ތަރައްގީއޭ އެ ކިޔަނީ ކޮން އެއްޗަކަށްތޯ ރައްޔިތުންނަށް އެނގެންވެއްޖެ

ރާއްޖެ ތަރައްގީ ކޮށްފީމޭ ކޮންމެ ސަރުކާރަކުންވެސް ބުނެއެވެ. އެހެނަސް އެބުނާ ތަރައްގީ އަކީ ކޮބައި ކަމެއް ރައްޔިތު މީހާއަކަށް ކުޑަކޮށް ވެސް ރޭކާނުލަވެއެވެ. ރާއްޖޭގައި ޑިވެލޮޕްމެންޓް ވިޝަންއެއް ގާނޫނަކުން ބާރު ލިބިގެން އެކުލަވާލާފައެއްނެތެވެ. އެހެން ކަމުން ތަރައްގީގެ މާނަ ދިވެހީންނަށް އެވަނީ އޮޅިފައެވެ. މިސާލަކަށް ކުންފުންޏެއް ހިންގަމުން އައި ބަޔަކު އެކުންފުނި ނުހިންގިގެން އެހެން ބަޔަކާ ހަވާލު ކުރާނީ އެކުންފުނި ހިންގާނޭ ފައިސާ ނެތީމައެވެ. އެހެނެއްކަމަކު އަލަށް ކުންފުންޏާ ޙހަވާލުވާ ފަރާތުން އެކުންފުނީގައި ކުރިންތިބި 50 ހަކަށް […]

މެޖިސްޓްރޭޓްކަމުން ވަކިކޮށް އަނިޔާ ދިނީ ޖޭއެސްސީގައި ތިބި އެމްޑީޕީ އެކްޓިވިސްޓުންގެ ފިކުރާ އެއްގޮތް މީހަކަށް ނުވާތީ: ޢަލީ އާދަމް

އެމްޑީޕީގެ ސިޔާސީ އެކްޓިވިސްޓުންގެ މެޖޯރިޓީ އޮތް ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުން އޭނާ ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުކަމުން ވަކިކޮށް އޭނާައަށް ހުރިހާ އަނިޔާއެއް ދިނީ އޭނާގެ ފިކުރާ އެ މީހުންގެ ފިކުރާ އެއްގޮތް ނުވާތީ ދުރާލައި ރާވައިގެން ކަމަށް ޢަލީ އާދަމް ވިދާޅުވެއްޖެއެވެ. ޢަލީ އާދަމް ވިދާޅުވީ އެމްޑީޕީގެ ސިޔާ ސީ އެކްޓިވިސްޓުންގެ މެޖޯރިޓީ އޮތް ޖޭއެސްސީއާއި ރައްޔިތުންގެ މަޖިލީހުން އޭނާ ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުކަމުން ވަކިކުރީ ޖޭއެސްސީގެ ނިންމުން ފަނޑިޔާރުންގެ އިސްތިއުނާފު […]

ސްކޫލްގަ ބުލީ ކުރުމުގެ ސަބަބުން 10 އަހަރުގެ ކުއްޖަކު އަމިއްލަޔަށް މަރުވެއްޖެ

އެމެރިކާގެ އިންޑިއާނާ ސްޓޭޓްގައި 10 އަހަރުގެ ކުއްޖަކު ސްކޫލްގައި ބުލީކުރުމުގެ ސަބަބުން އަމިއްލަޔަށް މަރުވެއްޖެއެވެ. ކުއްޖާގެ އާއިލާއިން ބުނެފައިވާ ގޮތުގައި ބުލީ ކުރާމައްސަލަ އާއިލާގެ ފަރާތުން ސްކޫލްގެ އިދާރާ އަށް ފާއިތުވި އެއްއަހަރު ތެރޭވެސް 20 ފަހަރު ހުށައަޅާފައި ވީނަމަވެސް ސްކޫލުން އެކަމާ އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. ކުއްޖާގެ ބައްޕަ ސޭމް ބުނެފައިވާ ގޮތުގައި ރަހުމެއް ނެތި އެހެން ކުދިން ބުލީ ކުރަމުން ދިއުމުގެ ސަބަބުން އަމިއްލަޔަށް މަރުވި ދަރިފުޅުގެ ހަށިގަޑު ނަގަން ޖެހުނު ވަގުތު […]

ތިން މަސްތެރޭ ގޯތިތައް ހަވާލުކުރަންޖެހޭ އިސްލާހު ތަސްދީޤު ނުކުރައްވާ މަޖިލީހަށް ފޮނުއްވައިފި

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތިތައް ތިން މަސް ދުވަސް ތެރޭ ހަވާލުކުރަންޖެހޭ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ނުކުރައްވާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.  ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި މެދު އަލުން ވިސްނާވަޑައިގަތުމަށް، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެން، މި ބިލު ތަޞްދީޤް ނުކުރައްވާ، އަނބުރާ ރައްޔިތުންގެ މަޖިލީހަށް، ފޮނުއްވާފައި ވަނީ މިއަދުއެވެ.  މި ބިލު […]

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް ގެ ނަމުގައި ކުންފުންޏެއް އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ”ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް“ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް މިއަދު އުފައްދަވައިފިއެވެ. މި ކުންފުނި އުފައްދަވާފައިވަނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. ސަރުކާރުން ވިދާޅުވީ މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓު ކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ […]

އުތުރު އިސްރާއީލުގައި ދިރިއުޅޭ އިސްރާއީލުގެ ރަށްވެހިންނަށް ގައުމަކަށް ނުދެވޭނެ

އިސްރާއީލުން ގައްޒާގައި ހަނގުރާމަ ކުރަމުން ގެންދާހާ ހިނދަކު, އުތުރު އިސްރާއީލުގައި ދިރިއުޅެމުން ގެންދާ އެ ގައުމުގެ ރަށްވެހިންގެ ތެރެއިން ވިއްސިވިހާލި ކޮށްލާފައިވާ އެއްވެސް މީހަކަށް އެނބުރި ގައުމަށް ނުދެވޭނެކަމަށް ލެބަނަންގެ ބާރުގަދަ ހިޒްބުﷲ ގެ އެންމެ އިސް ލީޑަރ ސައްޔިދު ޙަސަން ނަޞްރުﷲ ވިދާޅުވެއްޖެއެވެ. އަދި އަންނަ އަހަރަށް ސްކޫލްތައް ހުޅުވޭއިރު ދަރިވަރުން ތިބެންޖެހޭނީ ސްކޫލަށް ދިއުމުންވެސް މަހްރޫމް ވެފައެވެ. ގައްޒާގެ ހަނގުރާމަ ފެށުމާއެކު ހިޒްބުﷲ އިން ގެންދަނީ ހަމާސްއަށް ތާއީދު ކުރުމުގެ ގޮތުންނާއި އިސްރާއީލުން ލެބަނަންއަށް […]

!ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ދީފި

ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ. ފުލުހުން ބުނީ މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައި ވަނީ މި މަހުގެ 13 އިން 15 އަށް ދޫނިދޫގައި ކަމަށެވެ.  މި ޕްރޮގްރާމްގައި ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމާއި ދެނެގަތުމާ އަދި އެފަދަ ކަމެއް ހިނގައިގެން އުޅޭ ސަރަހައްދަށް ވަދެ ނުކުތުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށް ތަމްރީނު ދީފައި ވެއެވެ. އަދި މިފަދަ ކުށްތައް ތަހުގީގު ކުރުމުގައި ސަމާލުކަން ދޭންޖެހޭ […]

އިންޑިޔާގެ ފުޓްބޯޅަ ލެޖެންޑް ސުނިލް ޗެތުރީ ގައުމީޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި

އިންޑިޔާގެ މަޝްހޫރު ފުޓްބޯޅަ ތަރި ސުނިލް ޗެތުރީ އިންޑިޔާގެ ނެޝަނަލް ޓީމަށް ކުޅުން ހުއްޓާލާ ކަން އިއުލާން ކޮށްފިއެވެ. އޭނާގެ ސޯޝަލް މީޑިޔާ ހެންޑްލް ތަކުގައި ކޮށްފައިވާ ޕޯސްޓެއްގައި ސުނިލް ބުނެފައިވާ ގޮތުގައި ފީފާ ވަރލްޑްކަޕް ކޮލިފައިންގ ގައި ކުވޭތާ ދެކޮޅަށް ކުޅޭ މެޗް ވެގެން ދާނީ އޭނާ ގައުމީ ޓީމްގެ ޖަރޒީ ގައި ކުޅޭ އެންމެ ފަހު މެޗް ކަމުގައެވެ. ސޯލްޓް ލޭކް ސްޓޭޑިއަމްގައި މިމެޗް އޮންނާނީ ޖޫން 6ވަނަ ދުވަހުއެވެ. ހަތަރު ޕޮއިންޓާއެކު މިވަގުތު […]

ވެހިކަލުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރާ ގުޅޭ ތުހުމަތެއް އަދި ފާހަގައެއްނުކުރެވޭ: ޕޮލިސް

ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތުކުރެވޭ އެއްވެސް ކަމެއް މިހާތަނަށް ފާހަގަ ކުރެވިފައިނުވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ބުނެފިއެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިކަން ފާހަގަކޮށް, އިތުރަށް ބުނީ އެ މީހާގެ ހަށިގަނޑާމެދު އަމަލުކުރާނެ ގޮތަކާމެދު އަމަލުކުރާނެ ގޮތަކާމެދު އެ މީހާގެ އާއިލާއާ ވާހަކަދައްކަމުންދާ ކަމަށެވެ. ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮތީ ބަނގްލަދޭޝްގެ ފިރިހެނެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސަހަރާގައި ޕާކުކޮށްފައި އޮތް […]

ކުރިއަށް އޮތް 5 ދުވަހު މޫސުން ވަރަށް ގޯސްވާނެކަމަށް ލަފާކުރެވޭތީ ސަމާލުވާން އަންގައިފި

ކުރިއަށް އޮތް 5 ދުވަހު މޫސުން ވަރަށް ގޯސްވާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވެ, ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އަންގައިފިއެވެ. އެ އިދާރާއިން އާންމުކުރި މޫސުމާބެހޭ ޚަބަރުގައި ބުނެފައިވަނީ, ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ މިރެއިން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ސަރަހައްދަށް ވައިބާރުވެ, ކަނޑުތައް ވަރަށް ގަދަވެ, ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ އިދާރާއިން ބުނީ އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 […]