ޔަމަނުގެ ހޫތީން އިސްރާއީލަށް ބަލިސްޓިކް މިސައިލު ހަމަލާތަކެއް ދީފި

އިސްރާއީލާއި ދިމާއަށް ގިނަ އަދަދެއްގެ ބަލިސްޓިކް މިސައިލުތަކަކާއި ޑްރޯންތަކެއް ފޮނުވާލައި އިސްރާއީލަށް ހަމަލާ ދީފައިވާނެ ކަމަށާއި، އިތުރު ހަމަލާތައް ދޭން ތައްޔާރުވަމުން އަންނަކަމަށް ޔަމަންގެ ހޫތީ މުޖާހިދުން ބުނެފިއެވެ.  ރަތް ކަނޑުގެ މަތިން ދަތުރުކުރި ގޮތްނޭނގޭ އޭރިއަލް ޓާގެޓެއް ނައްތާލާފައިވާ ކަމަށް އިސްރާއީލުން ކުރިން ބުނެފައިވެއެވެ.  އޮކްޓޯބަރު 7 ގައި ކުރިމަތިލުންތަން ފެށުނު ފަހުން ފުރަތަމަ ފަހަރަށް އިސްރާއީލުގެ ”އެރޯ“ އޭރިއަލް ދިފާއީ ނިޒާމު ބޭނުންކޮށްފައިވާއިރު، އެ ނިޒާމު ބޭނުންކޮށް އިސްރާއީލާއި ދިމާއަށް ރަތް ކަނޑު މަތިން […]

އިންޑިއާގެ 800 މިލިއަނަށްވުރެ ގިނަ މީހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކޮށްލައިފި

އިންޑިއާގެ 800 މިލިއަނަށްވުރެ ގިނަ ރައްޔިތުންގެ އާދާރްއާއި ޕާސްޕޯޓް މައުލޫމާތު ހިމެނޭގޮތަށް ސިއްރު މައުލޫމާތުތަކެއް ލީކުކޮށްލައި ޑާކްވެބްގައި ބީލަމަށް ލައިފިއެވެ.   އިންޑިއާގެ ބޮޑު ޑާޓާ ލީކެއްގެ މައުލޫމާތު ސަމާލުކަމަށް ގެނެސްފައިވަނީ އެމެރިކާއަށް ނިސްބަތްވާ ސައިބަރ ސެކިއުރިޓީ ކުންފުންޏެއް ކަމުގައިވާ، ރީސެކިއުރިޓީއިންނެވެ. އެގޮތުން، އެކުންފުނިން ޝާއިއުކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ އިންޑިއާ ރައްޔިތުންނަށް ނިސްބަތްވާ ”ޕާސަނަލީ އައިޑެންޓިފަޔަބްލް އިންފޮމޭޝަން (ޕީއައިއައި)“ ތަކެއް އޮކްޓޯބަރު މަހުގެ ކުރީކޮޅު ޑާކްވެބްގައި ވިއްކަން ޖަހާފައި ހުރިކަމަށެވެ.  ”pwn0001“ ގެ ނަމުން ޑާކްވެބްގެ ބްރީޗް […]

ހަނގުރާމަ ހުއްޓާލަން ގޮވާލައި ބޮޑެތި ޝަހަރުތަކުގައި ކުރަމުންގެންދާ މުޒާހަރާގެ ތެރެއިން

ސީ. އެން. އެން. ގެ ޚަބަރުތަކަށް ބަލާއިރު އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ޙަމަލާތައް ހުއްޓާލަން ގޮވާލަމުން ކުރަމުންގެންދާ މުޒާހަރާތައް ދުނިޔޭގެ ބޮޑެތި ޝަހަރުތަކުގެ މަގުތައް ފުރާލައިފިއެވެ. އޭގެ ތެރޭގައި ނިއުޔޯކާއި ލަންޑަން އަދި އިސްތަންބޫލާއި ބަޣްދާދާއި ރޯމް ފާހަގަކޮށްލެވޭ ކަމަށް ބުނެއެވެ.     އިސްރާއީލުން ބުނެފައިވަނީ އެއްވެސް އެނގުމަކާނުލައި ޙަމާސްގެ ހަނގުރާމަވެރިން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ ތެރެއަށް ވަދެގަނެ ދޮޅުހާހެއްހާ މީހުން މަރާލައި އެތައް ބަޔަކު ރަހީނުކޮށްގެން ގެންދިއުމުން އިސްރާއީލުން ދޭންފެށި ރައްދުގެ މިއީ ދެވަނަ މަރުޙަލާ ކަމަށެވެ.   […]

އާބަންކޯއިން ފަސް ކަމެއް ކުރުން ހުއްޓުމަށް އޭސީސީއިން އަންގައިފި

އާބަންކޯއާ ގުޅޭ މައްސަލައެއް ބަލަމުންދާތީ އެ ކުންފުނިން ފަސް ކަމެއް ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިިފިއެވެ. މިކަމާ ގުޅޭ ގޮތުން އޭސީސީއިން އާބަންކޯއަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އާބަންކޯއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައެއް ބަލަމުންދާތީ ފަސް ކަމެއް ކުރުން ވަގުތީ ގޮތުން މަޑުޖައްސައިލުން އެދޭ ކަމަށެވެ. އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު އާތިފަށް އެޑްރެސްކޮށް އޭސީސީއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ބޭރުގެ ފަރާތްތަކަށް ހުޅުމާލެއިން ބިން ދިނުމާގުޅޭ ކަންކަމާއި އީއޯއައި […]

މެންބަރު ނިހާދު ރިޔާސަތުގައި އިންނެވި ޢަފީފުގެ ގަޔަށްބޮލަށް އަރައި ތަކެއްޗަށް ގެއްލުންދީފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި މިއަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް މިއަދު ބާއްވާން ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިޔަ ނުދީ އެމްޑީޕީ މެންބަރުން ޖަލްސާއަށް ހުރަސް އަޅައިފިއެވެ. މިއަދަށް ތާވަލުކޮށްފައި އޮތީ ބަޖެޓު ހުށަހެޅުން ކަމަށްވިޔަސް ފިނޭންސް މިނިސްޓަރު އިބްރާހިން އަމީރު ރޭ ވަނީ ޖަލްސާއަށް ވަޑައިނުގަންނަވާނެކަން ހާމަކުރައްވައިފައެވެ. އެގޮތަށް ނިންމެވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭހައި ހިނދަކު މަޖިލީހުގެ އިތުރު މަސައްކަތެއް ކުރިއަށް ގެންދިއުމަކީ ގާނޫނާއި […]

އެމެރިކާއާއި އީރާނުގެ ސީދާ ކުރިމަތި ލުމެއްގެ އިންޒާރު

ނޭޓޯގެ ގުޅިފައިވާ ލަޝްކަރުތަކުގެ ކުރީގެ ކޮމާންޑަރ ޖޭމްސް ސްޓާވްރިޑިސް އަށް ޙަވާލާދީ ރިޕޯރޓް ކޮށްފައިވާ ގޮތުގައި މިހާރުފެންނަ މަންޒަރުތަކުން އެމެރިކާ އާއި އީރާނުގެ ސީދާ ކުރިމަތި ލުމަކަށް މިވަނީ ސިޑި އެލުވާފައެވެ.  އެހެންނަމަވެސް އެމް. އެސް. އެން. ބީ. ސީ. ( މައިކްރޯސޯފްޓް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޮމްޕެނީ ) އަށް އޭނާ ދިން ބަސްދީ ގަތުމެއްގައި ބުނެފައިވަނީ އެމެރިކާއާއި އީރާނުގެ ސީދާ ކުރިމަތި ލުމަކަށް މަގު ކޮށެމުންދާނަމަވެސް އެއިން އެއްވެސް ގައުމަކުން އެފަދަ ކުރިމަތިލުމަކަށް ދާކަށް ބޭނުމެއް ނުވާނެއެވެ.  އަދި އަމުދުން އީރާނުގެ އިގްތިސާދީ ޙާލަތުވެސް ވަރަށް […]

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 22.9 މިލިއަން ރުފިޔާ ޚަރަދު ކުރަނީ

އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުޢިއްޒު ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އިންތިޒާމު ކުރުމަށް 22.9 މިލިއަން ރުފިޔާއަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާ ހަވާލުކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ޑރ.މުޢިއްޒު ރައީސްކަމުގެ ހުވާކުރެއްމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން ޓެންޑާ ބޯޑުން 22.9 މިލިއަން ރުފިޔާއަށް ސިފްކޯއާ ހަވާލުކޮށްފައިވާ ކަމަށެވެ. އިންތިޚާބީ ރައީސްއާއި އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު (ސެމްބެ) ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހަވީރުއެވެ. […]

ހުޅުދޫއާއި މިލަންދޫގައި މިސްކިތް ބިނާ ކުރުމަށް އެލް.އެފް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި

އައްޑޫ ސިޓީ ހުޅުދޫއާއި ށ. މިލަންދޫގައި މިސްކިތް ބިނާ ކުރުމަށް އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ހުޅުދޫގައި އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ އަގަކީ 17.4 މިލިޔަން ރުފިޔާ ކަމަށެވެ.  މީގެ އިތުރުން މިލަންދޫގައި ބިނާކުރަނީ 700 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި އެ މިސްކިތުގެ އަގަކީ 15.1 މިލިޔަން ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދު ކުރެވޭ ގޮތަށް ބިނާކުރާ […]

އިންތިޚާބީ ރައީސް މިރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވަނީ

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނުރަސްމީ ދަތުރުފުޅެއްގައި މިރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވަން ނިންމަވައިފިއެވެ. ނުރަސްމީ ދަތުރުފުޅެއްގައި ޑރ.މުޢިއްޒު މިރޭ ވަގުތެއްގައި ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެކަމަށް އިންތިގާލީ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވަނީ ކަށަވަރުކޮށް ދެއްވައިފައެވެ. މުޢިއްޒު ސިންގަޕޫރަށް ވަޑައިގަންނަވާނީ އާއިލާއާއެކު ކަމަށް ފިރުޒުލް ވިދާޅުވިއެވެ. ނަމަވެސް ދަތުރުފުޅުގައި ހޭދަކުރައްވާނީ ކިތައް ދުވަސްކަމާއި އިތުރު ތަފްސީލެއް ނުދެއްވައެވެ. މިއީ ރިޔާސީ އިންތިޚާބުގެ ފަހުން ޑރ.މުޢިއްޒު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މުޢިއްޒު ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ […]

ޕީޕީއެމްގެ އެއްވެސް މެމްބަރަކު ޕީއެންސީއަށް ފޯމުފުރަކާށް ނުޖެހޭ: ޔާމީން

ޕީޕީއެމްގެ އެއްވެސް މެމްބަރަކު ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ ކަމަށާއި އެއީ އެއްފިކުރެއްގެ ދެ ޕާޓީ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ. ގޭބަންދަށް ލުއިތަކެއް ދިނުމާއެކު ރޭ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ޕާޓީގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ޕީޕީއެމްގެ ލީޑާޝިޕްގެ އިސް ބޭފުޅުންނެއް ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ފޭސްބުކްގައި ކުރެއްވި ޔާމީނާ ހަވާލާދެއްވައި […]