ދިވެހިންގެ އެހީތެރިކަމާއިއެކު ޚިދުމަތް ޖަމިއްޔާގެ ފަރާތުން ޣައްޒާގެ ކުއްޖެއް ރާއްޖެ ގެނެސްފި
ޚިދުމަތް ޖަމިއްޔާއަކީ ފަލަސްތީނުގެ ގައްޒާގައި އެނހީ ފޯރުކޮށްދެމުންގެންދާ ދިވެހީންގެ ޖަމްއިއްޔާއެކެވެ. އެ ޖަމްއިއްޔަގެ ފަރާތުން އިއްޔެ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ އުމުރުން 17 އަހަރުގެ ނަދާ ނަމަކަށް ކިޔާ ކުއްޖެއް ވަނީ ސަލާމަތުގެ އައްސޭރިއަށް ގެނެސްދީފައެވެ. އެ ޖަމުޢިއްޔާގެ އިސްވެރިއެއް ކަމަށްވާ ޝާމީ ރަޝާދު ސަންދާނަށް ވިދާޅުވެ ދެއްވިގޮތުގައި މިއީ ހެޔޮއެދޭ ދިވެހީންގެ އެނހީއާއި މަދަދާއި އެކު ފަލަސްތީނުގެ ރައްޔަތުންނަށް އެތަނުގައި ޔަހޫދީން ހިންގާ ގަތުލު އާންމުން އެބައިމީހުން ސަލާމަތްކޮށް ދިނުމަށް އެ ޖަމްޢިއްޔާގެ ފަރާތުން ހިންގަމުންގެންދާ މަސައްކަތުގެ ނަތީޖާއެއް ކަމަށެވެ. ރާއްޖެ ގެނެސްފައިވާ ނަދާގެ ދައްތައެއް […]
މެޑިޓެރޭނިއަން ކަނޑުން ޖޯރޑަން ކޯރާ ހަމަޔަށް ފަލަސްތީނުގެ ދައުލަތެއް އުފެދޭނެ
ގަތަރުގައި ދިރިއުޅުއްވަމުން ގެންދަވާ ޙަމާސްގެ ލީޑަރ އިސްމާއީލް ޙަނިއްޔާ ހައްޔަރު ކުރުމުގެ އަމުރަކަށް ދުނިޔޭގެ އަދުލުގެ ނިޔާގެ ކޯޓުން ތައްޔާރުވަމުން ދަނިކޮށް އެމަނިކުފާނު އީރާނަށް ވަޑައިގެންފިކަމަށް އެސޯޝިއޭޓެޑް ޕްރެސް އިން ރިޕޯރޓް ކޮށްފިއެވެ. އިސްމާއީލް ޙަނިއްޔާ އީރަނަށް ވަޑައިގަތީ ހެލިކޮޕްޓަރ އެކްސިޑެންޓްގައި ޝަހީދުވި އީރާނުގެ ރައީސް އިބްރާހިމް ރައީސީ އާއި އެހެން ޢިއްޒަތްތްރިންގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށެވެ. އެ ބޭފުޅުންގެ ޖަނާޒައިގައި ވަރަށްގިނަ ގައުމުތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ރަޝިޔާއާއި ޗައިނާވެސް […]
ބޯކޮށް ވާރޭވެހި, ވައިގަދަވެ, ކަނޑުތައް ގަދަވެ, އުދައަރާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ އެކި ހިސާބުތަކަށް މިރޭ ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކުރެވޭތީ ހުރިހައި ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވެފައި ވިލާގަނޑުގައި ވަރަށް ގަަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. […]
ވަރލްޑް ހެލްތު އެސެމްބްލީ: ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގައުމުތަކާއި ޖަމިއްޔާތަކާއެކު މަޝްވަރާކުރަނީ
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ ވަރލްޑް ހެލްތު އެސެމްބްލީގެ 77 ވަނަ ސެޝަން ސްވިޒަލޭންޑްގެ ޖެނީވާގައި އިއްޔެ ފަށައިފައިވާއިރު, ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގައުމުތަކާއި އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ. ޖޫން މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ މެމްބަރު 194 ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާއިރު, މި އެސެމްބްލީގައި ބައިވެރިވާ ދިވެހިރާއްޖޭގެ […]
އެންމެ ގިނަ ދުވަހު ވަޒީފާގައި ދެމިހުރި ޕްލައިޓް އެޓެންޑަންޓް މަރުވެއްޖެ
އެންމެ ގިނަ ދުވަހު ވަޒީފާގައި ދެމިހުރި ޕްލައިޓް އެޓެންޑަންޓް ބެޓީ ނޭޝް އުމުރުން 88 އަހަރު ގައި މަރުވެއްޖެއެވެ. ބެޓީ މަރުވި އިރު އޭނާ ގާތްގަނޑަކަށް 70 އަހަރު އެދާއިރާއަށް ޚިދުމަތް ކޮށްފައި ވެއެވެ. 1957.ބެޓީ ނޭޝް މަރުވި އިރު ހުރީ އެމެރިކަން އެއާލައިންސްގެ ވަޒީފާގައެވެ. އެހެން ކަމުން އޭނާ މަރުވި ޚަބަރު އިއުލާންކޮށްފައިވަނީ އެފަރާތުން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. ވަނަ އަހަރު އުމުރުން 21 އަހަރުގައި ވަޒީފާ އަދާކުރަން ފެށި ބެޓީ އަށް ވަނީ […]
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް، ނައިބު ރައީސް ކަމަށް ނާޒިމް
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި މަޖިލީހުގެ ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިންތިހާބުކޮށްފިއެވެ. މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމްގެ އިތުރުން ދެން ވާދަކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އެވެ. އެގޮތުން 92 މެމްބަރުންގެ ބައިވެރިވުމާއިއެކު ކުރިއަށްދިޔަ ވޯޓުގައި މަޖިލީހުގެ ރައީސްކަމަށް އަބްދުއްރަހީމް އަށް 71 މެމްބަރުންގެ ވޯޓުދީފައި ވާއިރު، ރައީސް ކަމަށް ނާޒިލް އިންތިހާބު ކުރަން 14 […]
ޔޫކްރެއިންގެ ހަނގުރާމަ ސީ އެން އެން ގެ ކެމެރާއިން
ކޮންމެ ހަނގުރާމައަކާއި ދެކޮޅުވެރިކަމެއްގައިވެސް ލަނޑުދަނޑި އަކަށް ވެފާ އޮންނަނީ ”އަހަރެންގެ“ ކާމިޔާބީއެވެ. އޭގެ އަގު އަދާކުރަން ޖެހެނީ އަދި މުޅިން އެހެން ބައެވެ. ގިނަ ފަހަރަށް މައުސޫމް އާންމު ރައްޔިތުންނެވެ. އަހަރެހެންގެ ކާމިޔާބީ އަށްޓަކައި މީޑިއާތައް ގަނެލާނެއެވެ. އެއަށްފަހު އެ މީޑިއާތަކުން މަޢުލޫމާތު ފަތުރަމުން ގެންދާނީ އަހަރެން ބުނާގޮތަކަށެވެ. މިފަދަގޮތަކަށް ދުނިޔޭގެ މަސްރަޙް އަހަރެންގެ ބާރާއި ނުފޫޒުގެ ދަށަށް ގެނެވިފައިވާ އިރު އެ ޙާލަތު ބަދަލު ކުރުމަށްޓަކައި އަނެއްކާވެސް އަގުއަދާ ކުރަންތިބެނީ ހަމަ އެ މައުސޫމް ރައްޔިތުންނެވެ. މިއަދުގެ ފަލަސްތީނަކީ އަހަރެންގެ ބާރު ކަނޑުވާލުމުގައި މައުސޫމް […]
ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުން މަޤާމުގެ ހުވާ ކުރައްވައިފި
ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުން މަޤާމުގެ ހުވާ ކުރައްވައިފިއެވެ. ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ 93 މެމްބަރުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ހެނދުނު 09:00 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މެމްބަރުންނަށް ހުވައިލައި ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. އެގޮތުން ހުވާކުރެއްވުމަށްފަހު ކޮންމެ މެމްބަރަކު ވެސް ވަނީ އިގުރާރުގައި ސޮއިކުރައްވާފައެވެ. ވިހި ވަނަ މަޖިލީހަށް 93 މެންބަރުން އިންތިހާބުކޮށްފައިވާއިރު، އެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައި ވަނީ […]
ރާއްޖެއަށް ބިން ހެލުމެއް އަތުވެއްޖެ
ރާއްޖެއަށް ބިންހެލުމެއް އަތުވެއްޖެއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ބުނީ ހދ. އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައިކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ. އެގޮތުން ހަނިމާދޫގައި ޤާއިމުކޮށްފައިވާ ބިންހެލުން ރެކޯޑުކުރާ މީޓަރަށް މިރޭ 8:27 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާ ކަމަށް ރެކޯޑުކުރެވިފައިވާ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ. ނަމަވެސް މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ. ހދ.ކުޅުދުއްފުއްޓާއި 234 […]
ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދިޔަ އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ
ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު މިއަދު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ތ.ތިމަރަފުށީ މިނިވަން އައްސޭރި އުމުރުން 83 އަހަރުގެ އާދަމް ޢަލިމަނިކެވެ. ކަރެކްޝަނުން ބުނީ އާދަމް ޢަލިމަނިކު ނުހޭލައިގެން، އެ ގޮޅީގައި ތިބި އެހެން ގައިދީން ޑިއުޓީ އޮފިސަރުންނަށް އެންގުމުން، މެޑިކަލް ސެންޓަރަށް ގެންދިޔައިރު ވެސް ހަރަކާތް ނުކުރާތީ، 12:00 ހާއިރު އެމަޖެންސީ ހާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށެވެ. އަދި ފަރުވާ ދިނުމަށްފަހު ވެސް ހަރަކާތެއް ނެތުމުން، އޭނާ ނިޔާވެފައިވާކަމަށް […]