ގައުމީ ފެންވަރުގައި ”ވަރލްޑް ޔޫތް ސްކިލްސް ޑޭ“ ފާހަގަކުރުމަށް ނިންމަވައިފި
މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ”ވަރލްޑް ޔޫތް ސްކިލްސް ޑޭ“ ގައުމީ ފެންވަރުގައި ރާއްޖޭގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ނިންމަވައިފިއެވެ. ރައީސް މި ގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން ހުށަހެޅި ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހު އެ މަޖިލީހުން އެރުވި ލަފާފުޅުގެ މަތިންނެވެ. ”ވަރލްޑް ޔޫތް ސްކިލްސް ޑޭ“ ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 15 ވަނަ ދުވަހުގައެވެ. މި ދުވަސް ފާހަގަކުރަނީ ޒުވާނުންގެ ކިބައިގައި ހުރި […]
ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްދޭ އެލަވަންސް މުރާޖައާކޮށް އިތުރު އިނާޔަތްތަކެއް ތައާރަފުކުރަނީ
ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މާލީ އެހީގެ މިންވަރު މުރާޖައާކުރައްވައި އިތުރު އިނާޔަތްތަކެއް ތައާރަފު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ރައީސް މި ނިންމުން ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހު އެ މަޖިލީހުގެ ލަފާފުޅުގެ މަތިންނެވެ. ރައީސް އޮފީހުން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއާ ގުޅޭގޮތުން ނިންމެވި ނިންމެވުމާ ގުޅޭ ތަފްސީލުތައް […]
ނަޝީދު އަށްވެސް ނޯޓިސް ފޮނުވައިފި
މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމަނިކުފާނުގެ ޕާޓީ އެމްޑީޕީ އިން ހުށަހަޅާފައިވާ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް އެ މަނިކުފާނަށާއި މެމްބަރުންނަށް މަޖިލިހުގެ އިދާރާ އިން ފޮނުވައިފި އެވެ. ނަޝީދުއަކީ މިއަދުވެސް އެމްޑީޕީގެ ރައީސް ވެސްމެއެވެ. އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީ އިން މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 54 މެންބަރުންގެ ސޮޔާއި އެކުގައެވެ. ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ 56 މެންބަރުން ތިއްބަވަ އެވެ. އެއީ ނަޝީދުވެސް ހިމެނިގެނެވެ. މަޖިލިސްގެ އިރުބާރު އެމަނިކުފާނަށް ގެއްލިފައިވާކަމަށް ސޮއިކޮށްފައިވާ 54 މެންބަރުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީއަށް ނިސްބަތްވާ 50 […]
ޗައިނާގެ ގުޅުމުގައި ހުޅަނގުގެ ކަންބޮޑުވުންތަކަށް ފަރުވާލެއް ނެތް – ސަޢޫދީ
ސަޢޫދީގެ ކެޕިޓަލް ރިޔާޒުން ޚަބަރު ދީފައިވާގޮތުގައި މިދިޔަ އާދީއްތަ ދުވަހު ސަޢޫދީ އެރޭބިޔާގެ ހަކަތައާއި ބެހޭ ވަޒީރު ޕްރިންސް އަބްދުލް އަޒީޒު ބިން ސަލްމާނު ޢިއުލާން ކުރައްވާފައިވަނީ ސަޢޫދީ އެރޭބިޔާއާއިން ބޭނުންވަނީ ޗައިނާއާއި އެކުގައި ގުޅިގެން މަސައްކަތް ކުރުމަށެވެ. އަދި ސަޢޫދީ އެރޭބިޔާއާއި ޗައިނާގެ ގުޅުމާއިމެދު އެމެރިކާ އާއި ހުޅަނގުން ޝައްކުގެ ނަޒަރުން ބަލަމުން ގެންދިއުމަކީ އެމަނިކުފާނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ނޫންކަމަށެވެ. ދުނިޔޭގައި އެންމެގިނައިން ތެޔޮ އެކްސްޕޯރޓް ކުރާ ގައުމުގެ ޙައިސިއްޔަތުން ސަޢޫދީ އެރޭބިޔާއިން ދުނިޔޭގައި އެންމެ ގިނައިން ހަކަތަ ބޭނުންކުރަމުންގެންދާ ގައުމު ޗައިނާއާއިއެކު ގުޅުން ބަދަހިކޮށް މިހާރުމިވަނީ ހައިޑްރޯކާބަންގެ ނަގިއްޔަކުން […]
ކޯވިޑް ވެކްސިން ޖަހައިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅި މައްސަލަތައް ބަލަން ފަށަނީ
ދުނިޔޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ވެކްސިނޭޝަން ކެމްޕޭނުގައި، ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ތައްޔާރުކުރި ވެކްސިން ޖެހުމުގެ ސަބަބުން ހަށިގަނޑަށް ނޭދެވޭ އަސަރުކުރި ފަރާތްތަކުން ޖަރުމަނުގެ ކޯޓުތަކަށް ހުށައެޅި މައްސަލަތައް ހޯމަ ދުވަހުންފެށިގެން ކޯޓުތަކުގައި ހިނގަންފަށާނެއެވެ. 2020 ވަނަ އަހަރުގެ ކުރީކޮޅު ހަލުވިކަމާއެކު ފެތުރުނު އާލަމީ ވަބާގައި، ދުނިޔޭގެ ބޯޑަރުތައް ބަންދުވެ، ފުރަބަންދުތައް އިއުލާނުކުރުމާއެކު އެތައް މިލިއަން މީހުން އެމީހުންގެ ގޭގޭގައި މަޑުކޮށްގެން ތިބެން ޖެހުނެވެ. އަދި ކޯވިޑުން ދިފާއުވުމަށް އުފެއްދި ވެކްސިންތައް ވެގެންދިޔައީ ފުރާނަ ސަލާމަތްކުރުމަށް […]
މަގާމު ދިފާއު ކުރެއްވުމަށްޓަކައި ނަޝީދާއި އީވާ މަޖިލިސް “ހައިޖެކްކޮށްފި“ : ރޮޒައިނާ
މަގާމު ދިފާއު ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސް އީވާ މަޖިލިސް “ހައިޖެކްކޮށްފި“ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. އީވާ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް, ރިޔާސަތު ބަލަހައްޓަވަން ނަޝީދު ދެކޮޅު ހައްދަވާތީ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. އެކަމާ ގުޅިގެން ފާޑުވިދާޅުވެ ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް […]
ރިޔާސަތު ބަލަހައްޓަން ނަޝީދު އުޒުރުވެރިވުމުން އީވާގެ މައްސަލަ އެޖެންޑާކުރި ޖަލްސާ ކުރިއަށް ނުގެންދެވުނު
ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެކޮޅު ހައްދަވާތީ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަމަށް މަޖިލީހުގެ އަމީންއާންމު ފާޠިމަތު ނިއުޝާ މެންބަރުންނަށް އަންގަވައިފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައެވެ. މިއަދުގެ ޖަލްސާ ފަށްޓަވަމުން އަމީންއާންމު ފާޠިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދާއިރު ރިޔާސަތު […]
ތުރުކީގެ ދެބަކަނޑުން ދަތުރުކުރާ ބޯޓުތަކުން ނަގާ ފީ ބޮޑުކޮށްފި
ތުރުކީގެ ދެބަކަނޑުން ދަތުރުކުރާ އެހެން ގައުމުތަކުގެ ބޯޓުތަކުން ފީގެ ގޮތުގައި ނަގާ އަދަދު އެގައުމުން އިތުރުކޮށްފިއެވެ. ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން އަނެއްކާވެސް ވެރިކަމަށް އިންތިޚާބުވެއްޖެނަމަ، އިސްލާމޯ އޮޓޮމަން ވެރިކަމުގެ ފަހުން ތުރުކީއަށް ކުރުން މަނާކުރެވިފައިވާ އެތައް ކަމެއް މަޑުމަޑުން ހުއްދަކުރާނެތީ ހުޅަނގުގެ ގިނަ ގައުމުތަކުން ތިބީ ކަންބޮޑުވެފައެވެ. އެގޮތުން، ރައީސް އުރުދުޣާނު އަލުން އިންތިޚާބުވުމާއެކު މުދާ އުފުލާ ބޭރުގެ ބޯޓުތަކުން އިސްތަންބުލް އަދި ކަނަކަލޭ ކަނޑުތައް ބައްދާނަމަ ނަގާ ޓްރާންސިޓް ފީ ވަނީ ބޮޑުކޮށްފައެވެ. […]
ހަތް އަހަރަށްފަހު ސަޢޫދީ ޢަރަބިއްޔާގައި އިރާން އެމްބަސީއެއް ހުޅުވައިފި
ހަތް އަހަރުގެ މުއްދަތަކަށްފަހު ސަޢޫދީ ޢަރަބިއްޔާގައި އިރާނުގެ އެމްބަސީއެއް ހުޅުވައިފިއެވެ. އެމްބަސީ ހުޅުވުމަށް ރިޔާދުގައި ބޭއްވި ހަފްލާގައި އިރާނާއި ސަޢޫދީގެ ޚާރިޖީ ވުޒާރާގެ ތަމްސީލުވެރިން ވަނީ ބައިވެރިވެފައެވެ. އިރާނުގެ ޚާރިޖީ ވުޒާރާގެ ނައިބު، ޢަލީ ރިޒާ ބަޣްދެލީ ވިދާޅުވީ މިއީ ދެ ގައުމުގެ އެއްބާރުލުމާއި އެކުވެރިކަމުގެ ”އައު ޒަމާނެއްގެ ފެށުން“ ކަމުގައެވެ. ޗައިނާގެ އެއްބާރުލުމާއެކު، މީގެ ތިންމަސްދުވަސް ކުރިން ގަލްފުގެ ގައުމުތަކުންވަނީ އީރާނާއެކު ކުރިން އޮތް ގުޅުންތައް ބޭއްވުމަށް އެއްބަސްވެފައެވެ.
ވާރުތަ މުދަލުން ޓެކްސް ނަގާ އިނގިރޭސިވިލާތަށްވުރެ ކޮމިއުނިސްޓް ޗައިނާގައި އުޅެން މާ ހިތްހަމަޖެހޭ: މޯސްލީ
ހަޔާތުގެ ގިނަދުވަސްތައް ޗައިނާގެ ބެއިޖިންގައި މަސައްކަތްކުރުމުގައި ހޭދަކުރުމަށްފަހު، އުމުރުން 70 އަހަރުގެ ޕޯލް މޯސްލީ ހުރީ އޭނާގެ އަންހެނުންނާއެކު ”އިނގިރޭސިވިލާތުގެ ފެހި އަރާމު ފަސްގަނޑަށް“ އެނބުރި ދިޔުމަށް ކެތްމަދުވެފައެވެ. އެހެންނަމަވެސް އޭނާގެ ގައުމަށް ދިޔުމުގައި އެންމެ ބޮޑު ހުރަހަކީ ވާރުތަ މުދަލުން ދައްކަންޖެހޭ ޓެކްސްގެ ކަންބޮޑުވުމެވެ. މޯސްލީ ބުނީ އޭނާގެ އިންވެސްޓްމަންޓްތަކުންނާއި ޕެންޝަނުން ލިބޭ އާމްދަނީއިން ނަގާ ޓެކްސްއަކީ ދައްކަންޖެހޭ އެއްޗެއްކަމަށް ގަބޫލުކޮށް އެއިން ސަރުކާރަށް އަދާކުރަންޖެހޭ މިންވަރު ދެއްކުމާއިމެދު އެއްވެސް ޝަކުވާއެއް ނެތްކަމަށާއި، އެހެންނަމަވެސް، އޭނާގެ […]