”ސަވާދިއްތަ ދަތުރު“ގައި 12 ޔޮޓެއް

ރާއްޖޭގައި ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން ”ސަވާދީއްތަ ދަތުރު“ގެ ނަމުގައި ކުރިއަށްގެންދާ ޔޮޓް ރެލީގައި ބޭރުގެ 12 ޔޮޓެއް ރަޖިސްޓްރީ ވެއްޖެއެވެ. ”ސަވާދީއްތަ ދަތުރު“ގެ ނަމުގައި ރާއްޖެއަށް މުޅިން އަލަށް ހެރިޓޭޖް ޓޫރިޒަމް ތައާރަފްކޮށްފައިވަނީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިންނެވެ. އެކޯޕަރޭޝަނުން ބުނީ ހއ. އުލިގަމުން މިއަދު ފެށުމަށް ހަމަޖެހިފައިވާ މި ރެލީގައި ބައިވެރިވާ ފަރާތްތައް މިހާރު އެރަށަށް ގޮސްފައިވާކަމަށެވެ. ދުނިޔޭގެ މަޝްހޫރު ބައެއް ޔޮޓުތައް ވެސް ބައިވެރިވެފައިވާ މިރެލީގެ ބައިވެރިންނަށް މަރުހަބާ ދަންނަވާފައި […]
އިންޑިޔާގެ މުސްލިމް ކިޔަވާ ކުދިން ބުރުގާއެޅުން މަނާކުރި މައްސަލަ ހޫނުވަނީ

އިންޑިޔާގެ ކަރުނާޓަކާ ސްޓޭޓްގެ ހައިސްކޫލް ކުދިންތަކެއް ބުރުގާއަޅައިގެން ކުލާހަށް ވަނުން މަނާކުރި މައްސަލަ ހޫނުވެ އެކުދިން ހައިކޯޓަށް ދެ ޕެޓިޝަން ވައްދައިފިއެވެ. މައްސަލަ މިހާހަމަޔަށް ދިޔަޔީ ބުރުގާއަޅައިގެން ކުލާހަށް ވަނުން މަނާ ކުރެވުނު ހަކުއްޖަކު، ހައްގުތައް ހޯދުމަށް މުޒާހަރާކުރަމުން ދާތާ ދުވަސްތަކަކަށް ފަހުގައެވެ. އެކުދިން ކިޔަވަމުން އަންނަ ސަރުކާރުން ހިންގާ ޕްރީ ޔުނިވަރސިޓީ ކޮލެޖަކުން ބުނެފައިވަނީ ކެމްޕަސް ތެރޭގައި ބުރުގާ އެޅިނަމަވެސް ކުލާސްތެރޭގައި ބުރުގާނޭޅޭނެ ކަމަށެވެ. ނަމަވެސް މުސްލިމުން ބުނަމުންދަނީ އެމީހަކު ބޭނުން ކޮންމެ ހެދުމެއް އެޅުމުގެ […]
ޗައިނާ އަދި ރަޝިޔާގެ ރައީސުން މިއަދު ބައްދަލް ކުރައްވަނީ

ޗައިނާގައި މިއަދު ފެށުނު ވިންޓަރ އޮލިމްޕިކްސް 2022 ގެ ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިރަސްމިއްޔާތުގެ ކުރިން ޗައިނާގެ ރައީސް ޝީ ޖިން ޕިން އާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ބައްދަލް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ. މިއީ ކޮވިޑް 19 ފެތުރެން ފެށިގެން މިވީ ދެއަހަރުތެރޭ ރައީސް ޝީ ދުނިޔޭގެ ލީޑަރަކާ ބައްދަލް ކުރައްވާ ފުރަތަމަ ފަހަރެވެ. ޜައީސް ޝީ ޖިން ޕިން 2020 ވަނައަހަރުގެ ފަހުން ގައުމުން ބޭރަށް ދަތުރުފުޅު ކުރައްވާފައެއް ވެސް […]
ވަޒީފާއިން ލިބޭ ހުރިހާ ފައިސާ ދެކޮޅު ދަތުރަށް

ހުޅުމާލެ ސިޓީގައި ދިރިއުޅޭ ގިނަ ރައްޔިތުން ވަޒީފާ އަދާކުރަނީ މާލޭގައެވެ. ހެނދުނު ވަޒީފާއަށް ދާން ބަހަށް 20 ރުފިޔާ ވަޒީފާ ނިންމާފައި ރަށަށް އައުމަށް 20 ރުފިޔާ، ރޭގަޑު 8.30ގައި ފިންގާ ޖަހަން އޮފީހަށް ދާން 20 ރުފިޔާ ފިންގާ ޖަހާފައި އެނބުރި ގެއަށް އައުމަށް 20 ރުފިޔާ ކޮންމެ ދުވަހަކު ޚަރަދު ކުރަން ޖެހެއެވެ. މިރޭޓުން ދުވާލަކު 80 ރުފިޔާ އަމިއްލަ ވެހިކަލެއް ނެތް މާލޭގައި ވަޒީފާ އަދާ ކުރާ ހުޅުމާލޭގެ ކޮންމެ ރައްޔިތަކު ޚަރަދުކުރަން […]
އެމެރިކާ ސިފައިންގެ ހަމަލާއެއްގައި އިސްލަމިކް ސްޓޭޓް ޖަމާއަތުގެ ލީޑަރު މަރާލައިފި

ސޫރިޔާގެ އުތުރުގެ ހިސާބެއްގައި ހަރަކާތްތެރިވި އެމެރިކާ ސިފައިންގެ ޚާއްސަ ޔުނިޓަކުން ދިން ވަރުގަދަ ހަމަލާތަކަކަށް ފަހު އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާއަތުގެ ވެރިޔާ މަރާލެވިއްޖެ ކަމަށް އެމެރިކަގެ އޮފިޝަލުން ހާމަ ކޮށްފިއެވެ. ޚަބަރު ލިބޭ ގޮތުގައި އެމެރިކާ ސިފައިންގެ ޚާއްސަ ޔުނިޓަކުން މި އޮޕަރޭޝަން ހިންގީ އިދްލިބްގައި ހުރި ދެބުރި ގެއެއްގެ ކައިރިއަށް ވައިކުޑައިން ފާބައި އެގެއަށް ވަރުގަދަ ހަމަލާތަކެއް ދީގެންނެވެ. މި ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް 12 މީހުން މަރުވިކަމަށާއި އެމެރިކާ ސިފައިން […]
ނިއުޒިލަންޑުން ބޯޑަރު ހުޅުވުމާބެހޭ ޕްލޭން އާންމު ކޮށްފި

ކޮވިޑް19 ފެތުރުން ހުއްޓުވުމަށް ނިއުޒިލަންޑުން ބަންދުކުރި ބޯޑަރުތައް އަލުން ހުޅުވާނެ ތާރީޚްތައް އާންމުކޮށްފިއެވެ. މިގޮތުން އޮސްޓްރޭރިޔާގައި ތިބި ނިއުޒިލަންޑްގެ ރައްޔިތުން ގެ ތެރޭން ވެކްސިން ޖަހާފައިވާ މީހުން 27 ފެބްރުއަރީ އިން ފެށިގެން ގައުމަށް އެތެރެވެވޭނެއެވެ. އަދި އެހެން ގައުމުތަކުގައި ތިބި އެގައުމުގެ ރައްޔިތުންގެ ތެރޭން ވެކްސިން ޖަހާފައިވާ މީހުންނަށް 13 މާޗުން ފެށިގެން އަމިއްލަ ގައުމަށް ދެވޭނެ ކަމަށް ބޮޑުވަޒީރު ޖެސިންދާ އާޑަން ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް މިގޮތަށް ގައުމަށް އެތެރެވާ ފަރާތްތަކުން ދިހަ ދުވަހު […]
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މޭ މަހުން ފެށިގެން ބޮޑުކުރާނެ: ރައީސް

ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ މޭމަހުން ފެށިުގެން ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވީ ގައުމު ބިނާކޮށްދެއްވުމުގެ އެންމެ ބުރަ މަސައްކަތްކުރައްވާ ފަރާތްތަކުގެ މުސާރަ ބޮޑު ކުރެއްވުމަކީ އެމަނިކުފާނުގެ ވައުދުފުޅެއްކަމަށާ އަންނަ މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި މިބަދަލާއެކު، ގުރެޖުއޭޓް ލެވެލްގެ […]
މާލޭ ރައްޔިތުންނަށް ހައްގީ އެންމެ ދެތިން ހާސް ގޯއްޗާއި، ހައެއްކަ ހާސް ފްލެޓެއް ނޫން!: ޑރ. މުޢިއްޒު

މާލޭ ރައްޔިތުންނަށް ހައްގީ އެންމެ ދެތިން ހާސް ގޯއްޗާއި، ހައެއްކަ ހާސް ފްލެޓެއް ނޫން ކަމަށް މާލޭ ސިޓީ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި އަދި ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޭނެ ކަމަށާއި ގިރާވަރު ފަޅު ހިއްކައި އެ ބިމުން ވެސް މަދުވެގެން 2000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައި ވަނިކޮށް މާލޭސިޓީގެ މޭޔަރު […]
ދައުރު ނިންމާނީ ގޯއްޗަށް ބޭނުންޖެހިފައިވާ މާލޭ ރައްޔިތުންނަށް އިން ވަކިކޮށް ގޯތީގެ ފަތް ދިނުމަށްފަހު: ރައީސް

ރިޔާސީ މި ދައުރު ނިންމާނީ، ގޯއްޗަށް އެންމެ ބޭނުންޖެހިފައިވާ މާލޭ ރައްޔިތުންނަށް ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ އެންމެ ބޮޑުކަމަކީ ބޯހިޔާވަހިކަން ކަމަށާ އެކަން ހައްލުކުރުމަށް އަތޮޅުތެރެ އާއި މާލެއަށް ހާއްސަކޮށް ގިނަ މަސައްކަތް ކުރަމުން ގެންދަވާކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް […]
ދެރައީސުން މާދަމާ ކޮމަންޑޫ ދާއިރާއަށް!

މާދަމާ ހެނދުނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލިހުގައި ރިޔާސީ ބަޔާން އިއްވެވުމަށް ފަހު، ބައި އިލެކްޝަން ކެމްޕޭނުގައި ބައިވެރިވެ ވަޑައިގަތުމަށް އެމަނިކުފާނާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ކޮމަންޑޫ ދާއިރާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. މަައުލޫމާތު ލިބޭ ގޮތުގަައި މެންދުރު 12:30 ހާއިރު ކޮމަންޑޫ ދާއިރާއަށް ދެބޭފުޅުން ފުރައިވަޑައިގަންނަވާނއެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދު ކޮމަންޑޫ ދާއިރާ އަށް ކުރައްވާ ދަތުރުފުގައި ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށްޓަށް ދެ ރައީސުން އެކުގައި ވަޑައިގަންނަވާނެ އެވެ. […]