ފަލަސްތީނު ދިދައާއެކު ގެފުޅު ކައިރީގައި ފޮޓޯ ނަގަން އުޅުމުން ހުއްޓުވައިފި
ފަލަސްތީނު ދިދައާއެކު މައްކާގައި ހުންނަ ގެފުޅު ކައިރީގައި ފޮޓޯ ނެގުމަށް މަސައްކަތް ކުރި އަންހެން ބަޔަކު ހުއްޓުވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމު ވެއްޖެއެވެ. އެ އަންހެނުންގެ އަތުގައި އޮތް ފަލަސްތީނު ދިދަ އަތުލައި، އެއީ މަނާކަމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފަލަސްތީނު ދިދައާއެކު ފޮޓޯ ނެގުމަށް މަސައްކަތް ކޮށްފައިވަނީ އާއިލާއާއެކު އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސްތިބި ދެ އަންހެނުންނެވެ. ފާޅުގައި އެކަމަށް އިންކާރުކުރިނަމަވެސް، އިޒްރޭލާއެކު ގުޅުން ބޭއްވުމަކީ މުސްލިމް ގައުމުތަކުން ގިނަގިނައިން ކޮށް […]
އޮޓޮމަން ވެރިކަމުން މެލޭޝިއާއަށް ކޮށްފައިވާ އަދި ކުރަމުންދާ އަސަރުތައް
މެލޭޝިއާގެ މައްޗަށް އޮންނަ އޮޓޮމަން އެމްޕަޔަރ ގެ ނުފޫޒުގެ ވާހަކައަކީ ތާރީޚީގޮތުންނާއި ގާނޫނީ ގޮތުން ވަރަށް ހާއްސަ ގޮތަކަށް ގުޅިލާމެހިފައިވާ، މެލޭޝިއާގެ އިޖުތިމާއީ ގުޅުންތަކުގެ ވެށި އެތައް ގަރުނުތަކެއް ވާންދެން ބައްޓަން ކޮށްފައިވާ އެއްޗެކެވެ. މި ވާހަކައަކީ ހަމައެކަނި މާޒީގެ ވާހަކަތަކެއް އެކަންޏެއް ނޫނެވެ. މިއީ މެލޭޝިއާގެ ގާނޫނީ ނިޒާމާއި، އާކިޓެކްޗަރ އާއި، ތައުލީމީ ދާއިރާއާއި، ދީނީ ހަރަކާތްތެރިކަމުގެ ތެރެއިން ފެންނަން އޮތް ކަންކަމެވެ. ވީމާ، މި މައުޟޫއާއި ބެހޭގޮތުން އޭޝިއާ މިޑްލް އީސްޓް ސެންޓަރުގައި ސީނިއަރ […]
ވަގުތީގޮތުން ހަނގުރާމަ ހުއްޓާލަން އެއްބަސްވެވިއްޖެ
ހަމާސްއިން ރަހީނުކޮށްފައިތިބި އިސްރާއީލުގެ 40 މީހުން މިނިވަންކުރުން ޝަރުތުކޮށް 6 ހަފްޔާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލަން އިސްރާއީލުން އެއްބަސް ވެއްޖެކަމަށް އެކްސިއޯން ނިއުސް ވެބްސައިޓުން ރިޕޯޓްކޮށްފިއެވެ. އެމެރިކާއާއި ގަތަރާއި މިސްރުން އިސްރާއީލާއެކު ޕެރިސްގައި ބޭއްވި މަޝްވަރާތަކުގައި ބައިވެރިވި އިސްރާއީލު އިންޓެލިޖެންސްގެ އެންމެ އިސް 2 ވެރިން ރޯނެން ބާރ އާއި ޑެވިޑް ބަރނިއާ އެ މަޝްވަރާތައް ނިންމާލުމަށްފަހު މިދިޔަ ހޮނިހިރު ދުވަހު އެނބުރި ގައުމަށް ވަނީ އައިސްފައެވެ. މީޑިއާގެ ރިޕޯޓްތަކުން އެނގިފައިވާގޮތުގައި މިފަހަރު ދޫކޮށްލާނެ ރަހީނުންގެ ތެރޭގައި […]
ކަނޑުން ގެއްލިގެން ދިޔަ ބައި ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި: އޭޖީ
ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު މައްސަލައިގައި ނިމިދިޔަ ސަރުކާރުން ޒިންމާދާރުކަން ކުޑަގޮތަކަށް އަމަލުކުރުމުގެ ސަބަބުން މި މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުމާ ގުޅިގެން ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ. އޭޖީ އޮފީހުން މިއަދު ވަނީ ރާއްޖޭގެ ދެކުނުން ދިވެހިރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުން ބައެއް ފޯޅަވައްސާ ފުށުއަރާކަމަށްބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލައިގައި، ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް […]
ރަމަޟާން މަހުގެ ރަސްމީ ގަޑި އަކީ 9 އިން 1 އަށް
މި ފެށޭ ރަމަޟާން މަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އން މެންދުރުފަހު 1:00 އަށް ކަމަށް ހަމަޖައްސައި ރައީސް އޮފީހުން މިއަދު އެކަން ހާމަކޮށްފިއެވެ. ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ހަމަޖައްސައި 2022 މާރިޗު 6 ގައި ވަނީ އެކަމާބެހޭ ދެންނެވުމެއް ނެރެފައެވެ. އެހެންކަމުން މި އަހަރުގެ ރަމަޟާންމަހުގެ […]
“އަދުރޭއަކީ ޔާމީނުގެ ގޭތެރޭގައި އުޅެ ވިހަލީ ހަރުފައެއްފަދަ މީހެެއް“
ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް (އަދުރޭ) އަކީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ “ގޭތެރޭގައި އުޅެ ވިހަލީ ހަރުފައެއްފަދަ މީހެެއް“ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު ސިފަކުރައްވައިފިއެވެ. ޖަމީލު މިކަން ސިފަކުރެއްވީ ޔާމީނަށް ކުރިން ތައުރީފު ކުރެއްވި ޢަބްދުއްރަޙީމް މިހާރު ޔާމީނާ ބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކެއްގެ ވީޑިއޯއެއް ހިއްސާކުރައްވައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އަދުރޭ މިހާރު ވިދާޅުވަނީ ރައީސް ޔާމީނަކީ އޭނާއަށް ކަމުދާ ބޭފުޅެއް ނޫން ކަމަށާއި އެއީ “ލައިކް“ ވާ ބޭފުޅެއް […]
ނޮޅިވަރަންފަރުގައި ޞިއްޙީ ފަރުވާދޭ ނިޒާމު ހަރުދަނާކޮށް ކޮންމެހެން ތިބެންޖެހޭ ދާއިރާތަކުގެ ޑޮކްޓަރުން އިތުރުކޮށްދޭނަން: ރައީސް
ހދ. ނޮޅިވަރަންފަރުގައި ޞިއްޙީ ފަރުވާދެވޭ ނިޒާމު ހަރުދަނާކޮށް ކޮންމެހެން ތިބެންޖެހޭނެ ދާއިރާތަކުގެ ޑޮކްޓަރުން އިތުރު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ހދ. ނޮޅިވަރަންފަރުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ނޮޅިވަރަންފަރުގައި ޞިއްޙީ ފަރުވާދެވޭ ނިޒާމު ހަރުދަނާކޮށް ކޮންމެހެން ތިބެންޖެހޭނެ ދާއިރާތަކުގެ ޑޮކްޓަރުން އިތުރު ކޮށްދެއްވާނެ ކަމަށެވެ. ހަމަ އެހެންމެ ހަދަންޖެހޭ ގިނަ ޓެސްޓުތައް ހެދޭ ރަނގަޅު ފެންވަރުގެ ލެބޯޓްރީގެ ޚިދުމަތްދެވޭ ތަނަކަށް […]
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މި އަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައި، އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފިއެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. މި އިނާމަށް ހުށަހަޅާ މީހުންގެ ނަން މިއަހަރު ހުށަހެޅޭނީ ހަމައެކަނި ”ފޯމު ހުށަހެޅުން“ މި ޕޯޓަލް މެދުވެރިކޮށްގެންނެވެ. އިނާމަށް ނަން ހުށަހެޅޭނީ، މިއަދުން ފެށިގެން 2024 […]
ހޫތީ މުޖާހިދުންގެ ހަމަލާތަކުގައި ފޮރުވިފައިވާ ފަރާތް
ކޮންމެ ހަނގުރާމައަކާއި ދެކޮޅުވެރިކަމެއްގައި ވެސް އަނެކުންނަށް އެނގެން ބޭނުންނުވާ ހަގީގަތްތަކެއް ފޮރުވާފައިވާ އޮންނާނެކަމަށް ކަމުގެ މާހިރުން ވަނީ ވިދާޅުވެފައެވެ. އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ ހޫތީ މުޖާހިދުން އެމެރިކާގެ ބިޔަ ކޯލިޝަނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އެ މުޖާހިދުން ހާމަކުރަން ބޭނުންނުވާ ކަންތައްތަކާ ބެހޭގޮތުން ތަޖުިރިބާކާރުން ބުނެފައިވާ ބައެއް ވާހަކަތަކުގެ ޚުލާސާއެކެވެ. ޔަމަނުގެ ސަރަހައްދުތެރެއިން ލައިފައި ދަތުރު ކުރަމުން ގެންދާ ވަކި ގައުމުތަކެއްގެ ބޯޓުފަހަރަށް އަމާޒުކޮށް ހޫތީ މުޖާހިދުން މިސައިލާއި ޑްރޯނުން ހަމަލާދެމުންގެންދާތާ ތިން ހަތަރު މަސް […]
ޔޫކްރެއިން ހަނގުރާމައަކީ ޔޫރަޕްގެ ހިތުގައިހުރި ފަސޭހަ ނުކުރެވުނު ފާރުގަނޑެއް: ގުޓަރެސް
ޔޫކްރެއިން ސަރުކާރުގެ އެދުމުގެ މަތިން ޔޫރަޕްގެ އެންމެ އިސްވެރިން ހިމެނޭގޮތުގައި ސުލްހައިގެ މަޝްވަރާތަކެއް ބާއްވަން ގަސްދުކުރައްވާ ކަމަށް ސުވިސް ޚާރިޖީ ވަޒީރު އިގްނާޒިއޯ ކަސިސް ވިދާޅުވެއްޖެކަމަށް ރޮއިޓާސްއިން ޚަބަރުދީފިއެވެ. އިސްރާއީލާއި ހަމާސްގެ ހަނގުރާ ހިނގަމުންދާ މި ދަނޑިވަޅުގައި އަދި މުޅި ދުނިޔޭގެ ސަމާލުކަން އެ ދިމާއަށް ހުއްޓިފައިވާއިރު ޔޫކްރެއިން ސިފައިންވެސް ހަނގުރާމަކޮށްކޮށް ވަރުބަލިވެފައި ވުމުގެ ސަބަބުން ރައީސް ޒެލެންސްކީގެ ދިހަ ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭނާދޭތެރޭ މަޝަވަރާކުރަން ބޭނުންވާކަމަށް ޚާރިޖީ ވަޒީރު ކަސިސް ވިދާޅުވިއެވެ. ރައީސް ޒެލެންސްކީގެ […]