ރައީސް ޔާމީންގެ ދެ މައްސަލައެއްގައި މާދަމާ ހުކުމް އިއްވަވަނީ

ހައިކޯޓުގައި ހިނގަމުންދާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ދެ މައްސަލައެއްގައި މާދަމާ ހުކުމް ކުރެއްވުމަށް ތާވަލުކޮށްފިއެވެ. އޭގެތެރެއިން އެއް މައްސަލައަކީ ވ.އާރަށު މައްސަލައިގައި 3.4 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) ދައްކަން ރައީސް ޔާމީންގެ މައްޗަށް އެންގި މައްސަލައެވެ. އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވާކަމަށް ނިންމަވައި ކްރިމިނަލް ކޯޓުން އެމަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެ […]

އެމެރިކާ އަސްކަރިއްޔާގެ ލިއުންތައް ލީކްވުން

ޔޫކްރެއިން ހަނގުރާމައާއި ގުޅުންހުރި އެމެރިކާގެ އަސްކަރިއްޔާ ޕެންޓަގަންގެ ސިއްރު ލިއެކިއުންތަކެއް ލީކުވެ ޖަސްޓިސް ޑިޕާރޓމްންޓުން ތަހްގީގު ފަށާފައިވާއިރު އިތުރު ލިއެކިއުންތައްވެސް ބޭރުވެފާހުރެދާނެ ކަމުގެ ބިރު ހީވާން ފަށައިފިއެވެ. ލީކުވެފައިވާ ލިއެކިއުން ތަކުގައި އެމެރިކާއިން ޑްރޯން ބޭނުންކޮށްގެން ހިންގަމުންގެންދާ ޖާސޫސްކުރުމާއި މިލިޓްރީ ޙަރަކާތްތަކާބެހޭ ސިއްރު މައުލޫމާތުތަކާއި އަދި ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ ހަތިޔާރާބެހޭ މަޢުލޫމާތުތައްވެސް ހިމެނޭ ކަމަށްވެއެވެ. އެކަމުގައި ބައިވެރިވަނީ ކޮންބައެއްތޯ އަދި އެމީހުން މަގްސަދަކީ ކޮބައިތޯއާއި އިތުރު ލިއެކިއުން ތައްވެސް ލީކުވެފާ ހުރެދާނެތޯ ބަލަން އަސްކަރިއްޔާގެ އެދުމުގެ މަތިން ޖަސްޓިސް ޑިޕާރޓްމެންޓުން މިހާރު ވަނީ […]

ޢަރަބިއްޔާގެ އާ އިމާރާތް ހުޅުވޭނީ އަންނަ އަހަރު: މިނިސްޓަރު

ޢަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ ހުޅުވޭނެކަމަށް ލަފާކުރައްވަނީ 2024 ވަނަ އަހަރުގެ ދިރާސީ އާ އަހަރަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.  ޢަރަބިއްޔާ ސްކޫލަށް އާ އިމާރާތެއް ހެދުމަށް ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައިވާ ކަމަށް މިދިޔަ އަހަރު އިއުލާނުކޮށްފައިވާކަން ފާހަގަކުރައްވައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ވަނީ ކޮންޓްރެކްޓަރުގެ އަގަކީ ކިހާ ވަރެއްތޯއާއި, މަސައްކަތް ނިންމަން ހަވާލުކުރި މުއްދަތަކީ ކޮބައިތޯއާއި, މިހާރު މަސައްކަތް ނިމިފައިވަނީ ކިހާވަރަކަށްތޯ އަދި ސްކޫލުގެ ބޭނުން ކުރަން ފެށޭނެ […]

އެމެރިކާއަށް ދިމާވެފާއޮތީ ހަގީގީ ޔޫ އެފް އޯ ގެ މައްސަލައެއް

އެމެރިކާ ނޭވީންގެ ކުރީގެ ފައިޓަރ ޕައިލެޓަކު ދަ ޓެލެގްރާފަށް ކިޔާދިންގޮތުގައި އެމެރިކާގެ ކަރަގޮނޑުގައި އޭނާ ތަމްރީނު ހަދަމުންދިޔަ ދުވަސްތަކުގައި ކޮންމެ ދުވަހަކުހެން ޔޫ އެފް އޯ އާއި ކުރިމަތިލާން ޖެހުނެވެ.  ވަށް ބުރަކަށް ހުންނަ އެ އުޅަނދުތައް ބައެއްފަހަރު ކިރިޔާ އެކްސިޑެންޓު ނުވާވަރަށް ކައިރިވެސް ވެއެވެ. އެއީ ޗައިނާގެ ފުއްޕާ ހަމެއް ނޫނެވެ. އެއްފަހަރު އަހަރެން ތަމްރީނު ހަދަމުން ގެންދިޔައިރު އޭގެ އުޅަނދަކާ މުޑިނޭރީ ހަމަކިރިޔާއެވެ.  ޖައްވުތެރެ ވަރަށް ސާފު ދުވަހެއްގައި ގަދަ އަޅިކުލައެއްގެ އެ އުޅަނދު އޭރު އޮތީ އެއްކޮށް ހުއްޓާލައި ގެންނެވެ. ބައެއްފަހަރު އެތައް ބައިވަރެއް އެއްފަހަރާ އާދެއެވެ. […]

އައިޑީ ކާޑު ހެއްދުމަށް އުނދަގޫކުރިމަތި ކުރުވަނީ ކީއްވެ

     ޑީއެންއާރުން މިހާރު އައިޑީ ކާޑު ހެއްދުމަކީ ވަރަށްބޮދު ތަކުލީފަކަށް ވެއްޖެއެވެ.      އައިޑީ ކާޑަށް އެދޭ ފޯމް ނަގަން ޖެހެނީ އޮންލައިން ކޮށެވެ. ފޯމު ހުށަހަޅަން ޖެހެހެނީ އޮންލައިން ކޮށެވެ. ފޯމް ހުށަހެޅުމުން ފައިސާދައްކަން ލިބޭ ލިންކަށް ނޫން ގޮތަކަށް ފައިސާ ދެއަކޭނެ އެހެން ގޮތެއް ނުއޮވެއެވެ.      ރާއްޖޭގެ ރައްޔިތުންގެ އެވްރެޖެ ތަޢުލީމީ ފެންވަރާއި އިންޓަނެޓްގެ ޒަރީޢާއިން އޮން ލައިން ކޮށް އައިޑީ ކާޑު ހެއްދުމަށް ރައްޔިތުމީހާ އުފުލަންޖެހޭ ތަކުލީފުތަކާއި އުފުލަން ޖެހޭ ބުރަމައްކަތް ސަރުކާރުގެ […]

ދިވެހިރާއްޖެއަކީ އިސްލާމްދީނުގެ ހިދާޔަތް ލިބިފާއޮތް ގައުމެއް

ދިވެހިރާއްޖެއަކީ ފާއިތު ވެދިޔަ 800 އަހަރުއްސުރެ މާތް ވެގެންވާ އިސްލާމް ދީނުގެ ހިދާޔަތު ލިބިފައި އޮތް ޤައުމެކެވެ. އިސްލާމް ދީނުގެ ޢިލްމާއި ދީނުގެ ރޫޙާނިއްޔަތުހެޔޮ ގޮތުގައި ރާއްޖޭގައި އުނިކަމުގައި ވިޔަސް، އަދި ދިވެހީންގެ ތެރޭގައި މާތް ވެގެންވާ އިސްލާމް ދީނާ އެކަށީގެން ނުވާ ބައެއް ކަންކަން ހުރި ކަމުގައި ވިޔަސްމެއެވެ. ދިވެހީންނަކީ ދީނަށް ލޯބި ކުރި، ސީދާސާދާ ގޮތެއްގައި އެމީހުންގެ ހުރިހައި ކަމެއްއެގޭމިންވަރަކުން އިސްލާމް ދީނާއި އެއްގޮތަށް ގެންދާން ޖެހޭ ކަމަށް  އިޚްލާޞްތެރިގޮތެއްގައި ޤަބޫލު ކުރި، ތެދުވެރި އަދި ހިތް ރަނގަޅު މުސްލިމުން ތަކެއްކަމާއިމެދު ދެބަސްވެވޭކަން ނެތެވެ. ނަމަވެސް، އިސްލާމް ދީނުގެ ޢިލްމީ އަދި ރޫޙާނީ ދަންމަރުތައް ދިވެހި މުޖުތަމަޢުގައިމަގު ދައްކައިދޭ ބައްތިތަކެއްގެ ގޮތުގައި […]

މަޑުއްވަރީގައި ޕިކަޕަކުން ޖެހި މީހަކު މަރުވެއްޖެ

ރ.މަޑުއްވަރީގައި ޕިކަޕަކުން ޖެހި މީހަކު މަރުވެއްޖެއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ މަޑުއްވަރީގައި ޕިކަޕެއް ފަހަތަށް ޖެއްސި ވަގުތުގައި ފަހަތުގައި ހުރި މީހެއްގެ ގައިގައި ޕިކަޕުން ޖެހުނު ކަމުގެ ރިޕޯޓު ލިބުނީ މިއަދު މެންދުރުފަހުގައި ކަމަށެވެ. އެހާދިސާގައި ނިޔާވީ އުމުރުން 40 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ނިޔާވީ ހާދިސާގެ ސަބަބުން ލިބުނު އަނިޔާތަކަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.  ފުލުހުން ވިދާޅުވީ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ހާދިސާގައި މަރުވީ […]

ނިންމުން ބަދަލެއް ނުކުރަން, ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނަން: ޝުޖާއު

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވި ނިންމެވުން ބަދަލެއްނުވާ ކަމަށާއި އަދިވެސް ހުންނެވީ ވާދަކުރައްވާ ގޮތަށް ކަމަށް ޝުޖާއު ޙުސައިން މިއަދު ވިދާޅުވެއްޖެއެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ޙުސައިން އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ ކުރިން ވެސް އިއުލާނު ކުރައްވާފައިވާ ފަދައިން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނެ ކަމަށެވެ. “ކުރިންވެސް އަޅުގަނޑު އިއުލާނު ކޮށްފައިވާ ފަދައިން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި […]

އަވަސް އިންތިޚާބަކަށް ކުރި އަމުރު ޕާލަމެންޓުން ގަބޫލެއް ނުކުރި

ޕާކިސްތާނުގައި އުވާލައިފައިވާ ދެ ސަރައްޙަދުގެ އެސެމްބްލީ އިންތިޚާބު އަވަސްކުރުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ކުރި އަމުރު ޕާކިސްތާނުގެ ޕާލަމެންޓުން ގަބޫލެއް ނުކުރިއެވެ.  ކޯޓުގެ އަމުރުގައި ބުނެފައިވަނީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނުގެ އަޣްލަބިއްޔަތު އޮތް ދެ އެސެމްބްލީގެ އިންތިޚާބު ސަރުކާރުން ލަސްކުރުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ. އެ ދެސަރަޙައްދުގައި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ބައިއަތު ހިފާފައިވާ ލޯކަލް ސަރުކާރު އުވާލާފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި އިތުރަށް ބުނެފައިވަނީ ގައުމުގެ އިގްތިސާދީ ޙާލަތާ އަދި ހަލަބޮލި […]

މަހްލޫފަށް ކުރި ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންދަނީ

ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމަވައިފިއެވެ. މަހުލޫފްގެ މައްޗަށް ދައުވާ ކުރީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމުގެ މުގާބިލުގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ އަތުން 33,000 އެމެރިކާ ޑޮލަރު ހޯއްދެވިކަމަށް ބުނާ މައްސަލައިގައެވެ.  މިއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާއެއްކަމަށް ބެލެވޭނެ ހެއްކެއް މަދަނީ މިންގަނޑުން […]