ބިރުދެއްކުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

ގއ.ކޮލަމާފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ބިރުދެއްކުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. މި މައްސަލާގައި ހޯދަމުން އަންނަނީ މ.ލަކްސްގަރޑްން އަޙްމަދު އަޝްރަފް (43އ) އެވެ. ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރީ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ. މި މަހުގެ 23 ވަނަ ދުވަހުގެ […]

ޑްރަގް މައްސަލައެއްގައި 2 މީހަކު ހޯދަނީ

ޑްރަގް މައްސަލައެއްގެ ތަހުގީގަށް ދެމީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. ފުލުހުން ބުނީ ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ. ފުލުހުން ހޯދަމުން އަންނަނީ: ކ.ކާށިދޫ/ރިވެލި އީސާ ވަސީމް (36އ) ކ.ތުލުސްދޫ/ބްލޫވޭލް […]

ފިނި ހަނގުރާމައަށްފަހު އެމެރިކާއަށް ލިބުނު ބާރު ނިމުމަކަށް އަންނަ މަންޒަރު އެދަނީ ފެންނަމުން : އިންޑިއާގެ ޚާރިޖީ ވަޒީރު

ފިނި ހަނގުރާމަ ނިމުމަށްފަހު އެމެރިކާއަށް ލިބުނު އާރާއި ބާރު ކެނޑެމުންދާކަމުގެ އަސަރުތައް ފެންނަމުންދާކަމަށް އިންޑިއާގެ ޙާރިޖީ ވަޒީރު އެސް ޖޭޝަންކަރް ބުނެފިއެވެ. ޖަރުމަނުގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ދެވަނަ ފިނި ހަނގުރާމައެއްގެ މައުޟޫއަށް ޗަހަކަދައްކަމުން ޖޭޝަންކަރް ބުނެފައިވަނީ ދުނިޔޭގެ އާދައަކީ ވަކި ގައުމަކުން ހުރިހާ ގައުނެއްގެ މައްޗަށް ބާރުފޯރުވައި ނުފޫޒު ނެގެހެއްޓުން ނޫންކަމަށާއި، ފިނި ހަނގުރާމައިގެ ކުރިން ދުނިޔެ އޮތް އޭގެ ގުދުރަތީ އޯޑަރަށް ރުޖޫޢަ ވަމުން ދާކަމަށެވެ. މިގޮތުން، ހުޅަނގުގެ ގައުމުތަކަޑް ބާރު ގެއްލެމުންދާކަމަށާއި، އެއީ […]

އިރާނުން ނިއުކްލިއަރ ހަތިޔާރު ގެންގުޅޭކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީސް މެންބަރަކު ބުނެފި

އިރާނުން ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށް ގެންގުޅޭކަމަށާއި، އެހެންނަމަވެސް ފަޅުގައި އެކަމަށް އެއްބަހެއް ނުވާނެކަމަށް އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ބުނެފިއެވެ. އިރާނުގެ މަޖިލިސް މެންބަރު، އަހްމަދު ބަކްޝަޔޭޝް އާރދެސްތާނީ މިހެން ބުނެފަިއވަނީ އިރާނުގެ “ރުއިދާދް 24” ޗެނަލް އަށް ދިން އިންޓަރވިއުއެއްގައި ކަމަށް ފޮކްސް ނިއުސް އިން ވަނީ ރިޕޯޓުކޮށްފައެވެ. މިގޮތުން، އާރދެސްތާނީ އިތުރަށް ބުނީ އިރާނުގެ ސިޔާސަތުތަކާއި ނިއުކްލިއަރ ހަތިޔަަރު ގެންގުޅުމާއި އެއްހަމަ ނަމަވެސް، އިރާނުގެ ރަސްމީ ބަސްމަގާއި ޖޭސީޕީއޯއޭގެ ނިންމުންތަކާއި އެއްހަމަ ވާނެކަމަށެވެ. […]

ވިރާޓު އާއި އަނުޝްކާ އިންޑިއާގެ ޕަޕަރާޒީންނަށް ޝުކުރު އަދާކޮށް ހަދިޔާ ދީފި

އިންޑިއާގެ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ވިރާޓު ކޯލީ 36އ އާއި ބޮލީވުޑްގެ އެކްޓްރެސް އަނުޝްކާ ޝަރުމާ 36އ އިންޑިއާގެ ޕަޕަރާޒީންނަށް ޝުކުރު އަދާކޮށް ހަދިޔާ ދީފިއެވެ.  އެ ދެމަފިރިން ޕަޕަރާޒީންނަށް ޝުކުރު އަދާ ކޮށްފައި ވަނީ އަންހެން ދަރިފުޅު ވަމީކާ ވިރާޓްއާއި ކުޑަ ފިރިހެން ދަރިފުޅު އަކާއީ ކޯލީގެ ޕްރައިވެސީއަށް ޕަޕަރާޒީން އިހުތިރާމް ކޮށްފައި ވާތީއެވެ.  އަންގާރަ ދުވަހު ޕަޕަރާޒީއެއް ވަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވިރާޓުއާއި އަނުޝްކާގެ ފަރާތުން ލިބުނު ހަދިޔާތަކުގެ ވީޑިއޯއެއް ހިއްސާކޮށްފައެވެ. […]

ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.  މިކަންހާމަކޮށް ފުލުހުން ދެންމެ ބުނީ ހުޅުމާލެ ފޭސް އެކެއްގެ ސަހަރާ ކުރިމަތީ މަގުގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގައި މީހަކު ޚަބަރު ހުސްވެފައި އޮއްވާ ފެނިގެން އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެއީ ބިދޭސީ ފިރިހެނެއް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ޕާކިސްތާން ގައި ދަންޖެހުން އިތުރުވާތީ އެކަމުގެ ކަންބޮޑުވުން އުފެދިއްޖެ

ޕާކިސްތާންގައި ދަންޖެހި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވަމުން ދާތީ އެކަމުގެ ކަންބޮޑުވުން އުފެދިފައިވާ ކަމަށް ޚަބަރު ލިބެއެވެ. ޚަބަރުތައް ބުނާ ގޮތުން އެގައުމުގައި ދުވާލަކު50-55 އާ ދެމެދުގެ އަދަދަކަށް   ދަންޖެހިގެން މީހުން މަރުވެއެވެ. އަދި މީގެ ތެރެއިން 70 އިންސައްތަޔަކީ 15 އަހަރާ 29 އަހަރާ ދެމެދުގެ ޒުވާނުން ކަމަށް ވެއެވެ.  ނަފްސާނީ ސިއްހަތާބެހޭ މާހިރުން ފާހަގަ ކުރައްވާފައިވާ ގޮތުގައި ޕާކިސްތާންގައި ދަންޖެހުން މިހާރުވަނީ ހަތަރުވަނަޔަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބު […]

މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ތިން  މީހަކު ހޯދަން އިއުލާނުކޮށްފި

މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ތިން މީހަކު ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިއުލާނުކޮށްފިއެވެ.  ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ތިންމީހަކު ހާޒިރުކުރުމަށް ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ތިން މީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އާންމުކޮށް އަންގާ އިއުލާނު ކޮށްފައެވެ.  އެ […]

ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅައި އިއުލާނުކޮށްފި

މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅައި އިއުލާނުކޮށްފިއެވެ. ޓްރާންސްޕޯޓް މިއަދު ވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ދަތުރު ކުރެވޭ އަގުތައް ކަނޑައަޅައި އާންމުކޮށްފައެވެ. އެގޮތުން ޒޯން އެތެރޭގެ ދަތުރުތަކަށް ބަލާއިރު (މާލެ، ހުޅުމާލެ ފިޔަވަހި1 އަދި ހުޅުމާލެ ފިޔަވަހި 2 ގެ އެތެރޭގެ ދަތުރު) 6 ސީޓް އަށްވުރެ ދަށުގެ އުޅަނދަށް ނެގޭނީ 30 ރ. އެވެ. އަދި10-7 […]

“ދެމެހެއްޓެނިވި ހަމަޖެހުން” ގެނައުމަށްޓަކައި ސިންގަޕޫރުގެ އައު ބޮޑުވަޒީރު ކެބިނެޓަށް ބަދަލު ގެނެސްފި

ސިންގަޕޫރަށް މިނިވަންކަން ލިބުނުތާ މިވީ 60 އަހަރު ދުވަހުގެ ތެރޭގައި އެ ގައުމު ހިންގުމާއި ހަވާލުވުމަށް ތައްޔާރުވަމުން އަންނަ އެގައުމުގެ ހަތަރުވަނަ ބޮޑުވަޒީރު، ލޯރެންސް ވޮންގް، އޭބަަގެ ކއބިނެޓަށް ބަދަލުތަކެއް ގެނެސްފިއެވެ. މިގޮތުން، ވޮންގް ގެ ކެބިނެޓުގައި ޑެޕިއުޓީ ޕްެރައިމް މިނިސްޓަރުގެ މަގާމުގައި ދެވަޒީރުން ތިބޭއިރު، ޓްރޭޑް މިނިސްޓަރުގެ މަގާމުގައި ހުރި ގަން ކިމް ޔޮންގްއަށް އެ ދެމަގާމުން އެއް މަގާމު ހުށައަޅާފައިވެއެވެ. އެގޮތުން، ސިންގަޕޫރުގެ މަރުކަޒީ ބޭންކް، މަނިޓަރީ އޮތޯރިޓީ އޮފް ސިންގަޕޯރ (އެމްއޭއެސް) ގެ […]