ޔާމީންގެ ޝަރީއަތަށް ސަރުކާރުގެ ނުފޫޒު އޮތްކަމަށް ބުނުމުން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް ޕްރެޝަރަށް

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ޝަރީއަތަށް ސަރުކާރުގެ ނުފޫޒު އޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވުމުން އެކަމާ ޕްރެޝަރު ބޮޑުވެ ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުން ޑިފެންސަށް ކުޅެން ޖެހިއްޖެއެވެ. ެައައްޑޫގައި ރޭ ބޭއްވި ކެމްޕޭން ހަރަކާތެއްގައި އަސްލަމް ވަނީ ޔާމީންގެ ޝަރީއަތް ލަސްވަނީ ސަރުކާރުން އެ މައްސަލައިގެ ތެރެއަށް އަތްބާނާތީކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި ޝަރީއަތް ލަސްވާ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ. “ރައީސް ޔާމީންގެ ޝަރީއަތް [ހައިކޯޓުގައި […]
ބޯކޮށް ވާރޭވެހޭނެކަމަށް ލަފާާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މިއަދު 16:15 އިން ފެށިގެން މިރޭ 20:15 އަށް ރީނދޫ ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ފ.އަތޮޅަށެވެ. މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވަނީ އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ހުދު ސަމާލު ނެރެފައެވެ. އެ ސަރަހައްދުތަކަށް މިއަދު 16:30 އިން ފެށިގެން މިރޭ 20:30 އަށެވެ. އެ […]
ޔާމީންގެ ޝަރީއަތް: ރައީސް ޑރ.މުޢިއްޒު ފަނޑިޔާރުގެ އާއިލާއަށް ސިޔާސީ ހަދިޔާ ދެއްވާކަމުގެ ތުހުމަތު

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މިނިވަންކުރަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުރަސްއަޅުއްވަމުން ގެންދަވާ ކަމަށާއި ރައީސް ޑރ.މުޢިއްޒު ވަކި ފަނޑިޔާރަކަށް ނުފޫޒު ފޯރުވަމުންދާަކަމަށް ޔާމީންގެ އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ތުހުމަތުކުރައްވައިފިއެވެ. ހައިކޯޓުގައި އޮތް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ޝަރީއަތް ލަސްވަނީ ސަރުކާރުން މައްސަލައިގެ ތެރެއަށް އަތްބާނާތީކަމަށް ތުހުމަތު ކުރައްވައި ޝަރީއަތް ލަސްވާ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ރޭ ވަނީ ވިދާޅުވެފައެވެ. […]
ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ މައްސަލަ ޖޭއެސްސީއަށް ހުށަހަޅަނީ

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ޝަރީއަތް ލަސްވާ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވުމަށް އެ ކޮމިޝަނުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ނިންމަވައިފިއެވެ. އަސްލަމް މިކަން ހާމަކުރެއްވީ ރޭ އައްޑޫ ސިޓީގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ދެއްކެވި ވާހަކަފުޅުގައެވެ. އަސްލަމް ވިދާޅުވި ގޮތުގައި ހައިކޯޓުގައި އޮތް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ޝަރީއަތް ލަސްވަނީ ސަރުކާރުން މައްސަލައިގެ ތެރެއަށް އަތްބާނާތީއެވެ. އެގޮތުން މިއަދު އެ މައްސަލަ ޖޭއެސްސީއަށް ހުށަަހަޅުއްވާނެ ކަމަށް […]
އިންޑިއާ ސިފައިންގެ ދެވަނަ ބެޗު ފޮނުވާލައިފި

ރާއްޖެއާއި އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް އިންޑިއާ ސިފައިންގެ ދެވަނަ ބެޗު އަނބުރާ އެ ގައުމަަށް ފޮނުވާލައިފިއެވެ. އައްޑޫ ސިޓީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ސިފައިން ބޭލުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އެގޮތުން މި މަހުގެ ނުވަވަނަ ދުވަހު އިންޑިއާ ސިފައިންގެ ދެވަނަ ބެޗު ރާއްޖެއިން ފޮނުވާލައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުން އޮތީ ތިން މަރުހަލާއަށް ބަހައިލައިފައެވެ. […]
ލާމު ”މެރިޓައިމް ހަބް“ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ލާމު އިންޓަގްރޭޓެޑް މެރިޓައިމް ހަބް ތަރައްގީކުރުމުގެ މަޝްރޫއުގައި ސޮއިކޮށްފިއެވެ. ލ.އަތޮޅުގައި ސަރުކާރުން ކުރިއަށްގެންދާ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް އިފްތިތާހުކުރުމަށް ރޭ ފޮނަދޫގައި ބޭއްވި ޖަލްސާއެއްގައި ވަނީ މެރިޓައިމްގެ ތަފާތު ގިނަ ޚިދުމަތްތައް ފޯރުކޮށްދޭގޮތަށް ގާދޫގައި ތަރައްގޫކުރާ ”މެރިޓައިމް ހަބް“ ރަސްމީކޮށް އިފްތިތާހްކޮށްފައެވެ. މި މަޝްރޫއު އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުއެވެ. ލާމު ”މެރިޓައިމް ހަބް“ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ކެމް.ސީ އިންޖިނިއަރިންގ ކޯ ލިމިޓަޑާއެވެ. ރޭގެ ޖަލްސާގައި އެ ކުންފުންޏާއި އެމްޕީއެލް އިން […]
ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ 9:00 އިން 13:00 އަށް

މި އަހަރުގެ ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 13:00 އަށް ކަމަށް ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުގެ ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 13:00 އަށް ކަމަށެވެ. ހިޖުރީ 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ރަސްމީ ގަޑިއާއި، ޝައްވާލް މަހުގެ […]
މާލަސްތަކެއްނުވެ މާވަށާ ކައިރިން ފަޅުތެރޭގައި ރިސޯޓްތައް ތަރައްގީކުރުމުގެ މަސައްކަތް ފެށޭނެ: ރައީސް

މާލަސްތަކެއްނުވެ މާވަށާ ކައިރިން ފަޅުތެރޭގައި ރިސޯޓްތައް ތަރައްގީކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ލ.އަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު ފެށްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލު ކަމުގައިވާ މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މާވަށާ ކައިރިން ފަޅުތެރޭގައި ރިސޯޓްތައް ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަން ފާހަގަކުރައްވައިރައީސް ވަނީ މާވަށުގެ ބިން ހިއްކާއިރު ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމުގައި ވެސް […]
“މުޢިއްޒަކީ ނާގާބިލު ކަމުގެ ވާހަކަ ވެސް ނުދެއްކޭ ވަރަށް ނާގާބިލު ވެރިއެއް“

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ހުއްޓުވި މައްސަލައާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ފާޑުވިދާޅުވެއްޖެއެވެ. އެމްޑީޕީން ރޭ ފުވައްމުލަކުގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ފައްޔާޟް ވިދާޅުވީ ޣިޔާސުއްދީންގައި ހިނގި ކަންކަން ހިނގަމުންދާތާ ގާތްގަނޑަކަށް 10ވަރަަކަށް ގަޑިއިރުވީއިރު އެކަން ހިނގިކަން އެނގިވަޑައިނުގަންނަވާކަމަށްވާނަމަ އެއް ގޮތަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒަކީ ނާގާބިލު ކަމުގެ ވާހަކަވެސް ނުދެއްކޭ ވަރަށް ނާގާބިލު ވެރިއެއް ކަމަށެވެ. ނޫނީ އަނެއްކާވެސް ހަމަ ރޯ ބުހުތާން ދޮގެއް ހެއްދެވީ ކަމަށް ފައްޔާޒް […]
ރައީސް މުޢިއްޒު ލާމަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ލ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެ އަތޮޅަށް ވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ލ.އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި އެވރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވެސް […]