މިސްރުގެ ރައީސް ތިންވަނަ ރިޔާސީ ދައުރަކަށް އިންތިޚާބުވެ ވަޑައިގަތުމާ ގުޅިގެން ރައީސް މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި 

ޢަބްދުލް ފައްތާޙް އަލް ސީސީ، މިޞްރުގެ ރައީސްކަމުގެ މަޤާމުގެ އައު ދައުރަކަށް އިންތިޚާބުވެ ވަޑައިގަތުމާއި ގުޅިގެން އެ މަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.  ރައީސްގެ މެސެޖުގައި އެ މަނިކުފާނު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މިޞްރުގެ ރައީސަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައެވެ.  ތިންވަނަ ދައުރަކަށް ސީސީ ހޮވިވަޑައިގަތުމަކީ މިޞްރުގެ ރައްޔިތުން އެ މަނިކުފާނުގެ ވެރިކަމަށް ކުރައްވާ އިތުބާރު ދޭހަވާ ކަމެއްކަމުގައި ވިދާޅުވެ، […]

ސުޒޭންގެ ލޯބިވެރިޔާ އަރްސަލާން ގޯނީއަށް، ރިތިކް އުފަންދުވަހުގެ ތަހުނިޔާ ކިޔައިފި 

ބޮލީވުޑްގެ މަޝްހޫރު ތަރި، ރިތިކް ރޯޝަން އޭނާގެ ކުރީގެ އަންހެނުން ސުޒޭން ހާން ގެ ލޯބިވެރިޔާ އަރްސަލާން ގޯނީއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔައިފިއެވެ.  އަރްސަލާންގެ އުފަންދުވަސް ކަމަށްވާ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު، އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އަރްސަލާންގެ ފޮޓޯ ހިއްސާކޮށް ރިތިކް ވަނީ އުފަން ދުވަހުގެ ތަހުނިޔާ ކިޔާފައެވެ.  ސުޒޭންވެސް ވަނީ އަރްސަލާންއާއެކު ހޭދަކޮށްފައިވާ ބައެއް ވަގުތުތައް ދައްކުވައިދޭ ފޮޓޯތަކެއް އާންމުކޮށް އިންސްޓަގްރާމްގައި އުފަން ދުވަހުގެ ތަހުނިޔާ ކިޔާ އޭނާގެ ލޯބި ފާޅުކޮށްފައެވެ.  […]

ވައްކަމުގެ މައްސަލައެއްގައި ފުލުހުންގެ ތަހުޤީގަށް ބިދޭސީއަކު ހޯދަނީ

 ވައްކަމުގެ މައްސަލައެއްގައި ފުލުހުންގެ ތަހުޤީގަށް ބިދޭސީއަކު ހޯދަން އިއުލާނުކޮށްފިއެވެ.  ފުލުހުންގެ ވެބްސައިޓްގައި ފޮޓޯ އާންމުކޮށް ހޯދަން އިއުލާންކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ އަޒިޒަލް އިސްލާމް އެވެ. އޭނާ ހޯދަމުން ދަނީ މ. މުލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ.  ފުލުހުން ވަނީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޭނާއަށް ތަހުގީގަށް ހާޒިރުވުމަށް […]

މެމްބަރު ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއުއަށް ސޯޝަލްމީޑިއާގައި މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ. މި މައްސަލަ ފުލުހަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. “ސޯޝަލްމީޑިއާގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއުއަށް މަރުގެ އިންޒާރުދިނުމާ ގުޅިގެން އެ މައްސަލަ ބައްލަވައި ތަހުގީގުކޮށްދެއްވުން އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް ވާނީ މި އިދާރާއިން މައްސަލަ ހުށަހަޅާފައެވެ.“ ޝިފާއުއަށް ދިން އިންޒާރު ކުށްވެރިކޮށް މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މީގެއިތުރުން މެންބަރުގެ ސަލާމަތާއި ރައްކާތެރިކަން […]

ކަރަން ޖޯހަރަކީ އެއް ޒަމާނެއްގައި އަހަރެންގެ ދުޝްމަނެއް: އަޖޭ 

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރަކީ އެއް ޒަމާނެއްގައި ސުޕާ ސްޓާ އަޖޭ ދޭވްގަންގެ ދުޝްމަނެއް ކަމަށް އޭނާ ބުނެފިއެވެ.  އަޖޭ މިކަން ހާމަކޮށްފައި ވަނީ ކޮފީ ވިތް ކަރަންގެ އެޕިސޯޑެއްގައި ވާހަކަދައްކަމުންނެވެ.  މި ޝޯގައި ވާހަކަ ދައްކަމުން އަޖޭގެ ދުޝްމަނެއް ހުރޭތޯ ކަރަން ސުވާލުކުރުމުން އަޖޭ ބުނީ ކަރަން ކަމަށެވެ. އެއާއެކު ކަރަން އަށް ވަނީ ބޮޑު ޝޮކެއް ލިބިފައެވެ.  އަޖޭ ބުނީ 2016 ވަނަ އަހަރު އަޖޭ ޑައިރެކްޓްކޮށް ޕްރޮޑިއުސް ކޮށް އުފެއްދި ފިލްމު […]

ސީލައިފް އައްމަޓީ ފުރުން މަނާކޮށް ވަގުތީ އަމުރެއް ނެރެފި

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އަންމަޓީ) ގެ ޕާސްޕޯޓު ދޫކުރަން ކްރިމިނަލް ކޯޓުން ނިންމި މައްސަލާގައި ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލާގައި ގޮތެއް ނިމެންދެން އައްމަޓީ ފުރުން މަނާކުރަން އެ ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ. ގދ.ތިނަދޫ/ރެޑްހައުސް, އަޙްމަދު މޫސާގެ މައްޗަށް ވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ އުފުލައިފައެވެ. އެގޮތުން ކްރިމިނަލް ކޯޓުން 2021 ގައި ޝަރީއަތް ނިމެންދެން އައްމަޓީ ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓު ނުވަތަ ޓްރެވަލް […]

ތޫނު އެއްޗެއް ބޭނުންކޮށްގެން ދަރިއަކު މަންމައަށް ހަމަލާދީ ޒަހަމް ކޮށްލައިފި 

ހުޅުމާލޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ދަރިއަކު މަންމައަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. މިކަން ހާމަކޮށް ފުލުހުން މިރޭ ބުނީ ހުޅުމާލޭ ފޭސް އެކެއްގެ ފުލެޓެއްގައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން އަންހެނަކަށް ހަމަލާދީފައިވާ ކަމަށެވެ.  އެގޮތުން މި މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައި ވަނީ މިރޭ 6:50 ހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.   ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި އަންހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އެއީ 51 އަހަރުގެ ދިވެހި […]

“ރަސްމާލެ “ ބިން ހިއްކުމުގެ މަޝްރޫޢު އިފްތިތާހްކޮށްފި

ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫޢު ”ރަސްމާލެ“ ބިން ހިއްކުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކޮށްދެއްވައިފިއެވެ.  ބިންހިއްކުމުގެ މި މަޝްރޫޢު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ފުށި ދިއްގަރު ފަޅުގައެވެ.  ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ ސަރަހައްދައް ”ރަސްމާލެ“ގެ ނަމުން ނަންދެއްވައި ރައީސް ވިދާޅުވީ އެ މަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ 8 މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. ރައީސް ވިދާޅުވީ ޤައުމީ […]

ޔޫކްރޭނުގެ ނީޕްރޯ ބްރިޖްހެޑަށް ދިން ހަމަލާގައި ރަޝިއާގެ އައު ވައިގެ ޑިވިޝަން ބޮޑުތަނުން ބަލިވެއްޖެ

ރަޝިއާގެ 104 ވަނަ އެއަރ އެސޯލްޓް ޑިވިޜަނުން ޔޫކްރޭނުގެ ދެކުނުގައި އޮންނަ ނީޕްރޯ ކޯރުކައިރީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ”ބޮޑެތި ބަލިތަކެއް“ ލިބިފައިވާކަމަށާއި، އެ ޑިވިޜަންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެމީހުން ފެއިލްވެފައިވާކަމަށް އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާއިން ރިޕޯޓުކޮށްފިއެވެ.  މީގެ ދެމަސްދުވަސް ކުރިން ޔޫކްރޭނުގެ ކަނޑުގެ ސިފައިންގެ 35 ވަނަ ބްރިގޭޑުން، އާޓިލަރީއާއި، ޑްރޯންތަކާއި، ރެޑިއޯ-ޖޭމިންގެ އެހީގައި ކްރިންކީގެ ސެޓްލަމަންޓުގައި ބްރިޖްހެޑެއް ގާއިމުކުރިއެވެ. މިއީ ރަޝިއާއިން ވެރިވެގަނެފައި އޮންނަ ކޯރުގެ ވާތްފަރާތުގައި ޔޫކްރޭނަށް ގާއިމުކުރެވުނު ބްރިޖްހެޑެކެވެ. އަދި މީގެ […]

ވަޒީފާގެ މާހައުލުގައި މުވައްޒަފުން އައިފޯނު ގެންގުޅުން ޗައިނާގެ ކުންފުނިތަކުން މަނާކުރަނީ

ޗައިނާ ސަރުކާރުގެ ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާގެ މާހައުލުގައި އެޕަލް (އޭއޭޕީއެލް.އޯ) އައިފޯނު ފަދަ ބިދޭސީ ކުންފުނިތަކުން އުފައްދާ އާލާތްތައް ގެންގުޅުން މަނާކުރަމުން އަންނަކަމަށް ބްލޫމްބާގް ނިއުސްއިން ހުކުރު ދުވަހު ރިޕޯޓުކޮށްފިއެވެ.  ގައުމުން ބޭރުގެ ޓެކްނޮލޮޖީއާއި، ގައުމުން ބޭރުގެ ވަސީލަތްތަކަށް ބަރޯސާވާ މިންވަރު މަދުކުރުމަށް ޗައިނާއިން މަސައްކަތްކުރަމުން އަންނަތާ މިހާރު ދިހަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޗައިނާގެ ސަރުކާރުން އަންނަނީ ސަރުކާރުގެ މުއައްސަސާތަކާއި ބޭންކުފަދަ ތަންތަނުން ބޭނުންކުރާ ސޮފްޓްވެއަރތައްވެސް ދޭސީ އުފެއްދުންތަކަށް ބަދަލުކުރުމަށް ގޮވާލަމުންނެވެ. […]