ތެލުގެ އަގު ހެޔޮކޮށްފި

ރާއްޖެއަށް ތެޔޮ އެތެރެކުރާ މައި ކުންފުނި, އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ. އެސްޓީއޯއިން ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 83 ލާރި އަދި ޑީސަލް ލީޓަރަކުން 62 ލާރި އަގުހެޔޮވާނެ ކަމަށެވެ. ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 15.97 ރުފިޔާ އަށެވެ. ޑީސަލް ލީޓަރެއް ވިއްކީ 16.32 ރުފިޔާ އަށެވެ.  އަގަށް ގެނައި ބަދަލާއެކު މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 15.14 ރުފިޔާ އަށެވެ. ޑީސަލް ލީޓަރެއް ވިއްކާނީ 15.70 […]

ހަތަރު މީހުންނާއެކު ފުރި ދޯންޏެއް ދިޔަވެ އަޑިއަށްދަނީ

ހަތަރު ދިވެހިންނާއެކު ރޭ މާލެއިން ފުރައިގެން ތ.އަތޮޅަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިއަށްދާން ފަށައިފިއެވެ. އެމްއެންޑީއެފްއިން މިއަދު ހެނދުނު ވިދާޅުވީ މާލެއިން ފުރައިގެން ހަތަރު ދިވެހިންނާއެކު ތ.ދިޔަމިގިއްޔަށް ދަތުރުކުރަމުންދިޔަ ”މާކުރީ 7“ ދޯނި ތ.ވިލިފުށީގެ ހުޅަނގު އުތުރުން 6 މޭލު ބޭރުން ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު ލިބިފައިވާތީ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. ނަމަވެސް މި ހާދިސާއާބެހޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފްއިން ހާމައެއް ނުކުރެއެވެ.