މެޑިޓެރޭނިއަން ކަނޑަށް ފެތުނު ބޯޓުން ގިނަ އަދަދެއްގެ ޕާކިސްތާނު މީހުންވަނީ މަރުވެފާ
ސީ. އެން. އެން. އިން. ޚަބަރު ދީފައިވާގޮތުގައި މިދިޔަ އާދީއްތަދުވަހު ގުރީކުގެ ކަރަގޮނޑަށް ފެތުނު މަސްބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ކަނޑަށް ޣަރަގުވެގެން މަރުވި މީހުންގެ ތެރޭގައި ޕާކިސްތާނުގެ 300 އަށްވުރެން ގިނަ މީހުންވެސް ހިމެނޭކަން އެނިއްޖެއެވެ. އެހެންނަމަވެސް ގުރީކު ސަރުކާރުން އަދި މިހާތަނަށް މަރުވިމީހުންގެ އަދަދު ހާމައެއް ނުކުރެއެވެ. މިބޯޓުން ދަތުރުކުރި މީހުންނަކީ ސިޔާސީ ޙިމާޔަތް ހޯދުމަށާއި ބަނޑުހައިހޫނު ކަމުން ސަލާމަތް ވުމަށާއި ގައުމުތަކކުގައި ހިނގަމުންދާ ސިޔާސީ އަދި މަޒުހަބީ ދެކޮޅުވެރިކަމުން ސަލާމަތް ވުމަށްޓަކައި ގޮތެއް ފެނޭތޯ ކަނޑުމަގުން ޔޫރަޕްގެ ގައުމުތަކަށް ދެވޭތޯ ދަތުރުފަށައިގެން އުޅުނު ބައެކެވެ. ކޮންމެ އަހަރަކުވެސް […]
ދައުރުގައި އިޖުތިމާއީ ގޮތުން ރާއްޖެ ހޯދި ކާމިޔާބެއް ނެތް
ރާއްޖޭގެ ރައްޔިތުން ސަރުކާރެއް އުފައްދަނީ ހަމައެކަނި ގެވަޅެއް ހޯދާކަށް ނޫނެވެ. އަދި ފުލެޓެއް ހޯދާކަށެއް ވެސް ނޫނެވެ. ރައްޔިތުން ސަރުކާރެއް އުފައްދަނީ ފުދުންތެރި, ރައްޔިތު މީހާ އަމާންކަމާއެކު ބިރަކާނުލައި ދިރިއުޅުމުގެ މަތިވެރި މަގުސަދުގައި މެއެވެ. އެހެނަސް ރާއްޖޭގައި ރައްޔިތު މީހާއަށް އެއްވެސް ރައްކާތެރި ކަމެއް ނެތެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް އަމާންކަމެއް ނެތޭ ބުނެވިދާނެއެވެ. ރީތި އަންހެން ކުއްޖަކަށް ނުވަތަ ދެ ޖިންސުގެ ފުރާވަރު ކުދީންނަކަށް ރާއްކާތެރިކަމާއި އަމާންކަމާއެކު މަގުމަތީގައި ހިނގާބިގާވެ އުޅުމުގެ މިނިވަންކަމެއް ނެތެވެ. […]
ގުޅުން މެދުކެނޑުނުތާ އަހަރުތަކެއްފަހުން ޔޫއޭއީ އާއި ޤަތަރުގެ އެމްބަސީތައް އަލުން ހުޅުވައިފި
ހަ އަހަރުގެ މެދުކެނޑުމަކަށްފަހު އެކުވެރި އަރަބި އިމާރާތާއި ޤަތަރާއި ދެމެދު އޮތް ގުޅުން ބަދަހިކުރުމަށްޓަކައި ދެ ގައުމުގެ އެމްބަސީތައް އަލުން ހުޅުވާފައިވާކަން އެ ދެ ގައުމުން ހާމަކޮށްފިއެވެ. ހޯމަ ދުވަހު ދެ ގައުމުން ނެރުނު ބަޔާނުގައި ބުނެފައިވާގޮތުގައި އަބޫ ދާބީގައި ޤަތަރުގެ އެމްބަސީއަކާއި، ދުބާއީގައި ޤަތަރު ކޮންސުލޭޓެއް މިހާރު ހުޅުވާފައިވާއިރު، ދޯހާގައި އެކުވެރި އަރަބި އިމާރާތުގެ އެމްބަސީއެއް ވެސް މިހާރު ވަނީ ހުޅުވާފައެވެ. 2017 ވަނަ އަހަރު، އެކުވެރި އަރަބި އިމާރާތުންވަނީ ސަޢޫދީ ޢަރަބިއްޔާއާއި، ބަހްރޭން އަދި […]
“މިއީ ސިފައިންގެ ކޮންޓްރޯލުގެ ދަށަށް ރާއްޖެ ގެނެސް ރައީސް ހައްޔަރުކުރަންވީ ވަގުތު“
މިހާރުން މިހާރަށް ސިފައިންގެ ކޮންޓްރޯލުގެ ދަށަށް ރާއްޖެ ގެނެސް, ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމުން ވަކިކޮށް ހިފައި ހައްޔަރުކުރަންޖެހޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޢަބްދުއްރަޙީމް (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ. ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަހަލަ ހިތްވަރެއް, ފަންވަރެއް ނެތް ބޭފުޅަކު ވެރިކަމުގައި ބެހެއްޓުމުގެ މައުނައެއް ނެތް ކަމަށާއި އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވާނަމަ ރައްޔިތުން މިކަމަށް ގޮތް […]
ޔޫކްރެއިނުގެ އަމުރުނެރޭ ތަންތަން ހަލާކުކޮށްލަންވީ ވަގުތު ޖެހިއްޖެ
ރަޝިޔާގެ ދިފާއީ ވުޒާރާއާއި ޙަވާލާދީ ޔޫކްރެއިނިސްކާ ޕްރާވްޑާއިން ޚަބަރު ދީފައިވާގޮތުގައި ޔޫކްރެއިނުން ކްރީމިޔާއަށް ޙަމަލާ ދެމުންގެންދާތީ އޭގެ ބަދަލުގައި ޔޫކްރެއިނުން އަމުރު ނެރޭ ކޮމާންޑް ސެންޓަރތަކަށް ޙަމަލާދޭންވީ ވަގުތު ޖެހިއްޖެކަމަށް މިލިޓްރީ އެއްވުމެއްގައި ރަޝިޔާގެ ދިފާޢީ ވަޒީރު އިންޒާރު ދެއްވައިފިއެވެ. އަހަރެމެންނަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ޔޫކްރެއިނުން ގެންދަނީ އެމެރިކާގެ ހިމާރސް އަދި ޔޫރަޕްގެ ސްޓޯމްޝެޑޯ މިސައިލް ބޭނުންކޮށްގެން ކްރީމިޔާވެސް ހިމެނޭގޮތުގައި ރަޝިއަން ފެޑެރޭޝަނަށް ޙަމަލާދޭން ރާވަމުންނެވެ. ކްރީމިޔާއަކީ މިހާރު ކުރެވެމުންދާ ހަނގުރާމައިން ބޭރުގެ ސަރަޙައްދެކެވެ. އެހެންވީމާ އެމެރިކާއާއި ޔޫ ކޭ ގެ ހަތިޔާރު ބޭނުންކޮށްގެން އަހަަރެމެނަށް […]
އެމްޑީޕީގެ އެދުމަށް ނަޝީދު އިޖާބައެއް ނުދެއްވި, މަޖިލިސް ޗުއްޓީއަށް
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލައި ނިމެންދެން މަޖިލީހުގެ މި ހިނގާ ދައުރު ދިގު ދަންމައިލަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ހުށަހަޅާފައިވަނިކޮށް އެެއަށް ގޮތެއް ނުނިންމައި މަޖިލިސް ޗުއްޓީއަށް ހިނގައްޖެއެވެ. މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވާތީ ރިޔާސަތު ބަލަހައްޓަން ދެ ބޭފުޅުން ވެސް އުޒުރުވެރިވެވަޑައިގަތުމުން ވޭތުވެދިޔަ ދުވަސްތަކުގައި މަޖިލިސް އޮތީ ހުއްޓިފައެވެ. އެހެންވެ ރިޔާސަތު ބަލަހައްޓަވަމުން އައީ ވިލިފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފެވެ. ނަމަވެސް […]
ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އެކަކު ދޫކޮށްލައިފި
މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި ބްލޮގަރު ޔާމިން ރަޝީދު މަރައިލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންގެ ތެރެއިން އަޙްމަދު އިސްމާޢީލް (އަހަނދު) ބަންދުން ދޫކޮށްލައިފިއެވެ. ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މއ.ފާގަފިލާގޭ އަޙްމަދު އިސްމާޢީލް ބަންދުން ދޫކޮށްލީ އިއްޔެގައެވެ. ޝަރުތުތަކާއެކު އޭނަ ބަންދުން ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައެވެ. އެކަމަކު ދޫކޮށްލީ […]
ހޮންގް ކޮންގްގެ ކަނޑުގެ ސަރަހައްދު ސަލާމަތްކުރުމަށް 3D ކޮށް މުރަކަ ޕްރިންޓުކުރަނީ
އާރކިރީފް ނަމަކަށް ކިޔާ ކުންފުންޏަކުން ކުލޭ އިން ތައްޔާރުކޮށް 3ޑީ ކޮށް ޕްރިންޓުކުރެވިފައިވާ، ތިމާވެށްޓާއި ރައްޓެހި، ކަނޑުގެ މާހައުލުތަކަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ބަދަލުކުރެވޭ، ދުނިޔޭގެ އެންމެ ފުރަތަމަ ”ރީފް ޓައިލް“ ނުވަތަ އާޓިފިޝަލް ފަރު ބިނާކުރުމަށް ބޭނުންކުރާ މުށްޓެއް ތައްޔާރުކޮށްފިއެވެ. މި ކުންފުނީގެ އަމާޒަކީ ގެއްލުންލިބި ފަނާވަމުންދާ ކަނޑުއޮޅިތަކަށް އަލުން ދިރުން ހޯދައިދީ، ގުދުރަތީގޮތުން މުރަކަ އާލާވުމަށް މަގުފަހިކޮށްދިނުމެވެ. އަދި އެހެންތަންތަނުން ގެނެސް އިންދާ މުރަކަތައް ހަރުލެއްވުމާއި، ކަނޑުގެ ސަރަހައްދުތަކަށް އާރޯކަން ގެނެސްދިނުމެވެ. މި މުރަކަތަކަކީ […]
އާލަމީ ސައިބަރ ހަމަލާއެއްގެ އަސަރު އެމެރިކާ ސަރުކާރަށް ވެސް ކޮށްފި
އިންޓަނެޓު މެދުވެރިކޮށް އާންމުކޮށް ބޭނުންކުރާ ސޮފްޓްވެއަރތަކުންގެ ބަލިފައި ހޯދާ، އޭގެ ބޭނުން ހިފުމުގައި ހަރަކާތްތެރިވެ އުޅޭ ރަޝިއާގެ ސައިބަރ ގުރޫޕްތަކުން ކުރިއަށް ގެންދިޔަ ސައިބަރ ހަމަލާތަކެއްގެ އަސަރު އެމެރިކާ ސަރުކާރުގެ އެތައް ވުޒާރާއަކަށް ކޮށްފައިވާކަމަށް އެމެރިކާގެ އެންމެ އިސް އެއް ސައިބަރސެކިއުރިޓީ އޭޖެންސީއިން ބުނެފިއެވެ. ”އެމެރިކާގެ ދައުލަތުގެ އެތައް ވުޒާރާއެއްގެ މަސްނޫއީ ނިޒާމުތަކަށް ދިން ހަމަލާގައި އެތަންތަނުގެ ”މޫވްއިޓް“ އެޕްލިކޭޝަންތަކަށް އަސަރުކޮށްފައިވާތީ ޔޫއެސް ސައިބަރ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އޭޖެންސީއިން މިގެންދަނީ ހަރަކާތްތެރިވަމުން.“ އެ ވުޒާރާގެ […]
ޖޭޕީން އިސްތިއުފާދެއްވި ގިނަ ބޭފުޅުންތަކެއް އެމްޑީޕީއާ ގުޅިވަޑައިގެންފި
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ޙަަސަން ޝާހު ހިމެނިވަޑައިގަންނަވާހެން ޖޭޕީން ވަކިވެވަޑައިގެންނެވި ގިނަ ބޭފުޅުންތަކެއް މިއަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ. އެމްޑީޕީން މިރޭ ކުރި ޓުވީޓެއްގައިި ބުނެފައިވަނީ ކުރީގެ ކައުންސިލް މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ޖޭޕީގެ ކުރީގެ ގިނަ މެންބަރުންތަކެއް މިއަދު އެމްޑީޕީއަށް ސޮއިކުރައްވާފައިވާ ކަމަށެވެ. އެބޭފުޅުންގެ މެމްބަރޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. މި ރަސްމިއްޔާތުގައި އެމްޑީޕީގެ […]