާގަ ނުލިބޭނެކަން ހާމަކުރުމެވެ. ދާދި އަވަހަށް ގަދަބާރުން ދުނިޔޭގައި ވެރިކަން ކުރި ޒަމާން ފާއިތުވެގެން ހިނގައިދާނެ ކަމުގެ އެންމެ ފަހުގެ އަލާމާތްވެސް މިވަނީ ފެންނަށް ފަށާފައެވެ. މިއަދުގެ ދުނިޔޭގައި ގަދަފަދަ ކަމާއި ގޮތްދޫނުކުރުމުގައި ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެ ގަނެގެން އުޅޭ ޔަހޫދީންގެ ދައުލަތް އިސްރާޢީލު އެކަހެރިވެގެން ހިނގައިދާނެ ކަމުގެ އަލާމާތްތަކެވެ. އެމެރިކާގެ ބާރުގައިވިޔަސް އިސްރާއީލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން ދާއިމަށް ނުތިބެވޭނެ ކަމެވެ. […]

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.  މިއަދު ތަސްދީޤު ކުރެއްވި މި ބިލަކީ މި މަހުގެ 13 ވަނަ ދުވަހު އޮތް 19 ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި ފާސްކުރި ބިލެކެވެ.  އެގޮތުން މި ޤާނޫނަކީ، ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ޞިއްޙަތަށް ފައިދާހުރި، އަދި ޢާންމު ޞިއްޙަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި، ރައްކާތެރިކަން […]