ފަލަސްތީނުގެ ބިމުގައި ތިބުން ޣައިރުގާނޫނީ ކަމަށް އަޑަށް ބާރުލާފައި ބުނަންޖެހޭނެ: ޗައިނާ
ނެދަރލޭންޑްގެ ހޭގުގައި ހުންނަ ދުނިޔޭގެ އަދުލު އިންސާފުގެ އެންމެ މަތީ ކޯޓުގައި ބުރާސްފަތި ދުވަހު ވާހަކަފުޅު ދައްކަވަމުން ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ތިބުމަކީ ޣައިރު ގާނޫނީ ތިބުމެއްކަމަށް އަޑަށް ބާރުލާފައި އެކޯޓުން އިއުލާން ކުރަންޖެހޭނެކަމަށް ޗައިނާގެ ޚާރިޖީ އޮފީހުގެ ގާނޫނީ މުސްތަޝާރު މާ ޒިންމިން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ފަލަސްތީނުގެ ބިމަށް ގަދަބާރުން އަރައިގަނެގެން އިސްރާއީލުން ތިބޭތާ 57 އަހަރު ފާއިތުވެގެން ދިއުމަކީ އިންސާފު ލިބުން މާބޮޑަށް ލަސްވުން ކަމުގައި ދެކެން ޖެހޭނެ ކަމަށެވެ. އަދި ހަމައެއާއެކު […]
އިނގިރޭސި ނިއުކްލިއަރ މިސައިލް އަތަށް ނުގޮވީ ކިރިޔާ
ދަ ޓެލިގްރާފުން ރިޕޯރޓް ކޮށްފައިވާ ގޮތުގައި އިނގިރޭސި ވިލާތުގެ ކަނޑުގެ ސިފައިން ގޮއްވައިލި ނިއުކްލިއަރ މިސައިލް, އެ ގޮއްވައިލި ސަބްމެރިން ކައިރިއަށް ވެއްޓި އެ ދިމާއިން ކަނޑުގެ އަޑިއަށް ހިނގައްޖެއެވެ. މިއީ މިގޮތަށް ދިމާވި ދެވަނަ ފަހަރެވެ. މީގެ ކުރިން އެމެރިކާގެ ގޮޑުދޮށުގައި ރޮޔަލް ނޭވީން ޓެސްޓަށް ގޮއްވާލި ޓްރައިޑެންޓް ނިއުކްލިއަރ މިސައިލަށް ވެސް ދިމާވެފައިވަނީ ހަމަ މިގޮތެވެ. ޖެނުއަރީ 30 ވަނަ ދުވަހު ޓެސްޓުކުރި އެ މިސައިލްގެ ފުރަތަމަ ސްޓޭޖުގެ ބޫސްޓަރ ވާގޮތެއް ނުވިއެވެ. އެއަށްފަހު […]
މާރިޗު މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ
މި ފެށޭ މާރިޗު މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ”އަހާ“ ފޯރަމުގައި ރޭ އެމަނިކުފާނާ އާންމު ފަރާތްތަކުން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މާރިޗު މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާ ކަމުގެ އިތުރުން ރައީސް ދެއްވި ޖަވާބުތަކުގެ ތެރޭގައި މި ސަރުކާރުން ފެށްޓެވުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވަރަށް އަވަހަށް ފެށުމުގެ މަސައްކަތް ކުރައްވަމުން […]
ހޫތީންގެ ހަމަލާތަކަކީ ދުރުހެލިވެވެންނެތް ބޮޑުވެގެންވާ ނުރައްކަލެއް: ސެންޓްރަލް ކޮމާންޑް
ޔޫ. ޕީ. އައި. އިން ބްރިޓިޝް ރޯޔަލް ނޭވީންގެ ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް ( ޔޫ. ކޭ. އެމް. ޓީ. އޯ. ) އަށް ހަވާލާދީ ރިޕޯރޓްކޮށްފައިވާ ގޮތުގައި ގަލްފް އޮފް އަދަނުން ދަތުރުކުރަމުންދިޔަ ބޯޓަކަށް ހޫތީ މުޖާހިދުން ދިން ހަމަލާއެއްގައި އެބޯޓުގައި އަލިފާން ރޯވެއްޖެއެވެ. ޔޫ. ކޭ. އެމް. ޓީ. އޯ. އިން ބުނެފައިވަނީ އެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ބަލަމުންގެންދާ ކަމަށެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރުން ރޯވެ […]
އިރާނުން ގިނަ އަދަދެއްގެ ބަލިސްޓިކް މިސައިލް ރަޝިއާއަށް ފޮނުވައިފި
އިރާނުން އެތައް ސަތޭކަ ސާފެސް-ޓު-ސާފެސް ބަލިސްޓިކް މިސައިލް ރަޝިއާއަށް ފޮނުވާފައިވާކަން ހާމަވެއްޖެއެވެ. ތަފާތު ހަ މަސްދަރަކާއި ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިރާނުން ރަޝިއާއަށް މިސައިލްތައް ފޮނުވާފައިވަނީ އެދެ ގައުމުގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުންތައް ވަރުގަދަ ކުރުމަށްކަމަށެވެ. އިރާނުން ފޮނުވި 400 މިސައިލްގެ ތެރޭގައި ހިމެނެނީ ޒުލްފާޣަރް ފަދަ ފަތެހް-110 ގެ ޝޯޓް ރޭންޖް ބަލިސްޓިކް ހަތިޔާރުތަކެވެ. ޒުލްފާޣަރް އަކީ 300 އާއި 700 ކިލޯމީޓަރު (186 އާއި 435 މޭލު) ގެ ދުރުމިނުން […]
ލެބޯޓްރީގެ ޚިދުމަތް ލިބެންނެތް 76 ރަށުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމުގެ މަޝްރޫޢު އިފުތިތާހު ކޮށްދެއްވައިފި
ލެބޯޓްރީގެ ޚިދުމަތް ލިބެންނެތް 76 ރަށުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިފުތިތާހު ކޮށްދެއްވައިފިއެވެ. އެ މަނިކުފާނު މި މަޝްރޫޢު އިފުތިތާހު ކޮށްދެއްވާފައި ވަނީ، މިއަދު މެންދުރުފަހު ދަރުމަވަންތަ ހޮސްޕިޓަލުގެ އުޑުވިލާ މާލަމުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އާންމު ޞިއްޙީ ޚިދުމަތްތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވައިގެން ކުރަމުން […]
ސިޔާސީ މަގާމުތަކުގައި ކުރިން ތިއްބެވި ބައެއް ބޭފުޅުންނަށް ތުހުމަތުކުރެވޭ މައްސަލަތަކެއް އޭސީސީއިން ބަލަނީ
ޮސިޔާސީ މަގާމުތަކުގައި ކުރިން ތިއްބެވި ބައެއް ބޭފުޅުންނަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ބަލަން ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ. އޭސީސީއިން ބުނީ ސިޔާސީ މަގާމުތަކުގައި ކުރިން ތިއްބެވި ބައެއް ބޭފުޅުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސަރުކާރުގެ ބައެއް ކުންފުނިތައް މެދުވެރިކޮށް ނާޖާއިޒު ގޮތުގައި މަންފާ ހޯދާފައިވާކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކެއް ބަލަމުންދާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމާއި މައްސަލަތަކުގެ ތަފުސީލެއް އޭސީސީއިން ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބޭ ގޮތުން ހުށަހެޅިފައިވަނީ […]
މިސްކިތްތަކުގެ ޙާލަތު ދެނެގަތުމަށް ”މޮސްކު މެނޭޖްމަންޓް ޕޯޓަލް“ އިފްތިތާހު ކޮށްފި!
މިސްކިތްތަކުގެ ޙާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގެ 6.3 ގައި ބަޔާންކުރައްވާފައިވާ އަދި މީގެ ދަށުން ހަފްތާ 14 ގައި ނިންމުމަށް ހަމަޖެހިފައިވާ މޮސްކު މެނޭޖްމެންޓު ޕޯޓަލް އިފްތިތާހްކޮށްފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާހްކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާރޒް ޑރ. މުޙައްމަދު ޝުޖާޢު އަބްދުލް ހަކީމްއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ޕޯޓަލްގެ އެހީގައި […]
މާފުށީ ވޯޓާ ސްޕޯޓްސްއާ ދިމާއަށް ގެނބުނު މީހަކު މަރުވެއްޖެ
ކ. މާފުށި އެކްޓިވް ވޯޓާ ސްޕޯޓްސް އޭރިއާ ދިމާ މޫދަށް ގެނބިގެން މީހަކު މަރުވެއްޖެއެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެއްޖެއްގައި ބުނީ މާފުށީ އެކްޓިވް ވޯޓާ ސްޕޯޓްސްއާ ދިމާލުން ނެރުކައިރިއަށް މީހަކު ގެނބިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:25 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އޭނާ މާފުށީ ހެލްތް ސެންޓަރަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ކަމަށް ހެލްތް ސެންޓަރާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ. މީގެ އިތުރުން ފުލުހުން ބުނީ މި […]
ކުރީގެ ނައިބު ރައީސް ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގެންފި
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ. ފައިސަލް އެމްޑީޕީއަށް ސޮއި ކުރައްވާފައި ވަނީ މިއަދުއެވެ. އެ މަނިކުފާނު އެމްޑީޕީއާ ސޮއިކުރެއްވި ކަމުގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއެވެ. އެމްޑީޕީއާ ގުޅިވަޑައި ގަތުމަށްފަހު ފައިސަލް ވިދާޅުވީ ރައްޔިތުންނާއި ގާތުން އަދި ރައްޔިތުންނަށް ހިތްހަމަޖެހޭ މިންވަރަށް ޚިދުމަތް ކުރެވޭނީ އެމްޑީޕީ ފިކުރުން ކަމަށެވެ. އަދި އެ މަނިކުފާނު އަބަދުވެސް ހުންނެވީ އެމްޑީޕީ […]