ފިކުރެއްގެ ދިރުމުގެ 4 މެންބަރަކު މުގައްރިރުކަމުން ވަކިކޮށް ފިޔަވަޅު އަޅައިދޭން އެދެން ފާސްކޮށްފި

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ “ފިކުރެއްގެ ދިރުން“ ފެކްޝަނުގެ 04 މެންބަރަކު މަޖިލީހުގެ 04 ކޮމިޓީއެއްގެ މުގައްރިރުކަމުން ވަކިކޮށް, އެމްޑީޕީން ވެސް އެ ބޭފުޅުންނަށް ފިޔަވަޅު އަޅައިދިނުމަަށް އެދެން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ފާސްކޮށްފިއެވެ. އެ 04 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ މަޖިލީހުގެ އާންމު ކޮމިޓީގެ މުގައްރިރުކަމުގައި ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފާއި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުކަމުގައި ހުންނެވި މާފަންނު އުތުރު ދާއިރާގެ މެންބަރު […]

ސަޢޫދީ އެރޭބިޔާއާއި އީރާނުގެ މަދަދާއެކު ގޮވަމުންދިޔަ ހަނގުރާމަތައް ހުއްޓުމަކަށް

ސަޢޫދީ އެރޭބިޔާއާއި އީރާނުން މަދަދުލިބިގެން މެދުއިރުމަތީގައި ރޯވެ ގޮވަމުންދިޔަ ހަނގުރާމައިގެ ހުޅުގަނޑު ނިންވާލުމަށްޓަކައި ދެގައުމުގެ ދެމެދުގައި ޒަމާންވީ ދެކޮޅުވެރިކަން ނިމުމަކަށް ގެނައުމަށް އެއްބަސަވެއްޖެކަމުގައި ރޮއިޓާސް އިން މިއަދު ޚަބަރު ދީފިއެވެ.  މި ހައިރާންކުރުވަނިވި އެއްބަސްވުމުގެ ސަބަބުން ޔަމަނާއި ސީރިޔާ އަދި އިރާގާއި ލެބަނަންގައި ހިނގަމުންދާ ދެކޮޅުވެރިކަންވެސްނިމުމަކަށް ގެނެވޭނެކަމުގެ އުންމީދު އާވެގެން ހިގައްޖެއެވެ. ޗައިނާއިން އިސްނަގައިގެން ސަޢޫދީ އެރޭބިޔާއާއި އީރާން އެކުވެރި ކުރުވުމާގުޅިގެން މެދުއިރުމަތީގައި އެކުވެރިކަމާއި އެއްބާރުލުމުގެ މަސްރަޙެއް އުފެއްދުމުގެ ފޮނިހުވަފެންތަކެއް ދަނީ ފެންނަމުން ނެވެ. އެހެންނަމަވެސް މިމަސްރަޙް ހަލަބޮލިކުރަން ބޭނުންވާ ބަޔަކު ބުނަމުންގެންދަނީ މިއީ […]

ބައިޑްންގެ ރިޔާސަތުގައި އެމެރިކާގެ ދަންމަރު ނިވިއްޖެ

މިދިޔަ ހަފްތާގެ ވީކްއެންޑްގައި އެންމެ ފަލަ އެއްސުރުޚީއަކަށް ބައިނަލް އަގްވާމީ މީޑިއާއިން ފެނިގެންދިޔައީ އިނގިރޭސިވިލާތުގެ ޑެއިލީ ޓެލެގްރާފުގެ އެސޯޝިއޭޓެޑް އެޑިޓަރ ކަމިލާ ޓޮމިނޭ ލިއުއްވާފައި ލިއުއްވުމެކެވެ. ލިއުއްވުމުގެ ސުރުޚީގެ ދިވެހި ތަރިޖަމާއެއް އަޅުގަނޑުގެ ފެންވަރުގައި އެއޮތީ ބުނެފައެވެ.                  ކަމިލާގެ ލިއުއްވުން ވަރަށް ޚުލާސާ ގޮތެއްގައި އަމާޒު ކުރައްވާފައިވަނީ ދުނިޔޭގެ މަސްރަހުގައި މީގެކުރިން އެމެރިކާ އަދާކުރަމުން ގެންދިޔަ ބާރުގަދަ މަގާމާއި އެހެންނަމަވެސް މިހާރު ފެންނަމުންދާ މަންޒަރު ތަކުގެ މައްޗަށެވެ.  އެކަމަނާގެ ލިއުއްވުން […]

“ހަސަން ކުރުސީ“ ގެ އަސްލު ހޯދަން ނަޝީދު ޕޮލިހަށް

“ހަސަން ކުރުސީ“ ގެ ނަމުގައި ބޭނުން ކުރަމުން އަންނަ ޓުވިޓާ އެކައުންޓުގެ ވެރި ފަރާތް ހޯއްދެވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅުއްވައިިފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް ފޮނުއްވި ސިޓީއެއްގައި ރައީސް ނަޝީދު ވިދާޅުވީ “ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓަކީ އަޅުގަނޑުގެ އެކައުންޓެއް ކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި އެތަކެއް އޮޅުން އަރާ އެކަމުގެ ސަބަބުން އަޅުގަނޑަށް އިންތިހާއަށް ގެއްލުން […]

ރާއްޖޭގައި ހުރި އިންޑިއާ މީހަކު މެލޭރިއާއަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން ނައްތާލައިފައިވާ ބައްޔެއް ކަމަށްވާ މެލޭރިއާއަށް ރާއްޖޭގައި ހުރި އިންޑިއާ މީހަކު ޕޮޒިޓިވްވެއްޖެއެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ މެލޭރިއާ މި ބަލި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނުނު ކަމުގައި ވިޔަސް ބަލި ފެތުރުމުގެ ބިރެއް ނެތް ކަމަށެވެ. މިނިސްޓްރީން ވިދާޅުވީ ބަލިޖެހިފައިވާ މީހާއަށް ފަރުވާދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މެލޭރިއާގެ ކޭސްއެއް ބިދޭސީއެއްގެ ގައިން ފެނުނީ އަލަށް ނޫން ކަމަށާއި މަދުން ނަމަވެސް ބޭރުން އަންނަ މީހުންގެ ގައިން މި ބަލީގެ ކޭސްތައް ފެންނަ ކަމަށް މިނިސްޓްރީން […]

މޮރިޝަސް-ރާއްޖެ ކަނޑުގެ މައްސަލައިގެ ނިންމުން އަންނަ ހަފުތާގައި

ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ މި މަހުގެ 28 ވަނަ ދުވަހު ނިންމަން ހަމަޖައްސައިފިއެވެ. މޮރިޝަސްގެ ފަރާތުން އިޓްލޮސްއަށް ހުށަހެޅީ ސަރަހައްދީ އިމުގެ މައްސަލައެވެ. މި މައްސަލައިގެ އަޑުއެހުންތައް ނިންމައިލީ މިދިޔަ އަހަރުއެވެ. އިޓްލޮސްއިން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގައި އެ ޓްރައިބިއުނަލްގެ ނިންމުން މި މަހުގެ 28 ވަނަ ދުވަހު މެންދުރު އިއްވާނެއެވެ. އަދި އެ […]

  ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާތީ ކަންބޮޑުވޭ

    ރާއްޖޭގެ އިގްތިޞާދު ރަނގަޅު ވަމުން ދެޔެ ވިދާޅުވިނަމަވެސް ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުވަމުން އަންނަތަނެއް ނުފެނެއެވެ.ބާޒާރުގެ ތަކެތީގެ އަގުތަކާއި ކާބޯތަކެތީގެ އަގުވެސް އަންނަނީ ދުވަހަށް ދުވަހަކަށް އުފުލެމުންނެވެ.     ތަކެތީގެ އަގު ބޮޑުވަމުން ދާތީ ދަންނަ ވިޔާފާރިވެރިޔަކާ ދިމާވެގެން ޝަކުވާ ކުރީމެވެ. އޭނާ ބުންޏެވެ. ރާއްޖޭގައި މިވަނީ ސަރުކާރާއި ބޭންކުތަކާއި ޑޮލަރުގެ ޢާމްދަނީލިބެ ވިޔާފާރިވެރީންވެގެން ޑޮލަރުގެ ކަޅުބާޒާރެއް އުފައްދާފައެވެ. ޑޮލަރު އޭޓީއެމް އިން ޑޮލަރު ކޭޝްނަގައިގެން ފުލުސްމީހާ ކުރިމަތީގައި ވަރުގު ރޭޓްގައި ބޭންކް ކުރިމަތީ ވިއްކަމުންދާ އިރުވެސް ފުލުސްމީހާވެސް ތަށަށް ކިޔަނީ […]

ރައީސް ޔާމީންގެ މައްސަލަ އަނބުރާ ގެންދަން އިދިކޮޅު ކޯލިޝަނުން ޕީޖީގެ ކިބައިން އެދިއްޖެ

ވ.އާރަށުގެ މައްސަލައިގައި މަނީ ލޯންޑަރިންގއާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލަ އަނބުރާ ގެންދިއުމަށް އިދިކޮޅު ކޯލިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމްގެ ކިބައިން މިއަދު އެދިއްޖެއެވެ. ޔާމީންގެ މައްޗަށް މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އިއްވެވި ހުކުމް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް އަދި ނުފަށައެވެ. ރައީސް ޔާމީންގެ މައްސަލައާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ […]

ބްރެޒީލުންވެސް ބޭނުންވަނީ އެމެރިކާޑޮލަރުގެ ބާރު ކަނޑުވާލަން

ބްރެޒިލްގެ ރައީސް ލޫލާ ޑި ސިލްވާ ޗައިނާއަށް ކުރެއްވި ރަސްމީދަތުރުފުޅުގައި ނިއު ޑިވެލޮޕްމެންޓް ބޭންކް އޮފް ޝެންހާއީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ބްރިކްސްގެ ގައުމުތަކުގެ ބޭންކެއް އުފެދި އެ ގައުމުތަކުގެ ވިޔަފާރީގައި ބޭނުންކުރާނެ ފައިސާއެއް ކަނޑައެޅުމުގެ ވަގުތު ޖެހިއްޖެ ކަމަށާއި އަދި ބްރިކްސްގައި ބައިވެރިވާ ގައުމުތަކުން އެމެރިކާ ޑޮލަރު އެއްފަރާތް ކުރުމަށް ބާރު އަޅުއްވާ ކަަމަށެވެ. މިކަމާއި ގުޅޭގޮތުން މިދިޔަ އަހަރުއްސުރެން މިއަންނަނީ ވާހަކަދައްކަމުންނެވެ. އެމެރިކާ ޑޮލަރާ ދުރުވުމުގެ ނިޔަތުގައި ބްރެޒިލްއާއި އާރޖެންޓީނާއިން އެއްފައިސާއެއް ބޭނުންކުރުމުގެ މަޝްވަރާތައްވެސް ކުރިއަށް އެބަ ގެންދަވާ ކަމަށެވެ. މިވަގުތުވެސް […]

ޒުވާން ފިރިހެންކުއްޖެއް ކައިރީގައި މަގޭ ދޫ ބޯލާށޭ ބުނުމަކީ ފާފައެއް ނޫންކަމަށް

މީގެ ކުޑަދުވަސްކޮޅެއް ކުރިން ޓިބެޓުގެ ދީނީ ލީޑަރ ދަލާއިލާމާގެ ދޫ ބޯލަން ކުޑަފިރިހެން ކުއްޖަކު ކައިރީ ބުނުން ދިފާއުކޮށް ޓިބެޓް ސަރުކާރު އިން އެގްޒައިލްގެ ވެރިޔާ ޕެންޕާ ސެރިންގް މިދިޔަ ބުރާސްފަތި ދުވަހު ނިއުދިއްލީ  ގައި އޮތް އިޙްތިފާލެއްގައި ވާހަކަ ދައްކައިފިކަމަށް ޚަބަރުދީފިއެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ބުދު ދީނުގެ އެންމެއިސް މޮންކް ފިރިހެން ކުއްޖަކަށް ދޮނެއްދީ އޭނާގެ ދޫ ބޯލަ ދިނުމަށް ބުނި ބުނުން މީޑިއާއިން ގެންދަނީ ނުބައިމާނައެއްގައި ތަރުޖަމާ ކުރަމުންނެވެ. އޭނާގެ ވާހަކާގައި އިތުރަށް ހާމަކޮށް ދީފައިވަނީ ހިޒް ހޮލިނަސް ( ދަލާއިލާމާ ) ގެ މުޅި އުމުރު […]