ދިއްދޫގެ އެއާޕޯޓް މަޝްރޫއު ހަގީގަތަކަށް ހަދައިދޭނަން: ރައީސް

ދިއްދޫގެ އެއާޕޯޓް މަޝްރޫއު ހަގީގަތަކަށް ހަދައިދޭނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވީ އެއް ކަމަކީ ދިއްދޫގައި އެއާޕޯޓް ހެދުމުގެ ވައުދު ކަމަށާއި އެއާޕޯޓް މަޝްރޫއު ހަގީގަތަކަށް ހަދައިދޭނެ ކަމަށެވެ. “ދެން ހަމަ އެއާއެކީ ހަމަ ވައުދުވީ ރައްޔިތުން ބޭނުންވާ އަނެއް ކަންތައް. ވައިގެ ބަނދަރު, އެއާޕޯޓު. އެކަން އިރާދަކުރެއްވިއްޔާ ހަމަ ހަގީގަތަކަށް ހަދައިދޭނެ ކަމުގެ […]
ރޯދަޔަށް ހަނދު ބެލުން މާޗު 10 ވާ އާދިއްތަ ދުވަހުގައި

މާޗު 10 ވާ އާދިއްތަ ދުވަހުގައި މި އަހަރުގެ ރަމަޟާންމަހަށް ހަނދު ބެލުން އޮންނާނެކަަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ބުނެފިއެވެ. ޑީޖޭއޭއިން މިއަދު ބުނީ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައި ކަމަށެވެ. އަދި އަތޮޅު ތެރޭގެ ރަށެއްގައިނަމަ […]
އަޒުމަކީ ވީ ވައުދެއް ވިއްޔާ ފުއްދުން, އަޅުގަނޑު މަސައްކަތްކުރާ ގޮތަކީ ވެސް އެއީ: ރައީސް

އެމަނިކުފާނުގެ އަޒުމަކީ ވެވަޑައިގެންނެވި ވައުދެއް ވިއްޔާ ފުއްދެވުން ކަމަށާއި މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެސް އެ ގޮތަށް ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ.އަތޮޅާއި ހދ.އަތޮޅާއި ށ.އަތޮޅާއި ނ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ހއ.ހޯރަފުށްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މެރިޓައިމް ޚިދުމަތްތަކާ އިކޮނޮމިކް ސެކިއުރިޓީއަށް ފޯކަސްކޮށްގެން ރިއަލް އެސްޓޭޓާއި ޓޫރިޒަމް އަދި އެހެނިހެން […]
ރައީސްގެ ތިންވަނަ ދަތުރުފުޅު މިއަދު ފަށްޓަވަނީ, މިފަހަރު އުތުރުގެ 4 އަތޮޅަކަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުތުރު ބައެއް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވާނެއެވެ. ރައީސް އޮފީހުން ބުނީ ހއ.އަތޮޅާއި ހދ.އަތޮޅާއި ށ.އަތޮޅާއި ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް މިއަދު ފުރާވަޑައިގަންނަވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސިޓީތަކާއި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި ސިޓީތަކާއި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ތަރައްގީއަށް އެންމެ މުހިންމު މަޝްރޫއުތަކާއި ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. ކައުންސިލްތަކުން އެމަނިކުފާނާ ބައްދަލުކުރުމަށް މާލެއަށް […]
އިނގިރޭސި ނިއުކްލިއަރ މިސައިލް އަތަށް ނުގޮވީ ކިރިޔާ

ދަ ޓެލިގްރާފުން ރިޕޯރޓް ކޮށްފައިވާ ގޮތުގައި އިނގިރޭސި ވިލާތުގެ ކަނޑުގެ ސިފައިން ގޮއްވައިލި ނިއުކްލިއަރ މިސައިލް, އެ ގޮއްވައިލި ސަބްމެރިން ކައިރިއަށް ވެއްޓި އެ ދިމާއިން ކަނޑުގެ އަޑިއަށް ހިނގައްޖެއެވެ. މިއީ މިގޮތަށް ދިމާވި ދެވަނަ ފަހަރެވެ. މީގެ ކުރިން އެމެރިކާގެ ގޮޑުދޮށުގައި ރޮޔަލް ނޭވީން ޓެސްޓަށް ގޮއްވާލި ޓްރައިޑެންޓް ނިއުކްލިއަރ މިސައިލަށް ވެސް ދިމާވެފައިވަނީ ހަމަ މިގޮތެވެ. ޖެނުއަރީ 30 ވަނަ ދުވަހު ޓެސްޓުކުރި އެ މިސައިލްގެ ފުރަތަމަ ސްޓޭޖުގެ ބޫސްޓަރ ވާގޮތެއް ނުވިއެވެ. އެއަށްފަހު […]
މާރިޗު މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

މި ފެށޭ މާރިޗު މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ”އަހާ“ ފޯރަމުގައި ރޭ އެމަނިކުފާނާ އާންމު ފަރާތްތަކުން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މާރިޗު މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާ ކަމުގެ އިތުރުން ރައީސް ދެއްވި ޖަވާބުތަކުގެ ތެރޭގައި މި ސަރުކާރުން ފެށްޓެވުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވަރަށް އަވަހަށް ފެށުމުގެ މަސައްކަތް ކުރައްވަމުން […]
ސިޔާސީ މަގާމުތަކުގައި ކުރިން ތިއްބެވި ބައެއް ބޭފުޅުންނަށް ތުހުމަތުކުރެވޭ މައްސަލަތަކެއް އޭސީސީއިން ބަލަނީ

ޮސިޔާސީ މަގާމުތަކުގައި ކުރިން ތިއްބެވި ބައެއް ބޭފުޅުންނަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ބަލަން ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ. އޭސީސީއިން ބުނީ ސިޔާސީ މަގާމުތަކުގައި ކުރިން ތިއްބެވި ބައެއް ބޭފުޅުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސަރުކާރުގެ ބައެއް ކުންފުނިތައް މެދުވެރިކޮށް ނާޖާއިޒު ގޮތުގައި މަންފާ ހޯދާފައިވާކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކެއް ބަލަމުންދާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމާއި މައްސަލަތަކުގެ ތަފުސީލެއް އޭސީސީއިން ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބޭ ގޮތުން ހުށަހެޅިފައިވަނީ […]
މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި ހުތުރު ވައްތަރު ޖެއްސި މީހަކު ހައްޔަރުކޮށްފި

މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ވައްތަރުތަކެއް ޖެއްސި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި ފިރިހެނަކު އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖައްސާަ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ އާންމުވެފައެވެ. ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފި

ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުމާބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ. މިރޭ މެންދަމު 2:30 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވަނީ ވ.އަތޮޅުން ފެށިގެން ގދ.އަތޮޅަށެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ. ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި މިއަދު ވަނީ ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށް […]
މަޖިލިސް އިންތިޚާބުގައި އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ވޯޓު ދީފިނަމަ މި 5 އަހަރުގައި ހުރިހާ ވައުދެއް ފުއްދައިދޭނަން: ރައީސް

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައިފިނަމަ ފަސް އަހަރު ތެރޭގައި ހުރިހާ ވައުދެއް ފުއްދައިދީ ނިންމައިދޭނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ގއ.ގެމަނަފުށްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސް ވިދާޅުވީ އެހެން ރަށްރަށެކޭ އެއްފަދައިން ގެމަނަފުށީގެ ތަރައްގީއަށް ކުރަން ހުރި ހުރިހާ ކަމަކަށް ސަރުކާރުން މަސައްކަތް ކޮށްދޭނެ ކަމަށެވެ. ނަމަވެސް އެ ކަންކަން ކުރަން ފަސޭހަވާނީ ރައްޔިތުން ދެއްވާ ތަރުހީބު ހަމަ އެގޮތަށް ކުރިއަށް އޮތް ދުވަސްތަކުގައި […]