އިންޑިއާގެ ސިފައިން މިދިޔަ މޭ މަހު ކަޝްމީރުގެ 32 މީހުން ޝަހީދުކޮށްލި 

އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައިވާ ކަޝްމީރުގައި އިންޑިއާ ސިފައިން މިދިޔަ މޭ މަހު ހިންގި އެކިއެކި ހަރަކާތްތަކުގައި ކަޝްމީރުގެ 32 މީހުން ޝަހީދުކޮށްލާފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.   އިންޑިއާގެ ސިފައިން ބުނާ ގޮތުގައި މަރުވި 32 މީހުންނަކީ ޓެރަރިސްޓުންނެވެ. ނަމަވެސް ކަޝްމީރުގެ މުސްލިމުންގެ އެކިއެކި އިދާރާތަކުން ހާމަކުރާ ގޮތުގައި އިންޑިއާ ސިފައިންގެ ހަމަލާތަކުގައި ޝަހީދުވެފައި ވަނީ ކަޝްމީރުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންދިޔަ މުޖާހިދުންނެވެ. ކަޝްމީރު މީޑިއާގެ ރިސާޗު ސެކްޝަނުން ބުނިގޮތުގައި މި ޖޫން މަހުގެ ފުރަތަމަ ދުވަހު ވެސް އިންޑިއާގެ އަނިޔާވެރި ސިފައިން ވަނީ […]