އަރަބި މުސްލިމް ގައުމުތަކުން ޔަމަނުގެ ބްލޮކޭޑާއި ދެކޮޅަށް އިސްރާއީލަށް އެހީތެރިވެދެނީ!

ޔަމަނުގެ ހޫތީ މުޖާހިދުން އިސްރާއީލާއި ދެކޮޅަށް ދެމުންގެންދާ ހަމަލާތަކާއި ހިންގަމުންގެންދާ ބްލޮކޭޑާއި ދެކޮޅަށް މެދުއިރުމަތީގެ އަރަބި މުސްލިމް ގައުމުތަކުން އިސްރާއީލަށް ވާގިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަން ހާމަވެއްޖެއެވެ.  އިސްރާއީލުގެ ވައްލާ ވެބްސައިޓުގައި ލިޔެފައިވަނީ، “ ރަތްކަނޑު ހުރަސްކުރުމަށް ”ލޭންޑްބްރިޖް“ އެއްގެ ގޮތުގައި ދުބާއީ ބޭނުންކޮށްގެން، ދުބާއީމަގުން އިސްރާއީލަށް ގެންނަން ހަމަޖެހިފައިވާ ތާޒާ ކާބޯތަކެތީގެ ކޮމާޝަލް ޝިޕްމެންޓްތަކުގެ ފުރަތަމަ ބެޗު ލިބިއްޖެ. މި މުދާތައް އުފުލާފައިވަނީ، ދުބާއީގެ ބަނދަރުތަކާއި، ސައުދީ އަރަބިއާއާއި، ޖޯޑަން ބޭނުންކޮށްގެން. މި ”ބްރިޖް“ގެ ދިގުމިނަކީ […]

މަތީ ތައުލީމު ހާސިލްކުރާ ޣައްޒާ ދަރިވަރުންގެ ޓިއުޝަން ފީ ދެއްކުމަށް ތުރުކީއިން ނިންމައިފި

މަތީ ތައުލީމު ހާސިލްކުރާ ޣައްޒާ ދަރިވަރުން އެކުދީންގެ ކޯސްތައް ކުރިއަށްގެންދާ ކޮލްޖުތަކަށް ދައްކަންޖެހޭ ޓިއުޝަން ފީއާއި ތުރުކީގެ ސަރުކާރުން ހަވާލުވާން ނިންމައިފިއެވެ.  ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ސޮއިކުރައްވައި، ތުރުކީގެ ރަސްމީ ގެޒެޓުގައި މިހާރު ޝާއިއުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރެއްގައި ބުނެފައިވަނީ ހަނގުރާމަ ކުރިއަށްދާ ޣައްޒާގެ މާސްޓާސް އަދި ޑޮކްޓޯރަލް ދަރިވަރުންގެ ކޯސްތަކުގެ ޓިއުޝަނަށް ދައްކާފައިވާ ފައިސާ އަނބުރައި އެދަރިވަރުންނަށް ދިނުމަށް ނިންމާފައިވާކަމަށެވެ.  ރައީސް އުރުދުޣާންގެ މި ޤަރާރަށް އިތުރުކޮށްފައިވާ އެހެން މާއްދާއެއްގައި ބުނެފައިވަނީ ތުރުކީގެ ތައުލީމީ މުއައްސަސާއެއްގައި […]

ރައީސް މަގާމުން ވަކިކުރަން އެމްޑީޕީގެ ޕީޖީއަށް ހުށަހަޅަނީ

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރައީސްކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށަހަޅުއްވާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު މިއަދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ މެންބަރުންގެ ވޯޓުން އެކަނި ވެސް ރައީސް މަގާމުން ވަކިކުރެވޭގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހެޅުއްވި ޝިފާއު މިހެން ވިދާޅުވީ އެ އިސްލާހު ފާސްކުރި އާންމު ކޮމިޓީގެ ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޝިފާއު ވިދާޅުވީ މި އިސްލާހާ […]

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް

ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއިން ފާސްކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިންމައި އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލައިފިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުންނަށް ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރުހުން ހޯދަން މަޖިލީހަށް ފޮނުއްވަން ޖެހެއެވެ. އެގޮތުން ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ 17 ނޮވެންބަރު […]

’ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން‘ ތައާރަފުކުރުމަށް ސަރުކާރުން ނިންމަވައިފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ފަތުރުވެރިން ގެނެވޭނެ މަންޒިލުތަކަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށުމަށްޓަކައި ’ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން‘ ތައާރަފުކުރުމަށް ސަރުކާރުން މިއަދު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މި ގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ ލަފާފުޅާއެކުއެވެ. ސަރުކާރުން ބުނީ ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން ފެށުމުން ޗައިނާއާއި ޔޫރަޕާއި ސައުތު […]

މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތައް މާކެޓްކުރަން ޚާއްސަ ކުންފުންޏެއް އުފައްދަވަނީ

މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތަކަށް ޚާއްސަ ބްރޭންޑެއް ތައާރަފުކޮށް އެ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓުކުރުމަށް ”މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން“ގެ ނަމުގައި ޚާއްސަ ކުންފުންޏެއް އުފެއްދެވުމަށް ސަރުކާރުން މިއަދު ނިންމަވައިފިއެވެ. މިފަދަ ކުންފުންޏެއް އުފެއްދެވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން މިއަދު ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހު ވަޒީރުން ދެއްވި ލަފާފުޅުގެ މަތިންނެވެ. ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ މި […]

ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅައިފި 

ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ސަރުކާރުން ކަނޑައަޅައިފިއެވެ.  މިކަން ހާމަކޮށް ރައީސް އޮފީހުން މިއަދު ވިދާޅުވީ އިސްލާމީ އުސޫލުތައް ޤާއިމުކުރުމާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުން، ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވާފައިވާ ކަމަށެވެ.  ރައީސް މުޢިއްޒު މި ގޮތަށް […]

ހައްޖު ކޯޓާތައް ހަމަ އެކަނި ހައްޖު ކޯޕަރޭޝަނަށް ދޫކުރަން ނިންމައިފި

ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ބައެއް ކުންފުނިތަކުން ބޮޑު އަގު ނަގާ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް އެކަނި ހައްޖުކޯޓާ ދޫކުރަން ސަރުކާރުން މިއަދު ނިންމައިފިއެވެ.  މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވީ، ޙައްޖުވެރިންގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވާ ގޮތަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު […]

ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް އަކުރުތައް ސަސްޕެންޑް ކުރި ކުރުން ނިމުމަކަށް ގެންނަން ހުށަހަޅައިފި

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ބައެއް އަކުރުތައް އިސްތިސްނާކުރި ކުރުން ނިމުމަކަށް ގެނެސް މި ގާނޫނަށް އަމަލުކުރުން ފުރިހަމަ ގޮތުގައި އިއާދަކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާއިން އިސްތިސްނާކޮށްފައިވަނީ އެ މާއްދާގެ (ހ) އާއި (ރ) އަދި (ބ) އެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ އުުސޫލުތަކަށް އަމަލުކުރުން އިސްތިސްނާކުރުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ 2020 ގައެވެ. އެއީ އެ ގާނޫނުގެ 36 […]

ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑިން: ރައީސް

ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއްކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ހުރަވީ ދުވަސް ފާހަގަކުރުމަށްޓަކައި ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ހުރަވީ ދުވަހާ ގުޅިފައިވާ ހާދިސާއަށް ބަލާ އިރު، އެ ކަމުގައި ތާރީޚުގެ އަލިފަރާތަކާއި ތާރީޚުގެ އަނދިރި ފަރާތެއް ވާ ކަމަށާއި ތާރީޚުގެ އަލިފަރާތުން ފެންނަނީ ދުވަހުގެ ބަތަލު މުލީގޭ ދޮން ޙަސަން މަނިކުފާނު ނުވަތަ ދޮން ބަންޑާރައިންނާއި، […]