ހައްދުފަހަނައަޅައި ގޮސްފައިވާ އިސްރާއީލުގެ އަނިޔާވެރިކަމުން “ކުޑަތަންކޮޅެއް“

ފަލަސްތީނުގެ ގައިދީންނަށް އިސްރާއީލުގެ ސިފައިން ދެމުންގެންދާ އަނިޔާތައް ބަލަން ކުޅަދާނަ ނުވެގެން އިސްރާއީލުގެ ވިސްލް ބްލޯވަރުންތަކެއް މީޑިއާގެ ކުރިމައްޗަށް ނިކުމެއްޖެއެވެ. އިސްރާއީލުގެ މިލިޓްރީ މަރުކަޒެއްކަމުގައިވާ ނެގޭވް ސަހަރާ ގައި ހުންނަ މިލިޓްރީ ޑިޓެންޝަން ކޭމްޕެއްގައި ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ކަނުބަނދެފައިވާ ހާލުގައި އިސްއުފުލާލަންނުކެރޭވަރުގެ ގަދަ އަލި މޫނަށް ދިމާކޮށް ކަރުދާސް ގަނޑެއްހާތުނި ޝީޓެއްގެ މަތީގައި ބައިތިއްބާފައި ތިބޭ ހިތްދަތި މަންޒަރު އިންސާނަކަށް ތަސައްވުރުވެސް ނުކުރެވޭނެއެވެ. އެތަނުގައި ހިނގާ ކަންތައްތައް އެނގޭ އިސްރާއީލުގެ ވިސްލްބްލޯވަރުން ސީއެންއެންއަށް ކިޔައިދިން ގޮތުގައި […]

އިންތިޚާބާއި ކައިރިވެފައި ވަނިކޮށް 76 އަހަރުގެ ޖަލު ހުކުމުގައި ތިބި ނުރައްކާތެރި ކުށްވެރިން ވެސް މިނިވަންކުރި 

ކުރީގެ ރައީސް ޞާލިހްގެ ވެރިކަމުގެ ފަހުގެ ދުވަސްކޮޅު، ރިޔާސީ އިންތިޚާބާއި ކައިރިވެފައި ވަނިކޮށް 76 އަހަރުގެ ޖަލު ހުކުމުގައި ހުއްޓާ މިނިވަން ކުރި ބޮޑު ކުއްވެރިޔަކު މަސްތުވާތަކެއްޗާއި އެކު އަނެއްކާވެސް އަތުލައިގެންފިއެވެ. އެނގިފައިވާ ގޮތުގައި އެއީ ޅ. ނައިފަރު މުންތަޞަރު ޔޫސުފް ނަމަކަށް ކިޔާ މީހެކެވެ. އެގޮތުން އޭނާ މިނިވަން ވެފައިވީ ނަމަވެސް އޭނާ މިވަނީ މަސްތުވާތަކެތީގެ ކުށުގައި އަނެއްކާވެސް ހައްޔަރު ކޮށްފައެވެ. އެނގިފައިވާ ގޮތުގައި އޭނާ މިހާރު ހުރީ ފަހުން ތަޙްގީގަށް ބަންދުކޮށްފައެވެ.  ކުރީގެ ރައީސް […]

ކެނެބިސް ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި ފޮޓޯ އާންމުކޮށް މިއަދު ހޯދަން އިއުލާން ކުރީ ސ. ހިތަދޫ/ ހަޒާރުމާގެ، މުހައްމަދު އުބާދަތު ހުސައިން (29އ) އެވެ. މިކަންހާމަކޮށް ފުލުހުން ބުނީ، އޭނާ ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ. އެގޮތުން މުޙައްމަދު އުބާދަތު ޙުސައިން ހޯދަމުން ދަނީ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައާ ގުޅިގެން ކަމަށާއި ބަންދުގައި ބަހައްޓައިގެން 2024 މެއި 13 ވަނަ ދުވަހުގެ […]

އިންޑިއާއިން ނެގި 200 މިލިއަން ޑޮލަރުގެ ލޯނުގެ ބާކީ ފައިސާ ދެއްކުމަށް މުއްދަތު އިތުރުކޮށްދިނުމަށް އެދިއްޖެ

މިދިޔަ ސަރުކާރުގައި 2019 ވަނަ އަހަރު ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށް ނުދެއްކި އޮތް ފައިސާ ދެއްކުމަށް މުއްދަތު އިތުރުކޮށްދިނުމަށް އިންޑިއާ ސަރުކާރުގައި ދިވެހި ސަރުކާރުން އެދިއްޖެއެވެ. މިގޮތަށް އެދުނުކަން ހާމަކުރެއްވީ ސަރުކާރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. ޒަމީރު ވިދާޅުވީ އެ ލޯނުގެ ތެރެއިން ނުދެއްކި ހުރި ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ. 200 މިލިއަން ޑޮލަރުގެ ތެރެއިން […]

މަދީނާގައި ތިބި ދިވެހި ދަރިވަރުންނާ ރައީސް ބައްދަލު ކުރައްވައިފި 

މަދީނާގައި ތައުލީމު ޙާޞިލްކުރަމުންދާ ދިވެހި ދަރިވަރުންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މަދީނާގައެވެ. މަދީނާގައި ތައުލީމު ޙާޞިލްކުރަމުންދާ 24 ދަރިވަރުން ބައިވެރިވި މި ބައްދަލު ކުރެއްވުމުގައި އެ ދަރިވަރުން ވަނީ އެ ކުދިން ބޭނުންވާ ކަންކަމާއި, އެ ކުދިންގެ ހުރި ކަންބޮޑުވުންތައް ރައީސްއާ ޙިއްޞާކުރައްވާފައެވެ. މިއަދު ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެ ދަރިވަރުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އަދި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން […]

އިންޑިއާގެ އަސްކަރީ އުޅަނދުތައް ބޭނުންކުރާނީ އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ: ސަރުކާރު

އިންޑިއާގެ އަސްކަރީ އުޅަނދުތައް އޮޕަރޭޓްކުރަން ކަމަށް ބުނެ ރާއްޖޭގައި ބޭތިއްބި ތިބި އެ ގައުމުގެ ސިފައިން ފޮނުވައިލުމަށްފަހު ގެނައި މަދަނީ މީހުން އެ އުޅަނދުތައް އޮޕަރޭޓް ކުރާނީ ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ކަމަށް ސަރުކާރުން ބުނެފިއެވެ. ސަރުކާރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން ވިދާޅުވީ ކުރިން އެ އުޅަނދުތައް އޮޕަރޭޓްކުރަން ރާއްޖޭގެ ތިން ސަރަހައްދެއްގައި ތިބި 76 ސިފައިން މިހާރު ފޮނުވާލައިފައިވާ ކަމަށާއި ދެ ގައުމުން އެކުލަވައިި ހައި ލެވެލް ކޮމިޓީން […]

އިސްރާއީލު ސިފައިންގެ ނިޔަފަތިތަކުންވެސް ހަނގުރާމަ ކުރެވިދާނެ

ސުރުޚީގައި އެވަނީ އެމެރިކާއިން އިސްރާއީލަށް ފޮނުވަން ހަމަޖެހިފާއޮތް 2000 ރާތަލުގެ 3500 ބޮން އެކުލެވޭ ޝިޕްމެންޓް ނުފޮނުވާގޮތަށް ރައީސް ބައިޑްން އަމުރުކުރެއްވުމާއި ގުޅިގެން އެކަމަށް މަލާމާތް ކޮށްފައި އިސްރާއީލުގެ ބޮޑުވަޒީރު ރައީސް ބައިޑްންއަށް ފޮނުވިމެސެޖުގެ ސުރުޚީއެވެ.                               ގައްޒާއަށް ޙަމަލާދިނުން ކުރިއަށްގެންދަން ވިސްނާކަމަށްވާނަމަ އެމެރިކާގެ ހަތިޔާރު އިސްރާއީލަށް ފޯރުކޮށްދިނުން ހުއްޓުވަން ޖެހިދާނެ ކަން އަންގަވައި ރައީސް ބައިޑްން ކުރެއްވި އަމުރާ ގުޅިގެން […]

އެކުވެރި ދައުލަތުގައި ފަލަސްތީނުގެ ބައިވެރިވުން އިތުރުކުރަން ފެންނަކަމަށް ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި

ބައިނަލްއަޤްވާމީ އެންމެ ބޮޑު ޖަމިއްޔާ ކަމުގައިވާ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (ޔޫއެން)ގައި ފަލަސްތީނުގެ ބައިވެރިވުން އިތުރުކުރަން ފެނޭތޯ ބެލުމަށް ނެގި ފެންނަ ނުފެންނަ ވޯޓު، ވޯޓު ދިން ގިނަ މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފިއެވެ.  މިގޮތުން، ސިންގަޕޫރު ހިމެނޭގޮތަށް، ޔޫއެންގެ މި ރިޒޮލިއުޝަން ފާސްކުރުމަށް 143 މެންބަރު ގައުމުން ވޯޓު ދިންއިރު، ޔޫއެންގައި ފަލަސްތީނުގެ ފުރިހަމަ ބައިވެރިވުމަށް 9 ގައުމަކުން ވަނީ ނޫނެކޭ ބުނެފައެވެ. އަދި 29 ގައުމަކުން ވަކިގޮތަކަށް ވޯޓު ދިނުމަށް ދެކޮޅު ހަދާފައިވެއެވެ.  ފަލަސްތީނުގެ […]

ވޯޓު ގަނެގެން ރައްޔިތުންގެ މަގާމުތަކަށް އައުން ނިމުމަކަށް ގެންނަންޖެހޭ

ވޯޓު ގަނެގެން ރައްޔިތުންގެ މަޖިލީހަށާއި ގައުމުގެ ވެރިކަމަށް އައުން ނިމުމަކަށް ގެންނަން އެބަޖެހެއެވެ. ވޯޓު ގަނެގެން ރައްޔިތުންގެ މަގާމުތަކަށް ތަޢުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުންނާއި އިޚުލާޞްތެރިކަމުގެ ގޮތުންނާއި ތެދުވެރިކަމުގެ ގޮތުން ކަމަށް އެކަށީގެން ނުވާ މީހުން ހޮވޭ ގޮތް އަންނަނީ މެދުވެރިވަމުންނެވެ. މި ސިސްޓަމަކީ ރަނގަޅު ސިސްޓަމެއްކަމަށް ގައުމާދޭތެރޭ ވިސްނާ ހެޔޮލަފާ އެއްވެސް ރައްޔިތަކު ގަބޫލު ކޮށްފާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. މި ނިޒާމަކީ މުޅިން ވެސް ގަޑުބަޑު ނިޒާމެއްކަމަށް ބަލަން އެބަޖެހެއެވެ. މި ނިޒާމުގެ […]

އާއިލާތަކުގެ ހާލަތު ދެނެގަތުމަށް ’ހާލު ކިހިނެތްހޭ‘  ނަމުގައި ޒިޔާރަތް ކުރަނީ

.އާއިލާތަކުގެ ހާލަތު ދެނެގަތުމަށް  ’ހާލު ކިހިނެތްހޭ‘  ނަމުގައި ޒިޔާރަތް ކުރަން ނިންމައިފިއެވެ މިކަންހާމަކޮށް ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން ޑރ. އައިޝަތު ޝިހާމް ވިދާޅުވީ  މުޅި ރާއްޖެއަށް އަމާޒުކޮށް މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އާއިލާތަކަށް ޒިޔާރަތް ކުރުމަށް ’ހާލު ކިހިނެތްހޭ‘ މި ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ތެެއިން އެ އާއިލާތަކުގެ ދަތިތަކާ ހާލު ދެނެގަނެވި، ހައްލެއް ހޯދުމަށް ގުޅިގެން މަސައްކަތް .ކުރައްވާނެ ކަމަށް އެ […]