އެމްއެމްޕީއާރްސީ ޚިޔާނާތުން ގެއްލުނު ފައިސާ ހޯދައި ކުށްވެރިވާ މީހުންނަށް ހައްގު އަދަބު ދޭނަން: ރައީސް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ޚިޔާނާތުން ގެއްލުނު ފައިސާ ހޯދައި ކުށްވެރިވާ މީހުންނަށް ހައްގު އަދަބު ދެއްވާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ެަެއެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީއިން މިރޭ ބޭއްވި އެ ޕާޓީގެ ޖަހަގަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވީ މިހާރު ގާނޫނުތައް ހުރި ގޮތުން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ގެއްލުނު ފައިސާ ހޯއްދެވުމަކީ އެމަނިކުފާނުގެ […]

ހުންގާނު ނެތް އޮޑީގެ މިސްރާބު ގެއްލި, ކަނޑު ނުބައިކުރުން

ކޮންމެ ފަސް އަހަރަކުން އެއްފަހަރު ދިވެހީންނަށް އާ ރާއްޖެއަކަށް ދިއުމުގެ ފުރުސަތު ލިބެއެވެ. އެގޮތުން އެއް ބޭފުޅަކު ދިވެހިން “އަނެއް ދިވެހިރާއްޖެ“ އަށް ގެންދަވައި, ދެން ވަޑައިގެންނެވި ބޭފުޅަކު ދިވެހީން “ޖަޒީރާ ރާއްޖެ“ އަށް ގެންދަވައި, އެންމެ ފަހުން ވަޑައިގެންނެވި ބޭފުޅާ ދިވެހީން ގެންގޮސް މިހާރު ލާފައި ތިބީ “ދިވެހީންގެ ރާއްޖެ“ ކިޔާ ތަނަކަށެވެ. “ދިވެހީންގެ ރާއްޖެ“ މެނިފެސްޓޯ ލޯންޗުކުރަން ބޭއްވި ޖަލްސާގައި މިހާރުގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މެނިފެސްޓޯގައި ހުރި ކަންކަން ލިޔެފައިވާނީ އޭގެ […]

ހިޖުރީ އާ އަހަރުގެ ތަހުނިޔާ ވިދާޅުވެ, ކުރީގެ ރައީސް ނަޝީދު އިސްލާމީ އުންމަތަށް ނަޞްރަށް އެދިވަޑައިގެންފި

ހިޖުރީ އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ, ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްލާމީ އުންމަތަށް ނަޞްރާއި ކާމިޔާބަށް އެދިވަޑައިގެންފިއެވެ. ކުރީގެ ރައީސް ނަޝީދު ހިޖުރީ އައު އަހަރުގެ ތަހުނިޔާ ވިދާޅުވީ ’އެކްސް‘ ގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ ހިޖުރީ އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ, ހިޖުރީ އައު އަހަރާ މި ބައްދަލުކުރަނީ ސޫދާންއާއި, ބަރުމާއާއި, ފަލަސްޠީނުގެ މުސްލިމުންނަށް ދެރައާއި, ތަކުލީފުތައް ތަހައްމަލު ކުރަންޖެހިފައިވާ ދުވަސްތަކެއްގައިކަން ފާހަގަކުރައްވައިފައެވެ. […]

ހިޖުރީ އާ އަހަރުގެ ތަހުނިޔާ ފޮނުއްވައި, ޔާމީން އިލްތިމާސް ކުރެއްވީ ގައުމީ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްނުކުރުމަށް

ދިވެހި ރައްޔިތުންނަށް ހިޖުރީ އާ އަހަރުގެ ތަހުނިޔާ ފޮނުއްވައި, ގައުމީ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްނުކުރުމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. ހިޖުރައިން 1446 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާއާއި މުބާރަކްބާދީ ފޮނުއްވައި ކުރީގެ ރައީސް ޔާމީން ފޮނުއްވި މެސެޖުގައި ވިދާޅުވީ ގައުމު ހަމަ މަގަށް އެޅުވޭނީ ވެރިން ޒިންމާދާރު ކުރުވައިގެން ކަމަށެވެ. އެހެންކަމުން ޕާޓީއަކަށް ސިޔާސީ ފިކުރަކަށް ނުބަލައި, ހުރިހާ ރައްޔިތުން ނުކުމެ ސަރުކާރު ޖަވާބުދާރީކުރަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. […]

“މެނިންގޯކޮކަލް“ ގެ އިތުރު ކޭސްއެއް ރިޕޯޓު ކޮށްފައެއްނުވޭ: އެޗްޕީއޭ

ނުރައްކާތެރި ބައްޔެއް ކަމަށްވާ “މެނިންގޯކޮކަލް“ ގެ އިތުރު ކޭސްއެއް ރިޕޯޓު ކޮށްފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މެނިންގޯކޮކަލްގެ ކޭސްއެއް ރާއްޖެއިން ފެނުނީ މިދިޔަ ޖޫންމަހުގައެވެ. އޭރު މި ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން އެޗްޕީއޭއިން ކަމާބެހޭ މައުލޫމާތު އެއްކޮށް، “ކޮންޓެކްޓް ޓްރޭސިންގ“ ހަދައި، ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ “ޕްރޮފައިލެކްޓިކް“ ބޭސް ދޭން ފެށިއެވެ. އެ އެޖެންސީއިން މިއަދު ބުނީ މެނިންގޯކޮކަލް ބައްޔާ ގުޅިގެން ކުރެވުނު ކޮންޓެކްޓް […]

ރައީސް ޑރ.މުޢިއްޒު, ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބާގައި ތަހުނިޔާ ފޮނުއްވައިފި

ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. ތަހުނިޔާގެ ޚިޠާބުގައި ރައީސް ވިދާޅުވީ ހިޖުރީ އައު އަހަރަކާ ބައްދަލުކުރުމުގެ ހެޔޮ ތައުފީގު ދެއްވި ކަމަށްޓަކައި އެކަލާނގެ ހަޟްރަތަށް ޙަމްދުކުރައްވާ ކަމަށެވެ. “މި ފެށުނު އައު އަހަރުގެ މުނާސަބަތުގައި އަޅުގަނޑުގެ ހިތުގެ އިޚްލާސްތެރި ތަހުނިޔާއާއި މުބާރަކްބާދު، ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމެވެ.“ ހަމައެއާއެކު މުޅި އިސްލާމީ އުންމަތް އިޙުތިފާލުކުރާ މި ތާރީޚީ މުނާސަބަތުގެ ހެޔޮއެދުންތައް ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ތިއްބެވި […]

އެންމެންގެ މަންފާއަށްޓަކައި އެކަށައެޅިފައިވާ ގާނޫނުތަކާއި އުސޫލުތައް ތަންފީޒުވާންޖެހޭ: ރައީސް

އެންމެންގެ މަންފާއަށްޓަކައި އެކަށައެޅިފައިވާ ގާނޫނުތަކާއި އުސޫލުތައް ތަންފީޒުވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ވިދާޅުވީ ހިޖުރީ އައު އަހަރު ފެށިފައިވާއިރު, ހަނދާން އައުކޮށްދެނީ ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ނިންމެވި އެންމެ ޙައްސާސް އެއް ނިންމެވުން ކަމަށެވެ. އެގޮތުން ހިޖުރައިގެ ދަތުރުފުޅުގެ މަތީގައި ކީރިތި ރަސޫލާ ކަންކަން ކުރެއްވި ގޮތާއި، މަދީނާއަށް ވަޑައިގެން އިސްލާމީ ދައުލަތެއް ގާއިމުކުރުމަށް އެޅުއްވި […]

ރައީސް ޑރ.މުޢިއްޒު, އީރާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި މަސްއޫދަށް މަރުހަބާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އީރާނުގެ އާ ރައީސް މަސްއޫދު ޕެޒެޝްކިއާން އަށް މަރުހަބާ ވިދާޅުވެއްޖެއެވެ. ރައީސް މަރުހަބާ ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ވަނީ އީރާނުގެ އާ ރައީސްގެ ޒައާމަތުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން އީރާނާއި މެދުއިރުމަތީގެ ކުރިއެރުމަށާއި ސުލްހަމަސަލަސްކަމަށް އީރާނުން ކުރަމުން އަންނަ މަސައްކަަތަށް ކާމިޔާބަށް ވެސް އެދިވަޑައިގެންނެވިއެވެ. އީރާނުގައި ރިޔާސީ އިންތިޚާބު ބާއްވައި އާ ރައީސަކު އިންތިޚާބުކުރީ އެ […]

އެންޑީއޭގެ ސީއީއޯގެ މަގާމުގައި ހުންނެވި އިމާދު އެ މަގާމުން ވަކިކޮށްފި

މޯލްޑިވްސް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމުގައި ހުންނެވި އިމާދު ޞާލިޙް އެ މަގާމުން ވަކިކޮށްފިއެވެ. އެންޑީއޭގެ ސީއީއޯގެ މަގާމަށް އިމާދު އައްޔަންކުރީ, އެ މަގާމުގައި އޭގެ ކުރިން ހުންނެވި ސީއީއޯ, 2021 ވަނަ އަހަރުގެ ޖަނަވަރީ 18 ވަނަ ދުވަހު މަގާމުން ވަކިކުރުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން އެ މަގާމު ހުސްކޮށް އޮތުމަށްފަހު 20 އޮކްޓޫބަރު 2022 ގައެވެ. ނަމަވެސް އިމާދު މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތީ އެ އަހަރުގެ ނޮވެމްބަރު 01 ވަނަ ދުވަހުއެވެ. […]

ހަށިވިއްކުމުގެ ވިޔަފާރި: ދިވެހި ފިރިހެން މީހާ ދޫކޮށްލައި ބިދޭސީ 3 އަންހެނުން ބަންދުކޮށްފި

މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއްގައި ހަށިވިއްކަމުންދާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި އެކަކު ދޫކޮށްލައި ތިން މީހުން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއްގައި ބިދޭސީ އަންހެނުންތަކެއް ހަށިވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޕޮލިސް ސަރވިސްއިން ރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކޮށް, ހައްޔަރުކުރީ55 އަހަރުގެ ދިވެހި ފިރިހެނަކާއި ތައިލެންޑްގެ އުމުރުން 30 އަހަރުގެ […]