ފުލުހުންގެ ބެލުމުގެދަށުގައި ހުރި 103 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި

ފުލުހުންގެ ބެލުމުގެދަށުގައި ހުރި 103 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފިއެވެ. ފުލުހުން ބުނީ ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ 958 މައްސަލައާއި 197 އިންސިޑެންޓުގައި ހިމެނޭ 3121 އެވިޑެންސް ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މަސްތުވާތަކެތިހުރި 8293 ރަބަރު ޕެކެޓު، 2731 ސެލޯފިންކޮޅު، ފިލްމުހުސްކުރި 237 ދަޅު، 585 ބުލެޓު އަދި 30 ބިޑީގެ އިތުރުން 537 މަނާ ބޭސްގުޅައާއި އެހެނިހެން ތަކެތީގެ ގޮތުގައި 3045 އައިޓަމެއް ކަމަށް ފުލުހުން ބުންޏެވެ. “މި ތަކެތީގެ މަގުމަތީ އަގަކީ 425590234.92 (ހަތަރުސަތޭކަ […]

ރައީސްގެ 4 ވަނަ ދަތުރުފުޅު މާޅޮސްމަޑުލަށް

މާޅޮސްމަޑުލު އުތުރުބުރިއާއި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ފުރާވަޑައިގެންފިއެވެ. ރައީސްގެ ތިން ދުވަހުގެ މި ދަތުރުފުޅުގައި ރ.އަތޮޅާއި ބ.އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާއިރު ވަގުތު ލިބިވަޑައިގަތް މިންވަރަކުން ދެ އަތޮޅުގެ ވީހައި ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މި ދެ އަތޮޅުގެ އަތޮޅު ކައުންސިލާ ވެސް ބައްދަލުކުރެެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސްގެ އަމާޒަކީ މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ […]

ރޯދަމަހު އެއްވެސް އިންތިޚާބެއް ނުބޭއްވޭ ގޮތަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައިފި

ރޯދަމަހު އެއްވެސް އިންތިޚާބެއް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު, ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު މި ބިލު ތަސްދީގު ކުރައްވައިފިއެވެ. އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ފޮނުވުމުން ރައީސް ވަނީ އެ ބިލު އަނބުރާ ފޮނުވައިލައްވައިފައެވެ. ބިލު އަނބުރާ ފޮނުވައިލެއްވީ ބިލުގައި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތައާރުޒުވާ ކަންކަމާއި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން […]

ރައީސް ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ. ހަ ދުވަހުގެ މި ދަތުރުފުޅުގައި ރައީސް ވަނީ ހއ. ހދ، ށ އަތޮޅުގެ ހުރިހާ ކައުންސިލުތަކާއި އ.ތ.މ. ކޮމިޓީތަކާއި ނ. އަތޮޅުގެ ވެސް އެންމެ ކައުންސިލެއް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލުތަކާ އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްގީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ ކުރިން ރައީސް ވަނީ އައްޑޫ […]

ނަޒާކީ ޒަކީ ފަޅާ އަރުވައިލި އެމްޕީއެލްގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި 3 މީހަކަށް ދައުވާކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެކިއެކި އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ގަތުމުގައި ހިންގާފައިވާ މުއާމަލާތްތަކުގައި އެމްޕީއެލްއާއި އެފްއެސްއެމްގެ މުވައްޒަފުންތަކެއް ގުޅިގެން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގައި އެ ކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި 3 މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ. 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ތެރޭގައި އެފްއެސްއެމް އިން އެމްޕީއެލްއަށް ތެޔޮ ވިއްކުމުގައި އެ ކުންފުނިތަކުގެ މުވައްޒަފުން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ވާހަކަ ފަޅާ […]

ރައީސް ކަމާ ހަވާލުވި ފަހުން ދިމްޔާތުގައި ހުރިއިރު ހުރިހާ ޚަރަދެއް ކުރީ އަމިއްލައަށް: ރައީސް

މުލީއާގެ މަރާމާތު ކުރެވެންދެން އަމިއްލަ ގެކޮޅު ދިމްޔާތުގައި މަޑުކުރައްވަން ޖެހިވަޑައިގެންނެވި މުއްދަތުގައި ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރައްވާފައިނުވާނެ ކަމަށްރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ރައީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިން ށ.ފުނަދޫ/ނީލްވިލާ އާމިނަތު ނަޖްމާ މިއަދު ވަނީ ރައީސް ދެކަނބަލުންގެ ފަރިއްކޮޅަށާއި އަމިއްލަފުޅު ގޭގެ ޚަރަދުބަރަދަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްފި ކަމަށް ފަތުރާ ވާހަކައިގެ ހަގީގަތާ ގުޅޭ ގޮތުން ސުވާލު ދަންނަވައިފައެވެ. ވެރިކަމުގެ ހުވާކުރައްވައި ދިމްޔާތުގައި ހުންނެވި ދުވަސްތަކުގައި 25 މިލިއަން އަދި […]

ޕީއެންއެފް އުުފެއްދުމަށް 3060 ފޯމު އީސީއަށް ހުށަހަޅައިފި

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އުފައްދަވަން މަސައްކަތްޕުޅު ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ޕާޓީ އުުފެއްދުމަށް ބޭނުންވާ ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފިއެވެ. އީސީގެ ނައިބު ރައީސް މިއަދު ވިދާޅުވީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް 2023 ނޮވެމްބަރ 29 ވަނަ ދުވަހު އެ ކޮމިޝަނުން ހުއްދަދީފައިވާ ޔާމީންގެ ދަރިކަލުން ޒެއިންގެ ފަރާތްޕުޅުން ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކުުރާ މުއްދަތުގައި އެ އަދަދަށް ފޯމު […]

ކަނޑުން ގެއްލިގެން ދިޔަ ބައި ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި: އޭޖީ

ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު މައްސަލައިގައި ނިމިދިޔަ ސަރުކާރުން ޒިންމާދާރުކަން ކުޑަގޮތަކަށް އަމަލުކުރުމުގެ ސަބަބުން މި މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުމާ ގުޅިގެން ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ. އޭޖީ އޮފީހުން މިއަދު ވަނީ ރާއްޖޭގެ ދެކުނުން ދިވެހިރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުން ބައެއް ފޯޅަވައްސާ ފުށުއަރާކަމަށްބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލައިގައި، ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް […]

ރަމަޟާން މަހުގެ ރަސްމީ ގަޑި އަކީ 9 އިން 1 އަށް

މި ފެށޭ ރަމަޟާން މަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އން މެންދުރުފަހު 1:00 އަށް ކަމަށް ހަމަޖައްސައި ރައީސް އޮފީހުން މިއަދު އެކަން ހާމަކޮށްފިއެވެ. ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ހަމަޖައްސައި 2022 މާރިޗު 6 ގައި ވަނީ އެކަމާބެހޭ ދެންނެވުމެއް ނެރެފައެވެ. އެހެންކަމުން މި އަހަރުގެ ރަމަޟާންމަހުގެ […]

“އަދުރޭއަކީ ޔާމީނުގެ ގޭތެރޭގައި އުޅެ ވިހަލީ ހަރުފައެއްފަދަ މީހެެއް“

ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް (އަދުރޭ) އަކީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ “ގޭތެރޭގައި އުޅެ ވިހަލީ ހަރުފައެއްފަދަ މީހެެއް“ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު ސިފަކުރައްވައިފިއެވެ. ޖަމީލު މިކަން ސިފަކުރެއްވީ ޔާމީނަށް ކުރިން ތައުރީފު ކުރެއްވި ޢަބްދުއްރަޙީމް މިހާރު ޔާމީނާ ބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކެއްގެ ވީޑިއޯއެއް ހިއްސާކުރައްވައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އަދުރޭ މިހާރު ވިދާޅުވަނީ ރައީސް ޔާމީނަކީ އޭނާއަށް ކަމުދާ ބޭފުޅެއް ނޫން ކަމަށާއި އެއީ “ލައިކް“ ވާ ބޭފުޅެއް […]