ރަސްމީ ލިއުންތައް ގޭގައި ބެހެއްޓި މައްސަލައިގެ ޝަރީއަތް ފަސްކޮށްފި

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ރިޔާސަތު ނިމުމަށްފަހުވެސް ސަރުކާރުގެ ރަސްމީ ލިއުންތަކެއް ގާނޫނާ ޚިލާފަށް ގޭގައި ބެހެއްޓި މައްސަލާގައި ފްލޮރިޑާ ކޯރޓުގައި ހިނގަމުންދާ ޝަރީއަތް މުއްދަތެއް ނެތްގޮތުގައި ފަސްކުރަން ފަނޑިޔާރުން ނިންމަވައިފިއެވެ.  މިހާރު މިވީ ގޮތުން ރައީސް ޓްރަމްޕްގެ މައްޗަށް ކުރެވެމުންދާ ޖިނާއީ 2 ދައުވާގެ ތެރެއިން ކޮންމެވެސް އެއް ދައުވާއަކާއި ނޮވެމްބަރު އިންތިޚާބުގެ ކުރިން ކުރިމަތިލައްވަން ޖެހިވަޑައި ގަންނަވާނެ ކަމަށް ބެލެވެއެވެ.                           […]

ޓެކްސީތަކުން ނަގާ ފީ ބޮޑުވަމުންދަނީ

އެއަރޕޯޓުން ހުޅުމާލެއަށް ދިއުމާއި މާލެއަށް ކުރާދަތުރުތަކުންނާއި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ބައެއް ޓެކްސީތަކުން ނަގާ ފީ ބޮޑުވަމުންދާކަމުގެ ޝަކުވާ ބައެއްފަރާތްތަކުން ކުރަމުން އެބަދެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ ހުޅުމާލެ ފޭސް އެކަކުން ދޭކަށް އަދި ފޭސް ދެއަކުން އެކަކަށް ޓެޖްސީ ދަތުރު ކުރާއިރު ފަސިންޖަރުންގެ އަތުން ނަގާ ފީގެ މިންވަރު ކަނޑައަޅާފައެވެ. މީގެ އިތުރުން މާލެސިޓީއިން ހުޅުމާލޭގެ ސިޓީގެ ފޭސް އެކަކާ ދެއަކަށް، އަދި އެ ތަންތަނުން މާލެއަށް ކުރާ ޓެކްސީ ދަތުރު ތަކުން ފަސިންޖަރުންގެ އަތުން […]

70 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް، 98 ދަރިވަރުން ދިވެހި އަސްކަރިއްޔާގެ ސަފުތަކާ ގުޅިއްޖެ

ދިވެހި ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާ ކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވީ ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވައިފައެވެ. ދަރިވަރުންނަށް ހުވާ ލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރެވެ. ހަތިޔާރު ހަވާލުކުރާއިރު އަންގަވާ އެންގުން […]

ސަޢުދީ ރަސްގެފާނުގެ މެހެމާން ދާރީގައި ކުރައްވާ ޢުމްރާ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން  ފުރާވަޑައިގެންފި

މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ މެހެމާން ދާރީގައި ކުރައްވާ ޢުމްރާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް، މިނިސްޓަރ […]

ގައްޒާއާއި ހަނގުރާމަކުރަން ދޭންބުނި ހަތިޔާރު ހުއްޓާލުމުން ވަރަށް ފޫހިވެއްޖެ

އެމެރިކާއިން އެންމެފަހުން އިސްރާއީލަށް ފޮނުވަން ހަމަޖެހިފައިއޮތް ހަތިޔާރު ޝިޕްމެންޓް ޕެންޓަގަނުން ހުއްޓުވުމުން “ ފަލަސްތީނުގެ ހަނގުރާމައިގާ އަހަރެމެންނަށް ކަލޭމެން އެހީވެދޭ ގޮތަކީ ތިޔައީ ތޯ އަހައި “ އިސްރާއީލުން އެމެރިކާއަށް ސުވާލުކޮށްފިއެވެ. ހައި ޕޭލޯޑުގެ އެ ޝިޕްމެންޓް ހުއްޓުވުމުން އެކުވެރި ދައުލަތްތަކަށް އިސްރާއީސްލުން ކަނޑައަޅާފައިހުންނަ ސަފީރު ގިލާޑް އެރްދާން “ ވަރަށް ފޫހިވެއްޖޭ “ ބުނެ ރައީސް ބައިޑަނަށް ކުނިމޫނު ދައްކާފައިކަމަށް ރޮއިޓާރސްއިން ވަނީ ހާމަކޮށްފައެވެ. އިސްރާއީލަށް ފޮނުވަން ހަމަޖެހިފައިއޮތް އިތުރު 2000 ރާތަލުގެ ބޮމުގެ ޝިޕްމެންޓް އެމެރިކާގެ ނުރުހުމުގައި ރަފާޙްއަށް ޙަމަލާދިނުމާއި ގުޅިގެން ހުއްޓުވާފައިވާ ކަމަށް ދިފާއީ ވަޒީރު […]

އެމްއެންޔޫގައި މެޑިސިން ހަދާ ދަރިވަރުންނަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ކިޔެވޭނެ އިންތިޒާމު ހަމަޖައްސައިދީފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިލްތިމާސަށް އިޖާބަދެއްވައި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގައި ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންގެ ކިޔެވުން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހަސްފަތާލުގައި ކުރިއަށްގެންދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިދެއްވައި، ކަމާ ބެހޭ އިދާރާތަކަށް މިއަދު އެކަން އަންގަވައިފިއެވެ. އެމްއެންޔޫގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ތަޢުލީމީ ކަންކަމަށް ދަރުމަވަންތަ ހަސްފަތާލުގައި ބޭނުންކުރަމުންދާ ޖާގަ ދޫކޮށްލަން ޖެހިދާނެ ކަމަށް އުފެދުނު ކަންބޮޑުވުންތަކަކާއި ގުޅިގެން، އެ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއިން ރައީސްގެ އަރިހަށް […]

ފަރުތަކުން ގާ ހުދުވާތީވެ، ބިން ހިއްކުން މަޑު ޖައްސާލަން އެދިއްޖެ

ފަރުތަކުން ގާ ހުދުވަމުންދާތީވެ، ބިން ހިއްކުމުގެ މަޝްރޫޢުތައް ވަގުތީ ގޮތުން ހުއްޓާލަން އެންވަޔަރަމެންޓަލް ޕުރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެދިއްޖެއެވެ.  އީޕީއޭއިން ނެރުނު އިއުލާނެއްގައި ބުނީ، މި ދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވަމުންދާ ދުވަސްވަރެއް ކަމަށާއި ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ފުރަތަމަ ފަހަރަށް 1998 ވަނަ އަހަރު ފާހަގަ ކުރެވުނު ފަހުން، މިފަދަ ހާދިސާތައް މެދުވެރިވާ މިންވަރު ގާތްވަމުން އަންނަ ކަމަށެވެ.  އެގޮތުން މިފަދަ ދުވަސްވަރެއްގައި […]

މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން 3 މެގަވޮޓްގެ ނިޒާމުތައް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ފުރަތަމަ އިންސްޓޯލް ކުރާ ޖުމުލަ 3 މެގަވޮޓްގެ ނިޒާމުތައް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.  އެންވައިރަންމަންޓް މިނިސްޓްރީން ބުނީ އޭޝިއަން ޑިވޮލޮޕްމެންޓް ބޭންކުގެ އެހީގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ރާއްޖޭގައި ސާފު ހަކަތަ ބޭނުން ކުރުން އިތުރު ކުރުމުގެ ސިޔާސަތުގެ ތެރެއިން މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ފުރަތަމަ އިންސްޓޯލް ކުރާ ޖުމުލަ 3 މެގަވޮޓްގެ ނިޒާމުތައް ގަތުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް […]

މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ޙައްލު ކުރުމުގެ މަޝްރޫޢު އިފްތިތާހު ކޮށްފި

މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ޙައްލު ކުރުމުގެ މަޝްރޫޢު ފެށުން މިއަދު އިފްތިތާހު ކޮށްފިއެވެ. މި މަޝްރޫޢު އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި ވެސްޓްޕާކް ސަރަހައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންއެވެ. މި މަޝްރޫޢަކީ ދިފާޢީ ވުޒާރާއިން އާރުޑީސީއާ ޙަވާލުކޮށްގެން އަދި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ މަޝްރޫއެކެވެ.  އާރުޑީސީން ބުނީ މި މަޝްރޫޢުގެ ދަށުން ވެސްޓްޕާކް ސަރަޙައްދުގައި އުފެދޭ ފެން ބޭރުކުރުމަށް ހަރުކުރަންޖެހޭ ވަޞީލަތްތައް ހަރުކުރާނެ ކަމަށެވެ.  […]

އިސްރާއީލުން އެއްބަސަވާނަމަ ތިން މަރުޙަލާއެއްގައިޙަމާސްއިން އެ އެެއްބަސްވުމެއް ފުރިހަމަކުރާނަން

ތިން މަރުޙަލާ އަކަށް ބެހެވިގެންދާ ގޮތެއްގައި ޙަމާސްގެ ހުރިހާ ޝަރުތުތަކަށް އިސްރާއީލުން އެއްބަސް ވެއްޖެނަމަ ހަނގުރާމަ ހުއްޓާލަން ފަލަސްތީނުގެ އިސްލާމީ މުޖާހިދުން އެއްބަސް ވާނެކަމަށް ބުނެފިއެވެ.  އެހެންނަމަވެސް މިހާރުވެސް އިސްރާއީލުން އެފަދަ އެއްބަސްވުމެއް ގަބޫލު ނުކުރާނެކަމަށް ބުނެފިއެވެ. ޙަމާސްގެ ޖަވާބާ ދޭތެރޭ އެމެރިކާއިން މިސްރާއި ގަތަރް އަދި އެމެރިކާގެ ބައިވެރިންނާއެކު މަޝްވަރާ ކުރާނެކަމަށް އެމެރިކާއިންވަނީ ބުނެފައެވެ. އިސްރާގެ ހަނގުރާމައިގެ އެޑްވައިޒަރ އަދި އެނހީތެރިޔާ، އެމެރިކާއިން ބުނެފައިވަނީޙަމާސްގެ ޖަވާބުން އެ ޖަމާޢަތުން މަޑުމައިތިރިކަން އިޚްތިޔާރު ކުރަން ބޭނުންވާކަން ދޭހަވާ ކަމަށެވެ. ޙަމާސްގެ ޝަރުތުތަކަށް ބަލާއިރު ފުރަތަމަ ޝަރުތަކީ 42 ދުވަހަށް ހަނގުރާމަ މުޅިން ހުއްޓާލުމެވެ. އެ މުއްދަތުގެ […]