އީރާނަށް ނުރައްކާވެއްޖެ ކޮންމެ ހާލަތެއްގައި ނިއުކްލިއަރ އަށް ދާނަން

އީރާނު ދެމިއޮތުމުގެ ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާތެރިކަން މެދުވެރި ކުރުވާ ކޮންމެ ހާލަތެއްގައި އީރާނުން ނިއުކްލިއަރަށް ދާނެކަމަށް އީރާނުގެ ސުޕްރީމް ލީޑަރ ގެ މުސްތަޝާރު ކަމާލް ޚައްރާގީ ވިދާޅުވެއްޖެއެވެ. އީރާނުގެ ސްޓޫޑެންޓް ނެޓްވާރކަށް ފޮނުއްވި މެސެޖެއްގައި ކަމާލް ޚައްރާގީ ވިދާޅުވެފައިވަނީ އިސްރާއީލުން އީރާނުގެ ނިއުކްލިއަރ އެއްވެސް ވަސީލަތަކަށް ހަމަލާއެއް ދީފިނަމަ އީރާނުން ނިއުކްލިއަރ ބޮން އުފައްދާނެއެވެ. އީރާނުން މިހާރުވެސް އެކަމުގެ ގާބިލުކަން ވަނީ ލިބިގެންފައެވެ. އެހެންނަމަވެސް ނިއުކްލިއަރ ބޮމް އުފެއްދުމަކީ އީރާނުގެ ވިސްނުމެއް ނޫނެވެ. އިސްރާއީލުން ނުވަތަ އެހެން […]

ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.  ފުލުހުންގެ ވެބްސައިޓުގައި ފޮޓޯ އާންމުކޮށް ހޯދަން އިއުލާނުކޮށްފައި ވަނީ އަލީ އާނިމް / ލ. ގަން، މުކުރިމަގު، ޑޭޑުރޫމް (24އ) އެވެ.  ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށް އޭނާ  ހާޒިރުވުމަށް އަންގާ އިއުލާނު ކުރާ ކަމަށެވެ.  މިގޮތުން ފުލުހުން ވަނީ ސަރޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އޭނާއާ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 […]

މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ފިރިހެނަކު ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.  ފުލުހުން ދެންމެ ބުނީ، ލިބުނު މައުލޫމާތަކާއި ގުޅިގެން ބަނޑޭރިކޮށީގެ ގެއެއް ބަލާ ފާސްކުރުމުގެ ތެރޭގައި މަރުވެފައި އޮތް ފިރިހެނަކު ފެނިފައިވާ ކަަމަށެވެ. އަދި އޭނާ ފެނުނު އެޕާޓްމެންޓަކީ އެއްވެސް ބަޔަކު ދިރިނޫޅޭ، ހުސްކޮށްފައިވާ އެޕާޓްމެންޓެއް ކަން ޔަގީން ވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.   އެމީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ފުލުހުން މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ވަނީ އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާ […]

އެސްބީއައި އިން ނެގި 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން އެއް އަހަރު ދުވަހަށް ފަސްކޮށްދީފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނެގި 50 މިލިއަން ޑޮލަރުގެ ލޯން އިތުރު އެއް އަހަރަށް ފަސްކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ. މިއީ މި މަހުގެ ތެރޭގައި ދިވެހި ސަރުކާރުން އިންޑިއާ އަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނެކެވެ.  މިކަންހާމަކޮށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާއިން ރާއްޖެ އަށް ބަޖެޓް ސަޕޯޓުގެ ގޮތުގައި ދިން ފައިސާގެ ތެރެއިން 50 […]

ޓެކްސް ކޮމިޝަނަރު ކަމަށް ޒަރީރު އައްޔަންކުރަން ރުހުންދިނުމަށް ފާސްކޮށްފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޓެކްސޭޝަން ހަސަން ޒަރީރު އައްޔަން ކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އެ މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.  އެގޮތުން ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވެފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަގާމަށް ހުށަހެޅުއްވި ދެ ނަމަކީ ޔަޒީދު މުޙައްމަދުގެ ނަމާއި، ޒަރީރުގެ ނަމެވެ. ކޮމިޓީން […]

ޑައިވާސް ލޮޖް މޯލްޑިވްސްއަށް ވަދެ ވައްކަންކުރި މީހަކު 8 މަހަށް ޖަލަށް

ޑައިވާސް ލޮޖް މޯލްޑިވްސްއަށް ވަދެ ވައްކަންކުރި މީހަކު އަށް މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ މ. ހިއްސާ، އާޒިފު އަބްދުއްޙަލީމް 25އ ގެ މައްޗަށެވެ. އެގޮތުން މި ދައުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލު ބުނެފައި ވަނީ ޑައިވާސް ލޮޖް މޯލްޑިވްސްއަށް އާޒިފު ވަދެފައި ވަނީ 25 ޑިސެންބަރު 2023 ވަނަ ދުވަހުގެ ރޭގައި ކަމަށެވެ.  ދޮރު ހަލާކު ކޮށްލުމަށް ފަހު އޭނާ ވަނީ ދެ ޑައިވިން ކޮމްޕިއުޓަރާއި […]

އެމްޕީއެލްގެ ފަރާތުން ޙައްޖަށް ފޮނުވާ މުވައްޒަފުންނާ ލިޔުން ހަވާލުކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަށް ޙައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްފިއެވެ. ލިޔުން ހަވާލުކުރީ އެމްޕީއެލްގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ކުންފުނީގެ ޚަރަދުގައި މިއަހަރު ޙައްޖަށް ދިއުމުގެ ފުރުސަތު ފަސް މުވައްޒަފުންނަށް ވަނީ ލިބިފައެވެ. އެ މުވައްޒަފުންނަށް ޙައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. ހައްޖު […]

އިންތިޚާބަކާ ނުލައި ފުނަދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑި ޕީއެންސީއަށް

އިންތިޚާާބަކާ ނުލައި ށ.ފުނަދޫ ކައުންސިލުގެ އަންހެން މެންބަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ހޮވިއްޖެއެވެ. ފުނަދޫ ކައުންސިލުގެ އަންހެން މެންބަރުކަމުގެ ގޮނޑި ހުސްވުމާއެކު އެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައި އޮތީ އަންނަ ޖޫންމަހުގެ 08 ވަނަ ދުވަހުގައެވެ. ނަމަވެސް އިންތިޚާބަށް ކުރިމަތިލުމަށް ދިން މުއްދަތު ހަމަވިއިރު، މެންބަރުކަމަށް ކުރިމަތިލީ ޕީއެންސީގެ ފަރާތުން ކުރިމަތިލި ށ.ފުނަދޫ/މާބަގީޗާގެ, އާމިނަތު ޔުމްނާއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މުއްދަތު ހަމަވިއިރު، މެންބަރުކަމަށް ކުރިމަތިލީ އިންތިޚާބު […]

ކެފޭއެއްގެ ބަދިގެއަށް ދުން ލީކުވުމާ ގުޅިގެން ހަތް މީހަކު އަނބުރައިގަނެގެން ފަރުވާދެނީ

ބޮޑުރަަސްގެފާނު މަގުގައި ހުރި ކެފޭއެއްގެ ދުންހޮޅިން ބަދިގެތެރެއަށް ދުން ލީކުވުމާ ގުޅިގެން ހަތް މީހަކު އަނބުރައިގަނެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ބޮޑުރަަސްގެފާނު މަގުގައި ހުރި ކެފޭއެއްގެ ބަދިގޭ ދުންހޮޅިން ބަދިގެތެރެއަށް ދުން ލީކުވެ ހަތް މީހުން އަނބުރައިގަނެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް މިއަދު ފަތިހު 5:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މީހުންގެތެރޭގައި ހިމެނެނީ ސްރީލަންކާ މީހަކާއި އިންޑިއާ މީހަކާއި ބަނގްލަދޭޝް ދެ މީހުންނާއި ނޭޕާލް […]

ޢިއްޒުއްދީން ފާލަން އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ރަސްމީ ފާލަން ނުވަތަ ”ޢިއްޒުއްދީން ފާލަން“ އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ. މި މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީއިން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މިއީ 11.7 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް: ކުރީގެ ޖެޓީ ރޫޅާލުންއައު ޖެޓީގެ ކޮންކްރީޓް މަސައްކަތްސްޓީލް ސްޓަރަކްޗަރ ފަރުމާކުރުންލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް އެމްޓީސީސީއިން ބުނީ އަލުން […]