ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް 2,210 ފަރާތަކުން ހުށަހަޅައިފި
ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމަށް ހުޅުވައިލި ފުރުސަތުގެ ދަށުން އެކަމަށް އެދި 2210 ފަރާތަކުން ހުށަހަޅައިފިއެވެ. މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު ކުރި އިއުލާނެއްގައި ވަނީ ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމަށް ހުޅުވާލި ފުރުސަތުގެ ދަށުން އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތަފްސީލު އާންމުކޮށްފައެވެ. މި ފަރާތްތަކުގެ ތެރެއިން 1250، 1650 2050 އަދި 2450 އަކަފޫޓު […]
ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަމަށް ދައްކައިގެން އެއަރޕޯޓުން ކަންކަން ފާސްޓްރެކް ކުރާ މީހުން ގިނަވެއްޖެ: ފްރޮންޓިއަރ ސީއީއޯ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލުއިފަސޭހައަށް އެއާލައިނުން ހަމަޖައްސާފައި ހުންނަ ޚިދުމަތްތަކުގެ ނާޖާއިޒް ފައިދާ ނަގާމީހުން އިތުރުވެފައިވާކަމަށް ބަޖެޓް އެއަރލައިނެއް ކަމުގައިވާ ފްރޮންޓިއެރގެ ސީއީއޯ ބެރީ ބިފްލް ވިދާޅުޗެއްޖެއެވެ. ބިފްލް ބުނެފައިވަނީ މިނާތަހުޒީބު އަމަލުގެ ސަބަބުން މާލީގޮތުންނާއި ވަގުތުގެ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. “ޚާއްސަ ހިދުމަތްތަކުގެ ނާޖާއިޒް ފައިދާ ނަގަނީ އިންތިހާއަށް. ވީލްޗެއަރ އެސިސްޓެންސް ބޭނުން ނުވާ މަިހުންވެސް އެހިފުމަތުގެ ބޭނުން ހިފާތަން އެބަފެނޭ.” ނިއުޔޯކުގައި އޮތް މެންދުރުގެ ކެއުމެއްގައި ވާހަކަދައްކަމުން ބިފްލް ބުނިކަމަށް ސީއެންބީސީއިން […]
އިނގިރޭސިވިލާތުގެ މާލީ ހާލަތު ފާއިތުވި 70 އަހަރުދުވަހުގެ ތެރޭގައި ދުވަހަކު ނުދާހާ ދަށަށް ހިނގައްޖެ
1950 ގެ އަހަރުތަކަށްފަހު އަދި މިހާތަނަށް ކުރިމަތިލާން ޖެހިފައިނުވާ ގޮންޖެހުންތަކާ އިންގިރޭސިވިލާތުން ކުރިމަތިލާންޖެހޭނެ ކަމަށް އިންސްޓިޓިއުޓް ފޮރ ފިސްކަލް ސްޓަޑީޒް (އައިއެފްއެސް) ގެ ޑައިރެކްޓަރ، ޖޯންސަން ހާމަކޮށްފިއެވެ. “މާލީގޮތުން ވަރަށް ބޮޑަށް ތާށިވެއްޖެ. ދައުލަތުގެ ޚިދުމަތްތައް ފޯރުކުރުމުގައި އަންނަނީދަތިތަކާއި ކުރިމަތި ވަމުން. ތާރީޚީގޮތުން ދުވަހަކު ނުނަގާހާ ގިނައިން ޓެކްސް ނަގަމުން ދާއިރު ދެޕާޓީއިން ގެންދަނީ ދަރަނި ފިލުވުމުގެ ހުވަފެންތަކެއް.” ، އޭނާ ބުނެފައިވެއެވެ. ޖޯންސަން އިތުރަށް ބުނެފައިވަނީ، މިކަމުން ސަލާމަތްވުމަށް ގާނޫނު ހަދާ ފަރާތްތަކަށް އޮތީ ތިންގޮތެއް […]
އެމްޑީޕީގެ ފަރާތުން ކައުންސިލްތަކުގެ ބައި އިލެކްޝަނުގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފި
މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ ފަރާތުން ކައުންސިލްތަކުގެ ބައި-އިލެކްޝަނުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުވުމާއި ގުޅިގެން ހުސްވެފައިވާ ކައުންސިލް ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރަން ބާއްވާ ބައި-އިލެކްޝަންތަކުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލާފައިވާ ކަމަށެވެ. ބައި އިލެކްޝަން ބާއްވަން ޖެހިފައިވާ ކައުންސިލްތަކަކީ: މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ […]
އީރާނުގެ ސިޔާސީ ކުޅިބަޔާއި ދީނީ އިމާމް އައްޔަންކުރެވެނީ ކިހެނެއް
މެދުއިރުމަތީގައި ހިނގަމުންދާ ޙަރަކާތްތައް ކޮންމެ ދުވަހަކު އެތައްފަހަރު އަޑު އިވެމުން އަދި ފެންނަމުން ދާއީރު އީރާނަކީ މެދުއިރުމަތީގެ އަރަބިންގެ ސަފުން އެއްފަރާތް ކުރެވިފައިވާ ގައުމެކޭވެސް ބައެއްފަހަރު ހީވާކަހަލައެވެ. އެހެންނަމަވެސް މެދުއިރުމަތީގައި އީރާނުން ކުޅެމުން ގެންދާ ދައުރަކީ އެކަހެރިކުރެވިދާނެ ދައުރެކޭ ނުބުނެވޭނެއެވެ. ކިއުންތެރިންނަށް މި ގެނެސްދެނީ އީރާނުގެ ސިޔާސީ ކުޅިބައި އެތުރެމުންދާ ގޮތުގެ ކުރު ޚުލާސާއެކެވެ. އީރާނުގެ އެންމެ ފަހުގެ ރައީސް އިބްރާހިމް ރައީސީގެ ކުއްލި އަވަހާރަވުމުގެ ސަބަބުން އީރާނުގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތަށް ވަގުތީ ގޮތުން ކޮންމެވެސް މިންވަރެއްގެ ސިޔާސީ ހުސްކަމެއް އައިސްފައިވާ ކަމަށް […]
ރައީސް މުޢިއްޒު ސޭޝެލްސްގެ ރައީސްއާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސޭޝެލްސްގެ ރައީސް ވިވެލް ރަމަކަލަވަންއާ ބައްދަލު ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން ކުރިޔަށް ދިޔައީ، ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސް މުޢިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި ދެ ރައީސުން ވަނީ ސިޑްސްގެ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައި، ސިޑްސްގެ ޤައުމުތައް ގުޅިގެން މި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ. ސިޑްސްގެ […]
އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރުގެ ލޯނު، %25 ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް
ސަރުކާރުގެ ވިސްނުމަކީ އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފްކޮށް، މި ފެސިލިޓީ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް 25 އިންސައްތަ ކަނޑައެޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2024 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ޒުވާން ވިޔަފާރިވެރިން ކުރިއަރުވައި، […]
ހަމައެކަނި މައުންޓަން ޑިއު ދިން ކުއްޖަކު މަރުވުމުން މަންމަ ޖަލަށް
އެމެރިކާގެ އަންހެނަކު، ހަތަރު އަހަރުގެ ދަރިފުޅަށް ކޯލްޑް ޑްރިންކެއް ކަމަށްވާ ”މައުންޓަން ޑިއު“ އެކަނި ދިނުމުން ކުއްޖާ މަރުވުމާއި ގުޅިގެން 13 އަހަރަށް ވުރެ ގިނަ ދުވަހަށް ޖަލަށް ލައިފި އެވެ. ހަކުރު ބަލީގެ ސީރިއަސް ބައްޔެއްގައި ކުއްޖާ މަރުވެފައިވަނީ 2022 ވަނަ އަހަރުއެވެ. ކާމިޓީ ހޮއެބް ކިޔާ ކުއްޖާ މަރުވި އިރު އަގައިގެ ދަތްތައްވެސް ވަނީ ހަލާކުވެގެން ގޮސްފައި ކަމަށް ވެއެވެ. މި ހާދިސާގައި ކާމިޓީގެ ބައްޕަ ވެސް ވަނީ ކުއްޖާގެ މަރަށް ނުސީދާ ގޮތުން […]
ޕަޕުއާ ނިއުގިނީ އަށް ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި 670 އެއްހާ މީހުން ވަޅުލެވިފައި ވެދާނެ : އދ
ސައުތު ޕެސިފިކް ޖަޒީރާ އެއް ކަމަށްވާ ޕަޕުއާ ނިއުގިނީ އަށް ކުރިމަތިވި ”ލޭންޑް ސްލައިޑް“ ނުވަތަ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި 670 އެއްހާ މީހުން ވަޅުލެވިފައި ވެދާނެކަމަށް ބެލެވޭ ކަމަށް އދން ބުނެފި އެވެ. އެގައުމުގެ މައިގްރޭޝަން އާބެހޭ އިދާރާގެ ވެރިޔާ ވެސް ވިދާޅުވެފައިވާ ގޮތުގައި އުތުރުގެ އެކަހެރި ހިސާބެއްކަމަށްވާ އެންގާއަށް ހުކުރު ދުވަހު ކުރިމަތިވި ކާރިސާ ގައި 1،182 އެއްހާ ގެ ވަޅު ލެވިފައިވާ ކަމަށް ދަނީ ބެލެމުންނެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި އެހިސާބުން […]
ޑެލްހީގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ ތުއްތު ކުދިންތަކެއް މަރުވެއްޖެ
އިންޑިޔާގެ ވެރިރަށް ޑެލްހީގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން ހަ ”ނިއުބޯން“ ކުދިން މަރުވެއްޖެ އެވެ. ޑެލްހީގެ ވިވެކް ވިހާރަ ސަރަހައްދުގައި ހުންނަ ހޮސްޕިޓަލުގައި އަލިފާން ރޯވެފައިވަނީ ރޭ އިރާކޮޅުގެ ބަގުތެއްގައެވެ. ތުއްތު ކުދިން ތިބި ތަނުގައި 12 ވަރަކަށް ކުދިން ތިބި ކަމަށާ އެއްކުއްޖަކު މަރުވެފައިވަނީ އަލިފާން ރޯވުމުގެ ކުރިން ކަމަށް ސީނިއަރ ޕޮލިސް އޮފިސަރަކު މައުލޫމާތު ދީފައެވެ. މިހާދިސާ ހިނގުމާއި އެކު ހޮސްޕިޓަލުގެ ވެރިން ވަނީ ފިލާފަ ކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް […]