ބޯކޮށް ވާރޭވެހި, ވައިގަދަވެ, ކަނޑުތައް ގަދަވެ, އުދައަރާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މިރޭ ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހި, ވައިގަދަވެ އަދި ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކޮށް, ހުރިހައި ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީީޓިއޮރޮލިޖިކަލް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ. ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ކަނޑުތައް އާންމު ގޮތެއްގައި ގަދަވެފައި ކޮޅިގަނޑުގައި ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން މިއަދު 18:00 އިން ފެށިގެން މެންދަމު 00:00 އަށް ހއ.އަތޮޅުން ފެށިގެން ރ.އަތޮޅަށް ވަނީ ހުދު ސަމާލު […]

ރައީސްގެ މަސައްކަތްޕުޅު ތެދުވެރި, ފައިސާ ޗާޕްކޮށް ވާނުވާގައި ދައުލަތުގެ މާލީ ހާލަތު އޮންނާކަށެއް ދުލެއްނުކޮށްލައްވާ: ސަޢީދު

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅު ތެދުވެރި ކަމަށާއި އަދި އޭގެ ފައިދާ ކުރަނީ ގައުމަށް ކަމަށް އިގުތިސާދާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ސަޢީދު ވިދާޅުވީ މިހާރު ފައިސާ ޗާޕްކޮށް ވާނުވާގައި ދައުލަތުގެމާލީ ހާލަތު އޮންނާކަށެއް, ރައީސް ޑރ.މުޢިއްޒު ދޫކޮށެއްނުލައްވާ ކަމަށެވެ. އަދި ގައުމު 200 މިލިއަން ޑޮލަރަށް ބޭނުންޖެހި “ޑިޒައިންކުރި ގޮތައް“ ބަނގުރޫޓުވާކަށް ވެސް ދޫކޮށެއްނުލައްވާ ކަމަށެވެ. “ރައީސް މުޢިއްޒުގެ މަސައްކަތްޕުޅު ތެދުވެރި، ހިންގުންތެރި އަދި އޭގެ ފައިދާ ކުރަނީ ގައުމަށް“ މީގެއިތުރުން ސަޢީދު […]

ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކޮށްފި

މިދުވަސްވަރަކީ މޫސުން ގޯސްވެ, ކަނޑުތައް ވަރަށް ގަދަ ދުވަސްވަރަކަށްވާތީ, ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ދިވެހި ރާއްޖޭގެ ގައުމީ ދިފާޢީ ބާރުން އިލްތިމާސްކޮށްފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ ކަންކޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭކަމަށް ލަފާކޮށްފައެވެ. އަދި ޚާއްސަކޮށް މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ވެސް ލަފާކޮށްފައެވެ. އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް ގައުމީ […]

“ކޮންމެ ބަހުސަކީ ވެސް އެހިނދަކަށް އޮތް މުހިންމު މައްސަލައެއްގެ މައްޗަށް ކުރެވޭ ބަހުސަކަށް ހެދުން މުހިންމު“

ކޮންމެ ބަހުސަކީ ވެސް އެހިނދަކަށް އޮތް މުހިންމު މައްސަލައެއްގެ މައްޗަށް ކުރެވޭ ބަހުސަކަށް ހެދުން މުހިންމު ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 11 ވަނަ ބަހުސް މުބާރާތް ފެށުމަށް އިއްޔެ ގައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ, ބަހުސުގެ ސަބަބުން އާވިސްނުންތަކާއި އާ އީޖާދުތަކާއި އުފެއްދުންތެރިކަން އުފަންވާ ކަމަށާއި އެގޮތުން ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގައި ކުރެވޭ […]

ޢީދު ފާހަގަ ކުރުމަށް ހުޅުވައިލި ފުރުސަތަށް ރަނގަޅު ތަރުހީބެއް, 29 ރަށަކުން ޝައުގުވެރިކަން ފާޅުކޮށްފައިވޭ

މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ހުޅުވައިލި ފުރުސަތަށް ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. އެ ވުޒާރާއިން ބުނީ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި ކުރި އިއުލާނާ އެއްގޮތަށް 26 ރަށަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން މިއަހަރު އަޟްޙާ ޢީދު ފާހަގަ ކުރުމަށް ރާއްޖޭގެ ތިން […]

އީރާނާއި ޔަމަން ހޫތީންގެ ކުރިމަތީގައި އެމެރިކާގެ މިލިޓްރީގެ ފެންވަރާއިމެދު ސުވާލު އުފައްދައިފި

ސަންދާނުގެ ކިއުންތެރިންގެ މައުލޫމާތަށްޓަކައި މިގެނެސްދެނީ މިވަގުތު ދުނިޔޭގެ ސިޔާސީ ލީޑަރުންގެ ލޯތައް އެންމެ ބޮޑަށް އަމާޒުކުރެވިފައިވާ އިސްރާއީލް-ހަމާސްގެ ހަނގުރާމައި އެއް ފިޔަ ކަމުގައި ބެލެވޭ ޔަމަނުގެ ހޫތީ މުޖާހިދުންނާއި އެ ޖަމާއަތުގެ އެންމެ ބޮޑު ވާގިވެރިން ކަމުގައި ހުޅަނގުގެ ގައުމުތަކުން ދެކެމުން އަންނަ އީރާނުގެ މިލިޓްރީ ގާބިލުކަން މިލިޓްރީ ތަޖުރިބާކާރުން ދެކޭގޮތެވެ. އެބޭފުޅުންގެ ބަހުން، އެމެރިކާގެ މިލިޓްރީއާއި އަޅާކިޔައި އިނގިރޭސި ވިލާތުގެ ދަ ޓެލިގްރާފުން ތައްޔާރު ކޮށްފައިވާ ދިރާސާ ރިޕޯރޓުގައި ބުނެފަވެއެވެ. އަދި މި ރިޕޯރޓުގައި ބައެއް އެހެން ބައިނަލް އަގްވާމީ ބޮޑެތި މީޑިއާތަކުން ފާޅުކޮށްފައިވާ ރައުޔުވެސް […]

އުރީދޫން ރާއްޖޭގެ އެންމެ ފުރަތަމަ “ޑިޖިޓަލް އައިލެންޑް“ ގެ ގޮތުގައި ލަންދޫ

އުރީދޫން ރާއްޖޭގެ އެންމެ ފުރަތަމަ ޑިޖިޓަލް އައިލެންޑްގެ ގޮތުގައި ނ.ލަންދޫ ހަމަޖައްސައިފިއެވެ. އުރީދޫން މިއަދު ބުނީ ލަންދޫގައި އުރީދޫ ޑިޖިޓަލް އައިލެންޑް އިނީޝިއޭޓިވް އިފްތިތާހު ކުރުމާއެކު، އޭއައިގެ އެހީގައި ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އުރީދޫ މޯލްޑިވްސް އިން ކުރާ މަސައްކަތުގެ ބޮޅެއް އިތުރުވީ ކަމަށެވެ. އަދި މި މަސައްކަތަކީ އުރީދޫއިން މުޅި ރާއްޖޭ އެއްކޮށް ޑިޖިޓަލް މޯލްޑިވްސް އަކަށް ހަދައި ހުރިހާ ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަކީވެސް މިކަމުގައި ޝާމިލްވާ ބަޔަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން މުހިންމު […]

ދެވަނަ ފިޔަވަހީގެ ބީޗު ސަރަހައްދުގައި ހަދާފައިވާ ހަޓުތައް ނަގަން އެޗްޑީސީން އަންގައިފި

ހުޅުމާލޭގެ 2 ވަނަ ފިޔަވީގެ ރުއްގަނޑު 3 ގެ ބީޗު ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓުތަކާއި އެތަނުގައި ބަހައްޓާފައިވާ ތަކެތި ނަގަން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އަންގައިފިއެވެ. ެއެޗްޑީސީން ބުނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މި ތަކެތި ނަގާފައި ނުވާނަމަ، މި ތަކެތި ނަގައި ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން ތަކެއްޗަށް ލިބޭ ގެއްލުމަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށެވެ. ހުޅުމާލޭގެ ދެވަނަ […]

ވާނުވާ ޖަހައި ބަންދުކޮށްފައި އެތިބަ އިންސާނުންނަކީ ޖަނަވާރުން ކަމަށް ކަރެކްޝަނަށް ހިވަނީބާ!

ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުގައި ވަކި ހަމަތަކަކާ ވަކި އުޞޫލުތަކެއް ކަނޑައެޅިފައި އޮންނާން ވާނެކަމަށް އިންސާނީ ނަޒަރަކުން ވިސްނާލާއިރު ގަބޫލުކުރަން އެބަޖެހެއެވެ. މާފުށީ ޖަލުގައި ވާނުވާޖަހާފައިވާ މީހުން ތިބެނީ ކަރަންޓު ވެސް ނެތްތަނެއްގައި ކަމަށް ޢާއިލާތަކުން ބުނެއެވެ. އެހެންކަމާއެކު ފަންކާގެ ވައި ނުލިބި ގޮޅިތެރޭގައި ހޫނުގަދަވުމުގެ ސަބަބުން ހަމުގެ ބަލިތައް އިތުރުވަމުންދާކަމަށް ވެސް ވާނުވާގައި ތިބި މީހުންނާ ޙަވާލާދީ ޢާއިލާތަކުން ބުނެއެވެ. ކޮންމެއަކަސް ކުނަލަކާއެކު ތަޅުންގަނޑުތަކަށް އުކާލެވިފައިވާ މިފަދަ މީހުންނާމެދު ކަރެކްޝަނުން ޢަމަލުކުރަނީ ޖަލުގައި ތިބޭ ގައިދީންނާ […]

ޒަކާތުގެ  މަޢުލޫޢުއަށް  ރާއްޖޭގެ  އެކި  ކަންކޮޅުތަކުގައި މިއަދު ދަރުސް  ބާއްވަނީ!

ޒަކާތުގެ  މަޢުލޫޢުއަށް  ރާއްޖޭގެ  އެކި  ކަންކޮޅުތަކުގައި މިއަދު ދަރުސް  ބާއްވަން ނިންމައިފިއެވެ.  އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުގެ  ހުކުރު ޚުތުބާ ޒަކާތުގެ މައުޟޫއަށް ޚާއްސަ ކުރުމުގެ އިތުރުން މަޣުރިބު ނަމާދަށްފަހު މުދަލު ޒަކާތުގެ އުސޫލުތަކާއި މުހިއްމުކަމާ ބެހޭ ގޮތުން ދީނީ ދަރުސްތައް ބާއްވަން   ހަމަޖެހިފައިވާ ކަމަށެވެ.  އެގޮތުން މާލޭގެ މިސްކިތްތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މުދަލު ޒަކާތާއި ގުޅޭ ދަރުސް މިއަދު މަޣުރިބު ނަމާދަށްފަހު އޮންނާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ […]