އަޅުގަނޑު ހޮވައިފިނަމަ އެސްއެމްއީ ލޯނުތައް މާފުކޮށްދޭނަން: ޤާސިމް
ވެރިކަން ލިބިވަޑައިގެންފިނަމަ ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ލޯނުތައް މާފުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް މިއަދު ވައުދުވެވަޑައިގެންފިއެވެ. ރިޔާސީ ކެމްޕޭނަށް އއ.މަތިވެރިއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޤާސިމް ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ އެސްއެމްއީ ލޯނު ސްކީމަށް ފާޑުވިދާޅުވެފައެވެ. “އެސްއެމްއީ ލޯނޭ އަނެކައްޗެކޭ ކިޔައިގެން ދައުލަތުގެ ފައިސާ ބަޖެޓުގައި ޖަހައިގެން ނަގައިގެން ދީފައި, އެއް ބަޔަކު ލައްވާ އެގްރިމެންޓް ހައްދައި އަނެއް […]
ސިޓީއަކަށް ބަދަލުކުރުމުގެ ވައުދާއެކު ޑރ.މުޢިއްޒުގެ ގިނަ ވައުދުތަކެއް ތިނަދުއަށް
ވެރިކަން ލިބިވަޑައިގެންފިނަމަ ގދ.ތިނަދޫ ސިޓީއަކަށް ބަދަލުކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވައުދުވެވަޑައިިގެންފިއެވެ. ތިނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ޑރ.މުޢިއްޒު ވިދާޅުވީ ޢުމްރާނީ ގޮތުންނާއި ޚިދުމަތް ދިނުމުގެ ވަސީލަތްތަކަށް ބެލި ނަމަވެސް ސިޓީއަކަށް ބޭނުންވާ ހުރިހާ ކަމެއް ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި ތިނަދޫގައި ފުރިހަމަވެފައިވާ ކަމަށެވެ. މުޢިއްޒު ވިދާޅުވީ އެ ތަނެއްގައި ސިޓީއަކަށް ބޭނުންވާ ޚިދުމަތްތަކާއި ވަސީލަތްތައް ގާއިމުކުރެވިފައިވާނަމަ ގާނޫނުގައި އޮންނަ 10000 މީހުން ހަމަވުން ލާޒިމެއް ނޫން ކަމަށެވެ. “އަޅުގަނޑުމެން […]
ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސަޢުދުﷲ ޕީޕީއެމްއާ ގުޅިވަޑައިގެންފި
ގދ.ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސަޢުދުﷲ ހިލްމީއާއި ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ. ސަޢުދުﷲ ޕީޕީއެމްއާ ގުޅިވަޑައިގަތީ މިރޭ ތިނަދޫގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕޭން ޖަލްސާގައެވެ. މީގެއިތުރުން ތިނަދޫ ކައުންސިލްގެ ކުރީގެ ރައީސް ޢަލީ އަމްޖަދާއި ނައިބު ރައީސް އިބްރާހިމް ރިޔާޟް ވެސް ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. މިރޭގެ ޖަލްސާގައި އެ ތިން ބޭފުޅުންގެ މެމްބަރޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ޑރ.މުޢިއްޒުއާއި އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމެވެ. ޑރ.މުޢިއްޒަށް […]
ޢުމަރު ނަޞީރަށް މަރުގެ އިންޒާރުދީފި
އަންނަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ޢުމަރު ނަޞީރަށް ބަޔަކު މަރުގެ އިންޒާރުދީފިއެވެ. ޢުމަރަށް މަރުގެ އިންޒާރުދީފައިވަނީ ސޯޝަލް މީޑިއާގައެވެ. އެ އިންޒާރުތަކުގެ ސްކްރީންޝޮޓްތައް ހިއްސާކުރައްވައި ޢުމަރު ވިދާޅުވީ ތަފާތު މަރުގެ އިންޒާރު ލިބެމުން ދާތީ މިކަން އެމްއެންޑީއެފްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ޢުމަރަށް މަރުގެ އިންޒާރު ދީފައިވާއިރު ދާދިފަހުން އޭނާ ކެމްޕޭންގައި އުޅުއްވަނިކޮށް މީހަކު ވަނީ ދަނގަޑުބުރިއަކުން ހަމަލާދީފައެވެ. އެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. ޢުމަރު ވިދާޅުވި ގޮތުން ޕިކަޕުގައި ހުންނަވަނިކޮށް އޭނާއަށް […]
ޕޯސްޓު މެދުވެރިކޮށް ގެނައި ދެ މިލިއަން ރުފިޔާގެ ހެރޮއިން އަތުލައިގެންފި
ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ. ކަސްޓަމްސް އިން މިއަދު ބުނީ އެ ތަކެތި އަތުލައިގަތީ، މިދިޔަ ހޯމަ ދުވަހު ކުރިއާ ސާވިސް މެދުވެރިކޮށް މެލޭޝިއާއިން ރާއްޖެ އަށް ޕެކޭޖުތަކެއްގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެ ތަކެތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި ވަނީ އިރު، ހެރޮއިން އަށް ޕޮޒިޓިވްވެފައެވެ. އެތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު […]
ވެރިކަން ލިބިއްޖެނަމަ މަޑަވެލީގެ ބިން ހިއްކައިދޭނަން: ޑރ.މުޢިއްޒު
ވެރިކަން ލިބިވަޑައިގެންފިނަމަ ގދ.މަޑަވެލީގެ ބިން ހިއްކައި ދިނުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވައުދުވެވަޑައިގެންފިއެވެ. ރިޔާސީ ކެމްޕޭނަށް ގދ.އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގެ މަޑަވެއްޔަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޑރ.މުޢިއްޒު ވިދާޅުވީ މަޑަވެލީގެ ބިމުގެ ޖާގަ އިތުރު ކުރެވިގެން ނޫނީ އެ ރަށުގެ ތަރައްގީއަށް ޖާގައެއްނެތް ކަމަށާއި ވެރިކަން ލިބިވަޑައިގެންފިނަމަ ބިން ހިއްކައި ދެއްވާނެ ކަމަށެވެ. މުޢިއްޒު ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއުު ވެސް ކުރިއަށް ގެންދާނީ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއުއާ އެކުއެކީގައި […]
އިސްލާމީ ތާރީޚުގެ އަލީގައި ޗެންގީޒް ޚާނަށް ބަލައިލުމެއް – 3
https://sandhaanu.today/31988/ އާއި ގުޅޭ…. އަމިއްލަ ފައިދާއަށްޓަކައި ގައުމާއި އީމާންކަން ވިއްކާލަންވެސް ފަހަކަށް ނުޖެހޭނެއެވެ. އެތެރެކޮއިލުގައިވެސް ތިބޭނީ މޫނު ރީތިކޮށްގެންތިބެނީ މުނާފިގުންނެވެ. މިއީ އަޅުގަނޑުމެން ފިލާވަޅު ލިބިގަންނަން ޖެހޭ ދަރުސްތަކެކެވެ. އިސްލާމީ ޙަޟާރަތު ބިންގާ ކަމުގައިވި ބަޣްދާދު ވީރާނާކޮށްލުމަށްފަހު ޚުލާގޫ ޚާންގެ ލަޝްކަރު ދެން އަމާޒުހިފީ ޝާމުކަރައިގެ ދިމިޝްގަށެވެ. ބަޣްދާދާއި ދިމިޝްގް ވީރާނާކޮށްލައި އެތަނުގެ މީހުންތައް ގަތުލުކުރަމުންދިޔަ މަންޒަރު އިސްލާމީ މުއައްރިޚުން ސިފަކޮށްފައިވަނީ ގިޔާމަތްދުވަސް އައީ ކަމަށާއި މޮންގޯލިއާގެ ލަޝްކަރަކީ ޔައުޖޫޖް މައުޖޫޖު ބާގައި މީހުން ކަމަށެވެ. އެ ބިރުވެރިކަމާއި ކުރިމަތިލެވޭނެ ގާބިލުކަމެއް […]
ހަތަރުގައުމެއްގެ ސަފީރުން ނައިޖަރުން ފައިބަން 48 ގަޑިއިރުގެ މުހުލަތެއް
ސީ އެން އެން އިން ޚަބަރު ދީފައިވާގޮތުގައި ނައިޖަރުގައި އުފައްދާފައިވާ މިލިޓްރީ ސަރުކާރުން ބޭރުގައުމުތައް ތަމްސީލުކުރައްވާ ހަތަރު ސަފީރަކު އެ ގައުމުން ފައިބާ ވަޑައިތަގުމަށް އަންގަވައި ހަމައެކަނި 48 ގަޑިއިރުގެ މުޙުލަތެއްދީ އެ ގައުމުގެ މިލިޓްރީ ރިޔާސަތުން އަންގަވައިފިއެވެ. އެ ހަތަރު ގައުމަކީ އެމެރިކާއާއި ފަރަންސޭސި ވިލާތާއި ޖަރުމަން ވިލާތާއި އަދި ނައިޖޭރިޔާއެވެ. ނައިޖަރުގެ ޚާރިޖިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ފަރަންސޭސީ ވިލާތުގެ ސަފީރު ސިލްވައިން އިއްޓޭ ނައިޖަރުގެ ޚާރިޖިއްޔާއަށް ވަޑައިގަތުމަށް ދެންނެވުމުން އޭނާ ވަނީ އިންކާރު ކުރައްވާފައެވެ. ހަމައެފަދައިން އަނެއް ތިން ގައުމުންވެސް ވަނީ ހުކުރުދުވަހު ނައިޖަރުގެ ޚާރިޖިއްޔާއަށް […]
ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި ހިމާޗަލް ޕްރަދޭޝްގެ އިމާރާތްތަކެއް ސުންނާފަތިވެއްޖެ
އިންޑިއާގެ އުތުރގެ ފަރުބަދަތަކަކުން ބިންގަނޑު ކަނޑައިގެންގޮސް އެސަރަހައްދުގެ އެތައް އިމާރާތެއް ސުންނާފަތިވެއްޖެއެވެ. ހިމާލަޔާސްގައި ހިނގަމުންދާ މި ކާރިސާތަކުގައި އެތައް ބަޔަކުވަނީ މަރުވެސް ވެފައެވެ. ހިމާޗަލް ޕްރަދޭޝްގެ ކުއްލޫ ސަރަހައްދުގައި ބުރާސްފަތި ދުވަހު ހިނގައިދިޔަ ބިންގަނޑު ކެނޑުމުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އެސަރަހައްދުގައި ދިރިއުޅެމުންދިޔަ މީހުން އެހެން ރައްކާތެރި ސަރަހައްދުތަކަށް މާކުރީން ބަދަލުކުރެވިފައިވާކަމަށް އެތަނުގައި ހަރަކާތްތެރިވާ އޮފިޝަލުންވަނީ ރިޕޯޓުކޮށްފައެވެ. ”އެ ހިސާބަކީ ނުރައްކާ އޮތް ސަރަހައްދެއްކަން ދެނެގަނެ، ހާދިސާ ހިނގުމުގެ ދެދުވަސްކުރިން ސަރުކާރުން އެ އިމާރާތުގައި […]
ހުޅުމާލެއިން ގެއްލިގެން ހޯދަމުން އައި މީހާ ފެނިއްޖެ
މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ހުޅުމާލެއިން ގެއްލިގެން ހޯދަމުން އައި ހއ. ބާރަށް / ސައިނިންގސްޓަރ މުޙައްމަދު ތަޢުފީޤު (35އ) މިހާރު ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ތަޢުފީޤުގެ ޚަބަރެއްނުވެގެން ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރީ އޮގަސްޓް 26 ވަނަ ދުވަހުގެ 01:35 ހާއިރުއެވެ. އޭނާ ހޯދަމުން އަންނަކަން ފުލުހުން އިއުލާނުކުރީ އިއްޔެގައެވެ. ފުލުހުން މިއަދު ބުނީ “މުޙައްމަދު ތަޢުފީޤު މާލެއިން މިއަދު ފެނިފައިވާ “ ކަމަށެވެ. އަދި އޭނާގެ […]