ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން އައިޑީކާޑު ދޫކުރަން ޑީއެންއާރުން ނިންމައިފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އާ ކުރުމަށްފަހު ނުވަތަ އަލަށް ކާޑު ހެއްދުމަށްފަހު ވެސް ކާޑު ނެގުމަށް ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން އެހެން މީހުންނަށް އައިޑީކާޑު ދޫކުރަން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން (ޑީއެންއާރް)އިން ބުނެފިއެވެ. މިކަން ހާމަކޮށް ޑީއެންއާރުން ނެރުނު ސާކިއުލާއެއްގައި ބުނީ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން އައިޑީކާޑުގެ ވެރިފަރާތްނޫން އެހެން ފަރާތަކަށް ކާޑު ދޫކުރަން ނިންމާފައިވާ ކަމަށެވެ. ކާޑުގެ ވެރިފަރާތް ހާޒިރު ނުވި ނަމަވެސް ވެރި ފަރާތުގެ ސިޓީއެއް ހުށަހަޅައިގެން […]

ތޮއްޑޫ ޑައިވް ވިލާ ސެންޓަރުގައި މަސައްކަތް ކުރާ ބިދޭސީއަކަށް ހަމަލާދީފި

ތޮއްޑޫގައި މަސައްކަތް ކުރާ ބިދޭސީއަކަށް ހަމަލާދީފިއެވެ. ފުލުހުން މިއަދު ބުނީ އއ.ތޮއްޑޫ ޑައިވް ވިލާ ސެންޓަރުގައި މަސައްކަތްކުރާ ރަަޝިޔާ މުވައްޒަފެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލަ ރިޕޯޓުކުރީ އިއްޔެ 18:30 ހާއިރު ކަމަށެވެ. ފުލުހުން ބުނީ އަނިޔާވި މީހާއަށް ތޮއްޑޫ ހެލްތު ސެންޓަރުގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އެއީ 41 އަހަރުގެ މީހެއް ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުނުކުރާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުން […]

މަޑަވެލީ ޞިއްޙީ މަރުކަޒުގެ ފެންވަރު މަތިކޮށް އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކައުންސިލުން އެދިއްޖެ

ގދ. މަޑަވެލީ ސިއްޙީ މަރުކަޒުގެ ފެންވަރު މަތިކޮށް އޭޓީއެމްގެ ޚިދުމަތް އެ ރަށުގައި ފޯރުކޮށްދިނުމަށް މަޑަވެލީ ކައުންސިލުން އެދިއްޖެއެވެ. މަޑަވެލީ ކައުންސިލުން މިގޮތަށް އެދިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލު ކުރެއްވުން އޮތީ މިއަދު މަޑަވެލީ ކައުންސިލުގެ އިދާރާގައެވެ. އެގޮތުން މި ބައްދަލު ކުރެއްވުމުގައި ކައުންސިލުން ވަނީ މަޑަވެލީގެ ބިންހިއްކުމާއި އެރަށަށް ހައުސިންގ ޔުނިޓްތައް ބޭނުންވާ ކަމަށާއި، ބަނދަރުގެ […]

ފިޔޯރީއަށް ކޯލްޑް ސްޓޯރޭޖް ފެސިލިޓީއަކާއެކު މަސް ފެކްޓްރީއެއް ބޭނުންވޭ: ކައުންސިލް

ގދ. ފިޔޯރީއަށް ކޯލްޑް ސްޓޯރޭޖް ފެސިލިޓީއަކާއެކު މަސް ފެކްޓްރީއެއް ބޭނުންވާކަމަށް އެ ރަށު ކައުންސިލުން ހާމަކޮށްފިއެވެ. ފިޔޯރީ ކައުންސިލުން މިކަން ހާމަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.  މި ބައްދަލުކުރެއްވުން އޮތީ މިއަދު ފިޔޯރީ ކައުންސިލުގެ އިދާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީއަކާއެކު މަސް ފެކްޓްރީއެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.  މީގެ އިތުރުން ސްކޫލްގެ […]

އެގްރިކަލްޗަރގެ ސްޓޭޓް މިނިސްޓަރު ޙުސައިން އިސްމާޢީލް މަގާމުން ވަކިކޮށްފި

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ގެ ސްޓޭޓް މިނިސްޓަރު ޙުސައިން އިސްމާޢީލް މަގާމުން ވަކިކޮށްފިއެވެ. ޙުސައިން ވަނީ ބައެއް މީޑިއާތަކަަށް އޭނާ މަގާމުން ވަކިކުރިކަން ކަށަވަރުކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ރޭގެ ވަގުތެއްގައި އޭނާ މަގާމުން ވަކިކުރީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުންނެވެ. ނަމަވެސް ޙުސައިން މަގާމުން ވަކިކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސެއްގެ މަގާމުގައި ހުންނެވި ޙުސައިން ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރެއްވީ […]

ހޫތީންގެ ހަމަލާއެރި އިނގިރޭސި ވިލާތުގެ ބަލްކް ކެރިއަރ ހަލާކުވެ ދޫކޮށްލަން ޖެހިއްޖެ

އިނގިރޭސި ވިލާތުގެ ބަލްކް ކެރިއަރ އަށް ރެޑް ސީ ތެރޭގައި އަމާޒުވި ހޫތީންގެ ހަމަލާގައި ބޯޓު ހަލާކުވެ ބޯޓު ދޫކޮށްލާފައި މީހުން ފައިބަން ޖެހިއްޖެ ކަމަށް ޔޫޕީއައި އިން އިއްޔެ ޚަބަރުދީފިއެވެ. ޔޫޕީއައިގެ ޚަބަރުގައި ބުނެފައިވާ ގޮތުން ހޫތީން އުދުއްސައިލި 2 މިސައިލް ބޯޓަށް އަމާޒުވުމުގެ ސަބަބުން ބޯޓު ހަލާކުވެ ބޯޓު ދޫކޮށްލާފައި ބޯޓުން މީހުން ވަނީ ފައިބައިފައެވެ. ހޫތީންގެ ހަމަލާތައް އަމާޒުވީ 32000 ޓަނުގެ ބަލްކް ކެރިއަރ ރޫބީ މާރ ގެ އިންޖީނު ރޫމަށެވެ. އެ […]

އެމްއައިބީގެ ކުޅުދުއްފުށި ބްރާންޗު މެނޭޖަރަކަށް އިހުސާން

ކުޅުދުއްފުށި ސިޓީގައި ހުންނަ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބުރާންޗުގެ މެނޭޖަރަކަށް ބޭފުޅަކު ހަމަޖައްސަވައިފި އެވެ. އެމްއައިބީގެ ކުޅުދުއްފުށީ ބުރާންޗުގެ މެނޭޖަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މުހައްމަދު އިހުސާނެވެ. އިހުސާނަކީ ބޭންކިން ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެގޮތުން އޭނާ މީގެ ކުރިން ވަނީ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ގައި މަސައްކަތް ކުރައްވާފައެވެ. ކުޅުދުއްފުށި ސިޓީގައި އެމްއައިބީގެ ބުރާންޗެއް ހުޅުވީ 2016 ވަނަ އަހަރު އެވެ.

ހޫތީންގެ ހަމަލާތަކުން ދިފާއުވާން ލިބެނީ ކުޑަ ހިނދުކޮޅެއް: ސެންޓްރަލް ކޮމާންޑް

އަޅުގަނޑުމެންގެ މި ލިއުމަކީ ރެޑްސީ ތެރޭގައި ހަރަކާތްތެރި ވަމުންގެންދާ އެމެރިކާ ލަޝްކަރުގެ އެންމެ ކުރީ ސަފުގައި ހިމެނޭ ޑެސްޓްރޯޔަރ ޔޫއެސްއެސް ގްރޭވްލީ އަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބުނު ބިޒްނަސް އިންސައިޑަރ ގެ ނޫސްވެރިންނަށް އެ އުޅަނދުން ދައްކުވައިދިން މަންޒަރުތަކާއި އޮޅުން ފިލުވައިދިން މައުލޫމާތުތައް އަޅުގަނޑުމެންގެ ކިއުންތެރިންނާ ހަމަޔަށް ގެނެސްދިނުމަށްޓަކައި ލިއެފައިވާ ލިއުމެކެވެ. ޑެސްޓްރޯޔަރަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ނުލިބިދާނެއެވެ. އަދި ހަނގުރާމައިގެ މައިދާނެއްގައި އޮތް އެފަދަ އުޅަނދަކުން ހަރަކާތްތެރިވާން ޖެހޭ ގޮތުގެ މައުލޫމާތު އަޅުގަނޑުމެންނަށް އޮޅުންފިލާނެ […]

ވޯޓު އޮޅުވާލުމުގައި އިސްދައުރެއް އަދާކުރީމު: ރާވަލްޕިންޑީ ގެރިސަންގެ ކޮމިޝަނަރ 

އެއްވެސް ސިޔާސީ ޕާޓީއަކަށް ކާމިޔާބީއާ ހަމަޔަށް ނުދެވި ޕާކިސްތާނުގެ އާންމު އިންތިޚާބު ނިމިގެން ދިއުމުން ވޯޓު އޮޅުވާލުމާއި ވޯޓުފޮށްޓަށް ސަރުކާރުން އަތްބޭނުންފަދަ އެތައް ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް ވޯޓު އޮޅުވާލުމާއި ވޯޓުން ވައްކަންކުރުމަށް މަގުފަހިކޮށްދިން ކަމަށް ޕާކިސްތާނުގެ އިސް އޮފިޝަލަކު އިއުތިރާފުވެއްޖެ ކަމަށް އިނގިރޭސި ވިލާތުގެ ދަ ޓެލިގްރާފުން ޚަބަރު ދީފިއެވެ. ޕާކިސްތާނުގެ ބާރުގަދަ މިލިޓްރީގެ މައިމަރުކަޒު ވެސް ހުންނަ ރާވަލްޕިންޑީގެ ސިފައިންގެ ކިއްލާތަކުގެ ކޮމިޝަނަރ ލަޔާގަތު އަލީ ޗައްޓާ ބުނެފައިވަނީ އޭނާ އަމިއްލައަކަށް ފުލުހުންގެ ބާރުގެ […]

ޖޭއެސްސީއަށް ލަފާދިނުމަށް ފަނޑިޔާރުންގެ ބޯޑެއް އުފައްދައިފި

ޖުޑީޝަލް ސަަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާދިނުމަށް ފަނޑިޔާރުންގެ ބޯޑެއް އުފައްދައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ މި ބޯޑުގެ މަގުސަދުތަކުގެތެރޭގައި ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ސިޔާސަތު އެކަށައަޅާއިރު، ފަނޑިޔާރުންގެ ބައިވެރިވުން އިތުރުކުރުން ހިމެނޭ ކަމަށެވެ. އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި އެކުލަވައިލާ ސިޔާސަތުތަކަކީ ހާމަކަންބޮޑު އަދި ފަނޑިޔާރުންނާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ ސިޔާސަތުތަކެއްކަމަށް ހެދުން ހިމެނޭ ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި […]