ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމަކީ ފުލުހުންގެ ކަންބޮޑުވުމެއްކަން އަމަލާއި ބަހުން ދައްކަން ޖެހޭ: ސީޕީ ޝުޖާއު

ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމަކީ ފުލުހުންގެ ކަންބޮޑުވުމެއްކަން އަމަލާއި ބަހުން ދައްކަން އެބަ ޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.  ސީޕީ މިހެން ވިދާޅުވީ ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމަށް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ސީޕީ ވިދާޅުވީ ކިޔަވައިގެން މެނުވީ ފުލުހުންގެ ޚިދުމަތް ކުރިއަށް ނުދާނެ ކަމަށާއި ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ނުދާނެކަމަށެވެ. […]

ފިރިން ވިއްކާ ފިހާރަ

ނިމުމެއްނުވާ ބަހުސެއް އޮވެއެވެ. ކައިވެނި ރޫޅިގެން ދަނީ ފިރިމީހާގެ ފަރުވާކުޑަކަމުންތޯ ނުވަތަ އަންހެނުން ހިތްހަމަ ޖައްސާދޭން އުނދަގޫ ވެގެންތޯ، މިބަހުސެވެ. ބައެއް އަނބިން ބުނާ ގޮތުތައި ފިރިން ފޮނުވައިގެން ގަންނަ އެއްވެސް އެއްޗެއްވެސް ކަމަކު ނުދާނެއެވެ. ފިހާރައިން ކެރެޓެއް ގަންނަން ފޮނުވިޔަސް އެއްބައި އޮންނާނީ ގޯސްވެފައެވެ. ލިސްޓް ކުޑަކޮންވެސް ދިގު ވެއްޖެނަމަ އެއްބައި ހަނދާން ނައްތާލައެވެ. ނުވަތަ އޮޅުވާލައެވެ. ފިރިހެނުން ބުނާ ކަމަށް ވަނީ ކޮންމެ ގޮތަކަށް ކަންތައް ކޮށްދިން ކަމުގައި ވިޔަސް އަންހެނުން ހިތް ހަމަ […]

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސަކީ ކާމިޔާބު ކޮންފަރެންސެއް:ހީނާ 

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސަކީ ވަރަށް ކާމިޔާބު ކޮންފަރެންސެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.  ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.  އެގޮތުން މި ނޫސް ކޮންފަރެންސްގައި ހީނާ ވަނީ އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ދިވެހިރައްޔިތުންނަށް މުހިންމު އެކިއެކި ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަކާލާތު […]

ޗައިނާ އިން ރާއްޖެއަށް 44 ޓަނުގެ ފިޔާ ހަދިޔާކޮށް، ބަހާ ނިންމައިފި

ޗައިނާ އިން ރާއްޖެއަށް 44 ޓަނުގެ ފިޔާ ހަދިޔާކޮށް، އާންމުންނަށް ބަހާ ނިންމައިފިއެވެ. ރާއްޖެއަށް ފިޔާ ހަދިޔާ ކޮށްފައި ވަނީ ޗައިނާގެ ޗެމްބަރ އޮފް ކޮމާސްއިންނެވެ. ޗައިނާ އިން ހަދިޔާ ކުރި ފިޔާ ބެހުމަށް ހަރަކާތްތެރިވެފައި ވަނީ ވޮލެންޓިއަރުންނެވެ.  އެގޮތުން 24 ގަޑިއިރުގެ ތެރޭގައި 44 ޓަނުގެ ފިޔާ ވަނީ 7000 މީހުންނަށް ފޯރުކޮށްދީފައެވެ. ޗައިނާ އިން ރާއްޖެއަށް ހަދިޔާ ކުރި ފިޔާ ބަހާ ނިމުމާއި ގުޅިގެން މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި […]

ބައިނަލް އަގުވާމީ ހިޕޮކްރެސީ

ބައިނަލްއަޤުވާމީ ހުރިހާ ޤާނޫނަކުން މަނާކުރާ ލާއިންސާނީ އަނިޔާތައް  އިޒްރޭލާއި އެމެރިކާ، ފަރަންޖީ ވިލާތާއި އަދިއިޓަލީ އާއި ފްރާންސް  އާއި ޖަރުމަނާއި.  މިނޫނަސް މުސްލިމުންނާއި ދެކޮޅު  ޤައުމުތަކުން.  ފަލަސްޠީނުގެ ރައްޔިތުންނުގައި ގަތުލު އާންމު އެހިންގަނީ ފަލަސްތީނުގެ ކޮން ކުށަކާ ލައިގެން ހެއްޔެވެ. އެއީ މިހާރުގެ އެންމެ ބޮޑު ސުވާލެވެ! ޖަވާބަކީ، ކުށަކީ ހަމައެކަނި އަޅުވެތި މުސްލިމުންނަށް ނުވާތީއެވެ. ކޮންމެ ގޮތެއް، އެމީހުންގެ ބިމާއި ގެދޮރުގައި ޢަދުއްވުން ހަދަމުން ގެންދާއިރު ބަލިކަށި ދުނިޔޭގެ އަރާމާއި ލައްޒަތަށް ހެއްލި އަޅުވެތި ބައެއްގެ ގޮތުގައި ދެން އިތުރަށް ތިބެން ބޭނުން ނުވާތީއެވެ. އަދި ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރުމެވެ. މަސްޖިދުލް އަޤުޞާ މިނިވަންކުރަން މަސައްކަތްކުރުމެވެ.  މިއީ  شرعي ގޮތުން ވެސް ބައިނަލްއަޤުވާމީ ޤާނޫނުތަކުން ވެސް މަނާ ކުރާކަމެއް ނޫނެވެ. އެހެނީ ފަލަސްތީނަކީ އެމީހުންގެ ވަތަނެވެ. […]

ޑިމޮކްރަސީތަކަކީ މިހާރު ސުލްހަވެރީންގެ ނިޒާމެއްނޫން!

މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތަކުގައިއާއި އެކަމަށް ކުރެވޭ މަސައްކަތުގެ އެންމެ އިސް ސަފުން މިހާރު ފެންނަނީ ޗައިނާއެވެ. ޒަމާނުއްސުރެ އަރަބި ގައުމުތަކަށް އަތްގަދަކޮށް އެގައުމުތައް ކޮންޓްރޯލް ކުރަމުން މި ގެންދަނީ އެމެރިކާއާއި އިޒްރޭލުން ކަމަށް ވުމާއެކު، ކުށެއްނެތް އާންމުންގެ މީހުން ހާހުން ޝަހީދުކުރާތާ އެތައް އަހަރެއް މިވަނީ ވެފައެވެ. ސައުދީ އަރަބިއާއާއި އިރާނުގެ ދެމެދުގައި އޮންނަ ދެކޮޅުވެރިކަން އޮތުރަށް ވަރުގަދަކޮށް މެދުއިރުމަތި އިތުރަށް ހަމަބޮލިކުރުމަށް އިޒްރޭލުން ދެފަރާތުން މަސައްކަތް ކުރާއިރު، އިޒްރޭލުގެ މަސްލަހަތު އޮންނަ އެމެރިކާގެ ތެޔޮ އަދި […]

އީލޮން މަސްކް ދެކުނު އޭޝިއާގެ ބާޒާރު ވަޒަންކުރާނެބާ؟

އިންޑޮނޭޝިއާގެ ބާލީގައި ބޭއްވި މަހާސިންތާއެއްގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމްސިންގް މަޝްހޫރު ބިލިއަނަރު އީލޮން މަސްކާއި ބައްދަލުކުރައްވާފައިވާއިރު، އެ ބައްދަލުވުމުގައި އެ ދެބޭފުޅުންވަނީ އިންޑޮނޭޝިއާއަށް ތައާރަފްކުރަން އުޅޭ މަސްކްގެ ސްޓަާރލިންކުން ދޫކުރާ އިންޓަރނެޓް ޚިދުމަތާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ.  މިބައްދަލުވުމަށްފަހު ކުރީގެ ޓްވިޓާ، އެކްސް ޕްލެޓްފޯމްގައި ރައީސް ވިކްރަމްސިންގް ހިއްސާކުރެއްވި ޓްވީޓެއްގައި  އޭނާ ލިޔުއްވާފައިވަނީ، “ސްޓާލިންކް ފަދަ ހިދުމަތަކުން ސްރީލަންކާފަދަ ގައުމުތަކަށް ގިނަގުނަ ކުރިއެރުންތައް ހޯދިދާނެ.”  ކަމަށެވެ.  ދުނިޔޭގެ ގިނަ ގައުމުތަކަކަށް މަސްކްގެ ސްޓާލިންކް ތައާރަފްކުރަމުން ދާއިރު، މިހާރު އެހިދުމަތް […]

މަސްވެރިކަމުގެ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހާފިޒު އަވަހާރަވެއްޖެ

މަސްވެރިކަމުގެ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި މ.ޒިޔާރަތްދޮށުގޭ، އަޙްމަދު ހާފިޒު އަވަހާރަވެއްޖެއެވެ. އުމުރުން 62 އަހަރުގައި ހާފިޒް އަވަހާރަވީ މިއަދުގެ ވަގުތެއްގައި އައިޖީއެމްއެޗުގައެވެ. އަވަހާރަވީ ނުވަ އަހަރުވަންދެން ކެންސަރު ބަލީގައި އުޅުއްވުމަށްފަހުއެވެ. ހާފިޒު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ހާފިޒްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރެއްވުން އެދި ދުއާ ދަންނަވައިފައެވެ. ރައީސް ވިދާޅުވީ ހާފިޒަކީ ދިވެހި ދައުލަތަށް އަދި ޕީޕީއެމްއާއި ޕީއެންސީ އަށް ގިނަގުނަ ޚިދުމަތްތަކެއް […]

އިންޑިޔާ،ބަންގްލާދޭޝް އަށް ކުރިމަތިވި ތޫފާނުގައި 16 މީހުން މަރުވެއްޖެ   

އިންޑިޔާ ގެ އައްސޭރިފަށުގެ ހިސާބުތަކާ ބަންގްލާދޭޝް ގެ ދެކުނުގެ ހިސާބުތަކަށް ކުރިމަތިވި ތޫފާނުގައި 16 މީހުން މަރުވެއްޖެ ކަމަށް ޚަބަރުލިބެއެވެ. މިހިސާބުތަކަށް އާދީއްތަ ދުވަހު ހަވީރު ކުރިމަތިވި ތޫފާނުގައި ގަޑިއަކު 110 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހިފައި ވެއެވެ. އަދި ބޯކޮށް ވާރޭ ވެހި ބިންތިރި ހިސާބު ތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި ވެއެވެ. ސައިކްލޯން ރިމާލް ގެ ނަމުން ނަންދީފައިވާ ތޫފާން ކުރިމަތިވުމުގެ ކުރިން މިލިއަނެއްހާ މީހުން ރައްކާތެރި ހިސާބު ތަކަށް ގެންގޮސްފައިވާ ކަމަށް އިދާރާ ތަކުން […]

އިސްރާއީލުގެ ދިފާއީ ވަޒީރު އާއި ނަތަންޔާހޫގެ ތޮޅުންގަނޑު ހޫނުވެފާ

އިސްރާއީލުގެ ރިޒާވް ސިފައިންގެ ފަރާތުން އާންމުކޮށްފައިވާވީޑިއޯއެގައި ދިފާއީ ވަޒީރު ޔޯ ގަލަންޓް އާއި ދެކޮޅަށް ނިކުތުމަށް ގޮވާލާފައިވާތީ އިސްރާއީލުގެ މިލިޓްރީން އެކަން ތަޙުގީގު ކުރަން ފަށައިފިއެވެ.        މިދިޔަ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި އާންމު ވެފައިވާ އެ ވީޑިއޯގައި ގޮވާލާފައިވަނީ ދިފާއީ ވަޒީރާ ދެކޮޅަށް ނިކުތުމަށެވެ.އަދި ހަމަ އެހެންމެ ތެލްއަވީވްގެ މަގުތައް ފުރާލައި ހަނގުރާމަ ހުށްޓާލުމަށް ގޮވަމުން ދަނީއެވެ.         އިސްރާއީލުގެ ޑިފެންސް ފޯސަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޮޑުވަޒީރު […]