އައިސީއާރްސީގެ މި ސަރަޙައްދުގެ ވަފްދުގެ އިސްވެރިޔާ ނައިބު ރައީސްގެ އަރިހަށް  ޒިޔާރަތް ކުރައްވައިފި

އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ މި ސަރަޙައްދުގެ ވަފްދުގެ އިސްވެރިޔާ މިސްޓަރ ކަދިރް އޮމަރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.  މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ އައި.ސީ.އާރު.ސީ. އިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.  އަދި ރެޑް ކްރެސެންޓްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި މި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ވަފުދުގެ […]

ސްޕާއަކުން ދިވެހި 2 ފިރިހެނަކާއި ތައިލެންޑު 3 އަންހެނަކު ހައްޔަރުކޮށްފި 

އައްޑޫ ސިޓީގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނަކުން ދިވެހި ދެ ފިރިހެނުންނާއި ތައިލެންޑް 3 އަންހެނަކު ހައްޔަރުކޮށްފިއެވެ.  ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އައްޑޫ ސިޓީ ހިތަދޫގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އެ ރަށު ސްޕާއެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.  މިގޮތުން އެ އޮޕަރޭޝަނުގައި ދިވެހި 2 ފިރިހެނަކާއ ތައިލެންޑުގެ 3 އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.  ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. 

ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން  48 ގަޑިއިރުތެރޭގައި ޑިޕޯޓު ކުރަނީ

ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ބަންދުކޮށް 48 ގަޑިއިރުގެ ތެރޭގައި ޑިޕޯޓު ކުރަން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ދެއްވި ހިޠާބުގައެވެ.  އެގޮތުން ރައީސް ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް، ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރު މީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓް ކުރަން މިހާރު ވަނީ ފަށާފައި ކަމަށެވެ.  ހަމަ އެހެންމެ އަޅާނުލާ […]

އިންޑޮނީޝިޔާގައި އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން 7 އެއާޕޯޓެއް ބަންދުކޮށްފި

އިންޑޮނީޝިޔާގެ ޖަޒީރާއެއްގައިވާ އަލިފާން ފަރުބަދައެއް ތިން ފަހަރު ގޮވައި، ވަރަށް ބޮޑަށް ދިޔާ އަލިފާނާއެކު ދުމާއި އަޅި އަރަމުންދާތީ އެ ގައުމުގެ 7 އެއާޕޯޓެއް ބަންދުކޮށް އެ ހިސާބުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބު ތަކަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ. ފަރުބަދައިން ފައިބާ ދިޔާ އަލިފާނާއި އަޅި ގިނަ އަދަދަކަށް ކަނޑަށް އެޅުމުން ސުނާމީ އުފެދޭނެ ކަމަށް ބަލާ މީހުން ސަލާމަތް ކުރުމަށްޓަކައި ސަރުކާރުން ވަނީ އެހީގެ މަނަވަރަކާ އަދި ހަނގުރާމަމަތީ އުޅަނދެއް ވެސް އެ ހިސާބަށް […]

ޗައިނާގައި ހައިވޭ އަކުން ބަޔެއް ވެއްޓި 19 މީހުން މަރުވެއްޖެ

ޗައިނާގެ ގުއަންގޑޮންގ ޕްރޮވިންސްގައި ފަރުބަދަމަތީގެ ހައިވޭއަކުން ބަޔެއް ވެއްޓުމުގެ ސަބަބުން 9 މީހުން މަރުވެ އިތުރުއެތައްބަޔަކަށް އަނިޔާތައް ލިބިއްޖެއެވެ. މިހާދިސާ ހިނގަން ދިމާވީ އެތައްދުވަހެއް ވަންދެން ބޯކޮށް ވާރޭ ވެހިފައި ވުމުން ކަމަށް ޚަބަރުތައް ބުނެއެވެ. މީލޯންގ އެކްސްޕްރެސްވޭ ގެ ފަންސާހަކަށް ފޫޓު ހާތަން ވެއްޓުމުގެ ސަބަބުން މަރުވި މީހުންގެ އިތުރުން 30 މީހުންނަށް އަނިޔާވެ ހޮސްޕިޓަލް އަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް އެމީހުންގެ ފުރާނަޔަށް މިވަގުތު ނުރައްކަލެއް ނެތް ކަމަށް ދައިލަތުގެ މީޑިޔާއިން ބުނެފައި ވެއެވެ. […]

ރާއްޖޭގައި އޮތީ ހަތަރު ބާރޭ ބުނުމަކުން ދޮގަކަށް ނުވާނެ

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާން ކުރެވިފައިވަނީ ތިން ބާރެއްގެ ވާހަކައެވެ. ނަމަވެސްގާނޫނު އަސާސީގައި ބަޔާން ކުރެވިފައި ނުވާ ބާރެއްވެސް ރާއްޖޭގައި ހަރަކާތްތެރިވަމުން އެބަދެއެވެ. މިއީ ރައްޔިތުން ވިސްނާލަންވެއްޖެ ކަމެކެވެ. ރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކުރެވިފައި ނުވާ މިދެންނެވި ބާރަކީ އަނެއް ތިންބާރަށްވުރެ މާގަދަފަދަ ބާރެކެވެ. މިބާރުގެ ސަބަބުން ރާއްޖޭގައި ގަތުލުޢާންމުތަކާއި ބޮންގޮއްވުމާއި މާރާމާރީ ހިންގުންފަދަ ބިރުވެރި އެތަކެއް ޙާދިސާއެއް ހިނގަމުން ދެއެވެ. ކަންމިހެން ހުރިނަމަވެސް ސަރުކާރުތަކުން މި ނުރައްކާތެރި ބިރުވެރި ބާރު ނައްތާލަން އެއްވެސް މަސައްކަތެއް ނުކުރެއެވެ. […]

އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް ފްލެޓު ގަންނަން ހުށަހެޅި ފޯމްތައް ބާތިލުކޮށްފި

އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް ފްލެޓު ގަތުމަށް ހުށަހެޅި ފޯމްތައް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބާތިލުކޮށްފިއެވެ. އެޗްޑީސީން ބުނީ އޮންލައިންކޮށް ވިނަރެސް ފްލެޓު ގަތުމަށް ހުޅުވާލި ފުރުސަތުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، ގިނަ ޝަކުވާތަކެއް ލިބިފައިވާތީވެ އެ ފޯމްތައް ބާތިލްކޮށްފައިވާ ކަމަށެވެ.  އެގޮތުން ދިމާވި ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ގިނަ ބަޔަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ގެއްލުނު ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ. ހަމަ އެހެންމެ އެޗްޑީސީން ބުނީ ހުޅުމާލޭގައި ފަށާފައިވާ އެކިއެކި ސޯޝަލް ހައުސިން […]

ރާއްޖޭގައި މީޑިއާ އެތިކްސް ކޯސް ހިންގުމަށް 5 ފަރާތަކާއެކު ސޮއި ކޮށްފި  

ރާއްޖޭގައި މީޑިއާ އެތިކްސް ކޯސް ހިންގުމަށް 5 ފަރާތަކާއެކު ސޮއި ކޮށްފިއެވެ. މިއީ ޔޫކޭ ޑިވަލޮޕްމެންޓްއިން ރާއްޖޭގައި ހިންގާ މޯލްޑިވްސް ކޮމިޔުނިކޭޝަން ގަވަނަންސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ކޯހެކެވެ.  އެގޮތުން މި ކޯހަކީ ނޫސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ނޫސްވެރިންނަށް ވީތީ ހިފަހައްޓަންޖެހޭ އަޚުލާޤީ މިންގަނޑު ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ.  ނޫސްވެރިކަމުގެ އެތިކްސް ކޯސް ހިންގަން ފަސް ފަރާތެއް ތަމްރީނުކޮށްފައި ވަނީ ބްރިޓިޝް ހައި ކޮމިޝަންގެ އެހީގައެވެ.  މި ކޯސް ހިންގުމަށް ސޮއި ކޮށްފައި ވަނީ […]