މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މިކަން ހާމަކޮށްފައި ވަނީ އިސްކަންދަރުކޮށީގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު އެވެ. އެގޮތުން ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތު ހަތަރު މީހަކަށް ކުރެވޭ ކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރީ ދެ ފިރިހެނުންނާއި އަންހެނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. […]

ސައްހަ ނޫން ޑޮލަރާއެކު ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސް

ސައްހަ ނޫން ޑޮލަރާއެކު ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސްޖަހައިފިއެވެ. މި މައްސަލައިގައި ސައްހަ ނޫން ޑޮލަރާއެކު ހައްޔަރުކޮށްފައި ވަނީ މާލެ އަށް ނިސްބަތްވާ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެގޮތުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިއްޔެ ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ. އޭނާ ކޯޓުގައި ބުނެފައި ވަނީ ޑޮލަރު ލިބުނީ މީހަކަށް ކޮށްދިން މަސައްކަތެއްގެ އުޖޫރައެއްގެ ގޮތުން ކަމަށާއި ސައްހަ ނޫން ޑޮލަރެއްކަން އެނގުނީ މާރުކުރަން […]

ޔާމީނަށް އިންސާފު ލިބެންވާނެ, އެއީ ގައުމަށް އޮތް އެންމެ އިންސާފުވެރި ގޮތް: ރައީސް

ޔާމީން ޢަބްދުލްޤައްޔޫމަށް އިންސާފު ލިބެންވާނެ ކަމަށާއި އެއީ ގައުމަށް އޮތް އެންމެ އިންސާފުވެރި ގޮތް ކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ފޭދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާނުކުރުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށާއި ނަމަވެސް ކުށެއް ކޮށްގެން އަދަބު ދިނުމަކީ އަދި އެހެން ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ މި ވެރިކަމުގެ ފުރަތަމަ ދުވަހުން […]

މި ސަރުކާރުން ނަގާ ކޮންމެ ލޯނެއްވެސް ނަގާނީ އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ ގޮތަށް:ރައީސް މުޢިއްޒު

މި ސަރުކާރުން ނަގާ ކޮންމެ ލޯނެއްވެސް ނަގާނީ އޭގެ މަންފާ ދިވެހި ރައްޔިތުންނަށް ކުރާނެ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އައްޑޫ ސިޓީގެ މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު އިރުޝާދިއްޔާ ސްކޫލްގައެވެ. އެގޮތުން އެ މަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިޤުތިޞާދު އޮތީ ފުން އަނދަވަޅަކަށް ވެއްޓިފައިކަން ފާހަގަކުރައްވައި، މި ސަރުކާރަށް ކުރީ ސަރުކާރުން ޖުމްލަ 120 ބިލިޔަން […]

އިންޑިއާއަށް ދަތުރުކުރަމުން ދިޔަ ތެޔޮ ޓޭންކަރަކަށް ޔަމަނުން ހަމަލާދީފި

ޕަނަމާގެ ދިދައިގެ ދަށުން އިންޑިއާއަށް ތެޔޮ ހިފައިގެން ރަތްކަނޑު ހުރަސްކޮށް ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރަކަށް ޔަމަނުގެ ހޫތީ މުޖާހިދުން މިސައިލް ހަމަލާއެއް ދީފައިވާކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ.  އެމެރިކާގެ ސަރުކާރުން ބުނެފައިވަނީ މިސައިލް ފޮނުވާލާފައިވަނީ ޔަމަނުން ކަމަށާއި މިސައިލް ޖެހިފައިވަނީ ޕޮލަކްސް ނަމަކަށް ކިޔާ ތެޔޮ އުފުލާ އުޅަނދުގެ ވާއަތް ފަރާތުގައި ކަމަށެވެ.  އިނގިރޭސި ވިލާތުގެ ސެކިއުރިޓީ ފާމްއެއް ކަމަށްވާ އެމްބްރީ އިން ބުނެފައިވާ ގޮތުގައި، ޔަމަނުގެ މޯޚާ ބަނދަރާއި 72 ނޯޓިކަލް މޭލު ބޭރުގައި […]

އިސްރާއީލަށް ވަލުކުއްތާ ވަނުން ގިނަވެ މުސީބާތަކަށް ވެއްޖެ

ހަމާސްއާއި އިސްރާއީލާ ދެމެދު ކުރެވޭ ހަނގުރާމައިގާ ގައްޒާއިން އިސްރާއީލަށް ވަންނަމުންދާ ވަލުކުއްތާތައް ގިނަވެ އިސްރާއީލަށް ބޮޑު މުސީބާތަކަށް ވެއްޖެއެވެ. މިދިޔަ އޮކްޓޯބަރ މަހުން ފެށިގެން މިހާތަނަށް ގައްޒާއިން އެއްހާހަށްވުރެން ގިނަ ވަލުކުއްތާ އިސްރާއީލަށް ވަދެފައިވާކަމަށް އެ ގައުމުން ބުނެއެވެ. އަދި އެ ކުއްތާތައް ވަނުން ނުހުއްޓުވިދާނެތީއާއި އޭގެ ސަބަބުން މެދުވެރިވެދާނެ ގިނަ ނުރައްކަލާ ދޭތެރޭ އިސްރާއީލު ސަރުކާރުން މިހާރު ވަނީ ހަދާނެގޮތް ހުސްވެފައެވެ ވަލުކުއްތާތައް އިސްރާއީލަށް ވަނުމަށް މަގުފައިވެފައިވަނީ ގައްޒާއާއި އިސްރާއީލު ވަކިކުރަން ހަދާފައިވާ އިންފާރު ހަމާސްއިން […]

ބިތުފަންގި ނަގައިގެން ބެލީމާ ހަނގުރާމައިގައި ޔޫކްރެއިނަށް ލިބޭ ގެއްލުން

ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ކުރެވެމުންދާ ހަނގުރާމައިގާ ޔޫކްރެއިނަށް ލިބޭ ގެއްލުމުގެ އަންދާޒާއެއް ދެނެގަތުމަށްޓަކައި އެސޯޝިއޭޓެޑް ޕްރެސް އިން ބިތުފަންގި ނަގައިގެން ބެލުމުން ފެންނަ މަންޒަރުގެ ޚުލާސާއެއް ހާމަކޮށްފިއެވެ. ހަނގުރާމައިގައި ހޭދަވެގެން މިދާ 2 އަހަރު ދުވަހު ޔޫކްރެއިނުން މަރުވެފައިވާ މީހުންގެ އަދަދު ގުނަން ފަށަން ޖެހެނީ ސަތޭކަ ހާހުން ކަމަށާއި އަދި އޭރުންވެސް ބަރާބަރަށް އެ އަދަދު ދެނެގަނެވޭނެގޮތެއް ނެތްކަމަށް އެނޫހުން ބުނެއެވެ. އެ ނޫހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާގެ ބާރުގެ ދަށުގައިހުރި ރަށްތަކުން މަރުވެގެންދާ […]

ޔޫކްރެއިންގެ ބޮޑު ޝަހަރެއް އަނެއްކާވެސް ރަޝިޔާއަށް

ސީއެންއެންގެ ޚަބަރުގައި ބުނެފައިވާގޮތުން އަނެއްކާވެސް ޔޫކްރެއިންގެ ބޮޑު ޝަހަރެއް ރަޝިޔާގެ ސިފައިންގެ ބާރުގެ ދަށަށް ހިނގައްޖެއެވެ. މިފަހަރު ޔޫކްރެއިނަށް ގެއްލިގެން އެ ދިޔައީ ޔޫކްރެއިން އަވްޑީވްކާއެވެ. އެ ޝަހަރަކީ ޑޮނާސްކް އޮބްލާސްޓުގައި ހިމެނޭ ޝަހަރެކެވެ. މިދިޔަ ހޮނިހިރު ދުވަސް ރައީސް ޒެލެންސްކީއަށް ފޯނުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ބައިޑަން ވިދާޅުވީ އެ ޝަހަރު ޔޫކްރެއިނަށް ގެއްލިގެން އެދިޔައީ ކޮންގްރެސްއިން ޔޫކްރެއިނަށް އެހީވެދިނުން ހުއްޓުވާފައި އޮތުމުގެ ސަބަބުން ކަމަށެވެ. ޮހަމަ މިމޭރުމުން ނާއިބްރައީސް ކަމަލާ ހަރިސްވެސް ރިޕަބްލިކަން މެމްބަރުންނަށް […]

ރައީސް މުޢިއްޒަށް އިތުބާރުކުރުމަކީ ސަލާމަތް ބުއްދި ހުރިމީހަކު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: ޑރ.ޖަމީލު

‏ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް އިތުބާރުކުރުމަކީ ސަލާމަތް ބުއްދި ހުރިމީހަކު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ އިސް ވަކީލު ޑރ.ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ.މުޢިއްޒު ދެއްކެވީ ރައީސް ޔާމީނަށް ނުހައްގުން ޖަލު ހުކުމެއް ކޮށްފައިވާ ވާހަކައާއި ހަރާމް ހުކުމެއްގެ ވާހަކަ ކަމަށެވެ. “ފެށީ ރައީސް ޔާމީނަށް ދޮގު ހަދައިބހުސްގޮނޑި ދައްކައި ހަރާމް ހުކުމުގެ ވާހަކަ ދައްކަމުން. […]

އެމްޕީއެލްއިން މާޗު 6 ގައި މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ބާއްވަނީ

މެރިޓައިމް ދާއިރާގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުން ބައިވެރިކޮށްގެން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެެވެ. މި ކޮންފަރެންސް ކުރިއަށްދާނީ ޕެރަޑައިސް އައިލެންޑް ރިސޯޓްގައެވެ. މި ކޮންފަރެންސް ކުރިއަށްގެންދާނީ އިންޓަރނޭޝަން ޕޯޓްސް އެންޑް ހާބަރސް (އައިއޭޕީއެޗް) އާއި ޔުނައިޓަޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އާއި ޖޮހޯރް ޕޯޓް (މެލޭޝިއާ) އަދި ޕޯޓް އޮފް ވެލެންސިއާ (ސްޕެއިން)އާ ގުޅިގެންނެވެ.  އެމްޕީއެލްއިން […]