މެރަދޫ ރިސޯޓުން މޫދަށް ފޭބި ފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން މޫދަށް ފޭބިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.  އެމްއެންޑީއެފުން މިއަދު ބުނީ އުމުރުން 32 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ މުޙައްމަދު ސަވަން ފެނިފައި ވަނީ މިއަދުގެ 09:25 ހާއިރު ގއ. ރެސިޑެންސް މޯލްޑިވްސް ރިސޯޓްގެ މޫދުން އެ ރިސޯޓްގެ މުވައްޒަފުންނަށް ކަމަށެވެ.  އަދި ފެނުނުއިރު، އޭނާގެ ހާލު ރަނގަޅު ކަމަށާއި އޭނާ މަސައްކަތްކުރާ ރިސޯޓަށް ގެންދިއުމުގެ މަސައްކަތް ރެސިޑެންސް މޯލްޑިވްސް ރިސޯޓުން މިހާރު ކުރަމުން އަންނަ […]

އީރާންގެ ރައީސް އަވަހާރަވެއްޖެ

އީރާންގެ ރައީސް އިބްރާހީމް ރައީސީ ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރު ވެއްޓި އާދީއްތަ ދުވަހު ހިނގި އެކްސީޑެންޓްގައި ރައީސީ އާއި އެގައުމުގެ ޚާރިޖީ ވަޒީރު ހުސެއިން އަމީރު އަބްދު ﷲ ހިއާން އަވަހާރަ ވެފައިވާކަން އެގައުމުގެ ދައުލަތުގެ މީޑިޔާއިން ޔަގީން ކޮށްދީފިއެވެ. ހެލިކޮޕްޓަރު ވެއްޓިފައިވަނީ އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސަށެވެ. އެއީ އީރާންގެ އިރުމަތީ ސިޓީ އެއްކަމަށްވާ ތަބްރީޒް އަށް ކުރެއްވި ދަތުރު ފުޅެއްގައެވެ.   ހެލިކޮޕްޓަރު ވެއްޓިފައިވާ ސަރަހައްދަކީ ފަރުބަދަމަތީގެ ސަރަހައްދަކަށްވެފައި ގަސްތައް ހެދިފައިވާ ގޮތުން އެހީގެ މަސައްކަތުގައި […]

އީރާނުގެ ރައީސް އަވަހާރަވުމާ ގުޅިގެން ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރި ކުރަނީ 

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ރައީސް ޑރ. ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި، ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރި ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.  ރައީސް އޮފީހުން ވިދާޅުވީ ދިވެހި ދިދަ ބައިދަނޑިއަށް ތިރި ކުރާނީ މޭ 21 ވާ އަންގާރަ ދުވަހުން ފެށިގެން  މޭ 23 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.  މި ކަން އިޢުލާން ކުރައްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި 2024/10 […]

ޑްރޯން އުދުއްސުމުގެ ކުރިން ހުއްދަ ނެގުމަށް އެމްއެންޑީއެފުން ހަނދާން ކޮށްދީފި

ޑްރޯން އުދުއްސުމުގެ ކުރިން ހުއްދަ ނެގުމަށް ހަނދާން ކޮށްދީ ހުއްދަ ނުހޯދާ ޑްރޯން އުދުއްސާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.  މިކަންހާމަކޮށް މޯލްޑިވްސް ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި އެއާޕޯޓްތައް ހިމެނޭ ސަރަހައްދުތަކުގައި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯން އުދުއްސާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.  އެގޮތުން ޑިފެންސް މިނިސްޓްރީން ވަނީ އެއާޕޯޓްތައް ކައިރީ ޑްރޯން އެރުވުމަކީ ވައިގެ ދަތުރުފަތުރަށް އެކަމުގެ ސަބަބުން ނުރައްކަލެއް މެދުވެރިވެދާނެ […]

މާލެއިން މީހަކު ގެއްލިގެން ހޯދަނީ 

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.  ފުލުހުން ދެންމެ ބުނީ ގެއްލިގެން ހޯދަމުން ދަނީ މއ. ބޯޅަކިންކިރީގެ، އަހުމަދު އައިމަން، 30 ކަމަށެވެ.  އެގޮތުން ފުލުހުން ބުނީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.  އައިމަން އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 21:30 ހާއިރު އޭނާގެ ދިރިއުޅޭ ގެއިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.  އެހެންކަމުން ފުލުހުން ވަނީ އޭނާއާ […]

އީރާނުގެ ރައީސް ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރ ގެއްލިއްޖެ

އީރާނުގެ ރައީސް އިބްރާހިމް ރައީސީ ދަތުރުފުޅުކުރެއްވި ހެލިކޮޕްޓަރަށް ލޭންޑިންގ މައްސަލަތަކެއް ދިމާވެއްޖެ ކަމަށް އީރާނުގެ ސްޓޭޓް ޓެލިވިޒަނުން ޚަބަރު ދީފިއެވެ. މި ވަގުތު ހާދިސާ ހިނގަމުންދިޔަގޮތް ބަލަމުންގެންދާތީ އިތުރު ތަފްސީލު ފަހުން ހާމަކުރެވޭނެ ކަމަށްވެސް އެ ޚަބަރުގައި ބުނެފައި ވެއެވެ. އީރާނުގެ ސްޓޭޓް މީޑިއާއިން ބުނެފައިވާގޮތުގައި އެ ހާދިސާ ހިނގާފައިވަނީ އީރާނުގެ އިރުމަތީ އަޒަރބައިޖާންގެ ޖޮލްފާ ސަރަހައްދުގައި މިއަދުއެވެ.                             […]

އެމެރިކާއާއި ދެކޮޅަށް ދުނިޔެއަށް މުޅިން އާ ބަދަލަކަށް – ރަޝިޔާއާއި ޗައިނާ

ރޮއިޓާރސް ޚަބަރުގައި ބުނެފައިވާ ގޮތުން މިހާރު ޗައިނާއަށް ވަޑައިގެން އުޅުއްވާ ރަޝިޔާގެ ރައީސް ޕޫޓިންއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ރަސްމީ ވާހަކަފުޅުތައް ބިނާކުރައްވާފައި ވަނީ ދެގައުމު ގުޅިގެން އެމެރިކާއާއި ދެކޮޅު މުޅިން އާ ބަދަލެއް ދުނިޔެއަށް ގެނައުމުގެ ބިންގަލުގެ މައްޗަށެވެ. ޗައިނާއާއި ރަޝިޔާއަކީ ފިނި ހަނގުރާމައަށް ފަހު އެމެރިކާއާއި ދެކޮޅަށް ދުނިޔޭގައި ހަރަކާތްތެރި ވަމުން ގެންދާ އެންމެބާރުގަދަ ދެ ގައުމެވެ. އެމެރިކާއިން ދެކޭގޮތުގައި ރަޝިޔާއާއި ޗައިނާއިން ގެންދަނީ ދުނިޔޭގެ ހަމަޖެހުމާއި އަމާންކަން ނައްތާލުމަށްޓަކައި ގައުމުތައް ހަލަބޮލި ކުރަމުންނެވެ.                         […]

އަނެއްކާވެސް އަލްހާންގެ އިތުރު އިންވެސްޓުމަންޓް ސްކީމެއް!

އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ އިތުރު އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށްފިއެވެ. އަލްހާން އަނެއްކާ ވެސް މިފަދަ ސްކީމެއް ތައާރަފުކޮށްފައިވާއިރު އޭނާގެ ފޮރެކްސް ޓްރޭޑް ވިޔަފާރިއަށް އިންވެސްޓް ކުރި ގިނަ ބަޔަކު އިންވެސްޓްކޮށްފައި ވަނިކޮށް، އެއީ ”ޕޮންޒީ ސްކޭމެއް“ ކަމަށް ތުހުމަތުކޮށް ކްރިމިނަލް ކޯޓުގައި އެ މައްސަލަތަކުގެ ޝަރީއަތް ވަނީ ފަށާފައެވެ. އެގޮތުން އެ މައްސަލައިގައި ޝަރީއަތް ފެށިގެން ކުރިއަށް ދަނިކޮށް ސީސީއެޗް ޓްރޭޑަރ ނަމުގައި ކްރިޕްޓޯ ކަރަންސީ ޓްރޭޑް ކުރަން އިންވެސްޓަރުން ހޯދަން […]

“ޕޮއެޓްރީ ތެރަޕީ” ގެ ދިވެހި ނަން ފާސްކޮށް އިލްމީ ދިރާސާ ފަށަނީ

“ޕޮއެޓްރީ ތެރަޕީ” ގެ ދިވެހި ނަމަކަށް “ޅެންފަރުވާ” މި ނަން ފާސްކޮށް, އިލްމީ ދިރާސާ ފަށަން ނިންމައިފިއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ބުނީދިވެހިބަހުގެ އެކެޑަމީގެ ބަސް ކޮމިޓީން “ޕޮއެޓްރީ ތެރަޕީ” އަށް ދިވެހިބަހުން ކިޔާނެ ނަމަކަށް “ޅެންފަރުވާ” ކަނޑައަޅާފައިވާ ކަމަށާއި “ޅެންފަރުވާ“ ގެ މާނަ ވެސް ކަނޑައަޅާފައިވާ ކަމަށެވެ. މާނަ: ބަލި މީހާގެ އިހުސާސްތަކާއި އުދާސްތަކާއި ގުޅޭ ޅެންހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީއެއް. މިއީ ގަދީމީ ޒަމާނުއްސުރެ ހަޟާރަތްތަކުގައި […]

ފުވައްމުލަކާއި އައްޑުއަށް އޮރެންޖު އިންޒާރު ނެރެފި

މޫސުން ގޯސްވުމުގެ ސަބަބުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް އޮރެންޖު އިންޒާރު ނެރެފިއެވެ. މޯލްޑިވްސް މީީޓިއޮރޮލިޖިކަލް ސަރވިސްއިން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް އޮރެންޖު އިންޒާރު ނެރެފައިވަނީ މިރޭ 19:00 އިން ފެށިގެން 23:00 އާ ހަމައަށެވެ. “ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި, އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ.“މީީޓިއޮރޮލިޖިކަލް ސަރވިސްއިން ބުންޏެވެ. މީީޓިއޮރޮލިޖިކަލް ސަރވިސްއިން ވަނީ ހއ.އަތޮޅުން ފެށިގެން ރ.އަތޮޅަށް ވަނީ […]