ޕޮލިސް ބޯޑަށް މެންބަރުން އައްޔަން ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޕޮލިސް ބޯޑަށް ބައެއް މެންބަރުން އައްޔަން ކުރައްވައިފިއެވެ. ރައީސް އޮފީހުން އިއްޔެ ބުނީ ރައީސްޕޮލިސް ބޯޑުގެ ބައެއް މެންބަރުން ވަކިކުރައްވައި ޕޮލިސް ބޯޑަށް ބައެއް މެންބަރުން އިއްޔެ އައްޔަން ކުރައްވާފައިވާ ކަމަށެވެ. އިއްޔެ އައްޔަން ކުރެއްވި މެންބަރުން: ތ.ހިރިލަންދޫ/ގުލްފާމުގޭ އަޙްމަދު ޝަރީފް. (ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުގެ ގޮތުގައި) އަލްއުސްތާޒު ޢަލީ ނަޞީރު ޤާސިމް. (ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރުގެ ގޮތުގައި) ސ.މަރަދޫފޭދޫ ބަގީޗާގޭ އަޙްމަދު އަޒީމް. (ފަންނީ ދާއިރާއަކުން ތައުލީމާއި […]
ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އާ ޕާޓީއެެއް އުފައްދަވަނީ
ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އެ ޕާޓީން ވަކިވެ ވަޑައިގަންނަވަން ނިންމަވައިފިއެވެ. މިކަން ހާމަކުރައްވައި ރައީސް ޔާމީންގެ ލޯޔަރު ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ޗެނަލް 13 އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް ޔާމީން ޕީޕީއެމްއާ ދުރަށް ވަޑައިގަންނަވަން ޖެހި ވަޑައިގަތީ ވަރަށް ގިނަ ކަންތައްތަކެއް ހިނގާ ދިއުމުގެ ސަބަބުން ކަމަށެވެ. ޖަމީލު ވިދާޅުވީ ވެރިކަމަށް ހޮވިވަޑައިގަތުމަށްފަހު ޑރ.މުޢިއްޒު މިއަދާ ހަމައަށް ވެސް ރައީސް ޔާމީނުގެ ފޯނެެއްވެސް ނުނަންގަވާ ކަމަށެވެ. […]
ރައީސް ޞާލިޙް ދިޔައީ ފަހުނޭވާގައި ބުރިޖުގެ އެއްބަސްވުމުގެ މުއްދަތު ވެސް އިތުރުކޮށްފައި
މާލެއިން ފެށިގެން ތިލަފުށްޓާ ހަމައަށް ގުޅުވައިލާ ގްރޭޓާ ކަނެކްޓިވިޓީ ބުރިޖު މަޝްރޫއުގެ އެއްބަސްވުމުގެ މުއްދަތު, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން އެއް ދުވަހަށްވެފައި އޮއްވާ އިތުރުކޮށްދެއްވާފައިވާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޢަބްދު މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ. އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްފައިވާ ބުރިޖު މަޝްރޫއާގުޅޭ މައުލޫމާތު ހިއްސާ ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މަޝްރޫއުގެ އެއްބަސްވުމުގެ އިސްލާހެއްގައި މި މަހުގެ 16 ވަނަ […]
އާބަންކޯގެ ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި
އާބަންކޯއިން ދެމުންދާ ހުޅުމާލޭގެ ހުރިހާ މުނިސިޕަލް ޚިދުމަތެއް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެން އެކަމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ރައީސް އޮފީހުން ފަށައިފިއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މައިގަނޑު މުނިސިޕަލް ހުރިހާ ޚިދުމަތެއް މިހާރު ދެމުން ގެންދަނީ އާބަންކޯއިންނެވެ. ނަމަވެސް މި ބަދަލުތައް އެކީ ފުރިހަމަވުމުން މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ މުނިސިޕަލް ހުރިހާ ޚިދުމަތްތައް ވެސް ދެމުން ގެންދާނީ މާލެ ސިޓީ ކައުންސިލުންނެވެ. މާލެ ސިޓީގެ […]
އެލް. ޖީ. ބީ. ޓީ. އަކީ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް – ރަޝިޔާ
އެލް. ޖީ. ބީ. ޓީ. ފާޙިޝް ޙަރަކާތަކީ ހައްދުފަނަޅާފައިވާ ޙަރަކާތެއްކަމަށާއި އެ ޙަރަކާތް ރަޝިޔާގެ ފަސްގަނޑުގައި މަނާކުރުމުގެ އަމުރު ނެރެދިނުން އެދި ރަޝިޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްއިން އެގައުމުގެ ސުޕްރީމްކޯޓަށް އިއްޔެހުށައަޅައިފިއެވެ. ޖަސްޓިސް މިނިސްޓްރީއިން ސުޕްރީމްކޯޓުގައި ދަންނަވާފައިވަނީ އެލް. ޖީ. ބީ. ޓީ. ގެ ހައްދުފަހަނަޅާ ގޮސްފައިވާ ޙަރަކާތްތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ދީނީގޮތުން ނަފްރަތު އުފެއްދުމާއި އަދި އިޖްތިމާއީ އަދި ޢާއިލީ ގުޅުންތައް ނެތިގެންދާކަމަށެވެ. ބެރޯންއާއި އެހެނިހެން މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސުޕްރީމްކޯޓުން އެލް. ޖީ. ބީ. ޓީ. ގެ ޙަރަކާތްތައް މަނާކޮށްފިނަމަ އެލް. ޖީ. ބީ. ޓީ އާއި އެލް. ޖީ. ބީ. ޓީ ( ޕްލަސް ) […]
ސަރުކާރުގެ ޚަރަދުގައި އަންނަ އަހަރު މީހުން ހައްޖަށް ފޮނުވަން ފަށަނީ
ސަރުކާރުގެ ޚަރަދުގައި އަންނަ އަހަރު މީހުން ހައްޖަށް ފޮނުވަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ޑރ. ޝަހީމް މިހެން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޑރ.ޝަހީމް ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ކުރިއަށް އޮތް 5 އަހަރުތެރޭގައި ދައުލަތުގެ ޚަރަދުގައި 1,000 މީހުން ހައްޖަށް ފޮނުވާނެ ކަމަށް ކަނޑައަޅާފައިވާތީ މި އަންނަ ހައްޖު މަހު ފުރަތަމަ ބެޗު ހައްޖަށް […]
މޭރީގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ލަމްހާ ބަންދުން ދޫކޮށްލައިފި
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ޕިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ޅ. ހިންނަވަރު/މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާން ބަންދުން ދޫކޮށްލައިފިއެވެ. ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ލަމްހާ 180 ދުވަހަށް ބަންދުން ދޫކޮށްލީ ބައެއް ޝަރުތުތައް ކުރުމަށްފަހުއެވެ. އެގޮތުން މާލެއިން ބޭރަށްދާނަމަ ކޯޓަށް އަންގައި, ކޯޓުން އަންގާ ވަގުތުތަކުގައި ކޯޓަށް ހާޒިރުވުމަށް ވަނީ ޝަރުތުކޮށްފައެވެ. މީގެއިތުރުން ރޭގަނޑު 22:00 އިން ހެނދުނު 06:00 އާ ހަމައަށް ގެއިން ބޭރުގައި […]
ޕީސީބީގެ ރައީސަކަށް ޙަމްދީ އައްޔަން ކުރައްވައިފި
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަގާމަށް ހެންވޭރު ރަންގަލި 4, ޙަމްދީ ޢަޤީލް އައްޔަން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕީސީބީގެ ރައީސްކަމަށް ޙަމްދީ އައްޔަން ކުރެއްވީ އިއްޔެގައެވެ. އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމަރސް ހާސިލުކުރައްވާފައިވާ ޙަމްދީ ޢަޤީލް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ […]
ޕީސީބީގެ މެންބަރުކަމަށް ސްޓެލްކޯގެ ކުރީގެ އެމްޑީ މުޣުނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙަސަން މުޣުނީ އައްޔަން ކުރައްވައިފިއެވެ. ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ޙަސަން މުޣުނީ އައްޔަން ކުރެއްވީ މިއަދުއެވެ. ޙަސަން މުޣުނީ ވަނީ އެމެރިކާގެ ބްރޭންޑައިސް އިންޓަރނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް […]
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރަކަށް ބިގޭ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރަކަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިންތިޚާބުކޮށްފިއެވެ. އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުގެ މަޤާމަށް ބޭފުޅަކު އައްޔަން ކޮށްފައި މިވަނީ އެ މަޤާމުގައި ކުރިން ހުންނެވި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، މަޖިލީހުގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމުންނެވެ. އެގޮތުން އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު ހޮވުމަށް މިއަދު ބޭއްވި ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު ކަމަށް ވާދަކުރައްވާ އެންމެ ގިނަ ވޯޓު ހޯއްދެވި […]