ރިޔާސީ އިންތިޚާބު: ބޭރު ގައުމުތަކުގައި ވޯޓު ލުމަށް ހަމަޖެހިފައިވާ ވަގުތުތައް

އަންނަ ސެޕްޓެންބަރު 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ގައުމުތަކުގައި ވޯޓު ނެގުމަށް ހަމަޖެހިފައިވާ ވަގުތުތައް އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ. މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ފަސް ގައުމެއްގައި ޖުމްލަ 8 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ކޮލަމްބޯއާއި އިނގިރޭސިވިލާތުގެ ލަންޑަނާއި މެލޭޝިއާގެ ކުއަލަލަމްޕޫރް އަދި އެކުވެރި ޢަރަބި ޢިމާރާތް (އަބޫ ދާބީ) ގައެވެ. އީސީން މިއަދު […]

މާލޭގައި ބަނގުރާ ކައްކައި ވިޔަފާރިކުރަމުންދިޔަ އިިންޑިޔާގެ ބަޔަކު ހައްޔަރުކޮށްފި

މާލޭގައި ބަނގުރާ ކައްކައި އެތަކެތީގެ ވިޔަފާރިކުރަމުންދިޔަ އިިންޑިޔާގެ ތިން ފިރިހެނަކު ގިނަ އަދަދެއްގެ ބަނގުރަލާއެކު  ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރީ 26 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 48 އަހަރުގެ މީހެކެވެ. ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ ތިން މީހުންގެ ބަންދަށް 15 ދުވަސް ދީފައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އެ މީހުން ދިރިއުޅޭ ގޭގެ ގްރައުންޑް ފްލޯގެ ކޮޓަރިއަކުންނާއި ގްރައުންޑް ފްލޯގެ ގޯޅިގަނޑުގައި ހުންނަ އެޕާޓްމަންޓެއްގެ ކޮޓަރިއެއްގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށެވެ. […]

ފައިނަލް ލިސްޓު އާންމުކޮށްފި, ވޯޓު ލެވެނީ 282,395 މީހުންނަށް

ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން ރޭ އާންމުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ކުރިން އާންމުކުރި ލިސްޓުގައިވާ ގޮތުން ޖުމްލަ 282,672 މީހުންނަށް މިފަހަރުގެ ރިޔާސީ ވޯޓުދިނުމުގެ ހައްގު ލިބިގެންވެއެވެ. ނަމަވެސް ފައިނަލް ލިސްޓުގައިވާ ގޮތުން ވޯޓުދިނުމުގެ ހައްގު ލިބިގެންވަނީ 282,395 މީހުންނަށެވެ. މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. މި ލިސްޓުގައިވާ ގޮތުން ރިޔާސީ އިންތިޚާބުގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ޖުމްލަ 574 […]

ޔޫކްރޭނުގައި ކޮރަޕްޝަނުގެ މައްސަލައެއްގައި ސިފައިންގެ ވަޒީފާއާއިބެހޭ މަރުކަޒުތަކުގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފި

ކޮރަޕްޝަނުގެ ބޮޑު މައްސަލައަކާއި ގުޅިގެން ޔޫކްރޭނުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ސިފައިންގެ ސަރަހައްދީ ވަޒީފާއާއި ބެހޭ މަރުކަޒުތަކާއި ހަވާލުވެ ތިބި މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފިއެވެ. މިއަހަރުގެ ކުރީކޮޅުގައި އަސްކަރީ ބޭނުމަށް ހޯދާ ތަކެތީގެ ކޮރަޕްޝަނުގެ އެހެން މައްސަލައެއްގައި ޒެލެންސްކީވަނީ އެކަމާއި ހަވާލުވެ ތިބި މުވައްޒަފުންތަކެއްވެސް ވަޒީފާއިން ވަކިކޮށްފައެވެ. އަދި އެކަމާ ގުޅިގެން ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކުރެވި ޚަބަރު މީޑިއާގައި ފެތުރުމުން އެގައުމުގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ވިޗެސްލާވް ޝަޕޮވާލޮވް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. މުވައްޒަފުންތަކެއް ވަޒީފާއިން […]

ޑޮލަރު އެއްފަރާތްކޮށްފާ ރުޕީސް އިން އަގު އަދާކުރާގޮތަށް އެއް މިލިއަން ފީފާގެތެޔޮ

އެމެރިކާ ޑޮލަރު އެއްފަރާތް ކޮށްފާ އިންޑިއާ ރުޕީސް އިން އަގު އަދާކުރާގޮތަށް އެމިރޭޓްސް އިން އެއް މިލިއަން ފީފާ ތެޔޮ އިންޑިއާއިން ގަނެފިއެވެ. އިންޑިއަން އޮއިލް ކޯޕަރޭޝަނުން ގަތް އެއްމިލިއަން ފީފާތެލުގެ އަގު މިހާރު ވަނީ އަބޫދާބީގެ ނޭޝަނަލް އޮއިލް ކޮމްޕެނީއަށް އިންޑިއަން ރުޕީސް އިން އަދާކޮށްފިއެވެ.  އަބޫދާބީގައި ހުންނަ އިންޑިއަން އެމްބަސީން މިކަން ރޮއިޓާރސްއަށްވަނީ ކަށަވަރު ކޮށްދީފައިވެއެވެ. އިންޑިއާއާއި ރަޝިޔާ ހިމެނޭގޮތުން ބްރިކްސްގެ ބައިވެރިން ގެންދަނީ ދުނިޔޭގެ ބާޒާރުން އެމެރިކާ ޑޮލަރުގެ ނުފޫޒު ކުޑަކުރެވިދާނެ ގޮތްތައް ބަލަމުންނެވެ.އިންޑިއާރުޕީސްއިން އަގު އަދާކުރާގޮތަށް އަބޫދާބީން ތެޔޮ ގަތުން މިއީ އެ […]

ޑރ.މުޢިއްޒުގެ މެނިފެސްޓޯ މާދަމާރޭ ލޯންޗުކުރަނީ

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ މާދަމާރޭ ލޯންޗުކުރަން ނިންމައިފިއެވެ. މުޢިއްޒުގެ މެނިފެސްޓޯ ލޯންޗުކުރުން އޮންނާނީ ހުޅުމާލޭގައި މާދަމާރޭ ބާއްވާ ޖަލްސާގައެވެ. މި ޖަލްސާ އޮންނާނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެއް ނަންބަރު ބަސް ސްޓޮޕް ކުރިމަތީގައި އޮންނަ ހުސްބިމުގައެވެ. މުޢިއްޒުގެ މެނިފެސްޓޯ އާންމުކުރައްވާނީ “ދިވެހިންގެ ރާއްޖެ“ މި ނަމުގައެވެ. މި މެނިފެސްޓޯއަކީ އިދިކޮޅު ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ތަސައްވުރާ އެއްގޮތަށް ތައްޔާރު ކޮށްފައިވާ މެނިފެސްޓޯއެކެވެ.

“މުލީގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޔާމީންގެ ތަސައްވުރެއް, އަޅުގަނޑު އެކަން ބާރަށް ކުރިއަށް ގެންގޮސް ނިންމާނަން“

މ.މުލީގެ ބިން ހިއްކުމާއި އެއާޕޯޓެއް އެޅުމަކީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ތަސައްވުރެއް ކަމަށާއި އޭނާގެ ވެރިކަމެއްގައި އެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް ނިންމައި އެކަމުން ރައްޔިތުންނަށް އުފާވެރިކަން ހޯއްދަވައިދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މުލީގައި ބޭއްވި ޖޯލިފަތި ބައްދަލުވުމުގައި މުޢިއްޒު ވިދާޅުވީ މުލީގެ ބިން ހިއްކުމާއި އެއާޕޯޓެއް އެޅުމަކީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ތަސައްވުރެއް ކަމަށެވެ. އެކަން ކުރުމަށްޓަކައި 2018 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން މަސައްކަތް ވެސް ފެށްޓެވި […]

ޒަރީރަށް ހަމަލާދިން މައްސަލާގައި އިބްރާހީމް ޢަބްދުﷲ އަލުން ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ތިން މީހުން ކޯޓު އަމުރެއްގެ ދަށުން ދޫކޮށްލުމަށްފަހު އޭގެތެރެއިން ދެ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި މއ.ނައިޓްވިލާ އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) އާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވަނިކޮށް ކްރިމިނަލް ކޯޓުން އެ ތިން މީހުން ވެސް ޝަރުތުތަކަކާއެކު ދޫކޮށްލީއެވެ. ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބެލުމަށްފަހު އެ ކޯޓުން ކުރި ހުކުމުގައި ބުނީ އެ ތިން […]

ހުޅަނގު ބައިބައި ކޮށްލަން ރައީސް ޕޫޓިން ކުރައްވާ މަސައްކަތްޕުޅު ކާމިޔާބު

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ރައީސް ޕޫޓިން ހީކުރެއްވިގޮތަށް ކާމިޔާބު ކުރުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. އެކަމަކު ހަމަޔަގީނުންވެސް ހުޅަނގުގެ ކުރިއަރާފައިވާ ބަރު ހަތިޔާރުގެ މަދަދާއިއެކު ޔޫކްރެއިނުން ފަށާގަތް ކައުންޓަރ އޮފެންސިވް ޙަމަލާތައް އުންމީދުކުރި މިންވަރާ ގާތަކަށްވެސް ކުރިއަކަށް ގެންގޮސް ކާމިޔާބުވުމަށްވުރެ ވަނީ ގެއްލުން ބޮޑުވެފައެވެ.  އެ ބަރު ހަތިޔާރުތަކާއި ފޯރުކޮށްދެމުން ގެންދާ ވަސީލަތްތަކާއި އެކުގައިވެސް ޔޫކްރެއިނަށް އެއްވެސް މިންވަރެއްގެ ކުރިއެރުމެއް ލިބެމުންދޭތޯ މިއީވެސް ތަޖްރިބާކާރުން މިހާރު ވަރަށް ބޮޑަށް އުފައްދާ ސުވާލެކެވެ. ޔޫކްރެއިނުން މިހާރު އުންމީދުކުރަމުން ގެންދަނީ މިއަންނަމަހު އެމެރިކާއިން ފޯރުކޮށްދޭނެ ކަމަށްބުނެފައިވާ އަބްރާމް މަރުކާގެ ހަނގުރާމަމަތީ ޓޭންކު ތަކަށެވެ.  އެ ޓޭންކުތައް ލިބުމުން ހަނގުރާމަ […]

ދެން ކުރާން އޮތް ބޮޑު މަސައްކަތަކީ އެމްޑީޕީ “އަތުލުން“ : ރައީސް ނަޝީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) “އަތުލުމަކީ“ ކުރައްވާން އޮތް ބޮޑު މަސައްކަތް ކަމަށާއި އެކަން ކުރައްވާނެ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެމްޕޭނަށް ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ދިއްދުއަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ސަރުކާރާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި […]