ބޭރުގެ އެއްވެސް ދައުލަތެއްގެ ސިފައިން ނުތިބޭ ބިމަކަށް މި ބިން ހަމަޖެހިގެންދާނެ: ރައީސް
ބޭރުގެ އެއްވެސް ދައުލަތެއްގެ ސިފައިން ގާއިމުވެ ނުތިބޭ ބިމަކަށް މި ލޮބުވެތި ދިވެހި ބިން ހަމަޖެހިގެންދާނެކަމުގެ ޔަގީންކަން އަނެއްކާވެސް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ހުރަވީ ދުވަސް ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އިންޑިޔާ ސިފައިން ރާއްޖެއިން އަނބުރާ ގެންދިޔުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ދިވެހި ސަރުކާރުން އެ ދައުލަތަށް އެންގިން ކަމަށާއި އެކަމާ ބެހޭ އިންތިޒާމުތަކާ ބެހޭ ގޮތުން މަތީފެންވަރުގައި ދެ ދައުލަތުގެ ދެމެދުގައި މަޝްވަރާތައް ކުރިޔަށްދާ ކަމަށެވެ. […]
ވިސާއާއި ނުލައި 33 ގައުމެއްގެ ރައްޔިތުންނަށް އިރާނަށް ދަތުރުކުރެވޭ ގޮތް ހަދައިފި
ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ މަޤްޞަދުގައި ވިސާއާއި ނުލައި 33 ގައުމެއްގެ ރައްޔިތުންނަށް އިރާނަށް ދަތުރުކުރެވޭގޮތް ހަދައިފިއެވެ. އިރާނުގެ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި ހަވާލާދީ އިރާނިއަން ސްޓޫޑެންޓްސް ނިއުސް އޭޖެންސީއިން ރިޕޯޓުކޮށްފައިވަނީ، އެކި އެކި ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް އިރާނުން އޮތް ޝައުގުވެރިކަން ދައްކައިދެވޭނީ ”އޯޕަން-ޑޯ ޕޮލިސީ“ އަކަށް އަމަލުކުރަން ފެށިގެންކަމަށެވެ. މިނިންމުމާއެކު، ވިސާއާއިނުލާ އިރާނަށް ދަތުރުކުރެވޭ ގައުމުތަކުގެ އަދަދު 45 އަށް ވަނީ އަރާފައެވެ. މިގޮތުން، ވިސާނުލައި އިރާނަށް ދަތުރުކުރެވޭ ގޮތަށް ހަމަޖެއްސީ ރަޝިއާ، ޔޫއޭއީ، ސައުދީ އަރަބިއާ، […]
އިސްރާއީލާއި ގުޅުން އޮންނަ މެއާސްކް ކުންފުނީގެ ބޯޓަކަށް ޔަމަނުން ހަމަލާދީފި
އިސްރާއީލާއި ގުޅުން އޮންނަ މަޝްހޫރު ޝިޕިންގް ކުންފުނި، މެއާސްކްގެ މުދާއުފުލާ ބޯޓަކަށް ޔަމަނުން ހަމަލާދީފިއެވެ. މި ބޯޓަށް ޔަމަނުން ހަމަލާ ދީފައިވަނީ ރަތް ކަނޑުން ދަތުރުކުރަމުން ދަނިކޮށް ޔަމަނުން ފޮނުވާލި އެންޓި ޝިޕް މިސައިލެއް އަމާޒުކޮށްގެންނެވެ. ޔަމަނުން ދިން ހަމަލާގައި، މެއާސްކްގެ ބޯޓަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވިނަމަވެސް، ރަތްކަނޑުން ދަތުރުކުރާ އުޅަނދުތަކަށް ޔަމަނުގެ މުޖާހިދީން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އެކުންފުނީގެ ބޯޓުތައް ރަތްކަނޑުގައި ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާކަން މެއާސްކުން ވަނީ އިއުލާނުކޯށްފައެވެ. މެއާސްކް ކުންފުންޏަކީ […]
ކުވޭތުގެ އަމީރު އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަނީ
ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް މިއަދު އަވަހާރަވުމާ ގުޅިގެން، ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް މިއަދު އަވަހާރަވުމުގެ ހިތާމައިގައި،ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރި ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން 2023 ޑިސެންބަރު 17 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 ޑިސެންބަރު 19 ވާ އަންގާރަ ދުވަހުގެ […]
މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ބޭފުޅުންގެ ނަންތައް ތަރުތީބުކޮށްފި
މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުރު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބުކޮށްފިއެވެ. މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ޖުމްލަ ފަސް ބޭފުޅުންނެވެ. އެ ބޭފުޅުންނަކީ: ކެންޑިޑޭޓް ނަންބަރު 01 – ޝުޢައިބް ޢަލީ (އަމިއްލަ ގޮތުން) ކެންޑިޑޭޓް ނަންބަރު 02 – ޙުސައިން ވަޙީދު (އަމިއްލަ ގޮތުން) ކެންޑިޑޭޓް ނަންބަރު […]
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ޖެނުއަރީ 26 އަދި 27 ގައި
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މިޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެމްޑީޕީގެ މެމްބަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ފުރުސަތު ހުޅުވާލައިފައިވަނީ މިއަދު ފެށިގެން މި މަހުގެ 25 ވާ ހޯމަ ދުވަހުގެ ހަވީރު 04:00 އާ ހަމަޔަށެވެ. އެމްޑީޕީން ބުނީ ޕްރައިމަރީ ބާއްވަންޖެހޭ ތަންތާ ޕްރައިމަރީ އޮންނާނީ 26 އަދި 27 ޖެނުއަރީ 2024 ވާ ހުކުރު އަދި ހޮނިހިރު ދުވަހު ކަމަށެވެ. އަދި ޕްރައިމަރީގައި ވާދަކުރެވޭނީ ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް […]
ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތައް ބުލޮކްކޮށްފި
ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތަށް އެފަދަ ހުރިހާ ސައިޓުތަކެއް ބުލޮކް ކޮށްފިއެވެ. މިއީ ރާއްޖޭގައި މިފަދަ ނިންމުމެއް ނިންމައި އަމަލުކުރަން ފެށި ފުރަތަމަ ފަހަރެވެ. ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ބަރަހަނާ ސައިޓްތައް ބްލޮކް ކުރަން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަށް ސަރުކާރުން އެންގީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. މިކަމާ ގުޅޭގޮތުން ސަރުކާރާއި އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ. އެކަމަކު މިފަދަ ވެބްސައިޓުތަކަށް އިއްޔެއިން ފެށިގެން އެކްސެސް […]
ފޭނަކު ދުރަށް ޖައްސާލާ ގޮތުން ބޮބީ ޑިއޯލް އަށް ފާޑުކިޔުންތަކެއް އަމާޒުވެއްޖެ
މަގު ހިނގާފައި ދަނިކޮށް ކުރިމައްޗައް އެރި ފޭނަކު ދުރަށް ޖައްސާލާ ގޮތުން ބޮލީވުޑްގެ އެކްޓަރު ބޮބީ ޑިއޯލް 54އ އަށް ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ފްލައިޓް ޖައްސަން ވަގުތު ކުޑަތަންވެފައި ވަނިކޮށް އެއާޕޯޓު ތެރެއިން ބާރު ސްޕީޑެއްގައި ބޮބީ ހިނގާފައި ދަނިކޮށް ފެނެއެވެ. ބޮބީ ހިނގަމުން ދަނިކޮށް އޭނާގެ ކުރިމައްޗައް މީހަކު އެރުމުން އޭނާގެ މަގުން އެ މީހާ ދުރައް ކޮއްޕާލާތަން ފެނެއެވެ. މި ވީޑިއޯ ވައިރަލްވުމާއެކު […]
ހަވާލުކުރާ ކޮންމެ ހަމާސް ލީޑަރެއްގެ ބޮލަކަށް ފައިސާގެ އިނާމު ދޭނެކަމަށް އިޒްރޭލުން ބުނެފި
ހަމާސްގެ އިސް ލީޑަރުން ތިބިތަނުގެ މައުލޫމާތު ހާމަކުރާ ކޮންމެ މީހަކަށް ފައިސާގެ އިނާމެއް ދޭނެކަމަށް ބުނާ ލީފްލެޓުތަކެއް އިސްރާއީލުގެ ސިފައިން ޣައްޒާގައި ބަހައިފިއެވެ. މިގޮތުން، ޔަހްޔާ ސިންވާރްގެ މައުލޫމާތު ހިއްސާކުރާ ފަރާތަކަށް 400،000 އެމެރިކާ ޑޮލަރު، މުޙައްމަދު ސިންވާރްގެ މައުލޫމާތު ހިއްސާކުރާ ފަރާތަކަށް 300،000 އެމެރިކާ ޑޮލަރު، ރަފީޢް ސަލާމްގެ މައުލޫމާތު ހިއްސާކުރާ ފަރާތަކަށް 200،000 އެމެރިކާ ޑޮލަރު އަދި މުޙައްމަދު ދީފްގެ މައުލޫމާތު ހިއްސާކުރާ ފަރާތަކަށް 100،000 އެމެރިކާ ޑޮލަރުގެ އިނާމެއް އިސްރާއީލުން ވަނީ ހުށައަޅާފައެވެ. […]
ޕީޕީއެމް، ޕީއެންސީ މަޖިލިސް ޕްރައިމަރީ އަނެއްކާވެސް ފަސްކޮށްފި
އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަނެއްކާވެސް ފަސްކޮށްފިއެވެ. އެގޮތުން މިރޭ ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ ފަރާތުން މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުގެ މެދުގައި ބާއްވަން ހަމަޖެހިފައިވާ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 20 އަށް ފަސްކޮށްފައިވާ ކަމަށެވެ. އެ ޕާޓީގެ މަޖިލިސް ޕްރައިމަރީ އެންމެ ފުރަތަމަ ބާއްވަން ނިންމީވެސް ޖެނުއަރީ 20 ވަނަ ދުވަހު އެވެ. ނަމަވެސް ފަހުން […]