މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ. މިއަދުގެ މޫސުން ލަފާކުރާ ގޮތް ހާމަކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށާއި އެލާޓް ނެރެފައިވަނީ ހަވީރު 17:00 އާ ހަަމައަށް ކަމަށެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ […]

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި 4 މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތަހުގީގަށް ހަތަރު މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ އެ މީހުން ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. އެ މީހުންގެ ފޮޓޯ އާންމުކޮށް ފުލުހުން މިއަދު ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައެވެ. ފުލުހުން ހޯދަމުން އަންނަނީ: އުމުރުން 33 އަހަރުގެ އާމިނަތު ޝީޒާ ޢަލީ، ހުޅުމާލެ.ފެއަރވިލެޖް- ގޯތިނަންބަރު 11168 […]

ރަޝިޔާއިން ނޭޓޯއާއި ހަނގުރާމަ ނުކުރާނެ : ނޭޓޯގެ ތެރޭގައި ފަނިއަޅުވާނީ

ބައެއް ސިޔާސީ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ފަހުން ރަޝިޔާގެ ނުރައްކާ ޔޫރަޕަށް އެންމެ ބޮޑުވެފައިވަނީ މިހާރުއެވެ. ޔޫކްރެއިނާއެކު ގިނަ ދުވަސްތަކެއް ވާންދެން ހަނގުރާމަ ކުރަންޖެހުމުގެ ސަބަބުން ރަޝިޔާ ވަނީ ނޭޓޯއަށް ޙަމަލާ ދެވޭވަރަށް ވުރެން ބަލި ވެފައިކަމުގައި ބުނެއެވެ.        ނޭޓޯގެ ތަޖްރިބާކާރުން ދެކޭ ގޮތުގައި ރައީސް ޕޫޓިން މިހާރު މަސައްކަތް ކުރައްވަނީ ނޭޓޯގެ ތެރޭގައި ފަނި އަޅުވައިގެން ނޭޓޯ ހަލާކު ކޮށްލާށެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޔޫރަޕުން އުފާކުރަމުން ދިޔަ ރައްކާތެރިކަމާއި ކުރިއެރުން ނިމުމަކަށް އަންނަނީ […]

ހޮސްޕިޓަލް ބިލް ނުދެއްކިގެން އަނބިމީހާ މަރާލައިފި

 އެމެރިކާގެ ކެންޒަސް ސިޓީގައި، ހޮސްޕިޓަލުގައި އޮތް ބަލި އަނބިމީހާ މަރާލިކަމުގެ ކުށުގައި މީހަކު ހައްޔަރު ކޮށްފިއެވެ. އޭނާ ފުލުހުން ކައިރީ އެއްބަސްވެފައިވާ ގޮތުގައި އޭނާ އެގޮތަށް އެކަންތައް ކުރީ އަންހެނުންގެ ސިއްހީފަރުވާ ގެ ބިލްތައް ނުދެއްކިގެން ކަމަށެވެ.  ރޮނީ ވިގްސް ނަމަކަށް ކިޔާމީހާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މޭ ހަވަނަ ދުވަހު ބާއްވާފައިވާއިރު ދެވަނަ އަޑުއެހުމެއް މޭ 9ވަނަ ދުވަހަށް ވަނީ ތާވަލު ކުރެވިފައެވެ. ރޮނީ ވިގް ގެ އަނބިމީހާ އައީ ޑަޔަލިސިސް ގެ ޚިދުމަތްހޯދަމުން ކަމަށްވެއެވެ. އެންމެ  ފަހުން މެޑިކަލް ސެންޓަރެއްގަ އެޑްމިޓް ކޮށްފަ އޮތީ އައު ޕޯޓެއް […]

ފޮރިން މިނިސްޓަރު ޒަމީރު މާދަމާ އިންޑިއާއަށް ވަޑައިގަންނަވަނީ

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު މާދަމާ އިންޑިއާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން މިއަދު ބުނެފިއެވެ. ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅަކީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅެއް ކަމަށެވެ. މިއީ ފޮރިން މިނިސްޓަރު ޒަމީރު މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ވެސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ފޮރިން މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުން […]

އައިޖީއެމްއެޗުގައި ތުއްތުކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނު ވާހަކަ ދޮގުކޮށްފި

އައިޖީއެމްއެޗުގައި ވިހެއި ތުއްތު ކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނުކަމަށް ކޮށްފައިވާ ތުހުމަތު, އެ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ. އައިޖީއެމްއެޗުގައި ވިހެއި ތުއްތު ކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނުކަމުގެ ތުހުމަތުކޮށްފައިވަނީ ސޯޝަލްމީޑިއާގައި ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކައުންޓަކުންނެވެ. އެ އެކައުންޓުން އެ ވާހަކަތައް ޕޯސްޓުކޮށްފައިވަނީ އެ ކުއްޖާގެ އާއިލާއާ ހަވާލާދީކަމަށް ބުނެއެވެ. މި ތުހުމަތު ދޮގުކޮށް, އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބަލިމީހުންނަށް ފަރުވާދިނުމުގައި އެ ހޮސްޕިޓަލުން އަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގައި އަމަލުކުރަމުން އަންނަ […]

9 ސަފީރުން އައްޔަންކުރައްވައި ފަތްކޮޅު ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބޭރު ގައުމުތަކަށާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތައް ހިމެނޭގޮތަށް 9 ސަފީރުން މިއަދު އައްޔަންކުރައްވައި ފަތްކޮޅު ދެއްވައިފިއެވެ. އެގޮތުން  އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފާއި އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހ. އޯކިޑް، އިރުތިޝާމް އާދަމާއި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ފަށަލަ، ޑޮކްޓަރ ފަޟީލް ނަޖީބު ވަނީ އައްޔަންކުރައްވައިފައެވެ. މީގެއިތުރުން އެކުވެރި ދައުލަތްތަކުގެ […]

މިޝިގަން ޔުނިވާސިޓީގެ ގްރެޖުއޭޝަންގައި އިސްރާއިލާއި ގުޅުން ކަނޑާލުމަށް ގޮވާލާ ދަރިވަރުން އަޑުއުފުލައިފި  

މިޝިގަން ސްޕްރިންގް ޔުނިވާސިޓީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ޔުނިވާސިޓީގެ ގްރެޖުއޭޝަން ހަފްލާގައި އިޒްރޭލާ ގުޅުން ކަނޑާލުމަށް ގޮވާލާ ފަލަސްތީނަށް ތާއީދުކުރާ ދަރިވަރުން އަޑުއުފުލައިފިއެވެ.   އެގޮތުން މިޝިގަން ސްޓޭޑިއަމްގައި ބޭއްވި މި ރަސްމިއްޔާތުގައި ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުން ވަނީ ނަސްލެއް ނައްތާލުމަށް އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން އަންނަ ޖަރީމާއަށް ފަންޑުކުރުން ހުއްޓާލުމަށް ގޮވާލާފައެވެ. މި ހަރަކާތުގައި ގްރެޖުއޭޝަން ކެޕްތަކުގައި ތިބި ދަރިވަރުން ހަނގުރާމައާ ދެކޮޅު މެސެޖުތައް ގޮވައި ފަލަސްތީނުގެ ދިދަ އުފުލާ  މަންޒަރު ފެންނަ […]

ނިއުކްލިއަރ ޑްރިލްތައް ފަށައި، އަސްކަރީ ސަފުތައް ހަނގުރާމައަށް ތައްޔާރުކުރުމަށް ޕުޓިން އަންގައިފި

ރަޝިއާގެ ރައީސް ވްލާޑިމިރް ޕުޓިން އެގައުމުގެ ސަދަން މިލިޓަރީ ޑިސްޓްރިކްޓްގެ ވަޔާއި ކަނޑުގެ ސިފައިންނަށް ހަނގުރާމައަށް ތައްޔާރުވުމަށް އަންގައި އިރުޝާދުދީފިއެވެ. މިގޮތުން، ޕުޓިން އަންގާފައިވަނީ، ހަނގުރާމައަށް ތައްޔާރުވުމަށް ހިންގާ ހަރަކާތްތަކާއި ކަސްރަތުތައް ކުރިއަށް ގެންދިއުމުގެ އިތުރުން، ޓެކްޓިކަލް ނިއުކްލިއަރ ހަތިޔާރުތައް ބޭނުންކުރުން ފަރިތަކުރުމަށެވެ. ޕުޓިން އޭނާގެ ސަފުތަކަށް މިގޮތަށް އަންގާފައިވަނީ ފްރާންސުން ޑޮންބާސް ފްރޮންޓްލައިނަށް އެގައުމުގެ ސިފައިން ނެރުމުގެ ވާހަކަތަކެއް ހިއްސާކޮށްފައިވަނިކޮށެވެ. އެގޮތުން، ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއަރމަން ޑިމިޓްރީ މެޑްވެޑެވް ބުނީ، ރަޝިއާއާއި ފްރާންސްގެ […]

މި ސަރުކާރުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި: ހީނާ

މި ސަރުކާރުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ދިވެހި ސަރުކާރުން ކުރައްވަންޖެހޭ ކޮންމެ ކަމެއް މި ސަރުކާރުން ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.  ހީނާ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ.  ހީނާގެ ވާހަކަފުޅު މި މޭރުމުން ކުރިއަށްގެންދަވަމުން ދާދިފަހުން ރާއްޖޭގެ ފަރާތުން ބައިނަލްއަޤުވާމީ ޕްލެޓްފޯމްތަކުގައި ތަޤުރީރު ކުރެއްވި ދެ ވަޒީރުންގެ ވާހަކަފުޅުތަކުގެ މައްޗަށް […]