ރައީސް ރިޔާސީ ބަޔާން އިއްވެވުމަށް މާދަމާ ބާއްވާ ޖަލްސާ އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ބޮއިކޮޓްކޮށްފި

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓަރީ ގްރޫޕުގެ މެންބަރުން ހާޒިރުނުވުމަށް ނިންމައިފިއެވެ. އެމްޑީޕީން މި ގޮތަށް ނިންމީ އެ ޕާޓީން މިރޭ ބޭއްވި ޕާލިމަންޓަރީ ގްރޫޕްގެ 148 ވަނަ ބައްދަލުވުމުގައެވެ. އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުން ބައިވެރިނުވުމަށް ނިންމި ސަބަބު ތަކުގެ ތެރޭގައި […]

ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމަށް ސިޔާސަތުތައް ކަނޑައަޅައިފި

ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމަށް ބޭނުންވާ ސިޔާސަތުތައް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. ރައީސް މި ސިޔާސަތުތައް ކަނޑައެޅުއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި ބޭސް ގަތުމަށް ’ބަލްކް ޕްރޮކިއުމަންޓް ނިޒާމު‘ ފުޅާކުރުމުގެ ގޮތުން އަސާސީ ބޭސް […]

އާއިލީ ސަލާމަތަށްކަމަށް ބުނެ ތުރުކީގެ މަރުކަޒީ ބޭންކުގެ ގަވަރްނަރު އިސްތިއުފާދީފި

ތުރުކީގެ މަރުކަޒީ ބޭންކާއި ހަވާލުވެހުރި، ގަވަރްނަރު ހާފިޒޭ ގަޔޭ އެރްކާން ގެ އަބުރު ކަތިލުމުގެ މަސައްކަތްކުރަމުން ގެންދާތީ އޭނާގެ އާއިލީ ސަލާމަތަށް ކަމަށްބުނެ މަގާމުން އިސްތިއުފާދީފިއެވެ.  އެރްކާންގެ ދަށުން މަސައްކަތްކުރި ޑެޕިއުޓީ ގަވަރްނަރު ފާތިހް ކަރާހާން މިހާރު އެމަގާމަށް އިސްކޮށްފައިވާއިރު، އެރްކާން ކުރިއަށްނެރުނު ސިޔާސަތުތަކާއި އޭނާ ޚިލާފުވާނެކަމަކަށް ނުބެލެވެއެވެ.  އެގޮތުން، އެރްކާން އިސްތިއުފާދިންކަށް އަންގާފައިވަނީ އޭނާ ހަވާލުވެހުރިއިރު ބޭންކުން އިންޓްރެންސް ރޭޓްތައް މަތިކުރުމާއެކު ގައުމީ އިންފްލޭޝަން ދަށަށް ދާން ފެށުމުންނެވެ. ދިރިއުޅުމުގެ އަގު ބޮޑުވެ ތުރުކީގެ ރައްޔިތުން […]

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ތަންފީޒުކުރަމުން ގެންދާ ޖަލު ހުކުމުގެ އެއްބައި މާފުކޮށްދީފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރަޒާކް ތަންފީޒުކުރަމުން ގެންދާ 12 އަހަރުގެ ޖަލު ހުކުމުގެ އެއްބައި އެގައުމުގެ ޕާޑަން ބޯޑުން މާފުކޮށްދީފައިވާކަން ހާމަވެއްޖެއެވެ.  ނަޖީބްގެ މައްޗަށް ހުކުމް އިއްވާފައިވަނީ މެލޭޝިއާގެ 1މެލޭޝިއާ ޑިވެލޮޕްމަންޓް ބަރހާދް (1އެމްޑީބީ) ގެ ފައިސާ އެމްބެޒްލްކުރިކަން ސާބިތުވުމާއެކު 2022 ވަނަ އަހަރުގެ ތެރޭގައެވެ.  މިގޮތުން، ނަޖީބްގެ ޖަލުހުކުމް ކުޑަކުރުމުގެ އިތުރުން، ޕާޑަން ބޯޑުން ވަނީ އޭނާ ދައުލަތަށް ދައްކަންޖެހޭ ފައިސާގެ އަދަދު 210 މިލިއަން މެލޭޝިއާ ރިންގިޓުން 50 މިލިއަން މެލޭޝިއާ ރިންގިޓަށް […]

އިންޑިއާއަށް 4 ބިލިއަން ޑޮލަރުގެ ޑްރޯން ވިއްކުމަށް އެމެރިކާއިން އެއްބަސްވެއްޖެ

4 ބިލިއަން ޑޮލަރުގެ ޑްރޯނާއި، މިސައިލްފަދަ ހަނގުރާމަމަތީ ހަތިޔާރު އިންޑިއާއަށް ވިއްކުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ފާސްކޮށްފިއެވެ.  އެމްކިއު-9ބީ ޕްރެޑެޓާ ޑްރޯން ގަތުމަށް އިންޑިއާއިން އެއްބަސްވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޖޫން 2023 ގައި އެމެރިކާއަށް ކުރި ރަސްމީ ދަތުރެއްގެ ތެރޭގައެވެ. ނަމަވެސް، އިންޑިއާއިން އެމެރިކާ ފަސްގަނޑުގައި ސިކުންގެ ބަޔަކު މެރުމަށް މަސައްކަތްކުރި ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގާއެކު ޑިސެމްބަރު މަހު އެމެރިކާގެ ސެނެޓުން އެ ޑީލް މަޑުޖައްސާލުމަށްފަހު، މިހާރު ފާސްކުރުމަށް ވަނީ ތައްޔާރުވެފައެވެ.  އެގޮތުން، […]

ގުނޫތު ނާޒިލާ ކިޔުން ވަގުތީ ގޮތުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި

ގުނޫތު ނާޒިލާ ކިޔުން ވަގުތީ ގޮތުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުގެ މަޣުރިބު ނަމާދުން ފެށިގެން ވަގުތީ ގޮތުން ގުނޫތު ނާޒިލާ ކިޔަން ނުޖެހޭނެ ކަމަށެވެ. އެހެން ކަމުން މިކަން އިމާމުންނާއި، މުދިމުންނަށް އަންގައިދިނުމަށް އެދި ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލް އިދާރާތަކަށް އެ މިނިސްޓްރީން ވަނީ ސާކިއުލަރ ފޮނުވާފައެވެ. ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ފަރުޟު ފަސް ނަމާދުގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ގުނޫތު ނާޒިލާ […]

އަސްލަމާއި ސަލީމް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ ބަލައިގަނެ ނޯޓިސް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި ނައިބު ރައީސް އަޙްމަދު ސަލީމް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ ބަލައިގަނެ އެ މައްސަލާގެ ނޯޓިސް ފޮނުވައިފިއެވެ. މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޙަސަން ޒިޔާއު މިއަދު ވިދާޅުވީ މި މައްސަލައިގެ ނޯޓިސް މިއަދު އަސްލަމާއި ސަލީމަށް ފޮނުވައިފައިވާ ކަމަށެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅާތާ ގިނަވެގެން ތިން ދުވަސްތެރޭ އެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ފޮނުވަން ޖެހެއެވެ. އަސްލަމާއި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ […]

ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ލިބިފައިވާ އެންމެންނަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: ރައީސް

ގުޅީފަޅާއި ގިރާވަރުފަޅާއި ހުޅުމާލޭގެ ފޭސް 3 އިން ގޯތި ލިބިފައިވާ އެންމެންނަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސް ޖަވާބުދެއްވުމުގެ ގޮތުން ރައީސް އޮފީހުން ފަށާފައިވާ ސިލްސިލާ ”ރައީސްގެ ޖަވާބު“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސިލްސިލާގެ ދަށުން ހ.މެލްބާން އިބްރާހީމް ސަމާހު މިއަދު ވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާގޮތާމެދު ސުވާލުކޮށްފައެވެ. ރައީސް […]

ނަލަހިޔާ ހޮޓެލުގެ ފުރަތަމަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާފަންނު ނަލަހިޔާ ހޮޓެލުގެ ފުރަތަމަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން މިރޭ ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައި ވަނީ މިއަދު އިރުއޮއްސި 18:22 ހާއިރު ކަމަށެވެ. އެގޮތުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން އެ ސަރަހައްދަށް ގޮސް ބެލިއިރު އެއީ އެ ތަނުގެ ފުރަތަމަ ފަންގިފިލާގައި ހުރި ސައުނާއިން އެރި ދުމެއް ކަމަށް ބުނެފައި ވެއެވެ. އެމްއެންޑީއެފުން ބުނީ އެތަނުން ދުންތައް ބޭރުކުރުމުގައި ފަޔާ ފައިޓަރުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. […]

އެމެރިކާގެ ޓަވަރ-22 ގެ ބޮޑު ސިއްރު ފަޅާއެރުން

ދަ ޓެލިގްރާފުން ޚަބަރުދީފައިވާ ގޮތުގައި އެމެރިކާގެ 350 ސިފައިންގެ ލަޝްކަރެއް ދިރިއުޅެމުން ގެންދަނީ އިރާގާއި ސީރިޔާއާއި އަދި ޖޯރޑަން އުތުރު ގުޅޭ ސަރަހައްދުގައި 15,000 މީހުން ދިރިއުޅެމުންގެންދާ ރެފިއުޖީ ކޭމްޕެއްގެ ކައިރީގައެވެ. އެމެރިކާއިން ބުނަމުންގެންދަނީ އެ ސަރަހައްދުގައި އެމެރިކާ ސިފައިންގެ ލަޝްކަރެއް އޮތުމުގެ ބޭނުމަކީ ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދިނުމަށެވެ. އެމެރިކާގެ ސިއްރު ތަކުގެ މަރުކަޒުކަމުގައި ބެލެވޭ ޓަވަރ-22 އަކީ އެއީ އެވެ. އެމެރިކާއިން ބުނެފައިވާގޮތުގައި ޓަވަރ-22 އަކީ އެގައުމަށް ވަރަށް […]