ފަލަސްތީނުގެ ބިމަށް އަރައިގަނެގެން ތިބުމުގެ މައްސަލަ ދުނިޔޭގެ ކޯޓުން ބަލަން ފަށައިފި
ފާއިތުވެގެން މިދާ 57 އަހަރުދުވަހު އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަރައިގަނެގެން ތިބި ތިބުމާބެހޭގޮތުން ޔުނައިޓެޑް ނޭޝަންސްގެ އެންމެ މަތީ ކޯޓުގެ 15 ފަނޑިޔާރުން ހިމެނޭ ޕެނަލަކުން މިދިޔަ ހޯމަދުވަހު މައްސަލަ ބަލަން ފަށައިފިއެވެ. އިސްރާއީލުން ގައްޒާއަށް އަރައި އެ ޝަހަރު ބިމާ ހަމަކުރަމުން ގެންދާ މި ދަނޑިވަޅުގައި އެތައް ގައުމަކުން ބައިވެރިވާނެކަމަށް ބެލެވޭ މި ޝަރީއަތުގެ އަޑުއެހުންތައް ހަ ދުވަހަށް ދެމިގެން ދާނެއެވެ. މި ދުވަސްވަރުގައި އިސްރާއީލުން ގައްޒާ ބިމާ ހަމަކުރަމުން ގެންދާ ނަމަވެސް ދުނިޔޭގެ ކޯޓުން […]
މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި ހުތުރު ވައްތަރު ޖެއްސި މީހަކު ހައްޔަރުކޮށްފި
މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ވައްތަރުތަކެއް ޖެއްސި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި ފިރިހެނަކު އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖައްސާަ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ އާންމުވެފައެވެ. ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފި
ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުމާބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ. މިރޭ މެންދަމު 2:30 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވަނީ ވ.އަތޮޅުން ފެށިގެން ގދ.އަތޮޅަށެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ. ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި މިއަދު ވަނީ ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށް […]
މަޖިލިސް އިންތިޚާބުގައި އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ވޯޓު ދީފިނަމަ މި 5 އަހަރުގައި ހުރިހާ ވައުދެއް ފުއްދައިދޭނަން: ރައީސް
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައިފިނަމަ ފަސް އަހަރު ތެރޭގައި ހުރިހާ ވައުދެއް ފުއްދައިދީ ނިންމައިދޭނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ގއ.ގެމަނަފުށްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސް ވިދާޅުވީ އެހެން ރަށްރަށެކޭ އެއްފަދައިން ގެމަނަފުށީގެ ތަރައްގީއަށް ކުރަން ހުރި ހުރިހާ ކަމަކަށް ސަރުކާރުން މަސައްކަތް ކޮށްދޭނެ ކަމަށެވެ. ނަމަވެސް އެ ކަންކަން ކުރަން ފަސޭހަވާނީ ރައްޔިތުން ދެއްވާ ތަރުހީބު ހަމަ އެގޮތަށް ކުރިއަށް އޮތް ދުވަސްތަކުގައި […]
ޔަމަނުގެ ހޫތީން ހަމަލާދިން ރޫބީމާރް ކާގޯ ބޯޓު އަޑިއަށްދާނެކަމުގެ ބިރު އުފެދިއްޖެ
ގަލްފް އޮފް އޭޑެންއިން ދުއްވާފައި ދިޔާ ރޫބީމާރް މުދާ އުފުލާ ބޯޓަށް ޔަމަނުގެ ހޫތީ މުޖާހިދުން ދިން ހަމަލާއަށްފަހު އެބޯޓު އަޑިއަށް ދިޔުމުގެ ބިރުއޮތްކަމަށް ހޫތީން ބުނެފިއެވެ. ހޯމަ ދުވަހު ހޫތީންގެ ތަރުޖަމާނު ޔަހްޔާ ސާރެއާ ދިން ބަޔާނެއްގައި ބުނެފައިވަނީ އެއީ އިނގިރޭސިވިލާތަށް ނިސްބަތްވާ އުޅަނދެއް ކަމަށާއި ބޯޓުގެ ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި ހުދެއިދާކައިރިން އެމެރިކާގެ ޑްރޯނަކަށްވެސް ހަމަލާ ދީފައިވާނެކަން ހޫތީން ވަނީ ހާމަކޮށްފައެވެ. ބެލީޒްގެ ދިދަ ނަގައިގެން ދަތުރުކުރި އިނގިރޭސިވިލާތަށް ރަޖިސްޓަރ ކޮށްފައި […]
ކެމެރާއެއް ހުންނަ ކޮންމެ ތަނަކީ ޕްރައިވެސީ އަށް އޮތް ނުރައްކަލެއް!
ސްމާޓްފޯނުތަކާއި ހޯމް ސެކިއުރިޓީ ސިސްޓަމްތަކުގައި ބޭނުންކުރާ ކެމެރާ ފީޑްތައް މެދުވެރިކޮށް ޖާސޫސްކުރެވޭނެ ގޮތް އެމެރިކާގެ ސައިންސްވެރިންގެ ޓީމަކުން ހޯދުމާއެކު ކެމެރާއެއް ބޭނުންކުރާ ކޮންމެ ވަސީލަތަކީވެސް ޕްރައިވެސީއަށް އޮތް ނުރައްކަލެއްކަން ހާމަވެއްޖެއެވެ. “އީއެމް އައި” ނަމަކަށް ކިޔާ މި ވަސީލަތް ނެދުވެރިކޮށް ފާރުތަކުގެ ފުރަގަހުގައި ފަރުދާވެފައިވާ މަންޒަރުތައްވެސް ނަގައިގަނެވޭއިރު، މީގެ ނާޖާއިޒް ފައިދާ ނެގުމުގެ ބިރުވަނީ އުފެދިފައެވެ. ނޯތްއީސްޓަން ޔުނިވާސިޓީގެ އިލެކްޓްރިކަލް އެންޑް ކޮމްޕިއުޓަރ އިންޖިނިއަރިންގް ގެ ޕްރޮފެސަރެއް ކަމަށްވާ ކެވިން ފޫ އިސްވެ ހުރެ ކުރިއަށްގެންދިޔަ މި […]
އިސްރާއީލަށް އުފުލާ ހަތިޔާރުގައި އަތްލެވޭކަށްނެތް!
އިންޑިޔާގެ އެންމެ ބޮޑެތި ބަނދަރުތަކުގައި މަސައްކަތްކުރާ މަސައްކަތު މީހުންގެ 11 ޔުނިއަނަކުން އިސްރާއީލަށް ހަތިޔާރު އުފުލާ ބޯޓުފަހަރަށް މުދާ އަރުވާ ބޭލުމުގެ މަސައްކަތް ނުކުރާނެކަމަށް ބުނެއެކަން ކުރުމަށް ދެކޮޅު ހަދައިފިއެވެ. މަސައްކަތު މީހުންގެ ޔުނިއަނުން ބުނެފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ގައްޒާގައި ހަނގުރާމަ ކުރަމުންދާއިރު އިންޑިއާގައި އުފައްދާފައިވާ ޑްރޯން ޓެލްއަވީވަށް ފޮނުވަން ބޯޓުފަހަރަށް ބަރުކުރަން އެމީހުން މަސައްކަތް ނުކުރާނެކަމަށެވެ. އިންޑިއާގެ ވޯޓަރ ޓްރާންސްޕޯރޓް މަސައްކަތު މީހުންގެ ފެޑެރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީން އާއި ދެކޮޅަށް އިސްރާއީލުން […]
ތިނަދޫ ސިޓީ ޙަޤީޤީ ފުރިހަމަ ސިޓީއަކަށް ހަދައިދޭނަން: ރައީސް މުޢިއްޒު
ތިނަދޫ ސިޓީ ޙަޤީޤީ ފުރިހަމަ ސިޓީއަކަށް ހަދައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ރޭ ގދ. ތިނަދޫ ސިޓީ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ތިނަދޫ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ، މި ސަރުކާރުން ތިނަދޫ ސިޓީ ޙަޤީޤީ މާނާގައި ތަރައްޤީ ކުރާނެ ގޮތްތައް ތަފުޞީލީ ގޮތެއްގައި ވިދާޅުވެދެއްވާފައެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ ތިނަދޫއަކީ މި ސަރުކާރުގެ ތަރައްޤީ ޕްލޭންގައި ހިމެނޭ، ސަރަހައްދީ […]
ދުންކީ އަކީ ޚާއްސަ ފިލްމެއް އަދި އަހަރެންގެ ހިތާ ގާތް ފިލްމެއް: ޝާހު
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރި ”ދުންކީ“ އަކީ ޚާއްސަ ފިލްމެއް ކަމަށާއި އަދި އޭނާގެ ހިތާ ގާތް ފިލްމެއް ކަމަށް ބޮލީވުޑްގެ ސުޕަ ސްޓާރް ޝާހުރުކް ޚާން ބުނެފިއެވެ. ޝާހު ލީޑް ރޯލުން ފެނިގެންދާ ދުންކީ އާއި ގުޅޭގޮތުން ޝާހު ބުނީ މިއީ އޭނާގެ އެންމެ ”ޚާއްސަ“ އެއް ފިލްމު ކަމަށެވެ. މިއީ އޭނާގެ ހިތާ ވަރަށް ގާތް ފިލްމެއް ކަން ހާމަކޮށް ޝާހު ބުނީ މި ރީތި ފިލްމު ނެޓްފްލިކްސް މެދުވެރިކޮށް ބެލުންތެރިންނާ […]
ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ބަޔަކާ ހަވާލުކޮށްފި
ތިނަދޫ ފަޅު ހިއްކައިގެން ތަރައްޤީ ކުރަން ހަމަޖެހިފައިވާ އިންޓަނޭޝަނަލް އެއާޕޯޓު އަޅަން ބަޔަކާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާއެވެ. އެގޮތުން ސަރުކާރުން ވިދާޅުވީ ތިނަދޫ ފަޅު ހިއްކައިގެން ތަރައްޤީ ކުރަން ހަމަޖެހިފައިވާ އެއާޕޯޓަށް ދިވެހި ސަރުކާރުން އެއްވެސް ޚަރަދެއް ނުކުރާނެ ކަމަށާއި އެ މަޝްރޫޢުގެ ހުރިހާ ޚަރަދެއް ކުރާނީ އެއަރޕޯޓު ތަރައްޤީކުރާ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑުން ކަމަށެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ […]