ސްރީލަންކަން އެއަރލައިންގެ ފްލައިޓެއްގައި މީދާ އުޅެނިކޮށް ފެނިއްޖެ
ކޮލޮމްބޯއިން ޑެއިލީ މިރަރ ޚަބަރު ދީފައިވާގޮތުގައި ސްރީލަންކަން އެއަރލައިންގެ ފްލައިޓެއްގެ ތެރޭގައި މީދާ އުޅޭތަން ފެނިގެން އެ ފްލައިޓް ފުރުން ލަސްކޮށްފިއެވެ. މިކަން ސްރީލަންކަންގެ ޗެއާރމަން އަޝޯކް ޕަތިރާގެ ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. ސްރީލަންކާގެ އެވިއޭޝަނާ ބެހޭ ވަޒީރާއެކު ދެއްކެވި ވާހަކަ ފުޅުގައި ޗެއަރމަން ވިދާޅުވެފައިވަނީ މީދާ ފެނުނު މަތިންދާ ބޯޓު އަލުން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މުޅިބޯޓަށް ސްޕްރޭ ކުރުމަށްފަހު އެއްދުވަސްވަންދެން ދަތުރުނުކޮށް ބާއްވަން ޖެހުނު ކަމަށެވެ. އަދި އެ ނޫން އެހެން 2 އެއާރކްރާފްޓެއް […]
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އިންޒާރު ދިނުމުން ހަތަރު މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އިންޒާރު ދިން މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މިކަން ހާމަކޮށް ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 13:20 އެހާކަންހާއިރު ހުޅުމާލެ ފުރަތަމަ ފިޔަވަހިން ޓްރެފިކް ގަވައިދާ ހިލާފަށް އަދި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް މަޑު ކުރަން ފުލުހުން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑްގައި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ދިއުމުން ދެވަނަ ފިޔަވަހިން […]
ނަރުދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސްއާ ހިއްސާކުރައްވައިފި
ށ. ނަރުދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އެ ރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާ ހިއްސާކުރައްވައިފިއެވެ. ނަރުދޫ ކައުންސިލުން ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ހިއްސާކުރައްވާފައި ވަނީ ރައީސް މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލް މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ހަވީރު މިލަންދޫ ކައުންސިލް އިދާރާގައެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ފެނާއި ނަރުދަމާގެ މަޝްރޫޢު ކުރިއަށް ގެންދެވުމަށާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ކަން […]
ޔަމަނުން ގަލްފް އޮފް އޭޑެންގައި އޮތް އެމެރިކާގެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި
ގަލްފް އޮފް އޭޑެންގައި އެމެރިކާ ދިދަ ޖަހައިގެން ދަތުރުކުރަމުންދިޔަ އެމްވީ ޓޯރމް ތޯރ ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް ޔަމަނުގެ ހޫތީ މުޖާހިދުން ހަމަލާދީފިއެވެ. ހޫތީންގެ ތަރުޖަމާނު، ޔަހްޔާ ސާރެއާ ބުނެފައިވާ ގޮތުގައި އެ ތެޔޮ ޓޭންކަރަކީ އެމެރިކާގެ، އެމެރިކާއިން އޮޕަރޭޓްކުރާ އުޅަނދެއް ކަމަށާއި ހަމަލާދިނީ ނޭވަލް މިސައިލް ބޭނުންކޮށްގެންނެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހޮނިހިރު ދުވަހު ބުނެފައިވާގޮތުގައި އެގައުމުގެ ގައިޑެޑް މިސައިލް ޑިސްޓްރޯޔަރއެއް ކަމަށްވާ ޔޫއެސްއެސް މޭސަން އިން ގަލްފް އޮފް އޭޑެންއިން […]
އަޔަރލެންޑް ސެނެޓުން އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމައިފި
އިޒްރޭލުން ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމާއެކު ދުނިޔޭގެ ގިނަ ގައުމުތަކުގެ ސަރުކާރުތަކުން އިޒްރޭލާ ދެކޮޅަށް ގިނަ ވާހަކަތަކެއް ދެއްކުމަށްފަހު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު، އަޔަރލެންޑުން އިޒްރޭލާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ. އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އަޔަރލެންޑުގެ އިންތިހާބީ މަޖިލީހުން ނިންމާފައިވާއިރު، އެގައުމުގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން އެމެރިކާއިން އިޒްރޭލަށް ހަތިޔާރު އެތެރެކުރުން ހުއްޓުވުމަށާއި އިޒްރޭލާއި ދެކޮޅަށް ބައިނަލްއަޤްވާމީ އާމްސް އެމްބާގޯއެއް އިއުލާނުކުރުމަށް ވަކާލާތުކުރުމަށް އަޔަރލެންޑުގެ ސެނެޓުން ވަނީ ފާސްކޮށްފައެވެ. ޣައިރު މުސްލިމު […]
ފަލަސްތީނުގެ ބޮޑުވަޒީރާއި ސަރުކާރު އިސްތިއުފާ ދެއްވައިފި
ސީއެންއެން އިން ދާދި ދެންމެއަކު ޚަބަރު ދީފައިވާ ގޮތުގައި ފަލަސްތީނުގެ ބޮޑުވަޒީރު މުޙަންމަދު ޝްތާޔާހް އާއި ސަރުކާރު މިއަދު އިސްތިއުފާ ދެއްވައިފިއެވެ. އެމަނިކުފާނުގެ އިސްތިއުފާ ގުޅިފައިވަނީ ގައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލު އާންމުގެ ސަބަބުން ކަމަށް ވިދާޅުވެފައިވެއެވެ. ވަތަން ޓީ. ވީ އިން ސަރުކާރުގެ އިސް އޮފިޝަލުންނާ ޙަވާލާދީ ބުނެފައިވާގޮތުގައި ބޮޑުވަޒީރު އިސްތިއުފާ ދެއްވީ އަރަބި ގައުމުތަކާއި އަދި އެމެރިކާގެ ފިއްތުންތަކާހުރެ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އެގޮތަށް އެދިވަޑައިގަތުމުގެ ސަބަބުންނެވެ. އަދި އެއީ މިހާރު ހިންގަމުންދާ […]
ހޫތީ މުޖާހިދުންގެ އިންޒާރާ އެއްގޮތަށް ކަނޑު އަޑީގެ ކޭބަލްތަކެއް ހަލާކު ކޮށްލައިފި
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހޫތީ މުޖާހިދުން ދީފައިވާ އިންޒާރެއްގައި ބުނެފައިވާކަމަށް ސެންޓްރަލް ކޮމާންޑުން ހާމަކޮށްފައިވަނީ އެ ޖަމާއަތުން އަލަށް ދީފައިވާ އިންޒާރުގެ ތެރޭގައި ރެޑްސީގެ ތެރެއިން އަޅާފައިވާ ކަނޑު އަޑީގެ ކޭބަލްތައް ހަލާކު ކޮށްލާނެ ކަމަށެވެ. ސެޓެލައިޓްގެ ޒަރީއާއިން ދުނިޔޭގެ ކަންކޮޅުތަކުގައި ފަސޭހަކަމާއެކު މުވާސަލާތީ ގުޅުންތައް ގާއިމްކޮށްފައި އޮތް ނަމަވެސް ކަނޑު އަޑިން އަޅާފައިވާ ކޭބަލްތަކަކީ އެންމެ އާންމު ގޮތެއްގައި މިހާރު ވެސް ބޭނުން ކުރެވޭ ވަސީލަތެވެ. އަގުހެޔޮކޮށް މުވާސަލާތުކުރުމުގައި ކަނޑު އަޑީގެ ކޭބަލްތަކުގެ ދައުރު […]
ޕީއެންއެފް އުުފެއްދުމަށް 3060 ފޯމު އީސީއަށް ހުށަހަޅައިފި
ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އުފައްދަވަން މަސައްކަތްޕުޅު ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ޕާޓީ އުުފެއްދުމަށް ބޭނުންވާ ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފިއެވެ. އީސީގެ ނައިބު ރައީސް މިއަދު ވިދާޅުވީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް 2023 ނޮވެމްބަރ 29 ވަނަ ދުވަހު އެ ކޮމިޝަނުން ހުއްދަދީފައިވާ ޔާމީންގެ ދަރިކަލުން ޒެއިންގެ ފަރާތްޕުޅުން ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކުުރާ މުއްދަތުގައި އެ އަދަދަށް ފޯމު […]
އިޒްރޭލު އެމްބަސީ ކުރިމަތީގައި އެމެރިކާ ސިފައިންގެ މީހަކު އަމިއްލައަށް ގައިގައި އަލިފާން ރޯކޮށްލައިފި
ވޮޝިންގްޓަންގައި ހުންނަ އިޒްރޭލް އެމްބަސީ ކުރިމަތީގައި އެމެރިކާ ސިފައިންގެ މީހަކު އޭނާގެ އަމިއްލަ ގައިގާ އަލިފާން ރޯކޮށްލައިފިއެވެ. އޭނާ ބުނެފައިވަނީ، “އަހަރެންނަކީ އެމެރިކާ އެއަރ ފޯސްގެ އެކްޓިވް ޑިއުޓީ މެންބަރެއް” ކަމަށާއި “މީގެފަހުން ގަތުލުއާންމުގައި އެއްގޮތަކަށްވެސް ހިއްސާ ނުވާނެ” ކަމަށެވެ. އެހެން ބުނެ ގައިގާ އަލިފާން ރޯކޮށްލުމަށްފަހު އޭނާ ގެންދިޔައީ ތަކުރާރުކޮށް ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އަލިފާން ރޯވެފައި ހުރިއިރު “ފްރީ ޕަލަސްޓައިން” ތަކުރާރުކޮށް ގޮވަމުން ގެންދިޔައެވެ.
މަގާމުގެ ގޮތުން ހެދުން އަޅަންޖެހޭ ރަސްމީ އުސޫލު ސައުދީއިން އާންމުކޮށްފި
ސައުދީ އަރަބިއާގެ ފިރިހެނުން އެ މީހުން ތިބޭ މަގާމުގެ ގޮތުން ރަސްމީ ބައްދަލުވުންތަކާއި ވަޒީފާއަށްދާއިރު ހެދުން އަޅަންޖެހޭ ގޮތުގެ ރަސްމީ އުސޫލެއް އެކުލަވާލައި އާންމުކޮށްފިއެވެ. މިގޮތުން، ސައުދީ އަރަބިއާގައި ފިރިހެނުންނަށް ޚާއްސަ ސަގާފީ ހެދުމެއް ކަމަށްވާ ބިޝްތް، ބޭނުންކުރަން ޖެހޭ ބައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އަމީރުންނާއި، ޑެޕިއުޓީ އަމީރުންނާއި، ގަވަރްނަރުންންނާއި، ވަޒީރުންނާއި، ނައިބު ވަޒީރުންނާއި، މިނިވަން ޑިޕާޓްމަންޓްތަކުގެ ވެރީންނާއި، ވެރީންގެ ނައިބުންގެ އިތުރުން ޓައުން ސެންޓަރުތަކުގެ ވެރީންނެވެ. މި ފަރާތްތަކުން ވަޒީފާއަދާކުރާ ތަނަށް ވަންނައިރު އަދި ނުކުންނައިރު […]