ގިނަމީހުން މާލެއަށް ބަދަލުވަނީ ރަށްރަށުގެ ތަޢުލީމީ ހާލަތު ދަށްވުމުން

ރާއްޖެތެރޭގެ މީހުން މާލެއަށް ބަދަލުވަނީ ރަށްރަށުގައި ހުންނަ ރަށު ސްކޫލް ތަކުގެ ތަޢުލީމީ ޙާލަތު ދަށްވުމުން ކަމަށް ގިނަބަޔަކު ބުނެއެވެ. -/18000 ރުފިޔާ އަށް 3 ކޮޓަރި އެޕާޓްމެންޓެއް ނަގައިގެން އުޅޭ އަންހެނަކު ވަރަށް އަސަރާއެކު ބުންޏެވެ. އޭނާގެ ތިބީ ދެކުދީންނެވެ. މި ދެކުދީން ކިޔަވައި ނިމެންދެން މާލޭގައި އުޅެން މިވަނީ މަޖުބޫރުވެފައެވެ. ފިރިމީހާ ބުރަ މަސައްކަތްކޮށްގެން ވެސް ކުދިންނަށް ތަޢުލީމު ހޯދައި ދިނުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށާއި ގައުމުގެ މުސްތަގުބަލަކީ ރަނގަޅު ތަޢުލީމު ލިބިގެން […]

ރާއްޖޭގެ ބައެއް އާސާރީ ބިނާތައް ނެތި ހިނގައިދާނެ ކަމުގެ ބިރު

ރާއްޖޭގެ އަސާރީ ބިނާތަކަކީ ފަތުރުވެރިންގެ ސިނާޢަތުގެ އެއްރުކުނެވެ. އެހެން ކަމުން ރާއްޖޭގެ އާސާރީ ބައެއް މިސްކިތްތަކާއި އަދި އެނޫންވެސް އާސާރީތަންތަން ބަލަހައްޓާން އެބަޖެހެއެވެ. ނަމަވެސް މިފަދަ ތަންތަން އެހެރަދަނީ ފަނާވަމުންނެވެ. މިސާލަކަށް 2008 ވަނަ އަހަރު އެކިރަށްރަށަށް މީހުން ބަދަލު ކުރެވިފައިވާ ގއ. ދިޔަދޫގައި މީގެ 500 އެއްހާ އަހަރު ކުރީގެ އާސާރީ މިސްކިތެއް ހުރެއެވެ. ބުނެވޭ ގޮތުގައި މިދެންނެވި މިސްކިތަކީ ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި މިސްކިތެކެވެ. ނަމަވެސް މި މިސްކިތްވެސް އެދަނީ ވީރާނާ ވަމުންނެވެ. ވަރަށް […]

ހުޅުމާލޭގެ އޭޓީއެމްތަކުން ފައިސާ ހުސްވުމުގެ މައްސަލަ ވަރަށް ބޮޑު

ދޮޅުލައްކައެއްހާ ރައްޔިތުންގެ އާބާދީއެއް އޮންނަ ހުޅުމާލޭގެ ދެ ފިޔަވަހީގައި ދިރިއުޅޭ އެންމެންވެސް ފައިސާ ނަގަނީ ހުޅުމާލެ އެއްވަނަ ފިޔަވަހީގައި ހުންނަ އޭޓީއެމް ތަކުންނެވެ. އެގޮތުން އެއްވަނަ ފިޔަވަހީގައި ހުންނަނީ ފައިސާ ނަގާ ފަސް މެޝިނާއި ޑޮލަރު ނަގާ އެއް މެޝިނެވެ. ހުޅުމާލޭގައި ދިރިއުޅޭ ދިވެހިންނަށްވުރެ ހުޅުމާލެ ސިޓީގައި ދިރިއުޅޭ ބިދޭސީން ވެސް މަދެއްނޫނެވެ. ކަންމިހެން ހުރުމާއެކު މިދެންނެވިހާ ކަސްޓަމަރުން އެންމެ ފަސްމެޝިނުންފައިސާގެ މުޢާމަލާތްތައް ކުރަން ޖެހިފައިވާއިރު މެޝިންތަކުން ފައިސާ ހުސްވެފައި ހުންނަ ވަގުތު ގިނަވަމުންދާތީ ކަސްޓަމަރުން ތިބެނީ […]

”އެއާ އިންޑިޔާ އެކްސްޕްރެސް“ ގެ ދަތުރުތައް އަންގާރަދުވަހު ހަމަޔަކަށް އެޅޭނެ

ގިނަ އަދަދެއްގެ ކެބިން ކްރޫ އެއްފަހަރާ ސަލާން ބުނުމުން ދަތުރުތައް މެދުކަނޑާލަން ޖެހުން އިންޑިޔާގެ އެއާލައިން ”އެއާ އިންޑިޔާ އެކްސްޕްރެސް“ ގެ ދަތުރުތައް އަންގާރަދުވަހު ހަމަޔަކަށް އެޅޭނެ ކަމަށް އެފަރާތުން ބުނެފި އެވެ. 300 އެއްހާ ކެބިންކްރޫ އެއްފަހަރާ ”ސިކްލީވް“ ނެގުމަށްފަހު ފޯނުތައްވެސް ނިއްވާލުމާއި ގުޅިގެން ”އެއާ އިންޑިޔާ އެކްސްޕްރެސް“ ގެ 80 ވަރަކަށް ފްލައިޓް ކެންސަލް ކުރަން ޖެހިފައި ވެއެވެ. އެގޮތުން މޭ 8 ވަނަ ދުވަހާ 9ވަނަ ދުވަހު ކެންސަލް ކުރަން ޖެހުނު ފްލައިޓް […]

ރަޝިޔާގެ ޑިފެންސް މިނިސްޓަރ މަގާމުން ދުރުކޮށްފި

ރަޝިޔާގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ގިނަ އަހަރު ތަކެއްވަންދެން ހުންނެވި ސަރުގެއި ޝޮއިގޫ އެމަގާމުން ދުރު ކޮށްފިއެވެ. މިއީ ރައީސް ވްލަޑިމިއަރ ޕޫޓިން މިދިޔަހަފްތާގައި ރައީސް ކަމުގެ ފަސްވަނަ ދައުރެއް ފެއްޓެވުމާއިއެކު ކެބިނެޓަށް ގެންނެވި ބަދަލު ތަކުގެ ދަށުން ގެނައި ބަދަލެކެވެ. ޝޮއިގޫ އަށްފަހު ޑިފެންސް މިނިސްޓްރީއާ ހަވާލުވެވަޑައިގަންނަވާނީ ވިޔަފާރީގެ ދާއިރާގައި މަޝްހޫރު ބޭފުޅެއްކަމަށްވާ އަންދްރޭ ބެލޯސޮވް ކަމަށް ވަނީ  އިއުލާން ކުރެވިފައެވެ. ކެބިނެޓަށް އަދިވެސް އިތުރު މުހިންމު ބަދަލުތައް ގެނެވޭނެ ކަމަށް ބެލެވެއެވެ. އައު ޑިފެންސް […]

ވަޅިން ބިރުދައްކާ އަންނައުނު ބާލުވައި، ވީޑިއޯކޮށް ކޭޝް ކާޑުން ފައިސާ ފޭރުނު މައްސަލައެއްގައި މީހަކު ހޯދަނީ

ވަޅިން ބިރުދައްކާ އަންނައުނު ބާލުވައި، ވީޑިއޯކޮށް ކޭޝް ކާޑުން ފައިސާ ފޭރުނު މައްސަލައެއްގައި މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.  ފުލުހުންގެ ވެބްސައިޓުގައި ފޮޓޯ އާންމުކޮށް ހޯދަން އިއުލާނުކޮށްފައި ވަނީ ޝަފީޤު އިބްރާހީމް / ސ. ހިތަދޫ، ސޯމާ (34އ) އެވެ.  ފުލުހުން ބުނީ ޝަފީގު އިބްރާހިމް ހޯދަމުން ދަނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މީހަކަށް ވަޅިން ބިރުދައްކައި ހުއްދަނޫން ގޮތުގައި އެމީހާ ހިފަހައްޓައި މާރާމާރީ ހިންގާ ބިރުދައްކައި އިންޒާރުދީގެން އޭނާގެ އަންނައުނު ބާލުވައި، […]

ނޭޓޯގެ ބޯގޮވާފައިވާ ހަރަކާތްތަކުގައި ހަންގޭރީ ބައިވެރިއެއް ނުވާނެ

ނޭޓޯއިން ޔޫކްރެއިނަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެމުން ގެންދާ އެހީތަކަކީ ކްރޭޒީ ވިސްނުމެއްގައި ހިންގާ ޙަރަކާތެއްކ ަމަށް ސިފަކުރައްވައި އޭގެތެރެއަށް ހަންގޭރީ ނުވަންނާނެ ކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު ރޮއިޓާރސްއަށް މަޢުލޫމާތު ދެއްވައިފިއެވެ. ޚާރިޖީ ވަޒީރު ޕީޓަރ ސިއްޖާރޓޯ މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ރަޝިޔާއާއި ދެކޮޅަށް ހަނގުރާމަ ދެމެހެއްޓުމަށް ނޭޓޯ އިން ދާއިމީ ގޮތެއްގައި ޔޫކްރެއިނަށް އެހީ ފޯރުކޮށް ދިނުމަށްޓަކައި 100 ބިލިއަން ޔޫރޯގެ ފަންޑެއް ހުޅުވަން ނިންމުމާއި ގުޅިގެންނެވެ. ނޭޓޯގެ މި މަޝްރޫއުގެ ދަށުން މިހާރު ރަމްސްޓެއިން ގްރޫޕުގެ ނަމުގައި އެމެރިކާގެ ބެލުމުގެދަށުން ހިންގާ ހަނގުރާމަ ކޯރޑިނޭޓް […]

ވިހި ވަނަ މަޖިލީހުގައި ވެސް އެމްޑީޕީގެ މެމްބަރުން ވަކާލާތު ކުރާނީ ރައްޔިތުންގެ ހައްޤުތައް ހިމާޔަތް ކުރަން: ފައްޔާޒު

އެމްޑީޕީގެ މެންބަރުން ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ވަކާލާތު ކުރާނީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރަން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.  ފައްޔާޒު މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، ނަވާރަވަނަ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރެއްވި ހުރިހާ މެމްބަރުންނަށް ޝުކުރާއި މަރުހަބާ ދަންނަވާ ފައްޔާޒު ވިދާޅުވީ މިދިޔަ ފަސް އަހަރު އެމްޑީޕީގެ ލެޖިސްލޭޓިވް އެޖެންޑާގެ […]

މަގަށް ފެން ފައިބާގޮތަށް ހުރި 30 ގެއެއް އިސްލާހު ކުރަން އަންގައިފި

މަގުމައްޗަށް ފެން ފައިބާގޮތަށް ހުރި 30 އިމާރާތެއް އިސްލާހުކުރަން މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ. މާލޭގެ އިމާރާތްތަކުން މަގުމައްޗަށް ފެން ފައިބާ ގޮތައް ހުރި ތަންތަނުގެ ވީޑިއޯއެއް އާންމު ކުރައްވާ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އިމާރާތްތަކުން ފެން ފައިބާ މައްސަލައަކީ ޒަމާނުއްސުރެ މާލެ ސިޓީގައި ހައްލުނުކުރެވި އޮތް މައްސަލައެއް ކަމަށެވެ. ހަމަ އެހެންމެ މި މައްސަލަ ހައްލުކުރުމުގެ މަސައްކަތްތައް ފެށިފައިވާކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އެގޮތުން މި މަހު އެކަނި ވެސް މަގަށް […]

އެޕާޓުމެންޓެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓުމޯޓަމް ހަދަނީ

މާލޭގެ އެޕާޓުމެންޓެއްގެ ތެރޭގައި މަރުވެފައި އޮއްވާ އިއްޔެ ފެނުނު ފިރިހެން މީހާގެ ޕޯސްޓުމޯޓަމް ހަދަން ނިންމައިފިއެވެ. މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައި ވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބަނޑޭރިކޮށީގެ އެޕާޓްމެންޓެއް ބަލައި ފާސްކުރުމުންނެވެ.  މީހުން ދިރިނޫޅ،ޭ ހުސްކޮށްފައިވާ އެޕާޓްމަންޓަކުން ނިޔާވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.  މީގެ އިތުރުން ފުލުހުން ބުނީ އޭނާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހަދަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމާފައިވާ ކަމަށެވެ.