އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫއުގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފި

އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢު 2024 ގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުގައި ގއ. އަދި ގދ އަތޮޅުގެ 17 ރަށުން އިމާމުން ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 64 އިމާމުން ވަނީ ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ ގޮތަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިމާމުންނަށް އަމާޒުކޮށްގެން އިމާމުކަމުގެ ފަންނުގައި އިމާމުންގެ […]

އިސްލާމީ ވަހުދަތު ހިމާޔަތް ކުރުމަށްޓަކައިވެސް އަލިރަސްގެފާނުގެ ޖިހާދުގެ ހަނދާން އާކުރަން ޖެހޭ: ނައިބު ރައީސް

ރާއްޖޭގެ އިސްލާމީ ވަހުދަތު ހިމާޔަތް ކުރުމަށްޓަކައިވެސް އަލިރަސްގެފާނުގެ ޖިހާދުގެ ހަނދާން އާކުރަން ޖެހޭ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އަލިރަސްގެފާނުގެ ގުރުބާނީ ތާއަބަދަށް ހަނދާން ކުރަން ޖެހޭނެ ކަން ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ އިސްލާމީ ވަހުދަތު ހިމާޔަތް ކުރުމަށްޓަކައިވެސް އަލިރަސްގެފާނުގެ ޖިހާދުގެ ހަނދާން އާކުރަން ޖެހޭ ކަމަށެވެ. އެގޮތުން ނައިބު ރައީސް ވިދާޅުވީ މި […]

ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި

ކ.ގުޅީފަޅު ހިއްކުން މަޑުޖައްސައިލަން ހައިކޯޓުން އަމުރުކޮށްފިއެވެ. ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ހައި ކޯޓުން އަމުރު ކުރި އިރު އެ ފަޅުން ހިއްކަން ހަމަޖެހިފައިވާ 150 ހެކްޓަރުގެ ބިމުން 100 ހެކްޓަރަށް ވުރެ ބޮޑު ބިމެއް ވަނީ ހިއްކާ ނިންމާފައެވެ. ގުޅީފަޅު ހިއްކުމުގެ މަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ވާކަމަށް ބުނެ، އެ މަޝްރޫޢު ހުއްޓުވަން އެދި އެ މައްސަލަ ހުށަހަޅާފައި ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް ގޮވައިލާ އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު އެވެ. އެގޮތުން މި […]

ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ގާއިމްކުރަނީ

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ގާއިމް ކުރުމަށްޓަކައި ކުންފުންޏަކާއެކު ސޮއި ކޮށްފިއެވެ. މިކަން ހާމަކޮށް އެޗްޑީސީން މިއަދު ބުނީ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ގާއިމް ކުރުމަށްޓަކައި، އެ ކޯޕަރޭޝަނުން ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެގޮތުން މުޅި ޖުމްލަ 32 އާ ލިފްޓް ބަހައްޓާނެއެވެ. މީގެ ތެރޭގައި ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެއް ހިމެނޭކަމަށް އެޗްޑީސީން ހާމަކުރެއެވެ. އެޗްޑީސީން ބުނީ މި މަޝްރޫޢުގެ މަސައްކަތް މިހަރު ފަށާފައި […]

އިޒްރޭލާއި ހަނގުރާމަކުރުމަށް ސީރިއާ އޮތީ ތައްޔާރަށް: ފައިސަލް މިޤްދާދް

ސީރިއާގެ ބިން ދިފާއުކުރުމަށް އިޒްރޭލާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ދިމިސްޤު އޮތީ ތައްޔާރަށްކަމަށް ސީރިއާގެ ޚާރިޖީ ވަޒީރު ފައިސަލް މިޤްދާދު ބުނެފިއެވެ.  ސަރަހައްދީ ހަމަނުޖެހުމުގެ ތެރޭގައި އިރާނުގެ ޚަރިޖީ ވަޒީރު ހުސައިން އާމިރް އަބްދުއްލާހައިން އާއި ބައްދަލުކޮށް ދެއްކި ވާހަކައިގެ ތެރޭގައި ދެގައުމުންވެސް ފަލަސްތީނުގެ ފަހަތުގައި އިޒްރޭލާއި ދެކޮޅަށް ތިބިކަން ފާހަގަ ކޮށްފައިވެއެވެ.  އެގޮތުން، މިޤްދާދު ބުނީ 1948 ވަނަ އަހަރުއްސުރެ ސީރިއާއިން އިޒްރޭލާއި ކުރިމަތިލަމުން އަންނަ ކަމަށާއި، އަރަބި ގައުމުތަކުގެ މެދުގައި އެކިވަރުގެ ގިނަ ހަނގުރާމަތަކެއް […]

ހިލަރީ ކްލިންޓަން އަކީ “ވާރ ކްރިމިނަލް” އެއްކަމަށް ގޮވާލައިފި

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިލަރީ ކްލިންޓަން އަކީ ހަނގުރާމަމަތީ ކުށްވެރިއެއްކަމަށް ފަލަސްތީނަށްޓަކައި މުޒާހަރާކުރާ ފަރާތްތަކުން ގޮވާލައިފިއެވެ. ނިއުޔޯކުގެ ކޮލަމްބިއާ ޔުނިވާސިޓީގައި ހިލަރީ ދެމުންގެންދިޔަ ލެކްޗަރއެއް މެދުކަނޑާލައި، މުޒާހަރާވެރިން ގޮވަމުން ގެންދިޔައީ ހިލަރީއަކީ “ވާރ ކްރިމިނަލް” އެއްކަމަށައި، އޭނާކުރި ކުށްތަކުގެ ޖަޒާއެއްގެ ގޮތުން އޭނާ “އަނދާނެ” ކަމަށެވެ. ހިލަރީގެ ފުރިހަމަ ނަމުން ގޮވައި، މުޒާހަރާކުރަމުންދިޔަ ފަރާތަކުން ގޮވާފައިވަނީ “ތިއީ ހަނގުރަަމަ މަތީ ކުށްވެރިއެއް. ލިބްޔާ މީހުންނާ، އިރާޤު މީހުންނާ، ސީރިއާ މީހުންނާ، ޔަމަނު މީހުންނާ، ފަލަސްތީނު […]

އިންޑިއާ ސަރުކާރުން އިސްލާމީ ސްކޫލަކާއި މިސްކިތެއް ސުންނާފަތި ކޮށްލުމުން ހަމަނުޖެހުން އުފެދިއްޖެ

ހުއްދައާއި ނުލައި އަޅާފައިވާ ދެތަންކަމަށްބުނެ އިންޑިއާގެ އުއްތަރްކަންދްގައި ހުރި މިސްކިތަކާއި އިސްލާމިކް ސްކޫލެއް އެގައުމުގެ ސަރުކަަރުން ސުންނާފަތިކޮށްލުމާއެކު ހަމަނުޖެހުން އުފެދިއްޖެއެވެ.  ބުރާސްފަތި ދުވަހު ތަޅާލި މަރިޔަމް މިސްކިތާއި އަބްދުލް ރައްޒާޤް ޒަކަރިއްޔާ ސްކޫލްގެ މައްސަލާގައި ނުރުހުންވެ އެތަނަށް އެއްވި މުސްލިމުންވަނީ، ފުލުހުންނާއި ދިމާލަށް ގައު އުކާފައެވެ. އަދި ފުލުހުން އެކަމަށް ރައްދު ދީފައިވަނީ އެއްވި ފަރާތްތަކާއި ދިމާލަށް ކަރުނަ ގޭސް ޖަހައިގެންނެވެ.  ހަމަނުޖެހުންތަކުގައި ފަސް މީހަކު މަރުވެފައިވާއިރު، ގިނަ ބަޔަކު ވަނީ ޒަހަމްވެފައެވެ. މީގެއިތުރުން ކާފިއުއެއް އިއުލާނުކޮށް، […]

ހޫތީންގެ ހަމަލާ އަތަށް ގޮވީތަ ނޫނީ މީޑިއާގެ ޚަބަރު އަތަށް ގޮވީތަ!

ބާބުލް މަންދޫބްގެ ތެރެއިން ދެކުނުގެ މިސްރާބަށް ދަތުރުކުރަމުންދިޔަ އެމެރިކާއާއި ގުޅުންހުރިކަމަށްބެލެވޭ  ސްޓާރ އައިރިސް އަށް ހޫތީން ހޯމަދުވަހު ހެނދުނު ދިން މިސައިލް ހަމަލާއަކީ ވިހި މިނިޓް ތެރޭގައި ވަރަށް ބަރާބަރަށް  އަމާޒަށް ފޮނުވާލެވުނު ހަމަލާއެއްކަމަށް އެ ޖަމާއަތުން ހާމަކޮށްފިއެވެ. އެހެންނަމަވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މިކަމާ ބެހޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.                                 ޚަބަރުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ބޯޓު ބަރުކޮށްފައިވަނީ އީރާނަށް ގެންދާ ސާޅީސް ހާސް ޓަނުގެ ޒުވާރި އެވެ. އެހެންނަމަވެސް އެކަމާގުޅޭގޮތުން އީރާނުންވެސް ވާހަކައެއް ނުދައްކައެވެ.  […]

ރައީސް ޔާމީނުގެ ތާއިދާއެކު 83 ކެންޑިޑޭޓުން ވާދަކުރައްވާނެ, 36 އެއީ ޕީއެންސީ ތެރެއިން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ތާއީދާއެކު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 83 ކެންޑިޑޭޓުން ވާދަކުރައްވާނެކަމަށް އެމަނިކުފާނުގެ ފަރާާތްޕުޅުން ހާމަކުރައްވައިފިއެވެ. ރައީސް ޔާމީން އުފައްދަވާ ސިޔާސީ ޕާޓީ ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ރައީސް ޔާމީންގެ ތާއީދާ އެކު މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ 28 ބޭފުޅަކު އިއްޔެ ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި 19 ބޭފުޅަކު މިއަދު ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ. ރައީސް ޔާމީންގެ ތާއީދާއެކު […]

ބޭރުގެ 4 ގައުމެއް ހިމެނޭހެން ބައެއް ތަންތަނުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޭރުގެ ހަތަރު ގައުމެއް ހިމެނޭހެން ބައެއް ތަންތަނުގައި ވޯޓު ފޮށި ނުބަހައްޓާ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެެވެ. އީސީއިން ބުނީ ބައެއް ތަންތަނުގައި ވޯޓުފޮށި ބެހެއްޓޭ އަދަދަށްވުރެ މަދުން ބައެއް ތަންތަނުގައި ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިވާތީ އެ ތަންތަނުގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އެ ތަންތަނުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ މީހުން ވޯޓުލުމަށްޓަކައި މާދަމާ ހަވީރު 04:00 ގެ ކުރިން ރީ ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. ވޯޓު […]