އީރާނުގެ ފައިސާއާއި މިލްކިއްޔާތު ހިފާއްޓާފައިވަނީ ގާނޫނާ ޚިލާފަށް

1979 ގައި އީރާނުގައި މިހާރުގެ އިންގިލާބީ ސަރުކާރު އުފެދުމުގެ މާކުރިން 1950 ގައި އޭރުގެ އީރާނުގެ ޝަހެންޝާހު މުޙައްމަދު ރިޒާ ޕަހެލަވީގެ ޒަމާނުގައި އެމެރިކާއާއި އެކު ރަޙްމަތްތެރިކަމުގެ މުޢާހަދާއެއްގައި އީރާނާއި އެމެރިކާއިން ސޮއިކުރިއެވެ.ނަމަވެސް އިސްލާމިކް އިންގިލާބީ ސަރުކާރު އައުމާއިއެކު އެމެރިކާއާއި އީރާނުގެ ރަޙުމަތްތެރިކަމުގެ ގުޅުންތައް ވީދެން ފަށީއެއެވެ.  އެންމެ ފަހުން 2018 ވަނައަހަރު އެމެރިކާއިން އެ މުޢާހަދާއިން އެކަހެރިވިކަން ޢިއުލާންކުރިއެވެ.                                 […]

2 ކިލޯ ރަން ވަގަށް އެތެރެކުރި އިންޑިއާ މީހަކު ޖޫރިމަނާކޮށްފި

ފައިގެ ކަށިމަތީގައި ތަތްކޮށްގެން ވަގަށް ރާއްޖެއަށް ރަން އެތެރެކުރަން އުޅުނު އިންޑިއާ މީހަކު ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރައްވައިފިއެވެ. ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ކުރެއްވި ހުކުމުގައި ވަނީ ޖޫން 2022 ގައި އިންޑިއާގެ ރައްޔިތެއް ކަމަށްވާ ހާރިފް މެލަޑެތް އަބޫބަކުރުގެ ހަށިގަނޑު ބަލައި ފާސްކުރިއިރު އޭނާގެ ދެފައިގެ ކަށިމަތީގައި މާސްކިންގ ޓޭޕްއަޅައި ތަތްކޮށްފައިވާ ރަންކުލައިގެ ޕޭސްޓް ހިމެނޭ ދެ ޕެކެޓް ފެނިފައިވާ ކަމަށެވެ. އަދި މޯލްޑިވްސް ކަސްޓަމްސްއިން އެ ތަކެތީގެ […]

މީހުން ޓްރެފިކް ކުރުން: ހައްޔަރުކުރި އިންޑިއާ މީހާގެ ބަންދު ދަމަހައްޓައިފި

މީހުން ޓްރެފިކް ކުރުމުގެ ތުހުމަތުގައި މިދިޔަ މާޗުމަހުގައި ހައްޔަރުކުރި އިންޑިއާ މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިއްޔެ ދަމަހައްޓަވައިފިއެވެ. އުމުރުން 20 އަހަރުގެ ވެންކަޓަރަމަނާ ޕައްލާ ހައްޔަރުކުރީ  މިދިޔަ މާޗުމަހުގެ 16 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ފުރަތަމަ ދިނީ 15 ދުވަހެވެ. ހެންވޭރު ސަލީމް ގެސްޓުހައުސްގައި އުޅެމުން ވެންކަޓަރަމަނާގެ މައްޗަށް ފުލުހުން ކުރަނީ ގިނަ ބަޔަކު ޝާމިލުވެގެން އިންތިޒާމުވެގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މީހުން ޓްެރެފިކް ކުރުން ނުވަތަ ޓްރެފިކް ކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތެވެ. […]

ސަޢޫދީއާއި އީރާނުގެ ވާހަކަތަކަށް ޗައިނާ މަރުޙަބާ

ބެއިޖިންގުން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ޗައިނާގެ ރައީސް އާއި ސަޢޫދީ ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާނު ފޯނުން ދެއްކެވި ވާހަކަފުޅުގައި ސަޢޫދީ އާއި އީރާނުން ދެގައުމުގެކުރިމަގާ ދޭތެރޭ ވާހަކަދައްކަން ބޭނުންވާކަން ހާމަކުރުމުން މަރުޙަބާ ވިދާޅުވެއްޖެއެވެ. މިމަހުގެ ކުރީކޮޅު ޗައިނާގެ އިސްނެގުމާއިއެކު ކާމިޔާބު ކުރެވުނު ސަޢޫދީ އީރާނުގެ ސުލްޙައިގެ ވާހަކަތަކަށްފަހު ގަލްފު ސަރަހައްދުގައި ޗައިނާގެ ނުފޫޒު ފެތުރެމުންދާ މިންވަރު އެމެރިކާއިން ގެންދަނީ ފާރަލަމުންނެވެ. މުޙައްމަދުގެ ވާހަކަފުޅުގައި އަވަށްޓެރިނާއިއެކު ސުލްޙަވެރި ގުޅުމެއް ގާއިމްކުރަން ޗައިނާއިން ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވައި ތައުރީފް […]

އެމްއެންޕީގެ ސަރުކާރެއްގައި ހިޔާ ފްލެޓްތަކުގެ ކުލި 4,000 އަށް ކުޑަ ކުރާނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގެ ކުލި 4,000 ރުފިޔާއަށް ކުޑަކުރައްވާނެ ކަމުގައި އެ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެއެވެ. އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމް މިހެން ވިދާޅުވީ އެ ޕާޓީގެ ކްލަބްހައުސް އިވެންޓް ސިލްސިލާގެ ރޭގެ އެޕިސޯޑްގައި އިވެންޓުގެ ބައިވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި މިހާރު ދައްކަންޖެހެނީ މަހަކު 7500 […]

ޗައިނާއާއި ރަޝިޔާއިން އުފައްދާފައިވާ ހުޅަނގާއި އިދިކޮޅު ޖަމާޢަތާއި ސަޢޫދީންވެސް ގުޅެނީ

މެދުއިރުމަތީގައި އެމެރިކާއިން އަދާކުރަމުން ގެންދިޔަ ބާރުގަދަ ދައުރުގެ ހުޅުތަކުގައި ދަބަރުޖަހަން ފެށުމާއިއެކު ޗައިނާއާއި ރަޝިޔާއިން އުފައްދާފައިވާ ހުޅަނގުގެ ނުފޫޒުން އެއްކިބާވުމުގެ ޖަމާއަތް ޝެންހާއި ކޯޕަރޭޝަން އޯރގަނައިޒޭޝަންގައި ބައިވެރިވުމަށް ސަޢޫދީ އެރޭބިޔާ އިންވެސް ގަސްދުކޮށްފިއެވެ. ސަޢޫދީ ސްޓޭޓް ނިއުސް އޭޖެންސީން ކަށަވަރުކޮށް ދީފައިވާ ގޮތުގައި އެ ޖަމާއަތުގެ ފުރިހަމަ މެމްބަރަކަށް ވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ “ ޑައިލޮގް ޕާރޓްނަރ “ އަކަށް ވުމަށް ސަޢޫދީ ވަޒީރުންގެ މަޖިލީހުން ވަނީ ސަރުކާރަށް ހުއްދަ ދީފައެވެ. 2001 ވަނަ އަހަރު ޗައިނާއާއި ރަޝިޔާގެ އިސްނެގުމާއެކު އުފެދުނު މި ޖަމާއަތް މިހާރު ވަނީ ސިޔާސީ އަދި […]